ޚަބަރު / އެމްޑީޕީ

ރޭގެ މުޒާހަރާގައި ހުއްޓާ ހާޓްއެޓޭކެއް ޖެހުނު މީހަކަށް އައިސީޔޫގައި ފަރުވާދެނީ

އެމްޑީޕީގެ މުޒާހަރާގައި ހުއްޓާ ހާޓްއެޓޭކް ޖެހުނު މުހައްމަދު ރަސްލާން އައިޖީއެމްއެޗުގެ އައިސީޔޫއަށް ގެންދަނީ.

އިދިކޮޅު އެމްޑީޕީން މާލޭގައި ރޭ ބޭއްވި މުޒާހަރާގައި ހުއްޓާ ހާޓްއެޓޭކެއް ޖެހުނު މީހަކަށް އައިޖީއެމްއެޗުގައި ފަރުވާދެމުން އެބަދެ އެވެ.

ހާޓްއެޓޭކެއް ޖެހި، ހާލު ސީރިއަސްވެފައި ވަނީ އެމްޑީޕީ ހުޅުމާލެ މެދުދާއިރާގެ ނައިބު ރައީސް މުހައްމަދު ރަސްލާން އަށެވެ.

އައިޖީއެމްއެޗުގެ އައިސީޔޫގައި މިހާރު ވެސް އަންނަނީ އޭނާ އަށް ފަރުވާދެމުންނެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރޭގެ މުޒާހަރާގައި ފުލުހުން ބާރުގެ ބޭނުން ނަހަމަ ގޮތުގައި ބޭނުންކުރުން ކުށްވެރި ކުރާ ކަމަށެވެ. އަދި ރަސްލާނަށް ހާޓްއެޓޭކް ޖެހުނީ އޭނާ ގަޔަށް ފުލުހުން ޕެޕާސްޕްރޭ ޖަހައި، ތޫނު އަޑު ފޮނުވާ އެލްއާރުއޭޑީ ހަތިޔާރު ބޭނުންކުރި ފަހުން ސިއްހީ ހާލަތު ގޯސްވެގެން ކަމަށް އިބޫ ތުހުމަތު ކުރެއްވި އެވެ.

ރައްޔިތުންގެ އަޑު ކަނޑުވާލަން މިގޮތަށް އަނިޔާވެރިވުމަކީ ސަރުކާރަކުން ގާނޫނަށް ތަބާނުވާކަމުގެ ހެއްކެއް ކަމަށް އިބޫ ވިދާޅުވި އެެވެ.

އެމްޑީޕީން އެކްސްގައި ކުރި ޕޯސްޓެއްގައި ވެސް ވަނީ ފުލުހުން އަމަލުތައް ކުށްވެރިކޮށްފަ އެވެ.

ފުލުހުން މިއަދު ބުނި ގޮތުގައި، ރޭގެ މުޒާހަރާއިން 8 މީހަކު ހައްޔަރުކޮށްފައިވެ އެވެ.

11 ކޮމެންޓް, 7 ރިއެކްޝަންސް

icon happy icon happy 29%
icon sad icon sad 43%
icon angry icon angry 14%
icon wow icon wow 0%
icon inlove icon inlove 14%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަބްޑޫޅް +

05 October 2025

ފުލުހުން އެޓޭކު ކުރީ ހާޓަށް، ދޯ؟

The name is already taken The name is available. Register?

ގެދޮރޭ

04 October 2025

ވްކި ޕާޓީއެއްގެ މެންބަރަކީމެއް ނޫން. ޔަގީނުންވެސް އެނގޭކަމަކީ މި ސަރުކާރު ވަރަށް ޖެހިލުންވެއްޖެ ކަން. ރަނގަޅަށް ކަންކަންކުރަމުން ދާނަމަ ޖެހިލުމެއް ނުވާނެ. މަންޒަރުބަލަން ތިބެ ކަންކަން އިތުރަށް ރަނގަޅުކުރާނެ ފުރުޞަތު ހޯދާނީ. ނޭޕާލަށްވީހެން މިތާކަށްނުވާނެ. އެކަމަކުވެސް މިހާރު ބިރުހީވާނެ

The name is already taken The name is available. Register?

ފިތުންބައި

04 October 2025

ޢެމްޑީޕީއިން ބަލިމީހާގެ ޒާތީމައުލޫމާތާއި ބަލި ހާމަކުރެވޭބާ؟

The name is already taken The name is available. Register?

ފުރޭތަ1

04 October 2025

ކުރިންވެސް ދުއާ ކުރާ "ސޭޚުންގެ" ބަހަަށް މަގުމައްޗަށް ނުކުމެ ގޯސް ހަދައިން ހައްޔަރުވެ ޖަލުގަ ނިޔާވީ. އިދިކޮޅު ޕާޓީތަކުންވެސް ޒިންމާދާރުވާންޖެހޭ. ފަސާދަ ކުރުން ހުއްޓާލަން ޖެހޭ

The name is already taken The name is available. Register?

