މައުމޫން ހަމީދު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.
26 މާޗް 2017 - 14:09
ސަރުކާރާ ދެކޮޅަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް މަސައްކަތްޕުޅުކުރައްވަނީ "އަމިއްލަ އެދުުންފުޅުގައި" ކަމަށް ބުނެ ބައެއް ފަރާތްތަކުން ކިޔަމުން އަންނަ ފާޑުކިއުންތަކަށް، ވަކީލް މައުމޫން ހަމީދު ރައްދުދެއްވައިފި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މައުމޫން އިސްކުރައްވަނީ ގައުމީ މަަސްލަހަތެވެ. އަމިއްލަ އެދުންފުޅެއް ނޫނެވެ.
މައުމޫނަށް ބޮޑުބޭބެ ވިދާޅުވާ ވަކީލްގެ ފޭސްބުކްގައި މިއަދު ލިއުއްވި ޕޯސްޓެއްގައި އޭނާ އެދިވަޑައިގަތީ ސަރުކާރުގެ ޚިނާޔާތާއި ނާޖާއިޒު ގޮތުގައި ބޭނުންކުރާ ބާރާ ދެކޮޅަށް ފާޑުވިދާޅުވުމުގެ ކުރިން ކަންވަމުން އައި ގޮތާއި އޭގެ ފަހުން ކުރިމަތިވެވަޑައިގެންނެވި ގޮންޖެހުންތައް ހަނދާންކޮށްލުމަށެވެ.
މައުމޫން ހަމީދު ވިދާޅުވި ގޮތުގައި އަމިއްލަ އެދުންފުޅަށް މައުމޫން މަސްކަތްޕުޅު ކުރައްވާ ނަމަ އަމަލްތައް ހުންނާނީ އެގޮތަކަށް ނޫނެވެ. ސަރުކާރަށް ފާޑުވިދާޅުވާން ފެށުމުން އެމަނިކުފާނަށާއި އާއިލާއަށް ފިއްތުންތައް ކުރިމަތިވި ނަމަވެސް އަދިވެސް ހުންނެވީ ގޮތުގައި ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ލިއުއްވި ގޮތުގައި ސަރުކާރަށް ފާޑުވިދާޅުވާން ފެށުމުން "މިނިވަން" މުއައްސަސާތަކުން އެކި ތުހުމަތުތަކުގައި މައުމޫނާ ސުވާލުކުރި އެވެ. ގާނޫނީ ގޮތުން އެމަނިކުފާނަށް ލިބިވަޑައިގަންނަވަން ޖެހޭ އިނާޔަތާއި ހިމާޔަތަށް ވަނީ ބަދަލުގެނެސްފަ އެވެ. ކަމާ ބެހޭ ހުރިހާ އިދާރާއަކުން މައުމޫނާ ދެކޮޅަށް އެޅެން އޮތް ފިޔަވަޅެއް އަޅަމުން އަންނަ މަންޒަރު ފެންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މައުމޫންގެ ދޮށީ ދަރިކަލުން ފާރިސް މައުމޫން، ދޭތެރެ ދޭތެރެ އިން ޕޮލިހަށް މިހާރު ހާޒިރުކުރާ މައްސަލަ ވެސް މައުމޫން ހަމީދު ނެންގެވީ، ކުރީގެ ރައީސް ސަރުކާރާ ދެކޮޅަށް މަސައްކަތްޕުޅު ކުރައްވަނީ އަމިއްލަ އެދުންފުޅެއް އޮވެގެން ކަމަށް ބުނާ މީހުންނަށް ދެއްވި ރަައްދެއްގެ ގޮތުގަ އެވެ.
ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުﷲ މަސީހުއާ ދެކޮޅަށް މާދަމާ ނަގާ އިތުބާރު ނެތްކަމުގެ ވޯޓުގައި އެންމެ އިސްކޮށް އުޅުއްވަނީ ފާރިސް އެވެ.
