އިލްހާމް އަހްމަދާއި އަބްދުﷲ ސިނާން (ކ)
31 ޖެނުއަރީ 2018 - 22:55
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމުން ވަކިވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ މެމްބަރުންގެ ތެރެއިން، ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމް އަހްމަދާއި މައްޗަންގޮޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާން ހޯދަން ފުލުހުން މިރޭ އިއުލާން ކޮށްފި އެވެ.
M.Alimasvaadhee, Abdullah Sinan aai Ga. Gemanafushi/Orchidmaage, Ilhaam Ahmed Maldives Police Service ah haaziruvumaai gulhey https://t.co/8TosYtLByG pic.twitter.com/iwRccmQM5p
— Maldives Police (@PoliceMv) January 31, 2018
ފުލުހުން ކުރި ޓުވީޓް
ފުލުހުންގެ ވެބްސައިޓްގައި ބުނެފައިވާ ގޮތުގައި އެ ދެ ބޭފުޅުން ހޯދަނީ، މަޖިލީހުގެ ބައެއް މެމްބަރުންނަށް ރިޝްވަތު ދިނުމުގެ ތުހުމަތުގައި، ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫންގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ފުލުހަށް ހާޒިރު ކުރުމަށް ބޭނުންވެ ރާއްޖޭގައި މި ވަގުތު ނެތުމުގެ ސަބަބުން އެ ދެ މެމްބަރުން ހާޒިރު ކުރެވިފައިނުވާތީ އެވެ.
ސިނާން އާއި އިލްހާމް ފުލުހަށް ހާޒިރު ކުރުމަށް ޗިޓް ހަވާލުކުރުމަށް ފުލުހުން މަސައްކަތްކުރި ނަމަވެސް އެ ދެ ބޭފުޅުން އުޅުއްވާ ވަކި ތަނެއް ނޭނގި މި ވަގުތު ރާއްޖެ އިން ބޭރުގައި ތިއްބެވުމުގެ ސަބަބުން ފުލުހުންގެ ތަޙުގީގަށް ހާޒިރުވުމަށް އަންގާ ޗިޓް ވަނީ ހަވާލުނުކުރެވި ކަމަށް ފުލުހުންގެ ވެބްސައިޓްގައިވެ އެވެ.
އެހެންކަމުން މިއަދުން ފެށިގެން 14 ދުވަހުގެ ތެރޭގައި ފުލުހަށް ހާޒިރުވުމަށް ސިނާނާއި އިލްހާމަށް ވަނީ މުހުލަތެއް ދީފަ އެވެ. އެއީ އެ ދެ ބޭފުޅުންގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ތަހުގީގަށް ކުރަންޖެހޭ ސުވާލުތައް ކުރުމަށާއި އެ ތުހުމަތުތަކަށް ޖަވާބުދާރީވުމުގެ ގޮތުންނެވެ.
އަދި އެ މުއްދަތުގެ ތެރޭގައި ތަހުގީގަށް ހާޒިރު ނުވެއްޖެނަމަ އަޅަންޖެހޭ ގާނޫނީ އެހެނިހެން ފިޔަވަޅުތައް ފުލުހުން އަޅާނެ ކަމަށް ފުލުހުންގެ ވެބްސައިޓްގައި ބުނެފައިވެ އެވެ.
ސިނާނާއި އިލްހާމަކީ ކުރިން ރައީސް އަބްދުﷲ ޔާމީން އަދި ފަސްޓް ލޭޑީ ފާތިމަތު އިބްރާހީމްގެ ވަރަށް އަރިސް ދެބޭފުޅުން ކަމަށް ވިޔަސް، އެ ބޭފުޅުންގެ މެދުގައި އުފެދުނު ހިޔާލު ތަފާތުވުންތަކާ ގުޅިގެން ރާއްޖެއިން ބޭރުގައި އުޅުއްވާތާ 11 ވަރަކަށް މަސް ވަނީ ވެފަ އެވެ. އަދި ރާއްޖެއިން ބޭރަށް ވަޑައިގެންނެވި ފަހުން، އެ ދެ ބޭފުޅުން ވެސް ޕީޕީއެމުން ވަކި ކުރުމާއެކު، އެ ޕާޓީގެ އެދުމަކަށް މަޖިލީހުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ކަނޑައަޅައިފަ އެވެ.
