ޖަލްސާއެއްގައި މައުމޫން ވާހަކަ ދައްކަވަނީ: އިސްލާމްވި ދުވަސް އަލުން ފާހަގަ ކުރަން ފެށީ މައުމޫނުގެ ވެރިކަމުގައި-- މިހާރު ފޮޓޯ
20 ޑިސެމްބަރ 2017 - 12:56
ރާއްޖެ އިސްލާމްވި ދުވަސް ސަރުކާރުން އަލުން ފާހަގަ ކުރަން ނިންމީ، ރާއްޖޭގައި ނަސޯރާ ދީނާއި އެހެން ދީންތައް ފެތުރުމަށް ބަޔަކު މަސައްކަތް ކުރާތީ، އެ ފިކުރުތަކުން ދިވެހިން ދުރުކުރުމަށް ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިއަދުު ވިދާޅުވެއްޖެ އެވެ.
ރާއްޖެ އިސްލާމްވީ ހިޖުރަ އިން 548 ވަނަ އަހަރު ނަމަވެސް، އެ ދުވަސް ރާއްޖޭގައި ފުރަތަމަ ފާހަގަ ކުރަން ފެށީ މުހައްމަދު ފަރީދުގެ ރަސްކަމުގައި ހިޖުރަ އިން 1374 ވަނަ އަހަރު އެވެ. ފަރީދުގެ ރަސްކަމުގައި 14 އަހަރު އެ ދުވަސް ފާހަގަ ކުރުމަށް ފަހު އެކަން ހުއްޓުނެވެ. އޭގެ ފަހުން އަލުން އެ ދުވަސް ފާހަގަ ކުރަން ފެށީ ކުރީގެ ރައީސް މައުމޫންގެ ވެރިކަމުގެ ފަސް ވަނަ އަހަރުގެ ތެރޭގައި 2000 ވަނަ އަހަރު އެވެ.
މިއަދު ފާހަގަ ކުރާ ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތާ ގުޅުވައިގެން އެ މަނިކުފާނު ނެރުއްވި ނޫސް ބަޔާނެއްގައި މައުމޫން ވިދާޅުވީ އަލުން އެ ދުވަސް ފާހަގަ ކުރަން ފެށި އިރު ރާއްޖޭގައި ނަސޯރާ ދީން ފެތުރުމަށާއި ނުސީދާކޮށް ފިކުރީ ހަނގުރާމައެއްގެ ސިފައިގައި، ރާއްޖޭގައި އޮތް އިސްލާމީ ވަހުދަތު ފުނޑުފުނޑުކޮށްލުމަށް ބަޔަކު މަސައްކަތް ކުރަމުން ދިޔަ ކަމަށެވެ. އެހެންވެ، ރާއްޖެ އިސްލާމްވި ދުވަސް ފާހަގަ ކުރަން ފެށި އެއް މަގްސަދަކީ ވެސް، ރާއްޖެ އަށް އޭރު އަންނަމުން ދިޔަ އެކި ދީންތަކުގެ ފިކުރާއި ވިސްނުމުން ދިވެހިން ދުރުކޮށް، ދީނީ ވަހުދަތާއި އެއްބައިވަންތަކަން ހިމާޔަތް ކުރުން ކަމަށް ވިދާޅުވި އެވެ.
މައުމޫން ވިދާޅުވި ގޮތުގައި، ރާއްޖެ އިސްލާމްވި ދުވަސް ފާހަގަ ކުރާއިރު މިނިވަން މުސްތަގިއްލު ގައުމެއްގެ ގޮތުގައި ރާއްޖެ މިއަދާ ހަމައަށް ވެސް އޮތުމުގެ ސިއްރަކީ އިސްލާމްދީން ކަން ހަނދާން ކުރަން ޖެހެ އެވެ. އަދި ދިވެހިންނަށް ލިބިފައިވާ އެންމެ ބޮޑު ނިއުމަތަކީ ވެސް އަދި ރާއްޖޭގައި ޒަމާނުއްސުރެ އޮތް އަހުވަންތަކަމަކީ ވެސް އެއީ ކަމަށް ވިދާޅުވި އެވެ.
"އެހެންވެ، އަޅުގަނޑުމެންގެ ތެރޭގައި އޮތް އަޚްވަންތަކަމުގެ ގުޅުމުގެ ރޫހު ވަރުގަދަކޮށް، އިސްލާމް ދީން ނޫން އެހެން ދީންތަކަށް ދިވެހި ފަސްގަނޑުން ޖާގަ ހޯދުމަށް އެކިއެކި ފަރާތްތަކުން ކުރަމުންދާ މަސައްކަތްތަކާ މެދު ހޭލުންތެރިވެ، އެކަމާ ދެކޮޅަށް މަސައްކަތް ކުރުމަށް ގޮވާލަމެވެ." ނޫސް ބަޔާނުގައި މައުމޫން ވިދާޅުވި އެވެ.
