މާލޭގައި ކެފޭ އުސޫލުން މަސްތުވާތަކެތީގެ ވިޔަފާރިކުރާ ތަނެއްގައި ފިރިހެނަކު މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.
އެ މީހާ މަރުވެފައި އޮއްވާ ފެނުނު ސީނުގައި ފުލުހުން މިހާރު އަންނަނީ ހަރަކާތްތެރިވަމުންނެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް، "މިހާރު" އަށް ވިދާޅުވީ ގަލޮޅު ކެފޭއެއްގައި މަރުވެފައި އޮއްވާ ފެނުނު މީހާއަށް ބަޔަކު އަނިޔާކުރި ކަމުގެ ނިޝާނެއް މިހާތަނަށް ފެނިފައިވާ ނުވާ ކަމަށެވެ.
މާލޭގައި ކެފޭ އުސޫލުން މަސްތުވާތަކެތީގެ ވިޔަފާރިކުރާ ތަންތަން ވަރަށް ގިނައިން ހުރެ އެވެ. އެ މައްސަލަ ހައްލުކުރަން ފުލުހުން ވަނީ މީގެ ކުރިން ރެއިޑް އޮޕަރޭޝަންތައް ވެސް ހިންގައިފަ އެވެ. އަދި ފަޅަށް ހުރި ސަރުކާރުގެ ބައެއް އިމާރާތްތަކާއެކު މާލޭގައި 50 އަށް ވުރެ ގިނަ ޑްރަގު އައްޑާ ހުރި ކަމަށާއި އެތަންތަން ބަންދުކުރަމުން އަންނަ ކަމަށް ވެސް ހޯމްލޭންޑް މިނިސްޓްރީން މީގެ ކުރިން ބުނެފައިވެ އެވެ.