ޚަބަރު / ފުލުހުން

އިލްހާމް އާއި ސިނާންގެ މުއްދަތާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ގެންނަނީ

ދައުލަތުގެ ފަރާތުން ބަންޑާރަ ނައިބު އަނިލް (މ) ބަޔާން އިއްވަވަނީ

03 ފެބުރުއަރީ 2018 - 14:25

480 comments
05 ފެބުރުއަރީ 12:34

ސުޕްރީމް ކޯޓު ކައިރިއަށް އެއްވި، އިދިކޮޅު މީހުން ފުލުހުން ދުރައްޖައްސަނީ.-- ފޮޓޯ: ނިޝާން އަލީ /މިހާރު

05 ފެބުރުއަރީ 12:34

ސުޕްރީމް ކޯޓު ކައިރިއަށް އެއްވި، އިދިކޮޅު މެމްބަރު ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް(ވައްޑެ) ގަޔަށް ފުލުހުން ޕެޕާ ސުޕްރޭ ޖަހާފައި.-- ފޮޓޯ: ނިޝާން އަލީ /މިހާރު

05 ފެބުރުއަރީ 09:27

ޕީޕީއެމް ތެރޭގައި އުފެދުނު ހިޔާލު ތަފާތުވުންތަކަކާ ހެދި ބޭރުގައި އެތައް މަހެއް ހޭދަކުރެއްވުމަށް ފަހު އިއްޔެ ރާއްޖެ ވަޑައިގެންތަނުން ހައްޔަރުކުރި މައްޗަންގޮޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާން އާއި ދަނގެތީ ދާއިރާގެ އިލްހާމް އަހުމަދުގެ ބަންދާ މެދު ގޮތެއް ނިންމަން މިއަދު 10 ޖަހާއިރު ކްރިމިނަލް ކޯޓަށް ގެންނަނީ. ދެ ބޭފުޅުން ވަނީ ފަހުން ރައީސް އަބްދުﷲ ޔާމީނާއި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައި. މައްސަލަ ޖެހުމުގެ ކުރިން ސިނާނާއި އިލްހާމް ފާހަގަކުރެވުނީ ފަސްޓް ލޭޑީ ފާތުމަތު އިބްރާހިމް އެންމެ އިތުބާރު ކުރައްވާ ދެ މެމްބަރުންގެ ގޮތުގައި. އެއާޕޯޓުން ދެ ބޭފުޅުން ހައްޔަރުކުރީ ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންނަށް ރިޝްވަތު ދެއްވުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫންގެ މައްސަލައާ ގުޅިގެން ކަމަށްވޭ.

04 ފެބުރުއަރީ 23:09

ޕީޕީއެމްގެ ޖަލްސާ ނިންމާލައިފި.

04 ފެބުރުއަރީ 23:03

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު އިދިކޮޅު ހަރަކާތުގެ އެއްވުމުގައި: ސުޕްރީމް ކޯޓުގެ އަމުރަށް ތަބާވެވަޑައިގަންނަވާ. ތިޔައިގެ ތެރެއިން ކޮންމެ ބޭފުޅަކީ ވެސް، މުޅި އާއިލާއަކީ ވެސް ދައުލަތުގެ ހިއްސާދާރުން. ސުޕްރީމް ކޯޓުގެ ހުކުމް ތަންފީޒު ކުރުން ނޫން އެއްވެސް ގޮތެއް މި ސަރުކާރަކަށް ނޯންނާނެ. ސިފައިންނާއި ފުލުހުންގެ އެންމެ އިސްބޭފުޅުންނަށް ވިދާޅެއް ނުވެވޭނެ ބަންޑާރަ ނައިބު އަނިލް ވިދާޅުވާ ގޮތަށް ކަންތައް ކުރަން. ރައީސުލްޖުމްހޫރިއްޔާ ވެރިކަން ކުރަން ވާނީ ގާނޫނުއަސާސީ އާއި ގާނޫނުގައިވާ ގޮތުގެ މަތިން. ގާނޫނުއަސާސީގެ ތެރެއަށް ރައީސް ޔާމީން ވަޑައިގަންނަވަންވީ. ރައީސް ޔާމީނަށް މި ގައުމުގެ ވެރިކަން ލިބިވަޑައިގަތީ ހިތަކަށް ނޫން. ރައްޔިތުންގެ މަޖިލީހުގެ މުޅި އަޣުލަބިއްޔަތު އޮތީ ރައްޔިތުންނާއެކު. ވަރަށް ޝަރަފުވެރިކޮށް ދެކޭ ބައެއް ސިފައިންނާއި ފުލުހުންނަކީ. ސިފައިންނާއި ފުލުހުންގެ ތަސައްވަރު ހަލާކުކުރާ ބަޔަކު އުޅޭ. ސިފައިންނާއި ފުލުހުންނަކީ މި ގައުމުގެ ދިފާއުގައި ގުރުބާން ވެފައިވާ މުއައްސަސާތަކުގެ ބައެއް. މިއަދު އެ މުއައްސަސާތަކާ މެދު ރައްޔިތުންގެ އިތުބާރު ކަނޑާލައި އެ ބޭފުޅުންނަކީ ސިޔާސީ ރަންޑިން ކަމަށް ހަދައިގެން އުޅެނީ. އެބޭފުޅުންގެ މޭމަތީގައި ޖަހާފައި ވަނީ ހައްގު މެޑެލް. އަޅުގަނޑުމެންގެ މޫނަށް ޕެޕާ ސްޕްރޭ ޖަހާކަން ނުޖެހޭ. ގާނޫނީ އަމުރަކަށް ނޫނީ ތިޔަބޭފުޅުން ތާއީދު ކުރާކަށް ނުޖެހޭ. ތިޔަބޭފުޅުން ތިޔަބޭފުޅުންގެ މަގާމުގައި ތިއްބަވަންޖެހޭ، ރާއްޖޭގެ ރައްޔިތުންނަށް އަނިޔާކުރުން ހުއްޓާލައްވަން ޖެހޭ. ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒު ކޮށްފައި އަޅުގަނޑުމެން ފަހަތަށް ޖެހޭނީ.