ރާއްޖެ އިސްލާމްވިތާ މިއަދަށް މީލާދީ ގޮތުން 864 ފުރޭނެ އެވެ. އަދި ހިޖްރީ ގޮތުން 891 އަހަރު ފުރުނީ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ާއަލިފުތު
21 December 2017
ރަން ތިރީސް އަހަރު ސްކޫލް ނިންމި ކުދިންނަށް އިސްލާމް ދީން ރަގަޅަށް ދަސްކޮށްދެވުނުނަމަ މިއަދު މިހާލަތަށް ނުވެއްޓޭނެ.
ޢަޙްމަދް.
21 December 2017
ދީނީ ވާހަކަ ދައްކަން މީނާގެ ލަދުހަޔާތް ކޮބާ!؟
ހޮޓްކިންގ
20 December 2017
ރާއްޖެ އިސްލާމްވީދުވަސް ފާހަގަކުރަނީ ކީއްކުރަންކަން މައުމޫނު މިހާރު ބުނެނުދިނަސް އޯކޭ.
މަރީ
20 December 2017
ދުވަސްކޮޅަކުން ޗައިނާއިން ބުނާނެ އެމީހުންގެ ދީންތަކަށް ރާއްޖޭން ޖާގަ ނުދެންޏާ ދެން އެމީހުން ކޮއްފައިވާ ހުރިހާ އިންވެސްޓްމަންޓްތަކެއްވެސް އަނބުރާ ގެންދާނަމޭ. އެމީހުންނަށް ބިލިއަން ޑަލަރަކީވެސް އެރަށު ކޮންމެ މީހެއްގެ މައްޗަށް ޑޮލަރެއް. ބައްލަވަ ރާއްޖެއަށް ދެންވާނީ ކިހިނެއްތޯ؟! އިޤްތިސޯދު ނޫނީ ދީން...ވަރަށް ސަލާމް.
ހައްވަ
20 December 2017
ކޮއްކޮ ބޭބެގެ ކަރުގައި ހިފާ، ދަރިފުޅު ގެންގޮސް ހުކުމަކާއި ޖަލުގައި ގެންގުޅޭތާ 5 މަސް ވެގެން ދިޔައިރު ވެސް ކޮއްކޮ ވީމާ ބުރަކަށީގައި ފިރުމާލާފައި ހާދަ ރަނގަޅޭ ބުނަން ވީދޯ!
އަޖީތު
20 December 2017
މިނިވަން މުސްތަގިއްލު ގައުމެއްގެ ގޮތުގައި ރާއްޖެއެއް ނެތް. ރައްޔިތުން ތިބީ މިނިވަންކަމަކު ނޫން. ޒަމާނުއްސުރެ އޮތް އަހުވަންތަކަމެއްވެސް ނެތް. ވަރަށް ސަލާމް.
ނައްޓް
20 December 2017
އެހެންވީމަ އަންނިއާއޮ ބައިޔަތު ހިފީ
ޝަހާމު
20 December 2017
އަދިވެސް އެބަ އުޅުއްވަމުން ދެއްތޯ. ރީތިކޮށް ކޮށްކޯފުޅާ އެކު އުޅުއްވި ނަމަ މިއަދު އެލޭޝިއާގެ ބޮޑުވަޒީރު ވަޑައިގެންނެވި އިރު ރިސެޕްޝަން މޭޒު ދޮށުގައި ޝަރަފްވެރިކަމާ އެކު އިނދެވުނީސް. އެކަމަކު ވެރިކަން ހޯދުމާއި ދަރިންނަށް ވެރިކަން ވާރުތަކުރުވަން ބޭނުންފުޅުވާލެއް ބޮޑުކަމުން އަމިއްލަ އެއްބަފާ ކޮށްކޯ ފުޅު ގަންބުވާލާފައިނަމަވެސް ވެރިކަމުގެ ބާރުތައް ގެންދެވޭތޯ އަދިވެސް ތި ބައްލަވަނީ. ތިކަން ތައް ހުއްޓަވާލައްވާ...!
ބޭބެ
20 December 2017
އަބަދުވެސް ތިގޮތުގައި ހުންނާނެނަމަދޯ. ދެން ކިޔާއެއްޗަކާއި އަމަލާ ދިމާނުވާނެދޯ އޯލްޓަނޭޓިވް މީހުނާ ބައިވެގެން އުޅެންޏާ. ނޫނީ އަދި ތިވިދާލުވިހެން ހޭނުލެވެނީދޯ އަދި ތިޔަ ފިކުރީ ހަނގުރާމަެަށް. ޢަމިއްލައަށް ހޭވެރިވެގެން ދޯ އެހެންމީީހުން ހޭލުންތެރިވުމަށް ގޮވާނީ
ހުސެއިން
20 December 2017
އެހެެންވެ ދޯ މައުމޫނު މިހާރު އެކަން ކުރި މީހުންގެ ފައި ބުދުޑައް ވެއްޓިގެން ތި އުޅެނީ