އިންޑިއާގެ ރުޕޭ ކާޑު ދޫކުރުމުގެ ހިދުމަތް ފެށުމަށް ވެސް ބީއެމްއެލް އިން އަންނަނީ ތައްޔާރުވަމުން
ބޭންކް އޮފް މޯލްޑިވްސްގެ އިންޓަނެޓް ބޭންކިން ހިދުމަތް ބޭނުންކުރަނީ: އަންނަ މަހުން ފެށިގެން އިންޓަނެޓް ބޭންކިން މެދުވެރިކޮށް އިންޑިއާ ރުޕީ އެކައުންޓް ވެސް ހުޅުވޭނެ.
25 ޖުލައި 2025 - 20:50
ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ރާއްޖޭގައި ފުރަތަމަ ފަހަރަށް އިންޑިއާ ރުޕީ އެކައުންޓް ހުޅުވޭ ގޮތް ހަދައިފި އެވެ.
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފު ވިދާޅުވީ އަންނަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އެ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް، ދިވެހިންނާއި ބިދޭސީންނާއި ވިޔަފާރިތައް ވެސް ހިމެނޭ ގޮތަށް، މޯބައިލް ބޭންކިން ބޭނުންކޮށްގެން އޮންލައިންކޮށް ރުޕީ އެކައުންޓް ހުޅުވޭނެ ކަމަށެވެ.
މިކަމުގެ ސަބަބުން ބީއެމްއެލްގެ ކަސްޓަމަރުންނަށް ވިޔަފާރި އާއި އިންވެސްޓްމެންޓްގެ އާ ފުރުސަތުތައް ލިބި ރާއްޖޭން ބޭރަށް ފައިސާ ފޮނުވުގައި ވެސް ފަސޭހަތަކެއް ލިބިގެންދާނެކަން އޭނާ ފާހަގަކުރެެއްވި އެވެ.
އެ އެކައުންޓްތަކަށް ފައިސާ ޖަމާކުރެވޭނީ ބީއެމްއެލް ބްރާންޗްތަކުންނެވެ. އިންޑިއަން ރުޕީ 500 ގެ ނޫޓުން ފެށިގެން މަތީ އަދަދުގެ ނޫޓްތައް ޖަމާކުރެވޭނެ ކަމަށާއި އިންޑިއާ އިން ރެމިޓެންސްގެ ގޮތުގައި ގެންނަ ފައިސާ އިންޑިއަން ރުޕީ އެކައުންޓަށް ޖަމާކުރެވޭނެ ކަމަށް ބީއެމްއެލުން ބުންޏެވެ. އަދި އިންޑިއާ އަށް ފައިސާ ފޮނުވުމުގައި ވެސް މި އެކައުންޓް ބޭނުންކުރެވޭނެ އެވެ.
Introducing Indian Rupee (INR) accounts, for the first time in the Maldives. 🙌
— Bank of Maldives (@bankofmaldives) July 25, 2025
With this, our customers have new avenues to facilitate trade, manage remittances, and broaden investment opportunities. pic.twitter.com/KvW4oD1I8u
"ބޭންކް އޮފް މޯލްޑިވްސްގައި އިންޑިއަން ރުޕީ އެކައުންޓް ހުޅުވަން ފެށުމަކީ އަޅުގަނޑުމެންނަށް ލިބޭ ފަހުރެއް. ގައުމީ ބޭންކުގެ ހައިސިއްޔަތުން، އާންމު ފަރުދުންނާއި ވިޔަފާރިތަކުގެ ބޭނުންތަކަށް ސަމާލުކަންދީ، ބޭންކިން ދާއިރާ އާ ހަރުފަތްތަކަށް ގެންދިޔުމުގައި އަޅުގަނޑުމެން ދެމިތިބޭނަން،" ޝަރީފް ވިދާޅުވި އެވެ.
މިދިޔަ އަހަރު ބީއެމްއެލުން ވަނީ އެ ބޭންކުގެ އޭޓީއެމް އަދި ޕީއޯއެސް ޓާމިނަލްތަކުގައި ރުޕޭ ކާޑު ބޭނުންކުރެވޭ ގޮތް ވެސް ހަދައިފަ އެވެ.