04 ފެބުރުއަރީ 22:40

ވެރިކަން ކުރާ ޕާޓީ، ޕީޕީއެމުން "ރުމާލު 2" ޖަގަހައިގައި މިހާރު ކުރިއަށް ގެންދާ ޖަލްސާގައި ބައިވެރިވި ބައެއް މީހުން.-- ފޮޓޯ: ހުސެން ވަހީދު /މިހާރު

04 ފެބުރުއަރީ 22:38

ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒު ކުރުމަށް ގޮވާލައި އިދިކޮޅު ހަރަކާތުން މިހާރު ކުރިއަށް ގެންދާ އެއްވުމުގެ ތެރެއިން.---ފޮޓޯ: ނިޝާން އަލީ/މިހާރު

04 ފެބުރުއަރީ 22:37

ވެރިކަން ކުރާ ޕާޓީ، ޕީޕީއެމުން "ރުމާލު 2" ޖަގަހައިގައި މިހާރު ކުރިއަށް ގެންދާ ޖަލްސާގައި ވަޒީރުންނާއި ސަރުކާރަށް ތާއީދުކުރައްވާ ބައެއް ބޭފުޅުން ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ހުސެން ވަހީދު /މިހާރު

04 ފެބުރުއަރީ 22:36

ވެރިކަން ކުރާ ޕާޓީ، ޕީޕީއެމުން "ރުމާލު 2" ޖަގަހައިގައި މިހާރު ކުރިއަށް ގެންދާ ޖަލްސާގައި އެ ޕާޓީގެ ދެ ނައިބު ރައީސުން ކަމަށްވާ އަބްދުއްރަހީމް (ކ) އަދި މޫސާ ޒަމީރު ބައިވެރިވެވަޑައިގަންނަވަނީ.--- ފޮޓޯ: ހުސެން ވަހީދު /މިހާރު

04 ފެބުރުއަރީ 22:32

ޕީޕީއެމުން މިހާރު ކުރިއަށް ގެންދާ ޖަލްސާގެ ތެރެއިން.

04 ފެބުރުއަރީ 22:27

ޕީޕީއެމްގެ ޕީޖީ ލީޑަރު އަހުމަދު ނިހާން: ރައީސް ޔާމީން އަޒުލް ކުރުމެއް ބަލައެއް ނުގަންނަން. މި ހާލަތުގައި ގައުމު ދިފާއު ކުރަން އަޅުގަނޑުމެންނަށް އެނގޭ. ރައީސް ޔާމީނަކީ ރޭރުވާނެ ބޭފުޅެއް ނޫން. ރައްޔިތުންގެ ހައްގުގައި ޖާނާއިމާލުން އެމަނިކުފާނު ގުރުބާން ވާނެ. ދިގު ދަތުރެއް ކުރުކޮށްފައި މި އައީ ތިޔަބޭފުޅުން ވީ ގުރުބާނީއެއްގައި ބައިވެރިވަން. އަޅުގަނޑުމެންގެ ގައުމަށް ބޭރުގެ އަދުއްވުން އަރަން ޖާގަދީގެން ނުވާނެ. މިއީ ރާއްޖޭގެ އެތެރޭގައި ކެއްކި ބޯކިނބަލެއް ނޫން. ވަރަށް ނުރައްކާތެރި ދިމާލަކުން އަޅާފައިވާ ބޯކިނބަލެއް.

04 ފެބުރުއަރީ 22:24

އަބްދުއްރަހީމް: ރައީސް މަގާމުން ވަކިކުރެއްވުމުގެ ބާރެއް ސުޕްރީމް ކޯޓަށް ލިބިގެނެއް ނުވޭ. ތިމާމެންނަށް ނެތް ބާރެއް ބޭނުންކުރަން މަސައްކަތް ކުރުމަކީ ގާނޫނުއަސާސީއާ ޚިލާފުވުން. ގާނޫނުއަސާސީ އެބަޖެހޭ ފުރިހަމަ ކުރަން. އެބަޖެހޭ ވަރަށް ބޮޑަށް ފުރިހަމަ ކުރަން. އެއީ ވަކި ބާރަކުން ގާނޫނުއަސާސީ އޮޅާލީމަ، ދައުލަތުގެ އިސްވެރިޔާއަށް އޮންނަންޖެހޭ އެކަން އިސްލާހު ކުރަން ފުރުސަތު. މަގެއް ދައްކަން އެބަޖެހޭ. އެއީ ގައުމުގައި ވެރިކަން ކުރަން އެންމެން އިންތިޚާބު ކޮށްފަ ހުންނަ މީހެއްގެ ބާރު ކަނޑުވައެއް ނުލެވޭނެ އެންމެ ފަސް މީހަކަށް، 10 މީހަކަށް.

04 ފެބުރުއަރީ 22:20

ޕީޕީއެމްގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އެ ޕާޓީގެ ނައިބު ރައީސް އަބްދުއްރަހީމް ވިދާޅުވީ، ދައުލަތް ހުއްޓުމަކަށް ގެންނައިރު، ދައުލަތުގެ ޒިންމާތަކެއް ހުންނާނެ ކަމަށް. އަދި ވިދާޅުވީ ގާނޫނުއަސާސީން މަތިކޮށްފައިވާ މަސްއޫލިއްޔަތަށް ބަޔަކު، ހުރަސްއަޅާ ނަމަ، އެ ހުރަސް ނައްތާލައި ދައުލަތް ކުރިއަށް ގެންދިއުމަކީ ރައީސްގެ މަގާމުގައި ހުންނަވާ ބޭފުޅަކަށް މަތިކޮށްފައިވާ ޒިންމާއެއް ކަމަށް.

