ޕީޕީއެމްގެ ބައްދަލުވުމެއްގައި ރިޔާޒް، މަސީހްއާ ވާހަކަ ދައްކަވަނީ: މަސީހުގެ އިތުބާރު ނެތް ކަމުގެ ވޯޓަކީ ޕީޕީއެމް/އެމްޑީއޭ އަށް މާބޮޑު ކަމަކަށް ވެގެން ނޫޅޭ ކަމަށް ރިޔާޒް ވިދާޅުވި. --ފޮޓޯ: ނިޝާން އަލީ/ މިހާރު
27 ޖޫން 2017 - 20:49
އީދު ބަންދަށް ފަހު ރައްޔިތުންގެ މަޖިލީސް ހުޅުވުމާ އެކު ބޮޑު ބަދަލެއް ފެންނާނެ ކަމަށް އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކަށް ސަރުކާރު ކޯލިޝަންގެ ޕާލަމެންޓްރީ ގްރޫޕުން ކަންބޮޑުނުވާ ކަމަށާއި އިތުބާރު ނެތް ކަމުގެ އެއްވެސް ވޯޓެއް މިފަހަރު ވެސް ކާމިޔާބު ނުވާނެ ކަމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ނައިބު ލީޑަރު ރިޔާޒް ރަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.
ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މަގާމުން ވަކިކުރަން ބޭނުންވާ އަދަދަށް މެމްބަރުން ހަމަވެފައިވާ ކަމަށް އިދިކޮޅު އިއްތިހާދުން ވާހަކަ ދައްކަނީ ނޫސްތަކުން ޖާގަ ހޯދަން ކަމަށެވެ. މަސީހުގެ އިތުބާރު ނެތް ކަމުގެ ވޯޓު ދެ ވަނަ ފަހަރަށް ނާކާމިޔާބުވުމާ އެކު މަޖިލިސް އިދާރާގެ ދޮރުމަތީގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި ވެސް 42 މެމްބަރުން ހަމަވެފައިވާ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެއް ވާހަކަތަކެއް މި ދައްކަނީ. މި ވާހަކަތަކާ މެދު އަޅުގަނޑުމެން ކަންބޮޑެއް ނުވޭ، ހާހެއް ވެސް ނުވޭ. އިދިކޮޅު ފަރާތްތަކަށް މިހާތަނަށް ކާމިޔާބީ ހާސިލްވީ ކަމެއް ނެތް. އެހެންވީމާ މަޖިލީހުގެ ރައީސް ކީއްކުރަން، ވަޒީރެއްގެ އިތުބާރު ނެތް ކަމުގެ ވޯޓެއް ވެސް ނުނެގޭނެ،" ރިޔާޒް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި 2008 ގެ ފަހުން ސިޔާސީ އެއްވެސް ކަމެއްގައި އެމްޑީޕީ އަށް ލިބުނު ކުރިއެރުމެއް ނެތެވެ. އެފަދަ ބަޔަކު އިއްތިހާދު ހަދައިގެން އުޅުނަސް ކާމިޔާބީ ހާސިލްނުވާނެ ކަން މިހާތަނަށް ކުރަން އުޅެ ނާކާމިޔާބުވެފައިވާ ކަންކަމުން ސާފުވާނެ ކަމަށް ވެސް ރިޔާޒް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޕީޕީއެމް/އެމްޑީއޭގެ ޕާލަމެންޓްރީ ގްރޫޕް އަދިވެސް އޮތީ ބަދަހިކޮށް ކަމަށެވެ. މަޖިލީހަށް ހުށަހަޅާ ބައެއް ބިލްތަކާ މެދު ވަކިވަކި މެމްބަރުން މަޖިލީހުގައި ކަންބޮޑުވުން ފާޅުކުރުމަކީ އާއްމު އުސޫލް ކަމަށާއި ޖިނާއީ އިޖުރާއަތުގެ ބިލުގައި ވެސް ކަން ހިނގީ އެގޮތަށް ކަމަށް ވިދާޅުވި އެވެ.