މައުމޫން ހަމީދު ވިދާޅުވި ގޮތުގައި ދައުލަތުގެ މީޑިއާ އާއި މިނިސްޓަރުންނާއި ސަރުކާރުގެ އެހީ އެކި ގޮތްގޮތަށް ލިބޭ މީހުން ވަނީ މައުމޫނާއި އެމަނިކުފާނުގެ ބޭފުޅުންގެ އަގުވައްޓާލައިފަ އެވެ.
އެފަދަ ކަމެއް ތިމާއަށާއި އަދި ޚާއްސަކޮށް ތިމާގެ ދަރިންނަށް ކުރިމަތިވާން އެއްވެސް މީހަކު އެދޭނެތޯ، އޭނާ ސުވާލުކުރެއްވި އެވެ. އަދި ސަރުކާރުގެ ޚިނާޔާތާއި ބާރުގެ ބޭނުން ނާޖާއިޒު ގޮތުގައި ހިފުމުގެ މައްސަލަތަކާ ބެހޭ ގޮތުން ފާޑުކިއުއްވަން ފެއްޓެވުމުގެ ކުރިން އެމަނިކުފާނަށް އެއިން އެއްވެސް ކަމެއް ދިމާވިތޯ ވެސް އޭނާ ސުވާލުކުރެއްވި އެވެ. އެ ދެ ސުވާލުގެ ޖަވާބަކީ ވެސް "ނޫނެކޭ" ކަމާއި އެއީ ފެންނަން އޮތް ހަގީގަތް ކަމަށް ވެސް ލިއުއްވި އެވެ.
މައުމޫން ހަމީދު ދެކެވަޑައިގަންނަވާ ގޮތުގައި އަމިއްލަ އެދުންފުޅަށް ރައީސް މައުމޫން މަސައްކަތްޕުޅު ކުރައްވާ ނަމަ، އެފަދަ މައްސަލަތައް ކުރިމަތިވެވަޑައިގަންނަވާނެ ގޮތަކަށް އަމަލްތަކެއް ނުބަހައްޓަވާނެ އެވެ.
"މި ހުރިހާ ކަމަކަށް މިންއަޅާ ނަމަ ފެންނަން އޮތީ އަމިއްލަ އެދުމަށް ވުރެ ގައުމުގެ މަސްލަހަތު އިސްކުރާ ކަމެވެ،" މައުމޫން ހަމީދު ލިއުއްވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހައްޤު ބަސް
26 March 2017
ކެނެރީގޭ އާއިލާ އާއި ކާމިނީގޭ އާއިލާ ވެގެން މިޤައުމު ހަލާކު ކޮށްފިއެވެ
ހެޔޮހިތުން
26 March 2017
ޤައުމު ހަލާކު ވަންދެކަށް "ޤައުމީ މަސްލަހަތު" އިސް ކުރުމުގެ ހައްޤެއް މައުމޫނަށް ވެސް ލިބިގެން ނުވެއެވެ.
އަބްދުއްލާ އަލީ
26 March 2017
އެއީ އެމްޑީޕީ އާ ގުޅި ވަޑައިގަތުމޭ ހީކުރެއްވިޔަސް އޯކޭ. އެމްޑީޕީ ން ކުރި ދުއްތުރާތަށް ހަނދާން ނައްތަވާލެއްވުމަށްފަހު ގައުމުގެ މަސްލަހަތަށްޓަކާ ދިއްކޮށްލި ފަތް ކޯޅި އެއްގާ ހިއްޕެވުމްކީ މައުމޫނުގެ ހިތްތިރިކަމާ ، ވިސްނުމުގެ ތޫނުކަމާ ސިޔާސީ ސަހްސިއްޔަތުގެ ވަރުގަދަކަން ދައްކާދޭ ހެއްކެއް. ސިޔާސީ މީހަކަށް ވެވޭނީ ތިމާއާއެންމެ އިދިކޮޅަށް ހުންނަ މީހާގެ ވޯޓު ވެސް ތިމާއަށް ހޯދާލެވޭފަދ ގާބިލްކަން ހުންނަ މީހުނަށް ބިރު ދައްކައިގެން މީހުން މަތަކުރަން އުޅެފިނަމަ ދާނީ ބިންދއިގެން ކަންޔަގީން.