ރާއްޖޭގެ އިންސްޓަންޓް ޕޭމަންޓް ސިސްޓަމް (ފަވަރަ) އާއި އިންޑިއާގެ ޔުނިފައިޑް ޕޭމަންޓްސް އިންޓަފޭސް (ޔޫޕީއައި) ގުޅާލުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކުރުމާ އެކު ބީއެމްއެލްގައި އިންޑިއާ ރުޕީސް އެކައުންޓް ހުޅުވޭ ގޮތް ހަދާފައި ވާއިރު ނެޝަނަލް ޕޭމަންޓްސް ކޯޕަރޭޝަން އޮފް އިންޑިއާ (އެންޕީސީއައި) އާ އެކު ރުޕޭ ކާޑު ބީއެމްއެލްގެ ކަސްޓަމަރުންނަށް ދޫކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ އުއްމީދަކީ މި މަރުހަލާތައް މިއަހަރުގެ ނިޔަލަށް ނިމިގެންދިޔުން. މި މަރުހަލާތައް ނިމުމުން އަމިއްލަ ފަރާތްތަކުންނާއި ވިޔަފާރިތަކުން ދުނިޔޭގެ ކޮންމެ ތަނެއްގައި ވެސް އިންޑިއާގެ ރުޕީސް އިން ފައިސާ ދެއްކުމަށް މަގު ފަހިވެގެންދާނެ،" ޝަރީފް ވިދާޅުވި އެވެ.
އެމްއެމްއޭ އިން މިއަދު ބުނީ އިންޑިއާގެ ޔޫޕީއައި އާއި ފަވަރަ ގުޅާލައި ދިވެހިންނަށް އެ ހިދުމަތް އިންޑިއާގައި ލިބޭނެ ގޮތް އަންނަ އަހަރުގެ ކުރީކޮޅު ހަމަޖެހޭނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސުލްތާން
26 July 2025
ކީއްވެ ދިވެހިންނަށް އެސް ބީ އައި ގަ ދިވެހިރުފިޔާ އެކައުންޓް ނުހުޅުވެނީ. މީ ސީދާ އަޅުވެތިކަމުގެ ރަމްޒު
ރުޕައްޔާ
26 July 2025
އިންޑިޔާ އަށް ގޮސްފަ ބާކީ ވާ ރުޕީސް ކޮޅު ރުޕީ އެކަންޓެއް ހުޅުވާފަ ލާންވީ ދޯ
ކާނިި
26 July 2025
މަވެސް ހިތަށްމިއަރަނީ ހަމަ ތިހެން. ސަޅި ދޯ.
ޝީޖިން
26 July 2025
ދެން ޗައިނީޒް ޔުއާން އެކައުންޓް ހުޅުވޭ ގޮތް ހަދާފަ ޔޫނިއަން ޕޭ ކާޑު ދޫކުރަންވީ. އަދި އަލިޕޭއާ ދިވެހިރާއްޖޭގެ ފަވަރާ އާ ގުޅާލަންވީ. އަހަރެމެން އެންމެ ގިނައިން ބޭރުގެ ފައިސާގެ މުއާމަލާތް ކުރާ ދެގައުމަކީ އިންޑިއާ އާއި ޗައިނާ. އަނެއްކާ އެ ދެގައުމުން ވެސް ދިވެހިރާއްޖެއަށް ފަތުރުވެރިން އާދޭ. އެހެންވީމަ އެމެރިކާ ޑޮލަރު ބޭނުން ނުކޮށް ބެލެންސް ކުރަން ވަރަށް ފަސޭހަވާނެ.
ބަބްސް
26 July 2025
މިނިވަން ވިތާ 60 އަހަރޭމިކިޔަނީ އެކަމަކު ކޮމެންޓް ތަކުން ފެންނަނީ ވަރަށް ގަމާރު ދިވެހިން އުޅޭކަން. ރުޕީސް އިން އިންޑިޔާއެކު ލިބުނު ފުރުސަތަކީ ކުރިމަގަށް ލިބުނު ބޮޑުކުރިއެރުމެއް. ދިވެހި ރުފިޔާ ޕެގް ކޮއްފައި އޮންނަހާ ހިނދަކު މިބަދަލާއިއެކު ލިބޭނީ ހަމަ ފައިދާ.
އަންނަ މަސް
26 July 2025
މިފެށޭ އޯގަސްޓް މަހުގެ މުސާރައިގެ 50% ރުފިޔާއިން އަނެއް 50% އިންޑިއަން ރުޕީސްއިން. އޭރުން ދެން ޑޮލަރެއް ބޭނުމެއްނުވާނެ. މިގޮތް ކަޑަ؟
އަންނަނީސް
26 July 2025
ސަރުކާރުގެ ހުރެމެ، ޖަހާ ޖޯކުދޯ؟
ކަަޅޭ
26 July 2025
ވަރަށް ސަޅި. ރާއްޖެއަށް ލިބޭ 25 އަކަށް އިންސައްތަ މިތަޅާލަނީ އިންޑިޔާއަށް. ވަރަށް ލުއިވެގެންދާނެ ތިހެންހަދައިފިއްޔާ.
