ޚަބަރު / ރައީސް މައުމޫން އަބްދުލްގައްޔޫމް

މައުމޫނަށް ގެއްލުން ދޭން އުޅޭ ކަމަށް ބުނެ ގެކޮޅުގެ ސެކިއުރިޓީ ވަރުގަދަކޮށްފި

ކުރީގެ ރައީސް މައުމޫން ދަރިކަނބަލުން ޔުމްނާއާ އެކު: އެމަނިކުފާގެ ގެކޮޅުގެ ސެކިއުރިޓީ ވަނީ ވަރުގަދަކޮށްފައި.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ހަށިކޮޅަށް ގެއްލުމެއް ދޭން އުޅޭ ކަމަށް ބުނެ އެމަނިކުފާނު ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ވަރުގަދަކޮށްފި އެވެ.

މައުމޫންގެ އަރިސް ބޭފުޅަކު މިއަދު ވިދާޅުވީ، މ. އެންދެރިމާގޭގެ ސެކިއުރިޓީ ވަރުގަދަކޮށް ރެ އިން ފެށިގެން އެ ގެކޮޅުގައި ސިފައިން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. އެއީ، އެމަނިކުފާނަށް ގެއްލުމެއް ދޭން އުޅޭ ކަމަށް ލިބުނު ރިޕޯޓަކާ ގުޅިގެން ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދީފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ޑިއުޓީ ބަހައިގެން ގެކޮޅުގައި ސިފައިން ފޯރިމަރަމުން އަންނަނީ،" "މިހާރު"އާ ވާހަކަ ދެއްކެވި މައުމޫންގެ އަރިސް ބޭފުޅާ ވިދާޅުވި އެވެ.

މިކަމާ ގުޅޭ ގޮތުން އެމްއެންޑީއެފުން އަދި ވާހަކައެއް ނުދައްކަ އެވެ.

މައުމޫނަށް ގެއްލުމެއް ދޭން އުޅޭ ކަމަށް ބުނެ ސެކިއުރިޓީ ބަލަހައްޓަން ފެށީ، އިދިކޮޅު ބައެއް މީހުން ތުހުމަތުކުރާ ގޮތުގައި، އެ ގެކޮޅަށް ވަދެ ނިކުމެ އުޅޭ މީހުން ބެލުމަށެވެ. އެ ނޫން، ނިޔަތެއް އެކަމުގައި ނެތް ކަމަށް އެ މީހުން ދެކެ އެވެ.

މީގެކުރިން، އެމަނިކުފާނުގެ ސެކިއުރިޓީ ދަށްކޮށްފައި ވެ އެވެ. މިދިޔަ އަހަރުގެ މާޗް މަހުގެ ތެރޭގައި އެމަނިކުފާނު ރާއްޖެއިން ބޭރަށް ވަޑައިގެންނެވިއިރު ސެކިއުރިޓީން ދަތުރުކުރުން ވަނީ މަނާކުރި އެވެ. މައުމޫނާ އެކު ފުރަން ނިންމި، ދެ ސެކިއުރިޓީން ނުފުރައި އަނބުރާ މާލެ އަންނަން އެ ފަހަރު އެމްއެންޑީއެފުން އެންގީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ޗެކިން ވެސް ކުރި ފަހުންނެވެ.

ރައީސް އަބްދުﷲ ޔާމީން ވެރިކަން ކުރައްވާ ގޮތާ މެދު ހިތްޕުޅުހަމަޖެހިވަޑައިނުގެން، އިދިކޮޅު ފަރާތްތަކާ އެކު މައުމޫން މަސައްކަތްޕުޅު ކުރައްވާއިރު އިންތިހާބަށް އެއް ކެންޑިޑޭޓަކު ނެރުމުގެ މަޝްވަރާތައް ވަނީ ފަށައިފަ އެވެ. މައުމޫންގެ ފަރާތްޕުޅުން ވެސް މަންދޫބުން ހިމެނިވަޑައިގަންނަވާ އެ ކޮމެޓީގެ މަޝްވަރާތަކުގައި، ރައީސް ޔާމީން ބަލިކުރަން ކެންޑިޑޭޓަކު ނެރުމުގެ އިތުރުން، ރިޔާސީ އިންތިހާބުގައި ޕާޓީތައް ގުޅިގެން މަސައްކަތްތައް ކުރެވޭނެ ގޮތްތަކެއް ކަނޑައަޅަން ވަނީ ނިންމައިފަ އެވެ.

