ވިލިމާލޭ ފަޅުތެރެއަށް ފީނަން ގޮސް އުޅުނު ނޭޕާލްގެ މީހަކު މަރުވެއްޖެ އެވެ.
ފުލުހުން މިއަދު ބުނީ ވިލިމާލޭ ފަޅުތެރެއަށް ފީނަން ގޮސް އުޅުނު މީހަކު ގެއްލިގެން ރިޕޯޓްކުރީ މިއަދު ހެނދުނު 6:30 ހާއިރު ކަމަށެވެ.
އެ ރިޕޯޓާ ގުޅިގެން ވިލިމާލޭގެ ފުލުހުންނާއި މެރިން ޕޮލިސް ގުޅިގެން ކުރި މަސައްކަތުން އެ މީހާ ފެނުނީ މޫދު އަޑީގައި އޮއްވާ 6:55 ހާއިރު ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނި ގޮތުގައި ވިލިމާލޭ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުންދަނިކޮށް އެ މީހާ ވަނީ މަރުވެފަ އެެވެ.
އެ ހާދިސާގައި މަރުވީ އުމުރުން 22 އަހަރުގެ ނޭޕާލް މީހެކެވެ. އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.