04 ފެބުރުއަރީ 22:15

ވެރިކަން ކުރާ ޕާޓީ، ޕީޕީއެމުން "ރުމާލު 2" ޖަގަހައިގައި މިހާރު ކުރިއަށް ގެންދާ ޖަލްސާގައި ވަޒީރުންނާއި ސަރުކާރަށް ތާއީދުކުރާ މީހުން ބައިވެރިވަނީ.-- ފޮޓޯ: ހުސެން ވަހީދު /މިހާރު

04 ފެބުރުއަރީ 22:15

ވެރިކަން ކުރާ ޕާޓީ، ޕީޕީއެމުން "ރުމާލު 2" ޖަގަހައިގައި މިހާރު ކުރިއަށް ގެންދާ ޖަލްސާގައި ވަޒީރުންނާއި ސަރުކާރަށް ތާއީދުކުރާ މީހުން ބައިވެރިވަނީ.-- ފޮޓޯ: ހުސެން ވަހީދު /މިހާރު

04 ފެބުރުއަރީ 22:14

ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒު ކުރުމަށް ގޮވާލައި އިދިކޮޅު ހަރަކާތުން މިހާރު ކުރިއަށް ގެންދާ އެއްވުން.---ފޮޓޯ: ނިޝާން އަލީ/މިހާރު

04 ފެބުރުއަރީ 22:13

ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒު ކުރުމަށް ގޮވާލައި އިދިކޮޅު ހަރަކާތުން މިހާރު ކުރިއަށް ގެންދާ އެއްވުން.---ފޮޓޯ: ނިޝާން އަލީ/މިހާރު

04 ފެބުރުއަރީ 22:02

ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒު ކުރުމަށް ގޮވާލައި އެމްޑީޕީގެ ހަރުގެ ކައިރީގައި އިދިކޮޅު މީހުން ބާއްވާ އެއްވުން

04 ފެބުރުއަރީ 22:01

ޕީޕީއެމްގެ "ރުމާލު 2" ޖަގަހައިގައި މިހާރު ކުރިއަށް ގެންދާ ޖަލްސާގެ ތެރެއިން މެމްބަރު ނިހާންގެ ޓުވީޓް

04 ފެބުރުއަރީ 21:50

ބަންޑާރަ ނައިބު މުހައްމަދު އަނިލް ބަންދުގައި ބަހައްޓައިގެން މާދަމާ ސުޕްރީމް ކޯޓަށް ހާޒިރު ކުރުމަށް އެ ކޯޓުން އަމުރެއް ނެރެފައިވާ ކަމަށް ބުނާ ވާހަކަ އަކީ ދޮގެއް. އިތުބާރު ހުރި ގޮތަކަށް "މިހާރު" އަށް އެނގިފައިވާ ގޮތުގައި މިފަދަ އެއްވެސް އަމުރެއް ސުޕްރީމް ކޯޓެއް ނެރެފައެއް ނުވޭ. ސުޕްރީމް ކޯޓުގެ އަމުރެއް ކަމަށް ބުނެ، ސޯޝަލް މީޑިއާގައި މީގެ އިރުކޮޅެއް ކުރިން އާންމު ކޮށްފައިވާ ލިޔުމެއްގައި ބުނެފައި ވަނީ އަނިލް ބަންދުގައި ބަހައްޓައިގެން މާދަމާ ހެނދުނު 10 ޖަހާއިރު، އެ ކޯޓަށް ހާޒިރު ކުރުމަށް އެކްޓިން ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ނަވާޒަށް އަންގާ ކަމަށް. ނަމަވެސް އެއީ ފޭކް އަމުރެއް ކަމަށް ޖުޑީޝަރީން ވެސް ވަނީ ޔަގީންކޮށް ދީފައި.

04 ފެބުރުއަރީ 21:18

ޕީޕީއެމްގެ ޖަލްސާ އަދި ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒު ކުރުމަށް ގޮވާލައި އިދިކޮޅު ހަރަކާތުން ބާއްވާ އެއްވުން ފަށައިފި. ވެރިކަން ކުރާ ޕާޓީ، ޕީޕީއެމްގެ ޖަލްސާ ކުރިއަށް ގެންދަނީ ފްލެޓް ސަރަހައްދުގައި ހުންނަ "ރުމާލު 2" ޖަގަހައިގައި. އިދިކޮޅު ހަރަކާތުގެ އެއްވުން ކުރިއަށް ގެންދަނީ އެމްޑީޕީގެ ހަރުގެ ކައިރީގައި.

04 ފެބުރުއަރީ 21:00

ސުޕްރީމް ކޯޓުގެ ހުކުމް ތަންފީޒު ކުރުމަށް ގޮވާލައި، އިދިކޮޅު ހަރަކާތުން އެމްޑީޕީގެ ހަރުގޭގައި ބާއްވާ ބައްދަލުވުމަށް އަންނަނީ ތައްޔާރުވަމުން.

04 ފެބުރުއަރީ 20:55

ޕީޕީއެމްގެ "ރުމާލު 2" ޖަގަހައިގައި އިރުކޮޅެއް ފަހުން ޚާއްސަ ޖަލްސާއެއް ފެށުމަށް އަންނަނީ ތައްޔާރުވަމުން.

04 ފެބުރުއަރީ 20:54

އިދިކޮޅު ޕާލަމެންޓްރީ ގުރޫޕުގެ ބައްދަލުވުމެއް ޖުމްހޫރީ ޕާޓީގެ އޮފީސް މ. ކުނޫޒްގައި ފަށައިފި.

