މޫސާ އަލީ ޖަލީލަށް، ނިޝާން އަސްކަރީ ވެރިކަމުގެ އިއްޒަތް ރައީސް މުއިއްޒު މިދިޔަ އަހަރުގެ ނޮވެމްބަރު ހަތަރުވަނަ ދުވަހު އަރުވަނީ.---ފޮޓޯ: ރައީސް އޮފީސް
17 ޑިސެމްބަރ 2025 - 18:41
އަންނަ އަހަރުގެ އޭޕްރީލް ހަތަރު ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ޕީއެންސީގެ ޓިކެޓުގައި މާލޭގެ މޭޔަރުގެ ގޮނޑިއަށް ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް އަދި ޑިފެންސް މިނިސްޓަރުކަން ވެސް ކުރެއްވި މޫސާ އަލީ ޖަލީލް ކުރިމަތިލައްވަން ނިންމަވައިފި އެވެ.
ޕީއެންސީގެ ފަރާތުން މިއަދު ބޭއްވި މީޑިއާ ބްރީފިންގައި އެ ޕާޓީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވީ، ޕީއެންސީގެ ޓިކެޓު ހޯދުމަށް ކުރިމަތިލުމުގެ ފުރުސަތު މިދިޔަ ހޯމަ ދުވަހު ހަމަވިއިރު މާލޭގެ މޭޔަރުގެ މަގާމަށް ވާދަކުރައްވަން ނަން ހުށަހެޅުއްވީ އެންމެ ބޭފުޅެއް ކަމަށެވެ.
ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ ޓިކެޓުގައި މާލޭގެ މޭޔަރު ކަމަށް ކުރިމަތިލައްވަން ހުށަހެޅި ފަރާތުގެ ނަން ފަލާހު ވިދާޅުނުވި ނަމަވެސް އެނގިފައިވާ ގޮތުގައި، އެއީ ނިޝާން އަސްކަރީ ވެރިކަމުގެ އިއްޒަތް ސަރުކާރުން މިދިޔަ އަހަރު އަރުވާފައިވާ މޫސާ އަލީ ޖަލީލެވެ.
އަސްކަރީ ދާއިރާގައި 32 އަހަރު ހިދުމަތްކުރައްވައި، ފެބްރުއަރީ 9، 2012 ގައި ހިދުމަތުން ރިޓަޔާ ކުރައްވާފައިވާ މޫސާ އަލީ ޖަލީލް ވަނީ މިދިޔަ ހަފުތާއެއްގެ ތެރޭގައި މޭޔަރުކަމަށް ނުސީދާ ކެމްޕެއިންތަކެއް ސޯޝަލް މީޑިއާގައި ވެސް ކުރައްވައިފަ އެވެ.
މާލޭގެ މޭޔަރަކަށް އެންމެ ބޮޑު އިދިކޮޅު ޕާޓީ އެމްޑީޕީގެ ޓިކެޓް ހޯއްދަވަން މަސައްކަތް ކުރައްވަނީ މިހާރު ވެސް މޭޔަރު އާދަމް އާޒިމާއި މެދުހެންވޭރު ދާއިރާގެ ކުރީގެ މެމްބަރު އަލީ އާޒިމެވެ.
ޕީއެންސީގެ ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕެއިން މެނޭޖަރު ފަލާހު މިއަދު ވިދާޅުވީ، އެ ޕާޓީގެ ޓިކެޓުގައި ވާދަކުރަން ހުށަހެޅި ކެންޑިޑޭޓުންގެ އަދަދު 97 ޕަސެންޓަށް އަރާ ކަމަށެވެ. އެ އިން ދައްކައިދެނީ ޕީއެންސީ އަށް އާންމުން ކުރާ އިތުބާރާއި ތާއީދު ކަމަށް ފަލާހު ވިދާޅުވި އެވެ.
ޕީއެންސީން އަންނަނީ ލޯކަލް ކައުންސިލް އިންތިހާބުގެ ޕްރައިމަރީ މި މަހުގެ 27 ގައި ބާއްވަން ތައްޔާރުވަމުންނެވެ. އަދި ޕްރައިމަރީގައި ވާދަކުރަންޖެހޭ ކެންޑިޑޭޓުން ކަނޑައަޅަން މިހާރު ފަށާފައިވާ ކަމަށް ފަލާހު ވިދާޅުވި އެވެ.
