އައިޖީއެމްއެޗްގައި ބޭރިއަޓްރިކް ސާޖަރީ ފެށުމަށް އެ ހޮސްޕިޓަލްގައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު
02 ޑިސެމްބަރ 2025 - 10:39
އާދަޔާ ހިލާފަށް ބަރު މީހުންގެ ފަރުވާއަކަށް ކުރާ ބޭރިއަޓްރިކް ސާޖަރީ، އައިޖީއެމްއެޗްގައި އިއްޔެ ފަށައިފި އެވެ.
މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް ހަލީމް، ސޯޝަލް މީޑިއާގައި ރޭ ކުރެއްވި ޕޯސްޓުގައި ވިދާޅުވީ ހަޖަމްކުރާ ނިޒާމު މަސައްކަތް ކުރާ ގޮތަށާއި ގޮހޮރުގެ ސައިޒަށް ބަދަލު ގެނެސް ކުރާ މި އޮޕަރޭޝަންގެ ސަބަބުން، ބަރުދަން ބަރުވުމުގެ ސަބަބުން ޖެހޭ ގައިންގަޔަށް ނާރާ ބައެއް ބަލިތަކަށް ދެން ބޭސްކުރަން ނުޖެހޭނެ ކަމަށެވެ.
އޭގެ ތެރޭގައި ޓައިޕް 2 ހަކުރުބައްޔާއި ލޭ މައްޗަށް ދިއުމާއި ކޮލެސްޓެރޯލް މަތިވުމާއި ހިތުގެ ބަލިތައް އަދި ބައެއް ބާވަތުގެ ކެންސަރުން ރައްކާތެރިވާން ވެސް އެ އޮޕަރޭޝަންގެ ސަބަބުން އެހީދޭނެ ކަމަށް ވިދާޅުވި އެވެ.
ބެރިއަޓްރިކް ސަރޖަރީ އަކީ ހަޖަމްކުރާ ނިޒާމު މަސައްކަތް ކުރާގޮތަށާއި ގޮހޮރުގެ ސައިޒަށް ބަދަލުގެނެސް އާދަޔާޚިލާފަށް ބޮޑަށް ބަރުދަން މަތިވެފައިވާ މީހުންގެ ބަރުދަން ދާއިމީގޮތެއްގައި ދަށްކުރުމަށް އެހީތެރިވުމަށް ކުރާ ވަރަށް ކާމިޔާބު އޮޕެރޭޝަން ތަކެކެވެ. މި އޮޕެރޭޝަންތަކުން ޙާޞިލުވާ… pic.twitter.com/jLAUBHccL6
— Haleem (@22halex) December 1, 2025
އޭގެ ނަތީޖާއެއްގެ ގޮތުން ބަލި މީހާއަށް ރަނގަޅު ސިއްހަތެއް ލިބިދިނުމާ އެކު ނަފްސާނީ ދުޅަހެޔޮކަން ރަނގަޅުވުމާއި އަމިއްލަ ނަފްސަށް އޮންނަ އިތުބާރު އިތުރުވެގެން ދާނެކަން އޭނާ ފާހަގަކުރެއްވި އެވެ.
ހަލީމް ވިދާޅުވީ ބޭރިއެޓްރިކް ފަދަ މުހިއްމު ހިދުމަތެއް ފަށަން ސާޖަރީ ޑިޕާޓްމަންޓުން ތައްޔާރުވާތާ ދުވަސްތަކެއްވެއްޖެ ކަމަށެވެ. އެ މަސައްކަތް ކާމިޔާބުވެފައިވަނީ ވަނީ އެތައް ބައެއްގެ މަސައްކަތާއި އެހީތެރިކަމާއެކު ކަމަށް ވެސް ސީއީއޯ ވިދާޅުވި އެވެ.
ރާއްޖޭގައި އެންމެ ފުރަތަމަ ބޭރިއަޓްރިކް ސާޖަރީ ކުރަން ފެށީ އޭޑީކޭ ހޮސްޕިޓަލުގައި މީގެ ފަސް އަހަރު ކުރިންނެވެ. އެކަމަކު، ސަރުކާރު ހޮސްޕިޓަލް އައިޖީއެމްއެޗުގައި ވެސް އެ ހިދުމަތް މިހާރު މި ވަނީ ފަށައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ހަވަނަ
02 December 2025
މީ ހުސް ދެއްކުންތެރިކަމަށް ކުރާ ކަންތައް.. އާދައިގެ އޮޕަރޭޝަން ތަކަށް އޮތް ކިއު ބަލާބަލަ.. ދަތެއްގެ ފަރުވާ އޮތް ކިއު ބަލާބަލަ.. ތިއޭޓަރު ނުލިބެނިއްޔޭ..
