މެމްބަރު ސައުދު (ކ) އަދި މެމްބަރު ވަހީދު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.---މިހާރު ފޮޓޯ: ހުސެއިން ވަހީދު
25 ޖުލައި 2017 - 19:04
ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސެއިން ދެންމެ ހައްޔަރުކޮށްފި އެވެ.
ޖުމްހޫރީ ޕާޓީގެ ހަރުގެ މ. ކުނޫޒްގައި ހުންނަވަނިކޮށް ފުލުހުން ގޮސް ސައުދު ހައްޔަރުކުރީ ކޯޓު އަމުރަކާ އެކު އެވެ.
އިދިކޮޅު ހަރަކާތުގައި އުޅުއްވާ ސައުދު ހައްޔަރުކުރިއިރު، އޭނާއާ އެކު އެ ހަރަކާތުގައި އިސް ދައުރެއް އަދާކުރައްވާ ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހީމް (ލޯޔަރު ވައްޑެ) ވެސް ރޭ ވަނީ ހައްޔަރުކޮށް އޭނާގެ ބަންދަށް މިއަދު 15 ދުވަސް ޖަހައިފަ އެވެ.
ރައްޔިތުންގެ މަޖިލިހުގެ އިދިކޮޅު މެމްބަރުންގެ ތެރެއިން މިހާރު ވެސް އެކިއެކި މައްސަލަތަކުގައި ތަހުގީގަށް ވަނީ ސައުދާ އެކު ތިން މެމްބަރަކު ހައްޔަރުކޮށްފަ އެވެ. އެއީ ދިއްގަރު ދާއިރާގެ މެމްބަރު އަދި ކުރީގެ ރައީސް މައުމޫންގެ ދަރިކަލުން އަހުމަދު ފާރިސް މައުމޫނާއި ވަހީދެވެ.
މީގެ ކުރިން އެހެން މައްސަލަތަކެއްގައި ފުލުސް އޮފީހަށް އެކި ފަހަރު މަތިން ހާޒިރުކޮށް ސުވާލުކޮށްފައިވާ ސައުދު ހައްޔަރުކުރި ސަބަބެއް ކަމަށް، ކްރިމިނަލް ކޯޓުގެ ގާޒީ އާދަމް އާރިފް ނެރުއްވި އަމުރުގައި ވަނީ، ރައްޔިތުންގެ މަޖިލިހުގެ ސަރަހައްދު ފުލުހުން ބަންދުކޮށްފައި ވަނިކޮށް، މަޖިލިހުގެ މެމްބަރުން ނޫން ކަމަށް މަޖިލިހުން ކަނޑައަޅާފައިވާ ބަޔަކު ފުލުހުންގެ ސަފުތައް ރޫޅާލައި މަޖިލިހުގެ އިދާރާ އަށް ވަދެފައިވާ ކަމަށް ތުހުމަތު ކުރެވޭތީ އެވެ.
މިއަދު މެންދުރު 12:00 ގައި ނެރެފައިވާ އަމުރުގައި ތުހުމަތު ކުރެވޭ ބޭފުޅެއްގެ ގޮތުގައި ލިޔެފައި އޮތީ ސައުދުގެ ނަމެވެ. އެކަމަކު އަމުރުގެ ވަކި ހިސާބެއްގައި މަޑުއްވަރި ދާއިރާގެ މުހައްމަދު އަމީތުގެ ނަން ވެސް ލިޔެފައިވެ އެވެ. އެއީ ކިހިނެއް ހިނގާފައިވާ ކަމެއް ކަމަށް ސާފެއް ނުވެ އެވެ.
ސައުދަކީ ރައްޔިތުންގެ މަޖިލިހަށް އިއްޔެ ވަދެވަޑައިގެންނެވި އިދިކޮޅު މެމްބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ. އިއްޔެ މަޖިލިހުގެ އިދާރާ އަށް ވަދެވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި، މެމްބަރުން ނޫން ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ ބޭފުޅުންތަކެއް ހިމެނޭ ކަމަށް ބުނެ އެކަން ސީރިއަސް ކަމެއްގެ ގޮތުގައި ބަލައިދޭން މަޖިލިހުގެ އިދާރާ އިން އެދިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
ތުލުސްދޫ ދާއިރާގެ ވަހީދު ވެސް ކޯޓު އަމުރެއްގެ ދަށުން ރޭ ހައްޔަރުކުރި އެއް ސަބަބަކީ އެއީ އެވެ.
