ރާއްޖޭގައި ހުންނަ ޖަރުމަންގެ އޮނަރަރީ ކޮންސުލްގެ އޮފީސް ބަންދުކޮށްފި އެވެ.

ޖަރުމަނުގެ އޮނަރަރީ ކޮންސުލްގެ އޮފީސް ވަކި މުއްދަތެއް ނެތި ބަންދުކުރިކަމުގެ ނޯޓިސް ސްރީ ލަންކާަގައި ހުންނަ ޖަރުމަނުް އެމްބަސީގެ ވެބްސައިޓްގައި ޝާއިއުކުރި ނަމަވެސް ބަންދުކުރި ވަކި ސަބަބެއް ނުބުނެ އެވެ.

އެ ނޯޓިސްގައިވާ ގޮތުން ރާއްޖޭގައި އުޅޭ ޖަރުމަނު މީހަކު ކުއްލި ހާލަތުގައި ދެން ހޯދަން ޖެހޭނީ ކޮލަމްބޯގައި ހުންނަ އެމްބަސީގެ އެހީތެރިކަމެވެ.

ޖަރުަމަނަކީ ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ ފަސް ގައުމުގެ ތެރޭގައި ހިމެނޭ ގައުމެކެވެ. މިދިޔަ އަހަރު އެކަނި ވެސް އެ ގައުމުން ރާއްޖެއަށް 167،822 ޓޫރިސްޓުން ޒިޔާރަތްކުރި އެވެ. ކޮންމެ އަހަރަކު ރާއްޖެއަށް ޒިޔާރަތްކުރާ ޓޫރިސްޓުންގެ 7.5 ޕަސެންޓަކީ ވެސް އެ ގައުމުގެ މީހުންނެވެ.