ޙެއްވައެއްނޫންތަ
26 March 2017
މަބޭނުންވާ ބޮޑުވަޒީފާ ޔާމީނު ނުދިނީމަ މަޥެސްމިހުރީ ގައުމީ މަސްލަހަތަށްޓަކާ ރުޅިއައިސްފަ.
ޖެހުނުހަމީދު
26 March 2017
ޔާމީނުވެސް މަސައްކަތްކުރަނީ ގައުމުގެ މަސްލަހަތައް.
އަހްމަދު
26 March 2017
މައުމޫނުހަމީދު ގަބޫލުފުޅުކުރެއްވިއަސް ނުކުރެއްވިއަސް ބޭބޭފުޅު އަމިއްލައެދުމެއްނެތްނަމަ އެމްޑީޕީ އާގުޅިވަޑައިނުގަންނަވާނެކަން ޔަގީން ބޭބެގެހައްގުގާ ކިތައްމީހުންތޯ އެމްޑީޕީއާދެކޮޅައް ގުރުބާންވީ މިއަދުބޭބޭފުޅައް އެކަން ވިސްނިވަޑައިނުގަތުމަކީ އަމިއްލައެދުންނޫން ކޯއްޗެކޭތޯ ދަންނަވާނީ
ނިހާނުހަސަންމަނިކު
26 March 2017
ޔާ ﷲ ޔާމީނުގެ ކިބައިން މިރާއްޖެ އަބަދުގެ އަބަދައް ސަލާމަތްކުރައްވާށި އާމީން
އަކަފޫޓަކަށް35ހާސް
26 March 2017
ގޭ ހަރުގަ ހުންނަ މީހަކަށް ސިޔާސަތެއް ނުހިންގޭނެ
ހަސަނު
26 March 2017
މައުމޫނު އަބުދުލް ޤައްޔޫމް ރާއްޖޭގެ ވެރިކަމާއި ހަވާލުވެ ވަޑައިގެންނެވި އިރު ރާއްޖޭގައި ލިޔަން ކިޔަން ދަންނަ މީހުންގެ އަދަދަކި %40 އެވެ، އެމަނިކުފާނުގެ ބުރަ މަސައްކަތްޕުޅުން އަސާސީ ތަޢުލީމުގެ ޕްރޮގްރާމެއް ހިންގަވައިގެން 4 އަހަރުގެ ތެރޭގައި ލިޔަންކިޔަން ނޭގޭ ހުރިހާއެންމެނަށް ލިޔަން ކިޔަން ދަސްކޮށް ދެއްވީ، ނަމަވެސް ބަލާބަލަ ހުރި ލަދު ކުޑަކަން އެޤައުމީ ބަޠަލަށް ކުރަންމުންދާ ފުރައްސާރާއި ޖެއްސުން، މިއީ އިންސާނުންނޭ ބުނަންވެސް ލަދުގަނޭ.
ނާޒޫ
26 March 2017
ރާއްޖެއަށް ކަމެއް ކޮށްދިނީމަ އޭގެ މާނައަކީ މި ރާއްޖޭއަކީ އެ މީހެއްގެ މިލްކެކޭ އެއް ނޫން
އަހަންމާ
26 March 2017
ގައުމީ މަސްލަހަތަކީ އެމްޑީޕީއާއެކު ރައީސް މައުމޫން މަސައްކަތްކުރެއްވުންކަމައްވާނަމަ ރައީސްމައުމޫނައް ދަންނަވަންއޮތީ ސޮރީއޭ ހަމަގައިމުވެސް އަޅުގަޑުގެ އާއިލާގެސަޕޯޓު މހިސާބުންގެއްނުނީކަންޔަގީން ތެލާފެނާ އެކެއްނުވާނެ