ފުލުހުން ކްރައިމް ސީނެއްގައި ހަރަކާތްތެރިވަނީ: މަރުވެފައި އޮއްވާ ފެނުނު މީހެއްގެ ހަށިގަނޑުން 800 ގްރާމްގެ ޑްރަގް ފޮރުވާފައި ހުއްޓާ ވަނީ ފެނިފައި --- ފޮޓޯ/މިހާރު
05 ޑިސެމްބަރ 2025 - 20:57
ހުޅުމާލޭގައި ހުރި ގެސްޓްހައުސްއެއްގެ ތެރޭގައި މަރުވެފައި އޮއްވާ ފެނުނު މީހާގެ ހަށިގަނޑުގައި 800 ގްރާމް ހުރި 78 ބުލެޓްގެ މަސްތުވާތަކެތި ފޮރުވާފައި ހުއްޓާ ފުލުހުން ނަގައިފި އެވެ.
ފުލުހުން މިއަދު މީޑިއާއަށް ފޮނުވި މެސެޖެއްގައި މިދިޔަ މަހުގެ 30 ވަނަ ދުވަހު ހުޅުމާލޭގައި ހުންނަ ގެސްޓް ހައުސްއެއްގެ ކޮޓަރިއެއްގައި މީހަކު މަރުވެފައި ފެނުނު ނޭޕާލްގެ ފިރިހެން މީހާގެ ހަށިގަނޑުގައި އަނިޔާގެ ނިޝާނެއް ނެތަސް، އޭނާގެ ހަށިގަނޑުގެ ސީޓީ ސްކޭން ހެދިއިރު ގޮހޮރުގައި މަސްތުވާތަކެތި ހުރި ކަމަށެވެ.
އެކަމުގައި ގާނޫނީ ގޮތުން އަމަލު ކުރަންވީ ގޮތުގެ ލަފާ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ހޯދުމަށްފަހު، މިދިޔަ އަންގާރަ ދުވަހު އެ މީހާގެ ހަށިގަނޑުގައި ހުރި މަސްތުވާތަކެތި ޑޮކްޓަރެއްގެ އެހީތެރިކަމާ އެކު ނަގާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެމީހާގެ ހަށިގަނޑު ފަޅައިގެން އެ ތަކެތި ނަގާފައިވަނީ ހުޅުމާލޭ ސަހަރާގަ އެވެ. ފުލުހުން ބުނީ އެ މީހާގެ ހަށިގަނޑުން އެ ތަކެތި ނެގުމުގެ އޮޕަރޭޝަން ސިއްހީ ހިދުމަތްދޭ ތަނެއްގައި ނުކުރީ އެފަދަ އޮޕަރޭޝަނެއް ކުރެވޭ މިންވަރަށް ވުރެ ބޮޑަށް ހަށިގަނޑު ކުނިވެފައި އޮތުމުގެ ސަބަބުން ކަމަށެވެ.
އެ ތަކެތި ނެގުމުގެ އޮޕަރޭޝަން ކޮށްފައިވަނީ އެކަމަށް ހާއްސަ ސްޕެޝަލިސްޓް ޑޮކްޓަރުންގެ ލަފައާ އެކު ޑޮކްޓަރުން ކަމަށާއި އަދި އެގޮތުން އޭނާގެ ހަށިގަނޑުން ޖުމްލަ 78 ބްލެޓް ނަގާފައިވާއިރު، އެތަކެތީގެ ބަރުދަނަކީ 818 ގްރާމް ކަމަށް ފުލުހުން ބުންޏެވެ.
މަސްތުވާތަކެތި އެތެރެ ކުރާއިރު ދިރުވާލައިގެން އެތަކެތި އެތެރެ ކުރުމަކީ އަބަދުވެސް ބޭނުންކުރާ އުކުޅެކެވެ.