04 ފެބުރުއަރީ 20:28

އެމްއެންޑީއެފްގެ ބަޔާން

04 ފެބުރުއަރީ 20:24

ކުރީގެ ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒު: ފުލުހުން ކަންކަން ކުރަން ޖެހޭނީ ގާނޫނާ އެއްގޮތަށް. ސުޕްރީމް ކޯޓުގެ ނިންމުމަށް ފުލުހުން އަމަލްނުކޮށް ލަހެއް ނުކުރެވޭނެ. ކޮންމެ މީހަކު ޕޮލިސް ކޮމިޝަނަރުގެ މަގާމުގައި ހުރި ނަމަވެސް ފުލުހުންގެ ހުރިހާ އެންމެން ނުހަދާނެ ބުނާ ގޮތެއް. ރަނގަޅު، ކޮންމެ މީހަކު ވެސް ވަޒީފާ ގެއްލިދާނެތީ ފަހަތު ފަޔަށް ޖެހިދާނެ. އެކަމަކު ގިނަ މީހުން ހިތްވަރުލާފައި މަސައްކަތްކުރާނެ ގާނޫނު ތަންފީޒުކުރަން. މުޅި ގައުމުގެ މަސްލަހަތަށް ފުލުހުން ވިސްނާނެ އަބަދުވެސް. ސުޕްރީމް ކޯޓުގެ އަމުރެއް، ކޯޓުތަކުގެ އަމުރެއް ތަންފީޒުނުކޮށް ފުލުހުން ނުތިބޭނެ.

04 ފެބުރުއަރީ 20:22

އެމްއެންޑީއެފްގެ ބަޔާން: ރާއްޖޭގެ ހަމަހިމޭންކަން ނަގާލުމަށް ބައެއް ފަރާތްތަކުން ވެރިރަށް މާލެ އާއި ރާއްޖޭގެ ބައެއް ރަށްތަކުގައި ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރާ މެދު ނަފުރަތުކަން އުފައްދައި، ހަގީގަތާ ޚިލާފު ދޮގު ވާހަކަަތައް ފަތުރައި، ރާއްޖޭގެ މަސްލަހަތު ނަގާލުމަށް ފާޅުގައި ހިތްވަރުދީ، އެއްވުންތައް ބާއްވާ އަދި ސޯޝަލް މީޑިއާގައި ރާއްޖޭގެ އިޖުތިމާއީ ހަމަޖެހުމަށް ބުރާ އަރާ، ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމަށް ފާޅުގައި ނުރައްކާ ކުރުމަށް ހިންގަމުންދާ ތަފާތު ހަރަކާތްތައް ހުއްޓުވުމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް އާއި މޯލްޑިވްސް ޕޮލިސް ސާވިސްއާ ގުޅިގެން މިދަނީ މަސައްކަތް ކުރަމުންނެވެ. އަދި ރާއްޖޭގެ ގާނޫނުއަސާސީން ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ އަމަންއަމާންކަމާއި ރައްކާތެރިކަން ފޯރުކޮށްދިނުމުގައި ސަލާމަތީ ބާރުތަކުން ސާބިތުކަމާއި ބަދަހިކަމާއެކު ދެމިއޮތް ވާހަކަ ދިވެހި ލޮބުވެތި ރައްޔިތުންނަށް މި ފުރުސަތުގައު ދަންނަވަމެވެ.

04 ފެބުރުއަރީ 20:15

އެމްއެންޑީއެފުން ދެންމެ ނެރުނު ބަޔާނެއްގައި ބުނީ ރައްޔިތުންގެ ރައްކާތެރިކަމާއި ގާނޫނ ސަރުކާރު ހިމާޔަތް ކުރުމުގައި ގާނޫނުއަސާސީން ސަލާމަތީ ބާރުތަކަށް ލާޒިމް ކޮށްފައިވާ އެންމެހައި ކަންކަން ތަންފީޒު ކުރުމުގައި ސާބިތުކަމާއެކު، ސަލާމަތީ ބާރުތައް ދެމި އޮތްކަން ދިވެހި ލޮބުވެތި ރައްޔިތުންނަށް ޔަގީންކަން ދޭ ކަމަށް.

04 ފެބުރުއަރީ 20:10

ސަލާމަތީ ބާރުތަކުން ތިބީ ސާބިތުކަމާއި ބަދަހި ކަމާއެކު: އެމްއެންޑީފް

04 ފެބުރުއަރީ 19:15

މިހާރުގެ ހާލަތާ މެދު، ކުރީގެ ބަންޑާރަ ނައިބު ހުސްނުއްސުއޫދު: މިހާރު މި ގައުމުގައި ގާނޫނު އަސާސީއެއް ނެތް. ގާނޫނު އަސާސީގައި ތިން ބާރު އޮވޭ ވަކިކޮށްފައި. އެކަމަކު ސުޕްރީމް ކޯޓް ފަންކްޝަން ކުރާ ކަމަކަށް ގަބޫލެއް ނުކުރަން [ނެރޭ އަމުރުތައް ސަރުކާރުން ތަންފީޒު ނުކުރާތީ]. ގާނޫނު ހަދާ މަޖިލިސް ފަންކްޝަނެއް ނުކުރޭ. ސަރުކާރު މިހާރު ޑިޕެންޑްވަނީ މިލިޓަރީ އާއި ފުލުހުންގެ މައްޗަށް. އެހެންވީމާ ގާނޫނު އަސާސީގައި ބުނާ ބާރުތައް އެގޮތުގައި މަސައްކަތެއް ނުކުރޭ. އެއީ ގާނޫނު އަސާސީ ނެތުން.

04 ފެބުރުއަރީ 18:40

ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން ހަސަންގެ ގެއަށް މިއަދު ހެނދުނު ފުލުހުން ވަދެ ވަނީ ފާސްކޮށްފައި. އެކަމަކު އޭނާ ވީ ތަނެއް ފުލުހުންނަށް އަދިވެސް ހޯދިފައެއް ނުވޭ.

04 ފެބުރުއަރީ 18:37

ޖުޑިޝަލް އެޑްމިނިސްޓްރޭޓަރު ހަސަން ސައީދު ހައްޔަރުކުރަން ނެރުނު އަމުރު ސުޕްރީމް ކޯޓުން ދާދި ދެންމެއަކު ބާތިލްކޮށްފި. ހަސަން ހައްޔަރުކުރަން ނެރުނު އަމުރު ތަންފީޒުކުރަމުން ދަނީ ގާނޫނީ އިޖުރާއަތުތަކާ ހިލާފަށް ކަމަށް ސުޕްރީމް ކޯޓުން ބުނެފައިވޭ. އަދި އެ އަމުރާ ގުޅިގެން އެއްވެސް ފިޔަވަޅެއް ނޭޅުމަށާއި އެ އަމުރާ ގުޅޭ މައްސަލަ ކްރިމިނަލް ކޯޓަށް ހުށަހެޅީއްސުރެ، އެ މައްސަލައާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތައް އެނގޭ ގޮތަށް މައްސަލައިގެ ފަައިލް މިރޭ 7 ޖެހުމުގެ ކުރިން ސުޕްރީމް ކޯޓަށް ފޮނުވަން އެ ކޯޓުގެ އަމުރުގައި ވަނީ ބުނެފައި.