އިލްހާމް މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އޭނާގެ އާއިލާ މާލޭގައި ދިރިއުޅޭ ގެއަށް ފުލުހަކު އޭނާއާ ބައްދަލުކުރުމަށް މިރޭ ދިޔަ ކަމަށެވެ. އެކަމަކު ރާއްޖޭގައި ނޫޅޭ ކަމަށް ބުނުމުން، ކޮއްކޮގެ މައުލޫމާތު ނޯޓު ކުރުމަށް ފަހު، ފުލުހުން ގޮސްފައިވާ ކަމަށް އިލްހާމް ވިދާޅުވި އެވެ.
އިލްހާމް ވިދާޅުވީ، ފުލުހުން ކުރާ ކޮންމެ ސުވާލަކަށް ޖަވާބު ދެއްވުމަށްޓަކައި ވަރަށް އަވަހަށް މާލެ ވަޑައިގަންނަވާނެ ކަމަށެވެ. އެކަމަކު އޭނާ ވިދާޅުވީ ސިޔާސީ ބޭނުމަށްޓަކައި އާއިލާ އަށް ބިރު ދެއްކުން ހުއްޓާލުމަށް ފުލުހުންނަށް ގޮވާލައިފަ އެވެ.
އިލްހާމާއި ސިނާން ހޯދުމަށް ފުލުހުން މިރޭ އާންމުކޮށް އާންމުކޮށް އިއުލާންކުރީ، އިލްހާމްގެ މި ޓުވީޓަށް ފަހު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަތަލް.އ
01 February 2018
އިލްހާމު ކުޑަކޮން މައިތިރިވެބަލަ ، ކަކޭމެންނަކީ އަދި ސިޔާސީގޮތުން މާ އާރުލާމީހުންނެއްނޫނެންނު، އެހެންވީމާ މަޑުންތިބޭނީ
މުހައްމަދު ގާސިމް
01 February 2018
ތި 2 މީހުން އަތުގަ ހާދަ ލާރިއެއް އެބަހުޓޭ200 މިލިޔަނުން ގުނާލެވޭ ވަރަށް
ޔާރާ
01 February 2018
ކަލޯމެންނަން ކުރެވޭކަމަކުންނު ސުވާލު ކުރަންޖެހެނީ.. ދެންމިވަނީ ބިރުގަންނަވާ ކަމަށް..ޕިސް ޕިސް.. ތިމާގެ ފޫކޮޅުގައި އޮތްގުއިބުރިއެއް ނުފެންނާނެ.. ބިރުގަންނަވަރުގެ ތުައްތުކުދިންދޯ އުޅުނީ...ހައް ހައް ހައް...
އަޙްމަދް.
01 February 2018
ފުއްޕަ ފުއްޕާފަ ފިނޑިކަމުން ފިލީދޯ!؟
އައްޑޫ ރަދުން
01 February 2018
ކިހިނެތް ކަމެއް ރަނގަޅުވާނީ ޕޮލިސް ކޮމިޝަނަރުކަން ލިބޭތޯ ޕޮލިހުންގެ އެންމެ އިސްކޮށް ތިބި މީހުން އެއުޅެނީ ބޯބޯ މަތިން.ހެވިފަ ތިއްބަސް އެކަކު އަނެކަކަށް ހަސަދަލައިގެން އެކަކު އަނެކަކުގެ ފަނާވުމަށް އެދި އެދި ތިމާ މީހާއަށް އެންމެ އިސްމަގާމު ލިބޭތޯ...އެންމެ ނުބައި މީހާއަކީ ތިމާކަން ޕުރޫފް ކޮށްދޭން ކެތްމަދުވެފަ....އެހެންތާ ވާނީ ތުންތުން އެބަ ކިޔާއަޑު އިވޭ ލިބޭ ފުނިވަރު.