ކްރިމިނަލް ކޯޓުގެ ގާޒީ އަލީ އާދަމް ސޮއިކުރައްވައި ރޭ 8:00 ގައި ނެރުއްވި އަމުރުގައި ވަހީދު ހައްޔަރުކުރި ސަބަބެއް ކަމަށް ބުނެފައި ވަނީ، ރައްޔިތުންގެ މަޖިލިހުގެ އިދާރާ ހިމެނޭ ސަރަހައްދު އިއްޔެ ބަންދުކޮށްފައި ވަނިކޮށް، މަޖިލިހުގެ މެމްބަރުން ނޫން ކަމަށް މަޖިލިހުން ކަނޑައަޅާފައިވާ ބަޔަކު، ފުލުހުންގެ ސަފުތައް ފަޅާލައި، މަޖިލިހުގެ އިދާރާގެ ތެރެއަށް ވަދެފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގަ އެވެ. އަދި އެ މައްސަލާގައި ވަހީދު ހައްޔަރު ނުކޮށް ބަހައްޓައިފި ނަމަ، އޭނާގެ ފަރާތުން މުޖުތަމައުގެ ސަލާމަތަށް ނުރައްކާ ވެދާނެތީ އާއި ހެއްކަށް ނުފޫޒު ފޯރަފާނެ ކަމަށް ފެންނާތީ ވަހީދު ހައްޔަރު ކުރުމުގެ އަމުރު ނެރުނީ ކަމަށް އޭގައިވެ އެވެ.
ވަހީދާއި ސައުދުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި މައްސަލަ ބާތިލްކޮށްދިނުމަށް އެ ދެބޭފުޅުން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލަ މިހާރު ވަނީ އެ ކޯޓުން ބަލައިގެންފަ އެވެ. ވަހީދާއި ސައުދުގެ އިތުރުން މަޑުއްވަރި ދާއިރާގެ އަމީތާއި ދިއްދޫ ދާއިރާގެ އަބްދުއްލަތީފް މުހައްމަދުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް އިން ކަނޑައެޅި މައްސަލަ ބާތިލް ކޮށްދިނުމަށް ވެސް ސުޕްރީމް ކޯޓަށް ވަނީ ހުށަހަޅައިފަ އެވެ. އެ ދެ ބޭފުޅުންގެ މައްސަލަ ވެސް ސުޕްރީމް ކޯޓަށް މިހާރު ވަނީ ބަލައިގެންފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަނގަފޫޅު
25 July 2017
ރައްޔިތުންގެ މަޖްލީހުގެ ބާރު ކަޑާލައި މެމްބަރުގެ އިމްތިޔާޒް ތަކަށް އަރާގަނެ މެމްބަރުން ޖަލަށް ލާއިރު ހިތާ ދެކޮޅަށް ޔާމީނު އަށް ސަނާ ކިޔާ ޕީޕީއެމްގެ މެމްބަރުން ނަށް ވުރެ ނިކަމެތި ބަޔަކު ތިބޭނެ ބާއެވެ
ޔާމިން
25 July 2017
ގައުމު މިހާރު މިދަނީ ދާހިލީ ހަމަނުޖެހުމެއްގެތެރެއަށް.
ރައްޔިތުމީހާ
25 July 2017
ބުނަން ވަރަށް ރަނގަޅު ވާހަކަ އެއް... މާގިނަ މީހުން ހައްޔަރު ކުރަން ނަހަދާ ނިކަން މައުމޫން އަބްދުލް ޤައްޔޫމް ހައްޔަރު ކޮށްބަލަ... އޭރުން ނިމުނީ އޭރުން ދެން ކުރިއަށް އޮތް ހުރިހާ އަހަރެެއްގައިވެސް ޔާމީން އަކީ ޒައީމް
ވައްސަލާމް
25 July 2017
2018 ވައްސަލާމް...ޔަޤީން
ވާނުވާ
25 July 2017
ކުށެއްސާބިތު ނުވަނީސް ކޯޓަކުން ކުއްވެރިއަކައް ކަނޑައެޅިދާނެތޯ؟؟؟
މެންޓަލިސްޓް
25 July 2017
ކިތަންމެ ވަރަކަށް ރައީސްޔާމިންއާއި އިދިކޮޅު މީހުން ހައްޔަރުކުރިޔަސް މަޖިލިސްގެ މެޖޯރިޓީ ނުގެއްލޭކަމަކަށްނުވާނެ ،،،، ގައުމުގެ ރައްޔަތުންގެ ސަޕޯޓްއޮތްކަމަކަށްނުވާނެ ،، މިހާރު ތިޔަވެރިކަން ތިޔަދަނީ ހަމަފެތެމުން ،،، މިހާރު އުނގުރިތަކުން ލީކްވަމުންއެދަނީ ،،، ދެންފެންނާނީ ފެތޭތަން ،،، އެކަންއޮތީ އެހެން ،، ވަރަށްވެދުން
ސދ
25 July 2017
"...ރައްޔިތުންގެ މަޖިލިހުގެ އިދާރާ ހިމެނޭ ސަރަހައްދު އިއްޔެ ބަންދުކޮށްފައި ވަނިކޮށް، މަޖިލިހުގެ މެމްބަރުން ނޫން ކަމަށް މަޖިލިހުން ކަނޑައަޅާފައިވާ ބަޔަކު، ފުލުހުންގެ ސަފުތައް ފަޅާލައި، މަޖިލިހުގެ އިދާރާގެ ތެރެއަށް ވަދެފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގަ އެވެ." ދެން ކީއްވެ ދެންތިއްބެވި މެމްބަރުންނަށް ތި ދައުވާ ނުކުރީ ؟ ވީއާ ވެއިޓިން ފޯރ 2018. ވިލް ވައިޕް ޔުއަރ މެމޮރީސް ލައިކް ޔޫ ޑިޑް ޓު ދަ ސުނާމީ ބިނާ، ރަސްމީ ފާލަން، އިސްލާމީ މަރުކަޒު، ކޮންވެންޝަން ސެންޓަރ.