04 ފެބުރުއަރީ 18:29

ސުޕްރީމް ކޯޓުން މިދިއަ ހުކުރު ވިލޭރޭ ނެރުނު އަމުރު ތަންފީޒުކުރަން ސުޕްރީމް ކޯޓުގެ އިތުރު އިރުޝާދާއި މަޝްވަރާ ބޭނުންވާނެ ކަމަށް ބުނެ އެންމެ މަތީ ކޯޓަށް ޕީޖީގެ ފަރާތުން އިއްޔެ ވަނީ ހުށަހަޅާފައި. އެއާ ގުޅިގެން ސުޕްރީމް ކޯޓުން ދެންމެ ނެރުނު ކުރު ނޫސްބަޔާނެއްގައި ބުނެފައި ވަނީ އެ އަމުރު ތަންފީޒުކުރަން ގާނޫނީ ގޮތުން ހުރަސް އެޅޭ އެއްވެސް ސަބަބެއް ނެތް ކަމަށާއި އެ އަމުރުގައިވާ ގޮތުގެ މަތިން އަލުން ޝަރީއަތް ހިންގަން ޖެހޭ ފަރާތްތަކުގެ ޝަރިއަތް ހިންގުމަށްޓަކައި ގާނޫނީ ގޮތުން އަޅަން ޖެހޭ ފިޔަވަޅެއް ވާ ނަމަ އެކަން ކަމާ ބެހޭ ކޯޓަށް ހުށަހެޅުމަށް ޕްރޮސެކިއުޓަ ޖެނެރަލަށް އެއްވެސް ހުރަހެއް ނެތް ކަމަށް.

04 ފެބުރުއަރީ 18:25

އަމުރު ތަންފީޒުކުރަން އެއްވެސް ހުރަހެއް ނެތް ކަމަށް ޕްރޮސެކިއުޓަ ޖެނެރަލަށް ސުޕްރީމް ކޯޓުން އަންގައިފި

04 ފެބުރުއަރީ 16:47

ހުޅުލޭ ރަންވޭ ހުޅުވައިފި.

04 ފެބުރުއަރީ 16:42

އެމްއޭސީއެލްއިން ބުނީ ކުރިއަށް އޮތް 10 މިނިޓް ތެރޭގައި ހުޅުލޭ ރަންވޭ ހުޅުވާނެ ކަމަށް. އެ ކުންފުނިން ބުނީ މި ގަޑީގައި ރަންވޭ ބަންދުކުރަން ނިންމީ މިއީ މަތިންދާބޯޓުތައް އެންމެ މަދުން ޖައްސާ ގަޑިއަށް ވުމުން ކަމަށް.

04 ފެބުރުއަރީ 16:27

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް އައި ފްލައިޓްތަކެއް ޑައިވާޓްކޮށްފައި. -- ފްލައިޓްރާޑާ24

04 ފެބުރުއަރީ 16:23

އެއާޕޯޓަށް ޖައްސަން އައި ތިން ފްލައިޓެއް ނުޖެއްސިގެން މަތީގައި ދަނީ ބުރުޖަހަމުން. ހަވީރު 3:45 ގައި ޖައްސަން އޮތް އިންޑިއަން އެއާލައިންސްގެ ފްލައިޓް އޭއި265 އަދިވެސް ނުޖައްސާ. އަދި 3:50 ގައި ޖައްސަން އޮތް ސައޫދީއާ ވެސް މަތީގައި އޮވެ ދަނީ ބުރަޖަހަމުން. މީގެ އިތުރުން އެމިރޭޓްސްގެ 2:55 ގައި ޖައްސަން އޮތް ފްލައިޓެއް ވަނީ ލަންކާއަށް ޑައިވާޓްކޮށްފައި.

04 ފެބުރުއަރީ 16:15

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ރަންވޭ ކުއްލި ގޮތަކަށް ބަންދުކޮށްފި. އެނގިފައިވާ ގޮތުގައި ރަންވޭ ބަންދުކުރީ ހަވީރު 3:50 އިން ހަވީރު 5:30 އަށް. އެމްއޭސީއެލް އިން ބުނީ ރަންވޭ ބަންދުކުރީ އެތަނުގެ މަރާމާތުތަކެއް ކުރުމަށް ކަމަށް. އެކަމަކު އެމްއޭސީއެލްއިން ބުނީ އެ ގަޑީގައި ނުޖެއްސޭނީ ބޮޑެތި ބޯޓުތައް އެކަނި ކަމަށް. އޭގެ އިތުރުން ޑޮމެސްޓިކް މަތިންދާބޯޓުތައް ވެސް އެއާޕޯޓަށް ޖެއްސޭނެ ކަމަށް އެމްއޭސީއެލްއިން ބުނޭ.

04 ފެބުރުއަރީ 15:36

ރާއްޖޭގެ ނޫސްވެރިކަމަށް އޮތް ގޮންޖެހުންތަކާ މެދު ކެޝަޕް: އަޅުގަނޑު ދެރަވެ އެވެ. މި ފަހަކާ ޖެހެންދެން ވެސް ރާއްޖޭގައި މިނިވަން ޗެނެލްތަކާއި ނޫސްތައް ހިންގުމާއި ނޫސްވެރިކަމުގެ މިނިވަންކަން އޮތްކަން ހަނދާން އެބަ ހުއްޓެވެ. އެކަމަކު ނޫސްވެރިކަމުގެ މިނިވަންކަމަށް އޮތް ގާނޫނީ ހުރަސްތަކާ ހެދި ގާތްގަނޑަކަށް އެ ހުރިހާ ތަނެއް ވެސް ވަނީ ހިމޭންވެފަ އެވެ.