42 ކޮމެންޓް, 116 ރިއެކްޝަންސް

icon happy icon happy 25%
icon sad icon sad 11%
icon angry icon angry 64%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކުދަ އާދަނު

10 January 2018

މީމައުމޫނަށް ތާއިދުކުރާ މީހުންގެ ސަޕޯޓް ޔާޟިން ހޯދުމަށް ކުރާ ކަމެއކަން ޔަގީން.

The name is already taken The name is available. Register?

މުހައްމަދު އަހްމަދު

10 January 2018

ރައީސް މައުމޫނަކީ، ތަރައްޤީގެ ބާނީ..... ދިވެހިން ދުށް އެންމެ މޮޅު އިލްމުވެރިޔާ

The name is already taken The name is available. Register?

އަލީ އަހްމަދު

10 January 2018

އެމްޑީޕީ އާއި، ޕީޕީ އެމާއި، އަދާލަތާއި، ޖޭޕީ އަކުންވެސް މަނިކުފާނަށް ރައްކާތެރިކަމެއް ނެތް... އެވެރިންނަކީ މަނިކުފާނު ދެކެ ނުހަނު ހަސަދަވެރިވާ ބައެއް... މީ ހަގީގަތް..

The name is already taken The name is available. Register?

އަހްމަދު އަހްމަދު

09 January 2018

9ޖެނުއަރީ ދުވަހުގެރޭ 8 ޖެހިއިރު އަހަރެން އެންދެރިމާގެ ކާރިން ދިޔައިން އެއްވެސް ސިފައިންގެމީހެއް ޕޮލިސް މީހެއްވެސް އެހިސާބަކުނެތް. ސެކިޔުރިޓީ ވަރުގަދަ ވާހަކައޮތީމާ އެތާ ކުޑައިރުކޮޅަކު މަޑުވެސް ކޮށްލިން. އެކަހަލަކމެއް ނުފެނުނު. ކޮން ގެކޮޅެއްގެ ސެކިޔުރިޓީއެއްބާ ވަރުގަދަކުރީ.

The name is already taken The name is available. Register?

މުހައްމަދު އަހްމަދު

09 January 2018

މައުމޫނަކީ ދިވެރާއްޖޭގެ ތަރައްޤީގެ ބާނީ.. ރަން 30 އަހަރުގެ ރައީސް... އެމަނިކުފާނަށް ސެކިއުރިޓީ ރަނގަޅު ފެންވަރެއްގެ ދެއްވަން ޖެހޭނެ... ސެކިއުރިޓީ ދެއްވުމަކީ އެމަނިކުފާނުގެ ސިޔާސީ ހަރަކާތަށް އެޅުނު ހުރަހެއް ކަމަށް ދެކުމަކީ، އެގޮތަށްދެކޭ ބައެއްގެ ނުކުޅެދޭކަން... އެމަނިކުފާނުގެ ސިޔާސީ ހަރަކާތްތަކަކީ ޤާނޫނީ އިމުގެ ތެރެއިން ހިންގަވާ ހަރަކާތެއް ކަމަށްވާނަމަ، އެމަނިކުފާނަށް ގެއްލުމެއްނެތް.. އެކަމަކު އެމަނިކުފާނު ޤާނޫނާ ޚިލާފު ހަރަކާތެއް ހިންގަވަން އުޅުއްވާނަމަ، ސެކިއުރިޓީގެ ސަބަބުން އެކަމެއް ނުކުރެއްވޭނެ...

The name is already taken The name is available. Register?

މުކައްބަ

09 January 2018

ވަގުތާއި، ހިނގާ ކަންކަމާއި، ދެކެވޭ ވާހަކަތަކާއި، ކަންފަތަށް އިވެމުންދާ އަޑުތަކާއި، ކޯޅޭ ކޯޅުން ތަކާއި، ފެންނަމުންދާ މަންޒަރު ތަކާއި، ކުރިމަތި ވަމުން އަންނަ ރިޔާސީ އިންތިޚާބާއި، ކުރިން ކަންހިނގާފައިވާ ގޮތާއި، މިއަދުގެ ޙާލަތަށް ވިސްނާލާއިރު، ވަރަށް ގިނަ ގޮތްގޮތަށް ވާހަކަ ދެއްކުމުގެ ފުރުޞަތު ލިބޭކެމެއް ސެކިއުރިޓީ ވަރުގަދަ ކުރުމަކީ.

The name is already taken The name is available. Register?

