އެމްއެންޑީއެފުން ކަނޑުމައްޗަށް ގެއްލުނު މީހެއް ހޯދަނީ.
19 ޑިސެމްބަރ 2025 - 14:51
ގުޅީފަޅު ކައިރި އިއްޔެ މަރުވެފައި އޮއްވައި ކަނޑުމަތިން ފެނުނީ ލޯންޗަކަށް އަރަން އުޅެނިކޮށް ކަނޑަށް ވެއްޓުނު މީހެއް ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ބުނީ މަރުވެފައި އޮއްވާ ފެނުނީ ޗައިނާއަށް ނިސްބަވްތާ ޗެންގް ޖިއާ ނަމަކަށް ކިޔާ 38 އަހަރުގެ މީހެއް ކަމަށެވެ.
އޭނާ ކަނޑަަށް ވެއްޓުނީ އިއްޔެ 12:48 ހާއިރު ހުޅުމާލޭ ބޭރުގައި އޮތް ބާޖަކުން ލޯންޗަކަށް އަރަން އުޅުމުގެ ތެރޭގައި ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނި ގޮތުގައި އެ މީހާ ކަނޑަށް ވެއްޓުމުން ލޯންޗުގައި ތިބި މީހުން އޭނާ ސަލާމަތްކުރުމަށް މަސައްކަތްކޮށްފައިވެ އެވެ. އެ ވަގުތު މީހާ ކަނޑުގައި އޮއްވާ ފެނުނު ނަމަވެސް ފަހުން ނުފެނިގެން އެ ސަރަހައްދުން ދަތުރުކުރި އެހެން ލޯންޗަކަށް ވެސް އެ މައުލޫމާތުދީ އޭނާ ހޯދުމަށް މަސައްކަތް ކުރި ކަމަށާއި ކޯސްޓްގާޑަށް ވެސް އެ މައުލޫމާތު އެ މީހުން ހިއްސާކުރި ކަމަށް ފުލުހުން ބުންޏެވެ.
ކޯސްޓްގާޑުން އެ މީހާ ހޯދުމުގެ މަސައްކަތް ކުރަނިކޮށް މަރުވެފައި އޮއްވާ ފެނުނީ އިއްޔެ 1:32 ހާއިރެވެ.
އެ މީހާގެ ހަށިގަނޑު ކަނޑުން ނަގައިގެން އައިޖީއެމްއެޗަށް ގެންދިޔައިރު ވެސް އޮތީ މަރުވެފައި ކަމަށްވެ އެވެ.
ފުލުހުން ބުނި ގޮތުގައި އެ މައްސަލަ ދަނީ ތަހުގީގުކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ވަންޗޫ
19 December 2025
ތީ ބޮޑަށް ބެލެވެނި ތިކަމުގައި ލޯންޗުގަ ތިބިމީހުންގެ އިޙްމާލު ވަރަށް ބޮޑުކަން. އެމީހަ ވެއްޓުނު އިރަށް ވަގުތުން ފަހަތުން މީހަކު އޭނަ ސަލާމަތް ކުރަން ފުއްމާލި ނަމަ އޭނަ ސަލާމަތް ކުރެވުނީސްކަން ކަށަވަރު. ތިދައްކަނީ ސްޕޭސްގެ ހިނގިކަމެއްގެ ވާހަކައެއް ނޫން. ތިކިޔަނި އަހަރެމެން ވަށައިގެން އޮތް ކަނޑުގެ ވާހަކަ!
1828
19 December 2025
މަކަހަލަ މައްސަލަތަކުގައި ފުލުހުން ކުރާ ތަހުޤީޤެއް ދުވަހަކުވެސް ނުވެއް ނިމޭ