ތިއީދޯ ނުކުރެވިހުރި ކަމަކީ......
02 December 2025
ފުރަތަމަ އައިޖީއެމްއެޗުން ސްޕެޝަލިސްޓް ޑޮކްޓަރުންނަށް ދެއްކޭނެގޮތް މިހާރު މުޅިން ބަންދު ކޮށްފައި އޮތް އޮތުމަަށް ހައްލެއް ގެނެސްދޭށެވެ! މިހާރު އާދަވެ ޗެކަޕް ހަދަންޖެހޭ މީހުންގެ ލެބް ޓެސްޓުގެ ނަތީޖާ ދައްކާލަން ވެސް ޖެހެނީ އެޕޮއިންޓްމަންޓް ކިޔޫގައި ޖެހެންށެވެ. 3، 4 މަސްވަންދެން ރިޕޯރޓް ދައްކާލަން މަޑުކުރަން ވަނީ މަޖުބޫރު ކޮށްފައެވެ. އެހެންނޫންނަމަ އެ ޑޮކްޓަރު އިންނަ ކްލިނިކަކަށް ގޮސް އަތުން _/350 ރުފިޔާ ދީފައި ރިޕޯރޓް ދައްކަންވީ އެވެ.
ކޮރަލް
02 December 2025
ރާއްޖޭގެ އާބާދީގެ ގިނަ ބަޔަކު ފަލަ ވެއްޖެ އެވެ. ދަނީ ފަލަ ވަމުންނެވެ. ފަލަ ވާ ސަބަބު ޑޮކްޓަރުން އެދަނީ ކިޔަމުންނެވެ. ޖަންކް ފުޑް ، ސޮސެޖް، ޕިއްޒާ ، ސަބްމެރީން ، ރެޑްބުލް ........ ފަދަ އެއްޗެއްހި މިއީ އާއްމު ކެއުމުގަ ކޮންމެ ދުވަހަކު އެތައް ފަހަރަކު ތަކުރާރު ކޮށް ބެނުން ކުރާ އެއްޗިއްސެވެ. ގަވާއިދު ތަކެއް ހަދަން އެބަ ޖެހެ އެވެ.
ސީ އީ އޯ
02 December 2025
” ޕޯސްޓުގައި ވިދާޅުވީ ހަޖަމްކުރާ ނިޒާމު މަސައްކަތް ކުރާ ގޮތަށާއި ގޮހޮރުގެ ސައިޒަށް ބަދަލު ގެނެސް ކުރާ މި އޮޕަރޭޝަންގެ ސަބަބުން، ބަރުދަން ބަރުވުމުގެ ސަބަބުން ޖެހޭ ގައިންގަޔަށް ނާރާ ބައެއް ބަލިތަކަށް ދެން ބޭސްކުރަން ނުޖެހޭނެ ކަމަށެވެ“ ބޭސްކުރަން ނުޖެހޭނޭ؟؟ ކަމުގެ އިލްމު ނެތިއްޔާ ވާހަކަ ނުދެއްކުން އެންމެ ރަނގަޅުވާނީ. ބޭސްކުރަން ޖެހޭނެ!! ނަމަވެސް ކޮންޓްރޯލް ކުރަން ފަސޭހަ ވެގެންދާނެ.
ފފފޖޖޖ
02 December 2025
މިއީ ވަރަށް ގެއްުލުން ހުރު ވޭންދެނެވި ކަމެއް! ކުރަން ހެޔޮވާ ވަރު ކަމެއް ނޫން. ކީއްވެ މީހުންނަށް ސިއްހީ ކާނާ ކެއުމަށް ބާރު ނާޅަނީ، އެކަން ފަހި ނުކޮށްދެނީ، ކަސްރަތު ކްލާސްތައް އަގު ހެޔޯ ނުކުރަނީ
ފަޅުމަސް
02 December 2025
ތިއީ މާ ކުރީގެ ގޮތެއް.. އާސަންދައިން އޮޒެންޕިކް ނޫނީ މޮންޖާރޯ ފަދަ ބޭހެއް ދިނުމަށް ފަހު، ލައިފް ސްޓައިލް ބަދަލުކުރުން މާ ރަނގަޅުވާނެ.. ސާޖަރީ ކުރަންޏާ ބޭސް ހުއްޓާލަން ވީމަ ކުރީމަ ރަނގަޅުވާނެ..
ކަނބިލީ
02 December 2025
ފަލަ މީހުނަށް ސާޖަރީ ހެދުމަށް ވުރެއް ރަންގަޅުވާނެ އޮޒެންޕިކް ބޭސް ދިނުން.