މިހާތަނަށް ބެލިބެލުމުން އެމީހާ ރާއްޖެ އައިސްފައިވަނީ ފުލުހުން ބުނިގޮތުގައި އިތުރު ދެ މީހަކާ އެކު މިދިޔަ މަހުގެ 26 ވަނަ ދުވަހު އެވެ. އަދި އެ މީހުން ކ. މާފުށީގައި އުޅުމަށް ފަހު ހުޅުމާލޭގައި ހުންނަ ގެސްޓްހައުސްއަށް ޗެކިން ވެފައިވަނީ އޭގެ ދެ ދުވަސް ފަހުންނެވެ. އަދި އޭނާއާ އެކު ރާއްޖެ އައި ދެ މީހުން ހަމަ އެދުވަހު ރާއްޖެ ދޫކޮށް ފިލައިގެން ގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެ މައްސަލާގެ މައުލޫމާތު ހާމަކޮށްފައި ނުވަނީ އެ މައްސަލައަކީ ތަހުގީގު ކުރަމުންދާ މައްސަލައަކަށް ވުމާއި ވަށައިގެންވާ ކަންކަމަށް ބަލައި އަދި ލިބިފައިވާ މައުލޫމާތުތައް ކަށަވަރުކޮށް، މައްސަލާގައި ހިމެނޭ މީހުން ދެނެގަތުމަށާއި ގުޅުންހުރި އިތުރު މީހުން ހޯދުމުގެ މަސައްކަތް ކުރަމުން ދާތީ ކަމަށް ފުލުހުން ބުންޏެވެ.
އެ މަސައްކަތް މިހާރު ވެސް ފުލުހުން ކުރަމުންދާ ކަމަށާއި އެހެންވެ، މައްސަލަތަކާ ގުޅޭގޮތުން މައުލޫމާތު ހާމަ ކުރުމުގައި ދޮގު މައުލޫމާތު ނުފެތުރުމަށް އެދޭ ކަމަށް ފުލުހުން ބުނެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ނުޖޫ
06 December 2025
މަރުވީމަ ބަނޑު ފަޅާލައިގެން ވެސް އެތިކޮޅު ހޯދަން ވާނެ ދޯ؟ މަރުވީމަ ދެން އެތިކޮޅު ހޯދެން އޮތީ ފުލުހުންނާ ހަވާލުކޮށްގެން ކަމަށް ވާތީ ވިއްކާފަ ބައެއް ދޭގޮތަށް ފުލުހުންނަށް ކޮންޓްރެކްޓް ހަވާލުކުރީ ކަމަށް ތުހުމަތު ކުރުމުގެ ޖާގަ އެބައޮތް ދޯ؟
ހޯރަބޭ
06 December 2025
މިވާހަކަވެސް ސޯސަލުމީޑިޔާގަ އެކިގޮތް ގޮތަށް ކިޔަފެށިންމާ މި ތިލަވީ.
123މސކ
06 December 2025
ފުލުހުނައް އަދިވެސް ފުރިހަމަ ތަހުގީގެއް ކޮއްނުލެވޭ އަދި ރައްޔިތުންނަށް ހުރިހަމަ މައުލޫމާތު ފޯރުކޮއް ނުދެވޭ
ޒަރީރު
06 December 2025
ފުލުހުންނަށް ކޮން ތަހުގީގެއް ކުރެވޭނީ. އައްޑޫ ރައްޔިތުން މިހާރުވެސް އެގޮވަނީ ނަދަމާ ދޫކޮށްލަން. އެކަމަކު ނަދަމާއަކީ .. ވިޔަފާރީގެ ބޮޑެއްކަން އައްޑޫ އެންމެނަށްވެސް އެނގޭނެ.
ކޮރަލް
06 December 2025
މަސާޖް ކުރާ ތަންތަނުގަ އުޅޭ މީހުން ވ ރަނގަޅަށް ބަލަން އެބަ ޖެހެ އެވެ. މާލޭ ކޮންމެ މަގެއްގަ އެކަހަލަ ތަނެކެވެ. ހުސް ބިދޭސީންނެވެ.
