ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާގައި މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ. ފުލުހުންގެ ބަންދުގައި ހުންނެވި ގާސިމް މަޖިލިހަށް ހާޒިރު ނުކޮށްދިން މައްސަލައިގައި އިދިކޮޅު މެމްބަރުން ނުރުހުން ފާޅުކުރެއްވި. - ފޮޓޯ: ނިހާން/ ޓުވިޓާ
10 އެޕްރީލް 2017 - 12:28
ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންނަށް ރިޝްވަތު ދިނުމުގެ ތުހުމަތުގަ އާއި ގާނޫނާ ޚިލާފަށް ވެރިކަން ބަދަލުކުރުމަށް ހިތްވަރުދޭ ކަމުގެ ކަމަށް ތުހުމަތުކޮށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ގާނޫނުއަސާސީ އާއި ގާނޫނުތަކާ ޚިލާފަށް ހައްޔަރު ކުރި ކަމަށް ބުނެ މަޖިލިހަށް ހުށަހެޅި ކުއްލި މައްސަލަ އެޖެންޑާ ނުކޮށް މިއަދު ބޭރުކޮށްލައިފި އެވެ.
ކުރީގެ ޕޮލިސް ކޮމިޝަނަރު، ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ހުށަހެޅުއްވި ކުއްލި މައްސަލާގައި ވަނީ މިދިޔަ ބުރާސްފަތިދުވަހު ގާސިމް ހައްޔަރު ކުރީ މަޖިލިހުގެ އިމްތިޔާޒްތަކާއި ބާރުތަކުގެ ގާނޫނުގެ 13 ވަނަ މާއްދާގެ (ހ) އާ ކަނޑަައެޅިގެން ޚިލާފަށް ކަމަށެވެ.
ގާސިމް ހައްޔަރު ކުރި ވަގުތުން ފެށިގެން އޭނާގެ މިނިވަން ކަން ނިގުޅައިގަނެ، މިއަދާ ހަމައަށް ގާސިމް ޖަލުގައި ހައްޔަރު ކުރުމުން މެމްބަރެއްގެ ގާނޫނީ ވާޖިބު އަދާކުރެއްވުމަށް ހުރަސް އެޅިފައިވަނީ ގާނޫނުއަސާސީ އާއި ގާނޫނާއި ހިލާފަށް ކަމަށް ވެސް ރިޔާޒް ހުށަހެޅުއްވި މައްސަލާގައިވެ އެވެ.
މެމްބަރުންތަކެއް މަޖިލިހުގެ މޭޒެއްގައި ކައިރީގައި ތިއްބަވަނީ. - ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
ކުއްލި މައްސަލަ މަޖިލިހުގެ ޖަލްސާއަށް އެޖެންޑާ ނުކުރި މައްސަލައިގަ އާއި ގާސިމް ފުލުހުންގެ ހައްޔަރުގައި ހުންނެވިއިރު، މަޖިލީހަށް ހާޒިރުނުކޮށް ދިން މައްސަލަ އިދިކޮޅު މެމްބަރުން ވަނީ މަޖިލިހުގެ މިއަދުގެ ޖަލްސާގައި ރިޔާސަތުގައި އިންނެވި މަޖިލިހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ ސަމާލު ކަމަށް ގެންނަވައިފަ އެވެ.
މަޖިލިހުގެ ރައީސް މަސީހު ވިދާޅުވީ ކުއްލި މައްސަލަ ހުށާހެޅުމުގައި މަޖިލިހުގެ ގަވާއިދުގައި ފުރިހަމަވާން ޖެހޭ ޝަރުތުތަކެއް ހުންނަ ކަމަށެވެ. އަދި އެ ޝަރުތުތައް ފުރިހަމަ ނުވާނަމަ، "ރިޔާސަތުން ކިތަންމެ ބޭނުންވިޔަސް" މަޖިލީހުން ހުއްދަ ނުކުރާ ކަމެއް ނުވާނެ ކަމަށް މަސީހު ވިދާޅުވި އެވެ.
"ޝަރުތު ފުރިހަމަ ނުވާތީ މެމްބަރު ހުށަހެޅުއްވިޔަސް، މަޖިލިހުގެ އެޖެންޑާގައި ހިމެނެން ނެތީމަ، އެ ވާހަކަ މަޖިލީހުން ވަނީ މެމްބަރަށް ދަންނަވާފައި،" މަސީހު ވިދާޅުވި އެވެ.