ބައެއް ކަންކަން އިސްލާހުކުރަން ޖެހޭ ކަން ފާހަގަކުރައްވައި މެމްބަރުން އެ ބިލް އަނބުރާ ފޮނުވާލެއްވުމުން، އިދިކޮޅު ފަރާތްތަކަށް މާ ބޮޑު ކަމެއް ހާސިލްވީ ކަމަށް ބަލައި ވާހަކަތަކެއް ދެއްކުމުގެ ބޭނުމެއް ނެތް ކަަމަށް ރިޔާޒް ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި މަޖިލީހުގެ ތެރެއިން، އިދިކޮޅު ފަރާތްތަކުން ބޭނުންވާ ކަންކަން ހާސިލްވުމުގެ ފުރުސަތެއް ނެތެވެ.
ރައްޔިތުންގެ މަޖިލީސް ހުޅުވުމާ އެކު މަޖިލީހުގެ ރައީސް މަސީހުގެ އިތުބާރު ނެތް ކަމުގެ ވޯޓު ހުށަހަޅަން އިދިކޮޅު ފަރާތްތަކުން އަންނަނީ މަސައްކަތް ކުރަމުންނެވެ. މަސީހުގެ އިތުބާރު ނެތް ކަމުގެ ވޯޓު ދެ ފަހަރަށް ނާކާމިޔާބުވި ނަމަވެސް މަޖިލިސް ދެން ހުޅުވުނުހާ އަވަހަކަށް ވަރަށް އުފާވެރި ޚަބަރުތަކެއް ލިބޭނެ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެ އެވެ. އެކަމަކު އޭގެ ތަފްސީލުތަކެއް ހާމައެއް ނުކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކުޑަދޮރު
29 June 2017
ހަމަ މިހާރު ކަލޭ މިތަނުން ނުކުންނާށޭ ބުނާ ކަހަލަ !
ތިޔައޮތޮޅު
28 June 2017
ރިޔާޒޫ... ތިޔައަތޮޅު ކައުންސިލު އިންތިހާބުވެސް މިފަހަރު ކާމިޔާބު ކުރި އެއްކަލަ އިދިކޮޅު އިއްތިހާދުން. ވަރަށް ސަލާމް
ޕްރިންސެސް
28 June 2017
އޭނަ މާލެ...ހެހެ
ހާސްބެ
28 June 2017
އެއްމެ ފުރތަމަ ނެގި ވޯޓުގައި ހުރީ ގަދަވާ ކޮޅަކައް ވޯޓްލާން ތައްޔާރައް.
ޢަލީ
28 June 2017
ހާސްވާޒާތު އިޝްގީ ކަންކަމުގާ ހާސްނުވަނީ ވަރައްމަދުފަހަރެއްގާ ކަނޑުވަޏާކަނޑައްވެސް އެރިދާނަން ! ބުނެންތޭ ރަނގަޅުވާހަކައެއް ރައްޔިތުން މިހާރު މިތިބީ ޔާމިނައް ނޫނެކޭ ބުނަން ވަގުތު ގުނާލަގުނާލަ ވީމާ އެތައްހާހަކުން ޔާމިނު ބަލިކޮއް ރިޔާޒުމެން ހިންގާފަ ހުރިޖަރީމާރައްބަލާ ފިޔަވަޅު އެޅޭނެ އެކަމާބިރުން ތެޅިފޮޅުނަކަސް ހާހެއްނުވޭ
ހަބީބު
28 June 2017
ހާހެއް ނޫން 21 މިލިޔަން ދެއްތޮ
އަލީ
28 June 2017
ވޯޓުލިޔަދީގެންތާ ކާމިޔާބު ވާނެ ކަމެއް ނުވަތަ ނޫން ކަމެއްވެސް އިގޭނީ. އެކަން ކުރިޔަ ނުދެނީ ހާސްނުވާތީތޯ؟ ނޫނީ ނަތީޖާ ނިކުންނާނެ ގޮތް ޔަގީންވާތީތޯ؟
އީލާ
28 June 2017
2018 އަށް އިންތިޒާރު މިކުރަނީ..އިންޝާ ﷲ ރީތި ލަގާއެއް ދޭނަން މިފަހަރު.