އަލަދަބިޔާ
06 December 2025
ޓޫރިޒަމޭ ކިޔާފަ ލެއްވިހާ ގައުމަކަށް ފްރީ ވިސާ ދޭނީ މޮޔައިން. ޓޫރިސްޓުން އަންނަ މިންވަރު ވަކި ވަރަކަށް މަދު ގައުމތަކަށް ފްރީ ވިސާ ހުއްޓާލާ.
ފަރަންޖީ
06 December 2025
ބިދޭސީންގެ ފުލް ކޮންޓްރޯލުގަ އެތައް ގެސްޓުހަުއުސެއް. ހުރިހާ ތަނެއް ބަންދުކޮށްބަލަ.
އަކީމް
06 December 2025
މީޑިއާގައި ވާހަކަ ފެތުރުމުން ދެން ކޯޗެއް ކިޔާކަށް..ވަށައިގެންވާ ކަންކަމަށް ބަލާ ؟؟ކޮންކަމެއް ބެލެނީ..
މާވިން
06 December 2025
ބިދޭސީ ނިކަމެތި މީހެއް ވީމަ އޭނާގެ ޑިގްނިޓީއެއް ނެތް މި ގައުމުގަ. ހިތުހުރި ތާކު ބާއްވާފަ މަރުވެފަ އޮތް މީހަކަށް އެގޮތް މިގޮތް ހަދާފަ. އިންސާނިއްޔަތު ކަމެއް ނެތް. ސްކޭން ހަދަން ހޮސްޕިޓަލަށް ގެންދެވުނު ހެން ހޮސްޕިޓަލުގަ އޮޕަރޭޓްވެސް ކުރެވެން ޖެހޭނެ. ނޫނީ ހުޅުމާލޭ ހޮސްޕިޓަލުގަ މިހާރު ސީޓީ ސްކޭން މެޝިން ބަހައްޓާފައި ހުރީތަ؟ ތާކުންތާކު ނުޖެހޭ އުޒުރު. ނިކަމެއްޗަކަށް ވީމަ ހިތުހުރި ގޮތެއް.
ޙަސަންރަހާ
06 December 2025
ދޭސީ އެއްވިޔަސް ބިދޭސީ އެއް ވިޔަސް ބަޑުގަ 78 ބުލެޓު ޑުރަގާއެކު މަރުވެފަ އޮތިއްޔާ ފަޅައިގެން އެނަގާނެ! ފެޅީ ކޮންތަނެއްގަތޯ މުހިންމެއް ނޫން!
އަޅެ
06 December 2025
ކިހިނެތް ނިކަމެއްޗަކަށް ވާނީ އެހާ ބައިވަރު ޑުރަގު ވިއްކާ ބޭފުޅެއް؟
ދިވެހިޝާލޮކޮމް
06 December 2025
ތި ބުނާ ގެސްޓު ހައުސްއަށާ މާފުށީގަ ތިބަޔަކު އުޅުނުއިރު އެމީހުންނާއެކު އުޅުނު ދިވެހިންކޮބާ؟ ވީޑިއޯ ފުޓޭޖުތައްކޮބާ؟
މިހަކއެ
06 December 2025
ރާއްޖެއަށް ވަންނަ ނުކުންނަ މީހުން ނުބެލެހެއްޓޭ. އަބަދުވެސް ކިޔަނީ އާދޭ. އާދޭ. ޔޮޓުގައި އާދޭ. އުދުހިފަ އާދޭ. އެރައިވަލްއިން ބަލަނީވެސް ބައެއް މީހުންގެ ބެގޭޖު. ގާތްގަނޑަކަށް 5% މީހުން. ބެލްޓުން ތަކެތި ނަގައި ހަދާނެގޮތެއް ހެދިޔަސް ނޭނގޭނެ. އެހާ ބައިބޯގަޑިތަކުގައި އެމީހުންނަށް އޮންނަނީ ނުވެފައި.