ގައުމުގެ ދުލުން
25 July 2017
ޤައުމުގަ ތިއްބެވި ޤާނޫނީ ވަކީލުންގެ ލަޝްކަރު ކޮބައިތޯ ޤައުމު މިދަރަޖައަށް ވެއްޓުނުއިރު، ލިބިފަހުރި ތަޢުލީމުގެ ބޭނުން (ޤައުމަށްޓަކައި) ނުހިފޭނަމަ ކިޔެވުމުގެ ބޭނުމެއްނެތް، މިއަދު ތިޔަ ބޭފުޅުން ނުތެދުވެއްޖެނަމަ ތިޔަބޭފުޅުންނަށް ޤައުމު މަޢާފެއް ނުކުރާނެ، ޤައުމު އެދިގޮވަނީ ތިޔަބޭފުޅުންގެ އެހީއަށްއެދި، ފަސްޖެހިވަޑައި ނުގަންނަވާ، ކެރިގެން ނިކުންނަވާ،ޤައުމު އިސްކުރައްވާ ، ރައްކާތެރިކަމާ ދަރިންނަށްޓަކައި!!!!!!!!!
އިދުރީސްބެ
25 July 2017
ކިޔަވައިގެންތިބި ގާނޫނީ ވަކީލުންގެ ވާހަކަ ހުއްޓާލާފަ. ތިމާގެ އަމިއްލަ ނަފްސާމެދު ވިސްނާލުން ކީއްތޯއެވެ. މިހާރު ރާއްޖޭގައި މިހިނގާ ކަންކަން އެއީ ގާނޫނީ ވަކީލުން ނުވަތަ ޑޮކްޓަރުން، ނުވަތަ ސިޔާސީ ލީޑަރުން ނުކުމެގެން ހުއްޓުވޭނެ ކަންކަމެއްނޫނެވެ. އެކަމުގެ ހެކި އެހެރަދަނީ ފެންނަމުން ނޫންތޯއެވެ. ސަރުކާރުގެ ސިޔާސަތުތައް ކަމުނުގޮސްގެން ފާޑުކިޔާ ސިޔާސީ ލީޑަރުންތައް އެއުޅެނީ ޗޯޓްތަކުން ނުކުންނާނެ ވަގުތު ނުވެގެން ނޫންތޯއެވެ. ސިފައިންނާ ފުލުހުންގޮސް ރައްޔިތުންގެ މަޖީހުން މެމްބަރުން ނެރެ އެތަން ޚިސޯރުކުރީމާ އެޖެހުނީ ރައްޔިތުންނާ ނޫންހެއްޔެވެ. ރައްޔިތުންނަށް ވިސްނަދޭން ސިޔާސީ ލީޑަރުން ކިހާ މަސައްކަތެއް ކުރޭތޯއެވެ. މިފަހަރުވެސް ރާއްޖެތެރޭގައިތިބި ރައްޔިތުން މާލެއައިސް އެބޭފުޅުންނަށް ހިއްވަރުދީ މިކަމުގައި ބައިވެރިވާން ނުގޮވާތޯއެވެ. އައީ ކިތައް ރައްޔިތުން ހެއްޔެވެ. މާލޭން މިކަމުގައި ބައިވެރިވާން ގޭގެ ސިޓިންގްރޫމުން ނުކުމެލީ ކިތައް މީހުންހެއްޔެވެ. މިންމާލަމުންވެސް ބުނެލަންއޮތީ، ކަލާނގެ ސަފުން ބަދަލް ނުކުރައްވަތޭ ޤައުމެއްގެ ޙާލާތެއް، ނުވާނަމަ ޤައުމުގައި ޙާލަތު ބަދަލްކުރުމުގެ ޚިޔާލާތެއް. ބަޣާވާތުގެ ހިޔަނީގަ އަންނަ ވެރިކަމެއް ނިމިގެންދާއިރު ލޭ ނުއޮހޮރި ނުނިމޭނެ.
ޖިންނި ބެ
25 July 2017
މިއީ ޖިންނި ހަނގުރާމަ އެކެވެ.އެއް ޖިންނި މަރާލާއިރަށް ދެ ޖިންނި އުފެދޭނެއެވެ.
ހަސަނު
25 July 2017
މިދާރޭޓުން ޖަލުގަ 45 ހަމަ ވާނެ އިސާހިތަކު.. އޭރުން މަޖުލީހަށް ޕެޓިޝަންތައް އަންނަންފަށާނެ ސީދާ ގޮޅިން....