އަބްޑޫޅް +
26 July 2025
ދިވެހިރާއްޖޭގެ ރަސްމީ ނަގުދު ގެ ގޮތުގައި 1903 އާއި ހަމައަށް ބޭނުން ކުރެވުނީ ބޮޑުލާރި އާއި ކުޑަލާރި. ބޮޑު ލާރިއެއްގެ މޫނު އަގަކީ 4 ލާރި. ކުޑަލާރިއެއްގެ މޫނު އަގަކީ އަގަކީ 1 ލާރި. ލާރި ޖެހުމަކީ، ދިވެހިރާއްޖޭގެ ރަސްރަސްކަލުންގެ ސިިއްކަފުޅު ޖަހައި، ދިވެހީންގެ ތެރެއިން ތިލޭރުން ލައްވާ ކުރެވުނު ކަމެއް، މިކަން ކުރެވުނީ، ކީރިތި މަހާރަދުންގެ ހުއްދަވިދާޅި ބަސްފުޅަށް، އެއިރަކު ބޮޑުބަނޑޭރި އަކަށް ހުރި މީހަކު ނިކުމެ، އަމުރުކުރީމަ.
ބަބްސް
26 July 2025
ތާރީހީ ފޮތްތަކުގައި ރަދުން ނާއި މަހާރަދުންނަށް ނިސްބަތް ކުރަން 'ކީރީތި' މިބަސް ބޭނުންކޮއްފައި އޮތަސް ، ރަނގަޅުވާނީ މިކަން ކުރުން ހުއްޓާލީޔާ.
ޏަމްޔަމް
26 July 2025
އަހަރުން ކާފަވެސް ލާރިޖެހި
1828
26 July 2025
ހުރިހާ މޮޅެއް އިންޑިއާއަށް. ދިވެހިން ދިވެހީންގެ ގޮތުގައި ގަމާރުކަންމަތީ ތާއަބަދަށް.
ބަބްސް
26 July 2025
ތިއީއޮޅުމެއް. ތަރުކާރީކޮޅު ގެންނަން ބޮޑުއަގުގައި ޑޮލަރު ހޯދަންދެން ނުޖެހޭނެ. އޭރުން ޓޮމާޓޯ ކޮޅުވެސް އަގުހެޔޮކޮށް ލިބޭނެ.
އަންނި.
26 July 2025
އިންޑިޔާ އަބަދުވެސް ދިވެހިރާއްޖެއަށް އެހީވެދޭނެ.. އިންޑިޔާއާއި ގުޅިގެން ޤައުމްކުރިއަރާގެންދާނެ..
ދައިގަންނަގުރާ
25 July 2025
ރުޕީސް ގަންނަން ވީ ދޯ.
ޔެސް
25 July 2025
މިކަން ރަނގަޅަށް ހިނގައިފިއްޔާ މިއީ ރައްޔިތުންނަށް ވަރަށް ލުއިފަސޭހަ އަދި ފައިދާ ވާނެ ކަމެއް، މި މުޅި ކަންތައްގަނޑުން އެންމެ އަޑުއަހާލަން ހިތްހަމަ ޖެހުނު ހަބަރު މިއަދު މީ
ދެރަވޭމިވާހަަކަދައްކަން
26 July 2025
ކަލެއަށް ނުވިސްނުނަސް ހަގީގަތަކީ ދިވެހި ތުފިޔާ ވާން އެ އުޅެނީ ރާއްޖެގެ ތިންވަނަ ދަރަޖައިގެ ކަރަންސީއަށް! ސިސްޓަމެޓިކަލީ ދިވެި ރުފިޔާ ނެތިގޮސް ރާއްޖެގެ ފައިސާއަކީ އިންޑިއަން ޜުޕީސްއަށް ވުމުގެ ފުރަތަމަ ސްޓެޕް! ސެކިއުރިޓީ އެގްރީމެންޓުތަކުން އެމްއެންޑީއެފް ގެ ބޭނުން ކެނޑި އެއީ ކާރިސާތަކުގަ އެހީވާ ކެޑޭޓުންނަށް އެ ހަދާލަނީ! ގައުމު އޮޔާގޮސް ނިމިއްޖެ!