މި މަހުގެ ހަވަނަދުވަހު ބޭއްވި ލޯކަލް އިންތިޚާބުގައި އިދިކޮޅު ފަރާތްތަކަށް ލިބުނު ކާމިޔާބީ ފާހަގަކުރުމަށް ކުނޫޒްގައި ބޭއްވި ޖަލްސާ އަށް ފަހު މެމްބަރު ހުސެއިން މުހައްމަދާއި، އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވައި ފެނުނު ޔާމީން ރަޝީދުގެ ބައްޕަ ހުސެއިން ރަޝީދު ވާހަކަ ދައްކަނީ.---މިހާރު ފޮޓޯ: ހުސެއިން ވަހީދު
16 މެއި 2017 - 13:49
ރައްޔިތުންގެ މަޖިލިހުގެ މަތިވެރި ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު ހުސެއިން މުހައްމަދު މިއަދު ފުލުސް އޮފީހަށް ހާޒިރުވާން އަންގައިފި އެވެ.
އެ ޕާޓީގެ ސްޕޯކްސްޕާސަން އަލީ ސޯލިހު ވިދާޅުވި ގޮތުގައި ހުސެއިން ފުލުސް އޮފީހަށް ހާޒިރުވާން އަންގާފައި ވަނީ މިއަދު ހަވީރު ހައެއް ޖަހާއިރަށެވެ. އޭނާ ފުލުސް އޮފީހަށް ހާޒިރު ކުރަނީ ކޮން މައްސަލައަކާ ގުޅިގެން ކަން އެނގިފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ފުލުހުން އަންގާފައި އޮތީ ބަލަމުންދާ މައްސަލައަކާ ގުޅިގެން ހުސެއިން ހާޒިރުވާން،" އޭނާ ވިދާޅުވި އެވެ.
އަލީ ސޯލިހް ފާހަގަކުރެއްވި ގޮތުގައި ޖޭޕީގެ މެމްބަރުން ފަހަކަށް އައިސް ފުލުސް އޮފީހަށް ހާޒިރު ކުރުމަކީ އާންމު ކަމެކެވެ. އެކަމުގެ ބޭނުމަކީ މެމްބަރުންނަށް ބިރު ދައްކައި، މަސައްކަތަށް ހުރަސް އެޅުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ހުސެއިން ފުލުސް އޮފީހަށް ހާޒިރުކުރާއިރު، މަޖިލިހުގެ މެމްބަރުން ވަނީ މީގެ ކުރިން ވަނީ އެ އިދާރާ އަށް ހާޒިރުކޮށް ސުވާލުކޮށްފަ އެވެ. އެއީ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމާއި އެ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަދި ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒާއި ކުރީގެ ރައީސް މައުމޫންގެ ދަރިކަލުން، ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނާއި ކެންދޫ ދާއިރާގެ ޖޭޕީ މެމްބަރު އަލީ ހުސެއިނާއި ކާށިދޫ ދާއިރާގެ ޖޭޕީގެ މެމްބަރު ފައިސަލް ނަސީމް އެވެ.
އޭގެ ތެރެއިން ކްރިމިނަލް ކޯޓުގައި ޝަރީއަތް ހިނގަމުން ދަނީ ގާސިމާއި ރިޔާޒްގެ މައްޗަށް އުފުލާފައިވާ ދައުވާތަކަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލީޝާކިރު
16 May 2017
42 ހަމަކުރިޔަކަ ނުދޭނެ، 42 ހަމަކޮއްގެން މައްސަލަ ވައްދައިފިއްޔާ މިހާރު ދެދަޅަޔަށް ފުލުސްއޮފީހަށް ދަމާ ހުރިހާ މެމްބަރުން ހުކުމްކޮށް ޖަލަށްލާންވެސް ފަހަކަށް ނުޖެހޭނެ.
މުހައްމަދު
16 May 2017
ފުލުހުންގެ ތެރޭގައި 7 ފެބުރުއަރީ 2012 ގައި ޖުމްހުރީ މައިދާނުގައި ދިވެހިރައްޔިތުން އިންތިހާބު ކުރި ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރި ފަރާތްތަކުން ބިރުން އުޅެނީ އެހެން ސަރުކާރެއް އައިސްފާނެތީ ، އެހެންވެ ބިރުން ކުރާ ކަންތައްތައް އެއީ ، ސަރުކާރުން ބުނެގެން ކުރާ ކަމެއްނޫން.
އައިއެފް
16 May 2017
ކޮންމެ ދުވަހަކުވެސް އިދިކޮޅު ސިޔާސީ ބޭފުޅަކު ފުލުސްއޮފީހަށް ދަމާތި. މިކަން ފުލުހުންގެ ގާނޫނުގައި ނުލިޔަނީ ކީއްވެބާ.