04 ފެބުރުއަރީ 15:30
04 ފެބުރުއަރީ 15:29

އެމެރިކާގެ ސަފީރު، އަތުލް ކެޝަޕްގެ ވަރުގަދަ ސުވާލުތަކެއް: ރާއްޖޭގެ ރައްޔިތުންގެ މަޖިލިހުގެ ބައްދަލުވުން މާދަމާ ނުބޭއްވޭ ވަރަށް ސަލާމަތީ ގޮތުން ކުރިމަތިވެފައި ވަނީ ކޮން ކަހަލަ ނުރައްކަލެއް ހެއްޔެވެ؟ މަގުމަތީގައި މަޖިލިހުގެ މެމްބަރުންނާ ދިމާއަށް ޕެޕޭ ސްޕްރޭ ޖެހުމާއި ރާއްޖެ ވަޑައިގަންނަވާ ތަނުން ހައްޔަރުކުރަނީ ކީއްވެގެން ހެއްޔެވެ؟ ސަރުކާރާއި ފުލުހުންނާއި ސިފައިން، ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒުކުރާނީ ކޮން އިރަކުން ހެއްޔެވެ؟ އަދި ޖަލަށް ލާފައިވާ މަޖިލިހުގެ މެމްބަރުން ދޫކޮށްލުމާއި ސަސްޕެންޑްކުރި މެމްބަރުންގެ ހައްގުތައް އަނބުރާ ދޭނީ ކޮން އިރަކުން ހެއްޔެވެ؟

04 ފެބުރުއަރީ 13:23

އިލްހާމާއި ސިނާން ވަނީ ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައި: ޕޮލިސް

04 ފެބުރުއަރީ 13:05
04 ފެބުރުއަރީ 12:51

އިދިކޮޅު މެމްބަރު ދަނގެތި ދާއިރާގެ މެމްބަރު އިލްހާމް އަހުމަދާއި މައްޗަންގޮޅީ ދެކުނު ދާއިރާގެ މެމްބަރު ސިނާން ރާއްޖެ ވަޑައިގަތުމާއެކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި. އިލްހާމާއި ސިނާން ގިނަ ދުވަސްތަކެއް ވަންދެން ރާއްޖެއިން ބޭރުގައި އުޅުއްވުމަށް ފަހު ވަޑައިގެންނެވިއިރު، އެ ދެބޭފުޅުން ހޯދަން މިދިޔަ މަހުގެ 31 ވަނަ ދުވަހު ފުލުހުން ވަނީ އިއުލާން ކޮށްފައި. އެ ދެ ބޭފުޅުން ހޯދަނީ، މަޖިލީހުގެ ބައެއް މެމްބަރުންނަށް ރިޝްވަތު ދިނުމުގެ ތުހުމަތުގައި، ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫންގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ކަމަށް ފުލުހުން ބުނެފައިވޭ. ކުރިން ރައީސް ޔާމީނާ އެންމެ ގާތުން މަސައްކަތް ކުރެއްވި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އިލްހާމާއި ސިނާނަކީ މަޖިލީހުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި އިދިކޮޅު 12 މެމްބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ދެ ބޭފުޅުން. ނަމަވެސް 12 މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން މިހާރު ވަނީ ކަނޑައަޅާފައި.

04 ފެބުރުއަރީ 12:39

އަހުމަދު މަހުލޫފް: މިވަގުތު ރައްޔިތުންގެ މަޖިލިހުގެ ރައީސެއް ނެތް. ސުޕްރީމް ކޯޓުގެ ނިންމުމުން އަޅުގަނޑުމެންނަށް އެނގޭ 45 މެމްބަރުންގެ ސޮޔާ އެކު ވެއްދި މައްސަލަ ސައްހަކަން. މަސީހު އިންނަވައިގެން ދެއްވާ އޯޑަރަށް އަމަލްކުރަން ޖެހޭނެ ކަމަށް ގަބޫލެއް ނުކުރަން.

04 ފެބުރުއަރީ 12:33

ސިފައިންނާއި ފުލުހުންގެ އަޒުމް އާ ކުރުން ބަނޑޭރިކޮށީގައި ކުރިއަށް ގެންގޮސްފި. އިސްވެ އަޒުމް ކިޔައި ދެއްވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް އަހުމަދު ޝިޔާމް

04 ފެބުރުއަރީ 12:32

އިބްރާހިމް މުހައްމަދު ސޯލިހު: ރައްޔިތުންގެ މަޖިލިހުގެ ގަވާއިދު ބުނާ ގޮތުން މާދަމާ ނުވަތަ އަންނަ ބުރާސްފަތިދުވަހު ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ ބާއްވަން ޖެހޭނެ.

04 ފެބުރުއަރީ 12:32

އިދިކޮޅު މެންބަރުން ރައްޔިތުންގެ މަޖިލީހުގައި ބައްދަލުވުމެއް ބޭއްވުމަށް ފަހު މަޖިލީހުގެ ބޭރުގައި ނޫސްވެރިންނާ ވާހަކަ ދައްކަނީ. -- ފޮޓޯ: ނިޝާން އަލީ/މިހާރު

04 ފެބުރުއަރީ 12:29

އިބްރާހިމް މުހައްމަދު ސޯލިހު: ރައްޔިތުންގެ މަޖިލިހުގެ އިދާރާގެ ބޭރުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވީ އެޓާނީ ޖެނެރަލް މުހައްމަދު އަނިލް އާއި ހޯމް މިނިސްޓަރު އަޒްލީން އަހުމަދާއި ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އަދި ޕްރޮސެކިއުޓާ ޖެނެރަލް އައިޝަތު ބިޝާމްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅުއްވައިފި ކަމަށް.