Mishy
28 June 2017
އިންޝާ ﷲ
ޑިޒައިގޯސް
28 June 2017
ހާހެއް ނުވޭ، އެއްވެސް ވޯޓެއް ކާމިޔާބެއް ނުވާނެ ކަމަށް ރިޔާޒް ރަޝީދު ވިދާޅުވާއިރު އެމްޑީޕީން ބުނަނީ މަޖްލީހުގެ ރައީސް ކަމުން މަސީހު ވަކިކުރަން ބޭނުންވާ ވަރަށް އެމެންނަށް މެމްބަރުން ލިބިއްޖެ ކަމަށެވެ. މީގެއިން މިއެގިގެން ދަނީ މި އުޅެނީ ސަރުކާރާއި އަދި އިދިކޮޅު ފަރާތް ތަކާއި އެކު ރޭހެއްގައި ކަމަށެވެ. އަދި މޮޅުވަނީ ސަރުކާރެވެ. މަމެންގެ ބެކް އޮފް މައިންޑް ރިކޯލް ކުރަނީ އިންސާނާ އުފެދޭ ގޮތަށެވެ. އިންސާނާ އުފެދިގެން އަންނަނީ އެއީ 300 މިިލިއަން ސްޕާރމް ސެލްސް ތަކުގެ މެދުގައި ފެސިނޭޓިންގް ރޭހެއް ޖަހާ އެރޭހުގައި އެންމެ ކުރި ހޯދާ ސްޕާރމް ސެލް ގޮސް އެގްގެ ތެރެއަށް ވަނުމުންނެވެ. އެއީ ދަ ފާސްޓެސްޓް އެން ދަ ސްޓްރޯންގެސްޓް ސެލް އަކީ. އެ ސެލް އެގްގެތެރެއަށް ވަނުމުން ދެން އެގްގެތެރޭގައި އުފެދެނީ ހާފް ދަމޭންސް ހާފް ދަ ވުމެންސް ކްރޮމޮޒޯން އެކުވެގެން އުފެދެނީ އަ ޔުނީކް ޑީއެންއޭ ކޯރޑް އެކެވެ. އެޑީއެންއޭ އެއީ ނިއު ބޭބީ އުފެއްދުމަށް ޓަކައި ބޭނުންވާ ފުރަތަމަ ސެލް އެވެ. މިއަށް ދެން ކިޔަނީ ޑިޒައިގޯސް އެވެ. އިންސާނާ ދުނިޔެ އަށް ފޮނުއްވަނީ އެއީ ފެސިނޭޓިންގް ރޭހެއް 300 މިލިއަން ސެލްސް ތަކުގެ ތެރޭގައި ޖަހާ މޮޅުވާ ސެލް އަށެވެ. ދުނިޔެ އަށް އިންސާނާ އުފަން ވުމަށް ފަހު ވެސް ދިމާވާނީ ތަފާތު ފެސިނޭޓިންގް ރޭސް ތަކާއި ދުނިޔެ އިމާރާތް ކުރުމަށް ޓަކައި. އެ ފެސިނޭޓިންގް ރޭސް އީވިލް ރޭސް އަށް ބަދަލު ކުރުމުގެ އިޚްތިޔާރު އިންސާނާ އަށް އޮންނާނެއެވެ. އެގޮތުން ބަލާއިރު މަޖްލީހުގެ ރައީސް މަސީހު މަގާމުން ވަކި ކުރަން އުޅުން އެއީ އީވިލް ރޭސް ކަމަށް ބެލެވެނީ.