ފަލާހު ވިދާޅުވީ، ޕްރައިމަރޫގެ ކަންކަން ވެސް ކުރިއަށް ގެންދާނީ ވަރަށް ދެފުށް ފެންނަ ގޮތަށް އަދި އާންމު މެމްބަރުންގެ އިތުބާރު ލިބޭ ގޮތަށް ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ވަންޗޫ
18 December 2025
އަހަރެންނަކީ ޕީއެންސީ އަށް ތާއިދުކުރާ މީހެއް. އެކަމަކު މި ކެންޑިޑޭޓް ކަމަކު ނުދޭ! އެމަނިކުފާނު ބަހައްޓަވާ ރަށުތެރޭން ކޮންމެވެސް އެހެން ކަމަކާ އުޅުއްވަން! މިހާރު ބޭނުންވަނީ ޒުވާން އައު މޫނެއް ނިކުންނަށް! ކޮންމެވެސް ރިޓަޔާރޑް އަޑްއަހާ އަހާފޫހިވެއްޖެ! މިހާރުވެސް ދައުލަތުން ރިޓަޔާކުރީމަ ބޮޑު މުސާރަލިބޭ ފަރާތެއް ތީ! ވަގުތު ފާއިތު ނުވަނީސް ގާބިލު އެހެން ފަރާތަކަށް ތިފުރުސަތު ދޭން ގޮވާލަން!
އަދުހަމް މުހައްމަދު
18 December 2025
މޭޔަރ ކަމަށް އެއްމެ ޝަރުތު ހަމަވާ ބޭފުޅާ މިއީ
ރިމާހް މުހައްމަދު
18 December 2025
މިހާރު ކުރިމަތިލާން ނިންމާފައި ވާ ބޭފުޅުންގެ ތެރެއިން އެއްމެ ގާބިލް ބޭފުޅަކަށް ފެންނަނީ މި ބޭފުޅާ. ހިދުމަތް ތެރި ގައުމުގެ ހައްގުގައި މަސައްކަތް ކުރި ބޭފުޅެއް
ހަމަދު
18 December 2025
މޫސާ އަލީ ޖަލީލަކީ ވަރަށް ގާބިލް ބޭފުޅެއް. ޔަގީން ނަތީޖާ ނެރެ ދައްކާނެކަން.
ހަސަންދި
18 December 2025
މި ސަރުކާރުގެ މަތީމަގާމު ތަކުގައި މުޅިންހެން ރިޓަޔަރ ކޮއްފަ ތިބި މީހުން. އަނެއްކާ 2028 ގައި ބޮޑު ކަމެއް އޮތީބާ؟
ލުބޫ
18 December 2025
ވަރަށް ރެސްޕެކްޓް ކުރާ ބޭފުޅެއް ތީ. މިހާރު ތިދާގުން ސާރގެ އަގު ވެއްޓޭނީ. ހެޔޮ ވިސްނުން ދެއްވާށި
ޖެނެރަލްޕެޓަން
18 December 2025
އެންމެ އިހްތިރާމްކުރާ ގައުމީ ބަތޮލް. ނަމަވެސް، މިކަމުގަ ސަރ އަށް ވޯޓް ލެވޭކަށްނެތް. މީހަމަ ސަރ ގެ ރަގަޅަކަށް ނިންމާ ނިންމުމެއް. ސެލިއުޓް ޔޫ އޯލްވޭސް.
އަމަލު2
18 December 2025
ރާއްޖޭގަ ހިގަމުންދިޔަ ގާނޫނީ ވެރިކަމެއް ބަގާވާތަކުން ވައްޓާލިއިރު ހުންނެވީ މާޖެހި ގަމީސް ތުރުކުރައްވައިގެން. ސަރުކާރާއި މަސްލަހަތު ހިމާޔަތްކުރަން އެދުވަހު ވީކަމެއް ކުރެވުނު ކަމެއް ހަރާމް. ގައުމީ ލޯތްބެއްތޯ..
އަލީ
18 December 2025
ވާނީ ފެއިލް
އަޅެ
18 December 2025
ދެންތިބި ކެންޑިޑޭޓުންނާ އަޅާ ބަލާ އިރު ހާސްބައި ކުރީގަ ހުރި ބޭކަލެއް. ކޮރަޕްޝަނެއް ނެތް، ލީޑާޝިޕް އެބަހުރި، ތިމާޔަށް ވުރެން ގައުމާ ރައްޔިތުން އިސްކުރާ ބޭކަލެއްކަން ސާބިތުކޮށްދީފައިވާ މުޖާހިދެއް