04 ފެބުރުއަރީ 12:23

ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަދި މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދުގެ ޓްވީޓެއް

04 ފެބުރުއަރީ 12:23

އިބްރާހިމް މުހައްމަދު ސޯލިހް: މަޖިލީހުގެ ޖަލްސާތައް ނުބާއްވައި ދާ ކޮންމެ ދުވަހަކީ ގާނޫނުއަސާސީ އާއި ގާނޫނުތަކާ ޚިލާފުވާނެ ކޮންމެ ދުވަހެއް. އެހެންވީމާ އެކަމާ ގުޅިގެން ކުރަންޖެހޭ ކަންކަން ކުރަމުން ދާނަން.

04 ފެބުރުއަރީ 12:22

މަޖިލީހުގެ އިދާރާގެ ބޭރުގައި އިބޫ މީޑިއާއާ ވާހަކަ ދައްކަވަން ހުންނަވަނިކޮށް އެސްއޯ ފުލުހުން ވަނީ އެ ސަރަހައްދަށް ގޮސް މެމްބަރުންނާއި މީޑިއާ ގަދަކަމުން ދުރަށް ލާފައި. މިހާރު އިދިކޮޅު މެމްބަރުން ވަނީ މަޖިލީހުގެ އިދާރާއިން ނުކުމެވަޑައިގެންފައި.

04 ފެބުރުއަރީ 12:21

އެމްޑީޕީގެ ޕީޖީ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް: އަޅުގަނޑުމެން ނިންމީ މަޖިލީހަށް މައްސަލަތަކެއް ހުށަހަޅަން. މަޖިލީހުގެ ގަވާއިދުގައިވާ ގޮތަށް މަޖިލިސް ބާއްވާފައި ނުވާތީ އެކަމާ ގުޅޭ މައްސަލައެއް ހުށަހަޅައިފިން.

04 ފެބުރުއަރީ 12:19

މަޖިލީހުގެ އިދާރާގެ ބޭރުގައި ޝީލްޑާއެކު ސިފައިން ހަރަކާތްތެރިވަނީ.-- ފޮޓޯ: ނިޝާން އަލީ /މިހާރު

04 ފެބުރުއަރީ 12:17

މަޑުއްވަރީ ދާއިރާގެ މެމްބަރު އަމީތު: އަޅުގަނޑުމެން މިތިބީ ގައުމީ ޒިންމާ އަދާކުރަން މަޖިލީހަށް ވަދެ. އެކަމަށް އެއްވެސް މީހަކަށް ހުރަހެއް ނޭޅޭނެ. މަޖިލީހުގެ އިދާރާގެ ދޮރުމަތީގައި ޝީލްޑް ހިފައިގެން ތިބެން ހުއްދަ ދިނީ ކޮން ގާނޫނަކުންތޯ؟ އަޅުގަނޑު މި ގޮވާލަކީ ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒު ކޮށްދިނުމަށް. އެއީ ގައުމީ ޒިންމާއެއް. އެއީ ގައުމީ ވާޖިބެއް. އަޅުގަނޑު މި ގޮވާލަނީ އޭޖީ އަނިލް އަށް ގާނޫނުއަސާސީ މުގުރައެއް ނުލެވޭނެ. އަނިލް އަށް ކޮން ހައްގެއް އޮތީ ސުޕްރީމް ކޯޓުގެ އަމުރަށް ގޮތް ކިޔަން. މޭޖަ ޖެނެރަލް ޝިޔާމް ޖެހޭނެ ގާނޫނު އަސާސީ ދަމަހައްޓަން. މަޖިލީހުގެ ތެރޭގައި އަޅުގަނޑުމެން މި ކުރަނީ ގާނޫނީ މަސައްކަތް. ގާނޫނުއަސާސީ ދަމަހައްޓައި ނެގެހެއްޓުމަކީ އަސްކަރިއްޔާގެ ޒިންމާއެއް. ޝިޔާމް މި އުޅެނީ މުޅި އަސްކަރިއްޔާ މުށުތެރެއަށް ލައިގެން. ޝިޔާމްގެ ޒިންމާއަކީ ގާނޫނު އަސާސީ ނެގެހެއްޓުން. އަދުލު އިންސާފު ގާއިމް ކުރުމުގެ އެންމެ ފަހުގެ ފަރާތަކީ ސުޕްރީމް ކޯޓު ކަމަށް ގާނޫނުއަސާސީގައި ބުނޭ. އަޅުގަނޑުމެން މަޖިލީހުން ނުކުންނާނީ ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒު ކުރުމަށްޓަކައި ކުރަން ޖެހުނު ކޮންމެ ކަމެއް ކޮށް ނިންމާފައި.

04 ފެބުރުއަރީ 12:16
04 ފެބުރުއަރީ 12:09

މަޖިލީހުގެ އަމީން އާންމުގެ މަގާމުން އިސްތިއުފާ ދެއްވި އަހުމަދު "މިހާރު" އަށް ވިދާޅުވީ، އެއީ އޭނާގެ އަމިއްލަ ނިންމެވުމެއް ކަމަށް. އަދި އެ ނިންމެވުން ނިންވެމީ އެއްވެސް ބައެއްގެ ޕްރެޝަރަކާ ގުޅިގެން ނޫން ކަމަށް އަހުމަދު ވިދާޅުވި. "މިއީ ކުރިއްސުރެ އަޅުގަނޑު ނިންމައިގެން ހުރި ކަމެއް. އެކަމަކު ވަކި މިއަދު އިސްތިއުފާ ދޭކަން ނޫން ހުރީ،" އަހުމަދު ވިދާޅުވި އެވެ.

04 ފެބުރުއަރީ 12:05

މަޖިލީހުގެ އިދާރާގެ ބޭރުގެ އިތުރުން ގޭޓުން އެތެރޭގައި ވެސް ޝީލްޑާއެކު ސިފައިން މިހާރު އެބަ ހަރަކާތްތެރިވޭ.