މުންކޮ
16 May 2017
"ބަލަމުންދާ މައްސަލައަކާ ގުޅިގެން" ވަރަށްސަޅި "މުއްދަތެއް ނެތްގޮތަށް" އެއަށްވުރެ ސަޅި، މީވެސް ހުދުމުހުތާރު ވެރިން ވެރިކަން ކުރާގޮތް،
ޜާޒް
16 May 2017
ސަރުކާރެއް އިރާދުކުރެއްވިއްޔާއި ނުވެއްޓޭނެ އެކަމު ކެނެރީގޭ ނަށީދުނަމަ މިހާރު ދެކަމު ހާޖަތައް ވެސް ގޮސްފާނެ އެއްވެސް ބޭފުޅަކު މިސްކިތު ސަޖިދާގައި އޮއްވައި ފުލުހައް ހާޒިރު ކޮއްފައެއްނަތް އަދި މިސަރުކާރަކުން ނުވެސް ކުރާނެ
ކަމަނަ
16 May 2017
ސަޕޯޓް ކުރިޔަސް ތީ ބޮޑުވަރު، އަޑުބަރޭ ހައްޔަރު ކުރީ ހުކުރު ދުވަހު ނަމާދައް ފަހު ސުންނަތް ކުރަން ހުއްޓާ، ކިތައް މީހުންތޯ އެދުވަހު ކޮއްޕާ ގަޅާލީ ނަމާދައް ހުއްޓާ ބަލާ ޔޫޓިބު
މެންޓަލިސްޓް
16 May 2017
ގަދަބާރުން ފުލުސްއޮފީސްދައްކައިގެން ކޯޓްތަށް ދައްކައިގެން ކިހާދުވަހަކު ވެރިކަންކުރެވޭނެބާ ،،، ކައިރީގައި ތިބި މީހުންވެސް މިހާރު އެތިބީ ވާނުވާ ނޭންގޭ ހިސާބުގައި ،،،، މިކަންމެދަނީނިމެން ،، ކަމެށްނިމުމުގެ ހުރިހާ އަލާމާތްތަކެށް މިހާރު އެހެރީފެންނަށް ،،،، ވަރަށްވެދުން
ބޮކި
16 May 2017
ނިމިދިޔަ ލޯކަލް ކައުންސިލް ގައި ސަރުކާރު ފަޅިން ނުކުތް މީހުންނަށް ވޯޓު ނުދޭ މީހުން ހޯދާ ފުލުސް އޮފީހަށް ދަމަން ފަށަންވީނޫންތޯ އޭރުންވެސް ކަމެއް ކުރެވުނު ކަމަށް ވާނެނޫންތޯ
ބޮކި
16 May 2017
ކިހާދުވަހެއް ވަންދެން މި ގޮތަށް ބިރުދައްކާނެބާ މި ސަރުކާރު ވެރިކަމަށް އައީ ކޯލިޝަން ހަދާގެން ގާސިމް އިބްރާހިމް ކުރި ބުރަ މަސައްކަތުންކަން ދިވެހިން ގަބޫލުކުރާނެ ކަން ޔަގީން މިއަދު ގާސިމް މި ސަރުކާރަށް ނޫނެކޭ ބުނެފި އަދި ޔާމީން ވެރިކަމަށް ގެންނަން ބުރަމަސައްކަތެއް ކުރި ކުރީގެ ރައީސް މައުމޫން ވެސް މިސަރުކާރަށް ނޫނެކޭ ބުނެފި ނިމިދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި ދިވެހިން ވެސް ނޫނެކޭ ބުނެފި އެހެން ވީމާ މިސަރުކާރުގެ ސައްހަ ކަމެއް ނެތްކަން ޔަގީން ވެއްޖެ ދެން ފުލުހުން މެދުވެރިކޮށް ތިޔަދައްކާ ބިރު ވަގުތުން ހުއްޓާލަން ޖެހޭ
modaf
16 May 2017
މިމީހުން ފުލުހަށް މިގެންދަނީވެސް ތަންކޮޅެއް މަޑުމައިތިރިކޮށްތިބޭ ކަހަލަ މީހުން ބަލާފަ. އެއީ އެތަނަށް ގެންދާއިރަށް ބިރުން މިމަސައްކަތް ހުއްޓާލާނެކަމަށް. މިއަށްވުރެ މާ ހަޅެއްލަވާ މީހުން އެބައުޅޭ. ގެންދާކަށްނުކެރޭ. މިސާލަކަށް މުސްތޮފާ އީވާ މާރިޔާ ރޮޒޭނާ ނިޒާރު ހުސެން އަރީފް އިންތި.
ކުޑަދޫއަހްމަދު
16 May 2017
ސަރުކާރު ވެއްޓިދާނެކަމުގެ ބިރު މާބޮޑަށް ގަންނަނީ، ފުލުހުން މެދުވެރިކޮން ސަރުކާރުން ސިޔާސީ މަސައްކަތްކުރަން އުޅޭކަމީ ސަރުކާރުގެ ހިންގުމުގެ ގާބިލުކަން ނެތުން.، އަދި ސިޔާސީ މައިދާނުގައި ސަރުކާރު ހިންގަންތިބި މީހުން ބަލިވެއްޖެކަން ހާމަވުން.