ގާސިމް މަރާލި މައްސަލާގައި މަރަން ހުކުމް ކޮށްފައިވާ އަދުހަމް: އޭނާގެ މަރުގެ ހުކުމުގެ ސައްހަކަން ކަށަވަރުކުރަން ދައުލަތުން ވަނީ ހައި ކޯޓަށް ހުށަހަޅާފައި
12 ނޮވެމްބަރ 2025 - 16:35
ޓެކްސީ ޑްރައިވަރެއް ކަމަށްވާ ގާސިމް ހަސަން މަރާލި މައްސަލާގައި މަރަން ހުކުމް ކޮށްފައިވާ އަދުހަމް މުހައްމަދުގެ މަރުގެ ހުކުމުގެ ސައްހަކަން ކަށަވަރުކުރަން ދައުލަތުން ހައި ކޯޓަށް ހުށަހަޅައިފި އެވެ.
ހުޅުމާލޭގައި ގާސިމް ޓެކްސީ ދުއްވަމުން ދަނިކޮށް ޑިސެމްބަރު 2019 ގައި ގާސިމްގެ ކަރަށް އަދުހަމް ވަޅިއަކުން ހަމަލާދީ މަރާލީ އެ ޓެކްސީގެ ފަހަތު ސީޓުގައި އިނދެފައި، ގާސިމްގެ އަތުން ފޭރެން އުޅުމުގެ ތެރޭގަ އެވެ. އެ މައްސަލާގައި އަދުހަމް މަރަން ކްރިމިނަލް ކޯޓުން ހުކުމްކުރީ 2023 ވަނަ އަހަރު އެވެ.
އެ ހުކުމުގެ ސައްހަކަން ކަށަވަރުކުރަން ދައުލަތުން ހައި ކޯޓަށް ހުށަހެޅި މައްސަލާގެ އަޑުއެހުމެއް މިއަދު ބާއްވަން ތާވަލްކުރި ނަމަވެސް އެ އަޑުއެހުން ވަނީ ކެންސަލްކޮށްފަ އެވެ.
މަރަން ހުކުމްކުރާ މީހުންގެ މައްސަލަތައް އެ މީހުންގެ ފަރާތުން އިސްތިއުނާފް ނުކޮށްފި ނަމަ އެ ހުކުމުގެ ސައްހަކަން ކަށަވަރުކުރަން ދައުލަތުން އިސްތިއުނާފް މަރުހަލާއަށް ހުށަހަޅަން ޖެހެ އެވެ.
އެ މައްސަލާގައި އަދުހަމް ފުރަތަމަ ކުށަށް އެއްބަސްވި ނަމަވެސް ފަހުން ކޯޓުގައި އޮތީ އެކަމަށް އިންކާރު ކޮށްފަ އެވެ. އެކަމަކު، ކޯޓުން ނިންމީ ހުށަހަޅާފައިވާ ހެކިތަކާއި އަދުހަމް ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު ވެސް ގަސްދުގައި މީހަކު މެރުމުގެ ކުށް އޭނާގެ މައްޗަށް ސާބިތުވާ ކަމަށެވެ.
ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒު ކުރެވޭނީ އިސްތިއުނާފްގެ ހުރިހާ މަރުހަލާއެއް ނިމި، ސުޕްރީމް ކޯޓުން މަރުގެ ހުކުމް ދެމެހެއްޓުމުންނެވެ. ނަމަވެސް ސުޕްރީމް ކޯޓުން މަރުގެ ހުކުމް ދަމަހައްޓާފައިވާ ތިން މީހަކު މިހާރު ވެސް އެބަތިއްބެވެ. އަދި ފަހުގެ ތާރީހެއްގައި ރާއްޖޭގައި މަރުގެ އަދަބު ތަންފީޒެއް ނުކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ހަސަންދި
13 November 2025
މަރުގެ ހުކުމް ނުކުރަންވީ!! އެއަށްވުރެ މާ ރަގަޅުވާނެ 100 އަހަރަށް ހުކުމް ކުރުންވެސް.
1206
13 November 2025
ކޮބާ ތިޔަ ގޮތުގައި އޮތް އިންސާފަކީ. ގާތިލުންވީ އަހަރުމެންގެ މައިންބަފައިންނާއި ދަރިން ހައްގުން ކުރެ ކަމަކާ ނުލައި މަރަށް. އަހަރުމެން މިވީ އެކަމުގެ އިނާމަކަށް އެމީހުން ޖަލުގައި މުޅި އުމުރު ދުވަހަށް ބަލަހައްޓީ ކާންބޯންދީ ބޭސްފަރުވާކޮށް ނުވިތާކަށް އަހަރުމެންނަށް ވުރެ މަތީ ހައްގުތައް އެމީހުންނަށް ދޭ. ނާނާ ތިޔައީ މޮޅު އިންސާފެއް. މަ ހަމަ އާޝޯޚުވެއްޖެ.
ދެންވާނެގޮތް 3
13 November 2025
މިކަން ކަށަވަރު ކުރުމަށް ފަހު ދެން އުންސުރާއި ފަންސުރު ހަމަކުރަން ސުޕްރިމް ކޯޓަށް ދާނީ. ސުޕްރިމް ކޯޓުން އަނެއެއް ކޯޓަށް. ދުވަހަކުވެސް ނުނިމޭނެ ގޭމެއް
ރާވެރިބެ
13 November 2025
ތަންފީޒްނުކުރާނެ ހުކުމެއް. ކަށަވަރު.
އިސްމާއިލް ޖައިޝަމް
13 November 2025
މަރުގެ ހުކުމް ތަމްފީޒް ނުކުރި ސަބަބަކީ ކުރިމަތީގައި އޮތް ކާނު ވަނީ %50 އައްވުރެ ބޮޑައް ބެދިފައި! މިއީ ވެސް ސަބަބަކައް ފުދޭ! ބޯޅަ ޖަހާލާ ދެންއަންނަ ސަރުކާރައް! މީހުން މަރާފަ ސަލާމަތްވާނެ ސަޅިކޮއް މިގައުމުގަ!
ޢަރުތަ
12 November 2025
"ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒު ކުރެވޭނީ އިސްތިއުނާފްގެ ހުރިހާ މަރުހަލާއެއް ނިމި، ސުޕްރީމް ކޯޓުން މަރުގެ ހުކުމް ދެމެހެއްޓުމުންނެވެ. ނަމަވެސް ސުޕްރީމް ކޯޓުން މަރުގެ ހުކުމް ދަމަހައްޓާފައިވާ ތިން މީހަކު މިހާރު ވެސް އެބަތިއްބެވެ. އަދި ފަހުގެ ތާރީހެއްގައި ރާއްޖޭގައި މަރުގެ އަދަބު ތަންފީޒެއް ނުކުރެ އެވެ". ތަންފީޒު ނުކުރެވޭނަމަ ކީއްކުރަން އިސްތިއުނާފު ކުރަނީ، އަނެއްކާ ތަންކޮޅެއް އަވަހީ، ތިޔަހަރަ ސްޕީޑެއްތާ ދޯ.
ބުޅާގޯނި
12 November 2025
މިތަނުގައި ތިކަމެއް ނުކުރެވޭނެ އިބިލީހުގެ ކައިވެންޏަށް ވީހެންވާނީ އަޑުއެހުން ތައް ކެންސަލް ވަމުން ގޮސް އެންމެ ފަހުން ވާނީ މިނިވަނަކަށް ބަލަން ހުރޭ