ސދފޗސދޗ

04 October 2025

އޮޅުވާލާއިގެން މީހުން އެއްކޮށް ތަޅާފޮޅުމަކަށް ބަދަލުކޮށްލުމަކީ އަބަދު ވެސް އެމްޑީޕީން ކުރާ ކަމެއް. ޝެއިޚް އިމްރާން ހުންނަ ތަނެއްގައި ހަމަޖެހުން ގާއިމު ނުކުރެވޭނެ.

The name is already taken The name is available. Register?

ޖޖޖޖޖ

04 October 2025

އިބޫއަކީ މެޑިކަލް އެކްސްޕާޓެއް. މީހާ ބަލާލާފަ ސަބަބު ބުނެދެވޭނެ. ޑޯންޓް އަންޑަރ އެސްޓިމޭޓް މެޑިކަލް ނޮލެޖް އޮފް އޭން އެކްސް

The name is already taken The name is available. Register?

ހުސެނުބޭ

04 October 2025

އަވަސް ސިފާއެއްދެއްވާށި. ހާޓުއެޓޭކް ޖެހިދާނެ ކޮންމެފަދަ ތަނެއްގައި ކޮންމެ ހާލަތެއްގައި ހުއްޓަސް. މިސްކިތުގައި ހުއްޓާވެސް އެބަޖެހޭ، ނިދަން އޮންނަ އިރު އެބަޖެހޭ، މަގުމަތިން އެބަދިމާވޭ، ފާހާނާތެރޭގައި އެބަދިމާވޭ. އާއިލާގެ ލޯބިވާ މީހުނާއިއެކު ޗުއްޓީ ހޭދަކުން ގޮސް އުފަލުގއި އުޅޭއިރު އެބަދިމާވޭ. މިކަމުގައި އެޑުވާންޓޖު ނަގަން ނުވިސްނާ.

The name is already taken The name is available. Register?

ތެދެއްމެ

04 October 2025

ތެދެއް، މިސްކިތުގަ ހުއްޓަސް ޖެހޭ،، މުޒާހަރާގެ ތެރޭގަ ވަނިކޮށްވެސް ޖެހޭ. ވީމާ ބުއްދިވެރިންނަކީ އެމީހުން ދާތަންތަނާ ކުރާކަންކަމަކީ ހެޔޮ ކަންކަމާ ތަންތަންކަން ހަދާ މީހުން. ގިނަ ވަގުތު ﷲ ހަނދުމަކުރުންމަތީ ދެމިތިބުން މުހިއްމީ އެހެންވެ. ދުނިޔެއަކީ ފަނާވެދަނިވިތަނެއް. މުހިއްމީ އާޚިރަތަށް ގެންދާނެ ހެޔޮ ޢަމަލެއް ލިބޭތޯ ގަދައެޅުން.

The name is already taken The name is available. Register?

ޑރ ވާންޗޯ

04 October 2025

މާލެ ވަށައިގެން މިއޮތް ބޮޑުމަގުގަ މުޒާހަރާކުރަން ހުއްދަދިނީމަ ބޮލައް ތެޔޮއަރައިގެން ދިމާކުރީ މަޖީދީމަގު ފުރާލާފަ މަގުބަންދުކޮއްގެން އާންމު ރައިއްޔަތުންނަށް ޖެއްސުންކުރަން.

The name is already taken The name is available. Register?

އަސް

04 October 2025

ވެރިކަމުގަ އެތިބަ މީހުން މަޖީދީ މަގު ހަލަބޮލި ކުރި އިރުގަޔޯ؟ ވެރިކަމަށް އަރާ ތިބޭ އިރު ތެޔޮމަތިން ހަދާން ނުހުންނާނެ. ޔާމީނަށް ވެސް ދިނީ ދޯކާ، ތެދުހަދާ ހަމަ އެކަކު ނެތް

The name is already taken The name is available. Register?

ބިލަމެރި

04 October 2025

ވެރިކަން ކޮށްފައިތިބޭ ބޮޑެތި ވެރިން ކުރާ ކޮމެންޓުން ލަދުވެސް ގަނޭ. ތިޕާޓީމީހުން ނިކަން ޒިންމާދާރުވެރބަލަ. ރައްޔިތުންނަށް ދޮގާއި މަކަރު ހަދައިގެން މަގުމައްޗަށް ނެރެ ޒިންމާވާންޖެހުނީމައި ހާސް އުޒުރު ދައްކާނީ ފިނޑިން

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454