ތާގުނަ
28 June 2017
ތެދެއް ހާހެއް ނުވޭ. ނޭވާނުލެވި މަރަށް ތެޅޭ މަހެއްހެން ތެޅެވެނީ.
ލުކްވެލް
28 June 2017
ހާހެއް ނުވޭ، އެއްވެސް ވޯޓެއް ކާމިޔާބެއް ނުވާނެ ކަމަށް ޕީޕީއެމް ޕީޖީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު ރިޔާޒު ރަޝީދު ވިދާޅުވުމުން މީގެއިން އެގިގެން މިދަނީ ޕޮލިޓިކަލް ސައެންސް ގައި ހިމެނޭ ސައިކޮލޮޖިކަލް ވޯރފެއަރ ރީއްޗަށް އެމްޑީޕީން ޖައްސާ ހަމައެކަނި އެކަމާއި ދޭތެރޭ އެކަނި ޕީޕީއެމް ގެ ހުރިހާ އިސް ފަރާތް ތައް ވިސްނާ ގޮތް ހަދާ އެމްޑީޕީ އަށް ރައްދު ދިނުމުގައި އަވަދިނެތި ޕީޕީއެމްގެ އިސް ފަރާތް ތައް އުޅޭ ގޮތް ހެދުމެވެ. އޭގެ ބޭނުމަކީ ޓައިމް ވޭސްޓް ކުރުމެވެ. އެކަން ދަނެގެން ސަރުކާރުގެ އިކޮނޮމިކް ކައުންސިލުން އެބަޖެހޭ ނޫންތޭ ނެރެން އިކޮނޮމިކް ރަނގަޅު ކަންކަން ފްރަންޓް ލައިނަށް. އެގޮތުން ބަލާއިރު އެމްޓީސީސީ އަށް މިއަހަރު އެޕްރީލް މަހު ގެންނަން ބުނި ކޮންނަ ބޯޓް އަދި ވެސް ނައިސްގެން އުޅެނީ ކީއްވެގެންތޭ. އެވާހަކަ އިދިކޮޅު ފަރާތް ތަކުން ނުދައްކަނީ އެ ކޮންނަ ބޯޓް އަތުވެއްޖެނަމަ މާލެ ސަރަހައްދުގައި ހުރި ފަޅު ތައް ހިއްކައިގެން ރާއްޖެ ތަރައްގީ ވެދާނެތީއެވެ. ގުޅި ފަޅު ހިއްކިދާނެތީއެވެ. ތިލަފުށި ފަޅު އެއްކޮށް ހިއްކިދާނެތީއެވެ. ކަން މިހެން ހުރުމުން މިފަދަ ކަންކަމަށް ދެން އެނަރޖީ ހޭދަ ކުރަންވީ މުޅި ޕީޕީއެމްގެ މަތީ ލޭޔަރ އާއި އަދި މުޅި ސަރުކާރު ވެސް. ސްޕެޝަލީ ރައީސް އޮފީސް.
ފަހުލަވާނު
28 June 2017
ތިޔަ ބުނާ މަހާ ޖައްރާފާގެ ނަންފިޔަވާ ބޮޑު އެކައްޗެއްވެސް ނެތް. ހަމަ އެކަނި ކުރެވޭ ކަމަކީ ތަންކޮޅެއް ފުނުން ވެލި ނެގޭކަން... ވޭސްޓް ލާރިގަނޑެއް. ތި ކޮންނަބޯޓުގެ ކެޕޭސިޓީ ހުރީ މިހާރު ރާއްޖޭގަ ހުރި ކޮންނަ ބޯޓު ތަކާއި ދާދި ހަމަހަމަކޮށް.. ގުނބޯހައްދަން ބޭނުންވަރަކަށް ހެއްދޭ ބަޔަކުވެސް އުޅޭވިއްޔާ.