ވަޒަންބެ
01 February 2018
ކޮބާ މިހާރު އަސްލު މީހާ؟
ގޮނާސަކް
01 February 2018
އިލްހާމާއި ސިނާން ހޯދަން ފުލުހުން އިއުލާން ކޮށްފި ނަމަ އެކަމަކީ އެއީ މަމެން އުފާ ކުރާ ކަމެކޭ ބިކޮޒް މަމެން ޕިންކީން ވަރަށް ބޮޑެތި ޚަރަދު ތަކެއް ކޮށް ގެން މާލެ ސަރަހައްދަށް ހޮވާފައިވާ އެމްޕީ އަކު ދަ ނަހަލާލު ޕެޓިޝަން ގައި ސޮއި ކޮށް މާ ބޮޑަށް ފުއްޕަން ހެދުމުން އެއޮތީ ސައްޕެއް ޖަހާ މަޖްލީހުގެ އިދާރާގެ ހަފޮޅުން ބޭރު ކޮށްފައޭ. ދެން އެމެންނަށް މަޖްލީހުގެ އިދާރާގެ ގޯތީގެ ވަށާފާރުގައި އަތް ވެސް ނުލެވޭނެއޭ ނުވެސް ވަދެވޭނެއޭ މަޖްލީހުގެ އިދާރާ އަށް އަންނަ ހޯމަ ދުވަހު އެމެން ކޯއްޗެއް ހަދާނަމޭ ހިތާތޭ ތިޔާއުޅެނީ މީ މަމެންގެ ވެރިކަން އަދި މީ މަމެންގެ ގައުމު ދޯ. އިންޑިއާ ވެސް މަހަށް އެެމެރިކާ ވެސް މަހަށް އިނގިރޭސިން ބޮލިހިލަން ހުޅުދޫ ދިގު ފަރަށް ރަންރީނދޫ ޓްވިޓަރޭ މެންނާއިއެކު ކުރު ސޯޓް ބުރި ލައިގެން. ދީސް އާރ ދަ ތިންގްސް އައި ކާންޓް އިގްނޯރ. އައި ކުޑް ލައިކް އިޓް ޓިލް ދަ ޑޭ ދެޓް އައި ޑައި ޑައި ޑައި ޑާއި ޑާއި ޑާއި. އޯއް ޔޭއް އައި ރިއަލީ ލައިކް އިޓް. އިޓްސް ގޮނާ ސަކް ދޯ.
މަޖާދޯ
01 February 2018
މަމެން ތަމެން ކިޔާނެ ކަމެއް ނެތް. އިލްހާމާއި ސިނާނަ އަށް ވިސްނުނީ .
ހާސްނުވޭ
01 February 2018
ސައްޕުގެ ދުވަސް އެބަ ކައިރިވޭ.
ބަރުބާަދު
01 February 2018
ލަދުގަންނަން ދަސްކޮއްބަލަ، ރާއްޖޭގެ ޕޮލިސްގެ އަގު މުޅިދުނިޔޭގަ ވެއްޓިއްޖެ. އިންޓަޕޯލުންވެސް އަހާނުލާ މަށައްހޭވެސް. ދެންކޮން ހޯދުމެއްހޯދޭނީ.
އާރާސްތު
01 February 2018
މަމެންގެ ޕޮލިހުންނަށް މަލާމާތް ނުކުރާތޭ އެއީ ވޯލްޑްކްލާހުގެ ބައެއްކަން ނޭގޭނީތޭ؟
ގޮންގް
01 February 2018
ސިނާން ފެނިދާނެ ބްރޯގެ ކޮންމެސް ގެއަކުން
ކުކުޅު ކަތީބު
01 February 2018
ފުލުސް ކުދިން ކޮޅު ހާދަބިޒީ ދުވަސް ކޮޅެކޭ. ފީސީއެކުސް ސައިކަލާ. އަހަރު ދުވަހު އެފާޓްމަންޓް ކުއްޔާ ބޭނުންގައުމަކުން ޗުއްޓީ އާއި. އޯގަދަ.