ފާތީ

09 January 2018

އެމަނިކުފާނުގެ ހަށިރައްކަލަށް ސެކިއުރިޓީ ވަރުގަދަކުރީމަވެސް ގޯސްމިވީ ސަރުކާރު. ކަމެއްވިނަމަވެސް ގޯސްވާނީ ސަރުކާރު. މިސަރުކާރަކަށް އެނގޭއިދިކޮޅުގައިތިބީކޮންބައެއްކަން. ވެރިކަމުގެދަހިވެތިކަމުގައި މައުމޫނުކޮށާކުދިކުރަންވެސް ފަސްނުޖެހޭވަރުގެ އިއްތިހާދެއްއޮތީ.

The name is already taken The name is available. Register?

ޙަސަން

09 January 2018

ދެން އެހެންޏާ ފަހެ...ޔާމީނު ހަށި ރައްކަލަކަށް އާރަށުގައި ބެހެއްޓުން މައްސަލަ އަކަށް ވާންވީ ކީއްވެ... ތިބުނީ ރަނގަޅަށް އަބަދުވެސް ގޯސްވާނީ ސަރުކާރު..

The name is already taken The name is available. Register?

އަޖައިބެއް

09 January 2018

ވަންނަ އެންމެންގެ ނަން ނޯޓުކުރުން އެއީ ސެކިއުރިޓީ ވަރުގަދަ ކުރުން؟

The name is already taken The name is available. Register?

ޙްމް

09 January 2018

ނާޒިމް އަށްވެސް ހަށި ރައްކަލަކަށް ތޯ އެހުރީ ޖަލުގަ؟

The name is already taken The name is available. Register?

ނޫސް ކިޔާމީހެއް

09 January 2018

މުޅިން ފޭކު އުފެއްދުމެއް. މައުމޫނުގެ ހަށިކޮޅަށް ގެއްލުންދޭނެބަޔަކު އެހެންތާކުން ނުނިކުންނާނެ މިއަދަކު . އެފަދަ ކަމެއް އައީވިއްޔާ އަންނާނެނީ ކޮންދިމާލަކުންކަން އެންްމެން ދަނޭ، ބޭނުމަކީ މައުމޫނު ފިއްތާލާފައި ބެހެއްޓުން. ކިރިޔާވެސް ހެންހީވާމީހަކުވިއްޔާ ކޮންމެސް ތުހުމަތެއް އަޅުވައި ބަންދުކުރާނެކަން ހަމަޔަޤީން

The name is already taken The name is available. Register?

ޝަހާމު ޝަރީފް

09 January 2018

މައުމޫނު ލިޓްރަލީ ހައްޔަރު ތިޔަ ކުރެވުނީ. ދެން ހިމާޔަތުގެ ނަމުގައި އެމްއެންޑީއެފް އިން ދާނީ މައުމޫނުގެ ހުރިހާ ކަމެއް ބަލަހައްޓަވަމުން. ހަގީގަތުގައި މިހުރިހާ ދަންތޫރައެއް މިޖެހެނީ މައުމޫނުގެ ދަރިއަކަށް ވެރިކަން ފުރޮޅާލަން ކުރާ މަސައްކަތުގެ ދަށުންކަން އެންމެނެންނަށްވެސް އިނގޭ. މިހާރު މުސްކުޅިފުޅުވެ ގައިބާރު ދެރަވެ އެކަނި ހިނގާބިނގާވެ އުޅެން ދަތިވެފައިވާއިރު، ރީތިކޮށް ކަންކަމާ ބެހިވަޑައިނުގެން ހުންނަވާނަމަ މައުމޫނަށްވެސް އިއްޒަތްތެރިކަމާ އެކު ދިރިއުޅެވުނީސް. ސިޔާސީ ކަންކަމުގައި މުހާރު އުޅެވިއްޖެއެއްނޫންތޯ! ގައުމެއްގެ ޖީލެއް ހަލާކުވެގެން ދިޔައީ ހުދު މައުމޫނު މަނިކުފާނުގެ ވެރިކަމުގަވިއްޔާ!

The name is already taken The name is available. Register?

ނޫރުބާނު

09 January 2018

ހަލާކުވެ ދިޔަ ޖީލުގެ އެކަކަށް ކަލޭވެސް ވާނެތާ.

The name is already taken The name is available. Register?

އަވައިނުވާ

09 January 2018

ރައީސް މައުމޫނުގެ ދޮށީ ފިރިހެން ބޭފުޅާ ޖަލުގައި ހައްޔަރުކޮށްފަ ރައީސް މައުމޫނު ވަށައިގެން އަސްވާރުން ބައިތިއްބާފަ ބައްދަލްކުރަނީ ކޮންބަޔަކާތޯ ބަލަބަލާ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454