މޫސުން ގޯސްވެ، ހދ. އަތޮޅުން ފެށިގެން ޅ. އަތޮޅާ ހަމައަށް ޔެލޯ އެލާޓް ނެރެފި އެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ނެރުނު އެލާޓުގައި ބުނީ ހަވީރު 3:00 އިން ފެށިގެން މިރޭ 7:00 އާ ހަމައަށް އުތުރުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
އެ ސަރަހައްދުތަކަށް ޔެލޯ އެލާޓު ނެރުނުއިރު މިއަދު މެންދުރު 2:00 އިން ރޭގަނޑު 8:00 އާ ހަމައަށް އޮތީ ހއ. އަތޮޅުން ފެށިގެން ފުވައްމުލަކާ ހަމައަށް ވައިޓް އެލާޓް ނެރެފަ އެވެ.
މެޓުން ލަފާކުރާ ގޮތުގައި ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވާނެ އެވެ.
ރާއްޖެއަށް މި ދުވަސްވަރު ކުރަމުންދާ ވިއްސާރާގައި ވަރަށް ގިނަ ރަށްރަށުގައި ފެންބޮޑުވެ، ބޮޑެތި ގެއްލުންތައް ދަނީ ލިބެމުންނެވެ. އޭގެ ތެރޭގައި ގިނައީ އުތުރާއި ދެކުނުގެ ރަށްރަށެވެ. ހދ. އަތޮޅުގެ ގާތްގަނޑަކަށް ހުރިހާ ރަށަކުން ވަނީ ފެންބޮޑުވެގެން ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އަށް ރިޕޯޓުކޮށްފަ އެވެ.
މެޓުން އިއްޔެ ގޮތުގައި، ކުރިއަށް އޮތް ތިން ދުވަހު ވެސް މުޅި ރާއްޖެއަށް ވިއްސާރަ ކުރާނެ އެވެ.