އިދިކޮޅު ބައެއް މެމްބަރުންގެ ނެންގި ނިޒާމީ މައްސަލައާ ގުޅިގެން މަސީހު ވިދާޅުވީ ގާސިމް ހައްޔަރުކުރުމާ ގުޅޭ ގޮތުން ފުލުހުން މަޖިލިހުގެ ގަވައިދުގައިވާ ގޮތަށް އަމަލު ކޮށްފައިވާ ކަމަށެވެ. އަދި ގަވައިދުގައިވާ ގޮތުގެ މަތިން މަޖިލިހުގެ ރިޔާސަތުން އަމަލުކޮށްފައިވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 205 ވަނަ މާއްދާގައިވާ ގޮތުން ކުށެއްގެ ތުހުމަތުގައި މެމްބަރަކު ހައްޔަރުކޮށްފައި ހުންނަ މުއްދަތުގައި ބާއްވާ، މަޖިލީހުގެ ޖަލްސާތަކަށާއި ކޮމެޓީގެ ބައްދަލުވުންތަކަށް ހާޒިރުވުމުގެ ހައްގު އެ މެންބަރަކަށް ލިބިގެންވެ އެވެ.
ފުލުހުން ބުނީ މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް ގާސިމް ހާޒިރު ނުކުރާނެ ކަމަށެވެ. ނަމަވެސް އޭގެ ސަބަބެއް ފުލުހުން ނުބުނެ އެވެ.
އިމްތިޔާޒް ގާނޫނުގައި ބުނެފައި ވަނީ ޖިނާއީ ކުށެއް ކުރަނިކޮށް ހިފިއްޖެ ހިނދެއްގައި މެނުވީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު ޖިނާއީ މައްސަލައެއްގެ ތަހުގީގަށް ހައްޔަރުކުރަން ބޭނުންވެއްޖެ ނަމަ އެކަން ކުރަން ވާނީ ސުޕީރިއާ ކޯޓެއް ނުވަތަ އެއަށް ވުރެ މަތީ ކޯޓެއްގެ އަމުރަކަށް ކަމަށެވެ. އެފަދަ އަމުރަކަށް އެ ކޯޓުގައި އެދޭނީ އެ މައްސަލަ ތަހުގީގުކުރާ ފަރާތުން ޕްރޮސިކިއުޓަ ޖެނެރަލް އަށް ހުށަހެޅުމުން ޕްރޮސިކިއުޓަ ޖެެނެރަލް އަށް ފެނިއްޖެ ނަމަ އޭނާ ކަމަށް ވެސް ގާނޫނުގައި ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑިމޮކްރަސީ
10 April 2017
ދިވެހި ރައްޔިތުންނަށް އިންސާފް ހޯދާދޭނީ ދިވެހިން ހޮވާފައި ތިބި ނަޒާހަތްތެރި މެންބަރުން
އުމަރު
10 April 2017
ޤާނޫނު އަސާސީގެ ދިވެހި ރާއްޖޭގެ ރައްޔިތުންގެ ހިމާޔަތާއި ރައްކާކަން ހޯދަން ދެންދާނީ ކޮންތާކަށްތޯ؟ ޕޮލިހުން ބަލައެއްނުގަތް، ކޯޓްތަކުން ބަލައެއްނުގަތް، މަޖިލިހުން ބަލައެއްނުގަތް، ޕްރޮސެކިއުޓާ ބަލައެއްނުގަތް، އެއްވެސް މިނިވަން މުއައްސަސާއަކުން އެކަން ބަލައިގަތުމަށް ގޮވާނުލި، ދެން ބޭރުގެ ޤައުމުތަކުގެ އެހީހޯދީމާ ބުނާނެ ތިމަންމެންގެ ކަންކަން ނިންމާނީ ތިމަންމެންގެ ތެރެއިންނޭ އަދި ރާއްޖޭގެ ޤާނޫނު އަސާސީގެ ދަށުން އަދި ހެދިފައިވާ ޤާނޫނުގެ ތެރެއިން ކޮންމެ މީހަކަށްވެސް ހައްގު ހޯދަން އުޅުމުގެ ދޮރުއެބައޮތޭ، މިހެންވީމާ ރައްޔިތުން ގޮވަމުން ގެންދަނީ އިސްލާހްކުރާށޭ، އަދި އެހެންވެ ރައްޔިތުންނާއި އިދިކޮޅު މީހުން ގޮވަމުން ގެންދަނީ އަދުލު އިންސާފް ގާއިމްކޮށްދިނުމަށް ރައީސުލް ޖުމްހޫރިއްޔާއަކީ ޤައުމުގެ އެންމެ މަތީވެރިޔަކަށްވީމާ އޭނާ ޖެހޭ މިހިސާބަށް ކަންތަށް ދިޔައީމާ ރައްޔިތުންނަށް ޖަވާބްދާރީވާން، ޒާތީވިޔަސް މިވަރު ތަންފުކެއް ބޮޑުވަރު