އައިޖީއެމްއެޗްގެ އަހަރީ ދުވަހު ބޭއްވި ރަސްމިއްޔާތުގައި ހެލްތް މިނިސްޓަރު ނާޒިމާއި އައިޖީއެމްއެޗުގެ އިސް އޮފިޝަލުން ބައިވެރިވެވަޑައިގަންނަވަނީ- މިހާރު ފޮޓޯ: ހުސެން ވަހީދު
22 ޖެނުއަރީ 2018 - 11:13
ތިން ސަތޭކަ އަށް ވުރެ ގިނަ ޑޮކްޓަރުން ހޯދަން އިއުލާނުކުރުމުން ކުރިމަތިލީ އެންމެ ދެ މީހުން ކަމަށް ހެލްތު މިނިސްޓްރީން މިއަދު ބުނެފި އެވެ.
ސަރުކާރުގެ ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކަށް 332 މެޑިކަލް އޮފިސަރުންނާއި ސީނިއާ މެޑިކަލް އޮފިސަރުން ހޯދަން މިދިޔަ ނޮވެމްބަރު މަހު އިއުލާނުކުރި އެވެ. ނަމަވެސް މިިދިޔަ މަހުގެ ހަތް ވަނަ ދުވަހާ ހަމައަށް މުއްދަތު ހަމަވިއިރު، އެ ފުރުސަތަށް ކުރިމަތިލާފައިވަނީ ދެ ޑޮކްޓަރުން ކަމަށް މިނިސްޓްރީން ބުންޏެވެ.
އެކި ދާއިރާތަކުން ސުޕަ ސްޕެޝަލިސްޓް ޑޮކްޓަރުން ހޯދަން ވެސް މިދިޔަ ނޮވެމްބަރު މަހު އިއުލާނުކުރި އެވެ. އެ ފުރުސަތަށް އެއްވެސް މީހަކު ކުރިމަތިލާފައިނުވާ ކަން މިނިސްޓްރީން ފާހަގަކުރެ އެވެ.
އެ މިނިސްޓްރީގެ ހިއުމަން ރިސޯސް ޑިޕާޓްމަންޓުގެ އޮފިޝަލަކު ވިދާޅުވީ ޑޮކްޓަރުންނަށް އިއުލާނުކުރުމުން، މަދުން މީހުން ކުރިމަތިލި ސީދާ ސަބަބެއް ފާހަގަކުރެވިފައި ނުވާ ކަމަށެވެ. އަދި މެޑިކަލް އޮފިސަރުން ހޯދަން އަލުން އިއުލާނުކުރުމާ ގުޅޭ ގޮތުން ވެސް ވަކި ގޮތެއް އަދި ނުނިންމާ ކަމަށް ވިދާޅުވި އެވެ.
ހެލްތު މިނިސްޓްރީން 600 އަށް ވުރެ ގިނަ ނަރުހުން ހޯދަން ވެސް ނޮވެމްބަރު މަހު އިއުލާނުކުރި އެވެ. އެކަމަކު އޭރު 15 މީހުން ކުރިމަތިލާފައި ވެ އެވެ.
ސިއްހީ ދާއިރާ އަށް ގިނަ އަދަދެއްގެ ބަޔަކު ހޯދަން މި ފަހުން އިއުލާނުކުރިއަސް، އެ ފުރުސަތުގެ ބޭނުން ހިފާފައި ވަނީ މަދު ބައެކެވެ. އޭގެ ސަބަބެއް ކަމަށް ފާހަގަކުރީ، މާލެ ނުވަތަ އަމިއްލަ ރަށުގައި މަސައްކަތް ކުރުމެވެ.
"ގިނަ މީހުންނަކީ މާލެ ނުވަތަ އެ މީހެއްގެ އަމިއްލަ ރަށުގައި ވަޒަންވެރިވެ މަސައްކަތް ކުރާ މީހުން. އެހެން ރަށަކަށް ގޮސް، މަސައްކަތް ކުރަން އުނދަގޫ ވެދާނެތީ ހެން ބޮޑަށް ބެލެވެނީ، މިހާ މަދުން މި ކުރިމަތިލަނީ،" ހެލްތް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވި އެވެ.
ޑޮކްޓަރުންނާއި ނަރުހުން ހޯދަން އިއުލާނުކުރީ ގިނަ ދިވެހީންނަށް ފުރުސަތު ދިނުމުގެ ގޮތުން ކަމަށް ހެލްތު މިނިސްޓްރީން ވަނީ ކުރިން ބުނެފަ އެެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަދީބު
23 January 2018
މި ޑޮކްޓަރުންނާއި ނަރުހުން މި ހޯދަނީ އާ އައިޖީ އެމްޗަށް ކަން އެނގެނީ ކިތައް ބޭފުޅުންނަށްތޯ؟ މިހާރުގެ އައިޖީ އެމްއެޗް ހަމަ އެ ގޮތުގައި އެ މުވައްޒަފުންނާއެކު ހިންގާނެ. އާ ޢިމާރާތަށް އާ ބަޔަކު ލައިގެން ބައިނަލްއަޤްވާމީ ފެންވަރުގައި ހިންގަން ސަރުކާރުން ބޭނުންވޭ.
