ފުވައްމުލަކުގައި ޑައިވިނަށް ފޭބި ޓޫރިސްޓަކު މަރުވެފައި އޮއްވައި މިއަދު ފެނިއްޖެ އެވެ.
ފުލުހުން ބުނީ ފުވައްމުލަކުގައި ޑައިވިނަށް ފޭބި ޓޫރިސްޓަކު ކަނޑުއަޑީގައި ހަރަކާތް ހުސްވެފައި އޮއްވައި ނަގައިގެން އެ މީހާ ފުވައްމުލަކު ހޮސްޕިޓަލަށް ގެންދިޔަކަމުގެ ރިޕޯޓު ލިބުނީ ހެނދުނު 9:18 ހާއިރު ކަމަށެވެ.
ފުލުހުން ބުނި ގޮތުގައި އެ މީހާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޮތީ މަރުވެފައި ކަމަށް ހޮސްޕިޓަލުން ވަނީ މައުލޫމާތު ދީފަ އެވެ.
މަރުވެފައި އޮއްވައި ފެނުނީ ކަޒަކިސްތާން މީހެއް ކަމަށްވާ، އުމުރުން 55 އަހަރުގެ ފިރިހެނެކެވެ.
ފުލުހުން ބުނީ އެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ.
ފުވައްމުލަކަކީ މިޔަ