މާލެ ހިޔާ އެކެއްގެ ފުލެޓަކުން އުމުރުން 60 އަހަރުގެ މީހަކު މިއަދު ހެނދުނު ވެއްޓިއްޖެ އެވެ.
ފުލުހުން ބުނީ، ދިވެހި ފިރިހެންމީހާ އަށް މިހާރު އައިޖީއެމްއެޗުގައި ފަރުވާ ދެމުން އަންނަ ކަމަށެވެ. އެކަމަކު، އެ މީހާ އަަށް ލިބުނު އަނިޔާގެ ތަފުސީލެއް އަދި ނުލިބެ އެވެ.
ފުލުހުން ބުނި ގޮތުގައި އެ މީހާ ވެއްޓުނު ކަމުގެ މައުލޫމާތު ލިބުނީ މިއަދުގެ ހެނދުނު 6:50 ހާއިރު އެވެ.
އެ މީހާ އަށް ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންދާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވެ އެވެ. އެ ވީޑިއޯގައި ފެންނަނީ ސްޓްރެޗާ އަށް ލައިގެން ގެންދާ ތަނެވެ. ވެއްޓުނު މީހާގެ ބޮލުގަ އާއި އަތުގައި ވެސް އެއްކޮށް އޮތީ ބެންޑޭޖު އަޅައިފަ އެވެ.