ބޮލި ހޮވާ ދިވެހިން
23 January 2018
ކިހިނެއް ޑަކުޓަރު ކަން ކިޔަވާނީ، އިހަށް ދުވަހު ފޮތެއްގައި ވަކި އެއްޗެއް ލިޔެގެން ޝަކުވާ ކުރީ. ދިވެހިންނަށް އެއްމެ ރަގަޅުވާނީ ނުކިޔަވާ ތިބެ ބޮލި ހޮވަން ދިއުން
ކޮކްޓެއިލްރައީސް
22 January 2018
ދެން އަތްޖަހާ، އަތުން ހަމެއް ދަންދެން އަތްޖަހާ.
ދޮގު
22 January 2018
ނަމަކަށް ކޮއްލާކަމެއް ތީ އިއުލާނުކުރުން. ކިތައްމެބަޔަކު ކުރިމަތިލިޔަސް އެކިފަހަރު އެކި ސަބަބު ދައްކާފަ ފޯމުތައް ރިޖެކްޓް ކުރަނީ. ފުރުސަތުދެނީ ގިނަވެގެން ދެމީހަކަށް.
އެމްއޯ
22 January 2018
ގްރޭޑް 12 ނިމެންދެން ހެސްކިޔާފަ ކިޔަވައިގެން އަދި އިތުރު 6 އަހަރު މެޑިސިން ކިޔަވާފަ އިތުރު 1 އަހަރު އިންޓާންޝަޕް ހަދާފަ މާލެ އައިމަ ދިވެހި ޑޮކްޓަރަކަށް ދޭ ބޭސިކް ސެލަރީއަކީ 15،090 ރުފިޔާ. ފުޑް އެލަވަންސެއް އެކޮމޮޑޭޝަން އެލަވަންސެއް ނުދޭ. އޯޓީ އެއް ވެސް ދެނީ މުކޮސް. ޖުމްލަ ލިބެނީ 21 ހާސް ރުފިޔާ. ޖެހެނީ ކުއްޔަށް ތަނެއް ހިފައިގެން އުޅެން. ބޭރުގެ ހަމަ އެއް މަގާމަކަށް ގެންނަ “ފޭކު” ޑޮކްޓަރަކަށް ވެސް ލިބޭ 30-40 ރުފިޔާ މަހަކު ހުރިހާ އެލަވަންސާ އެކޮމޮޑޭޝަން ލައިގެން. 300 ދިވެހި ޑޮކްޓަރުން ވަޒީފާ ނެތިފަ ތިއްބަސް ނުދާނެ ސަރުކާރަށް / ރައްޖެތެރެއަށް ގަނަތެޅިގެން ނަހަމަ މުސާރައެއް ހޯދާކަށް. މިހާރުވެސް އެތައް ބަޔަކު އޭޑީކޭއަށް ޖޮއިން ކުރަމުން އެދަނީ އިންސެންޓިވްސް ހަމަ ހަމަ ވީމަ. ރަނގަޅުވީމަ.
އައިޖޭ
22 January 2018
ސްޕަރ ސެޕެސަލިސްޓުން ނެތް ތަަނެއްގައި ސްޕަރ ެޕެސަލިސްޓުންނަށް އޯޑަރ ޖެހީމަ ވާނީ ކިހިނެއް..... މިއީ ސައުދީގައި ދިވެހި ބަހުްނ ވަހަކ ދައްކާ މީހުން ޙޯދަން އިއުލާން ކުރުން ފަދަ ކަމެއް ދީ
ސައްދާމް
22 January 2018
ޑޮކްޓަރުން ލިބޭނީ ކިހިނެއް އެންމެ ފުރަތަމަ މި ޖެހެނީ ސިޔާސީ ޕާޓީގެ ޖަލްސާއަށް ދާން.......... އައި.ސީ.ޔޫ ގައި އޮންނަ ހާލު ބޮޑު ބަލި މީހާ އަށް ފަރުވާ ދިނުމަށް ވުރެ ސިޔާސީ ޕާޓީ ޖަލްސާއަށް ދިއުން މުހިންމު........... ހަމަ އަތްޖަހަން ދާން މި ޖެހެނީ..........
ސޯޓްލިސްޓް
22 January 2018
އަދިވެސް އެއްޗެެއް ވިސްނޭކައްނުވޭތޯ؟. ނަރުހަކައްވުމައްވުރެ ވެމްކޯގަ އުޅުނަސް ލިބޭމުސާރަބޮޑު. ދޮޅުރުފިޔާއައް ރަނގަޅު ޑޮކްޓަރުންނެއް ނުލިބޭނެ.
ޟުގުރި
22 January 2018
ފުރަތަމަ ތައުލީމުދީ
އެމްއޯއެޗްލީކްސް
22 January 2018
ބޭނުމަކީ ހޮވާލެވިފައިވާ ބިދޭސީން އެތެރެކުރާ އެޖެންސީތައެކްގެ ތެރެއިން ބާކީތިބި އަދަދައް މީހުން ގެނައުން! މިކަމުގެ ތެރޭގައިވެސް ވަރަށްބޮޑައް އޮޅުވާލުމާއި ކޮރަޕްޝަންހިމެނޭ!
ޙަގީގަތް
22 January 2018
ތިޔަ ދެންނެވީ ހަމަ ހަގީގަތް