04 ފެބުރުއަރީ 12:01

ސިފައިން މަޖިލީހުގެ ބޭރުގައި ޝީލްޑާއެކު ހަރަކާތްތެރިވާއިރު، މީގެ އިރުކޮޅެއް ކުރިން މަޖިލީހުގެ އަމީން އާންމު އަހުމަދު ވަނީ އިސްތިއުފާ ދެއްވާފައި. އޭނާ އިސްތިއުފާ ދެއްވި ސަބަބެއް އަދިއެއް ނޭނގޭ. އެކަމަކު މަޖިލީހުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި އިދިކޮޅު 12 މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ނިންމުމާ ގުޅިގެން އަހުމަދު އިއްޔެ ވިދާޅުވެފައި ވަނީ އެއީ މިހާރު މަޖިލީހުގެ މެމްބަރުން ކަމަށް.

04 ފެބުރުއަރީ 11:56

ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު ބައެއް މެމްބަރުން މަޖިލީހުގެ އިދާރާގެ ތެރެއަށް ވަދެއްޖެ. ބައެއް މެމްބަރުން މަޖިލީހުގެ އިދާރާގެ ތެރެއަށް ވަނީ އެތަނުގެ ފާރުމަތިން ފުންމާލައިގެން. މިހާރު މަޖިލީހުގެ އިދާރާގެ ބޭރުގައި ޝީލްޑާއެކު ސިފައިން ދަނީ ހަރަކާތްތެރިވަމުން.

04 ފެބުރުއަރީ 11:48

ރައްޔިތުންގެ މަޖިލީހުގެ އަމީން އާންމު އަހުމަދު މުހައްމަދު އިސްތިއުފާ ދެއްވައިފި

04 ފެބުރުއަރީ 09:29

ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު ހަސަން ދިރިއުޅުއްވާ ގޭގައި އަދިވެސް ފުލުހުން އަންނަނީ ހަރަކާތްތެރިވަމުން.

04 ފެބުރުއަރީ 09:05

ބަންޑާރަ ނައިބު އަނިލް (މ) އެކްޓިން ޕޮލިސް ކޮމިޝަނަރު ނަވާޒް (ކ) އަދި ޗީފް އޮފް ޑިފެންސް ފޯސް، މޭޖަ ޖެނެރަލް އަހުމަދު ޝިޔާމް ދެންމެ ބަޔާން ދެއްވަނީ.

04 ފެބުރުއަރީ 08:51

ނަވާޒް: ގާނޫނު އަސާސީއާ ޚިލާފް އެއްވެސް ކަމަކަށް ފުލުހުން އަމަލެއް ނުކުރާނެ.

04 ފެބުރުއަރީ 08:50

ސިފައިންގެ ޗީފް ޝިޔާމް ވިދާޅުވީ ގައުމު ކްރައިސިސް އަކަށް ދާން ދޫކޮށްލައިގެން ނުތިބޭނެ ކަމަށް. ނަވާޒް ވިދާޅުވީ ފުލުހުން އަމަލުކުރާނީ ބަންޑާރަ ނައިބު ދެއްވާ ލަފަޔަށް ކަމަށް.

04 ފެބުރުއަރީ 08:50

މި ހުރިހާ ކަމަކަށް ރިއާޔަތްކޮށް، އަދި ޑިމޮކްރަސީގެ ހަމަތައް ހިފެހެއްޓުމަށް މިގޮތަށް ލަފާ ދިނީ

04 ފެބުރުއަރީ 08:49

ސުޕްރީމް ކޯޓުން ރައީސް މަގާމުން ވަކިކުރުމަށް ކުރާ އެއްވެސް ކަމަކީ ސައްހަ ކަމަކަށް ނުވާނެކަން މިހާރު ވާނީ ސަލާމަތީ ބާރުތަކަށް އަންގާފައި.

04 ފެބުރުއަރީ 08:48

ދައުލަތުގެ ކޮންމެ ބާރެއް ވެސް ހިނގަން ވާނީ ގާނޫނު އަސާސީއާ އެއްގޮތަށް. އެއްވެސް މުއައްސަސާއަކަށް ގާނޫނު އަސާސީއާ ޚިލާފެއް ނުވެވޭނެ. ރައީސް ވަކި ކުރެވޭނެ ގޮތް ވެސް އޮވޭ. ރައީސް މަގާމުން ވަކިކުރުމުގައި ސުޕްރީމް ކޯޓަށް އޮތް ހަމައެކަނި ދައުރަކީ މަޖިލީހުން ނިންމާ ނިންމުމަކާ މެދު

04 ފެބުރުއަރީ 08:46

މި ހުރިހާ ކަމަކަށް ރިއާޔަތްކޮށް ސުޕްރީމް ކޯޓުން މިފަދަ އަމުރެއް ނެރެދާނެ ކަމުގެ ތަސައްވަރެއް ވެސް ވަނީ ލިބިފައި.

04 ފެބުރުއަރީ 08:46

އަނިލް: މިއަދުގެ ވަގުތެއްގައި ރައީސް އަޒުލްކޮށްފާނެ ކަމުގެ ޚަބަރުތައް ދަނީ ފަތުރަމުން.

04 ފެބުރުއަރީ 08:45

މިހާތަނަށް ބެލި އިރު ގައުމީ ސަލާމަތަށް ނުރައްކާވާނެ ކަންތައްތަކެއް ހިނގައިފިކަން ވަނީ އެނގިފައި.

04 ފެބުރުއަރީ 08:44

ސުޕްރީމް ކޯޓުން ބަޔަކު މިނިވަންކުރުމަށް ނެރުނު އަމުރުގެ ސަބަބުން ނިކުންނާނެ ގާނޫނީ މައްސަލަތައް އެބަހުރި. އެ ހުކުމްތައް ބާތިލް ނުކުރާ ނަމަ ދިމާވާނެ މައްސަލަތައް ހުންނާނެ. މި ކަންކަން މިހާރު ވާނީ ސުޕްރީމް ކޯޓަށް ޕްރޮސިކިއުޓާ ޖެނެރަލް ހުށަހަޅައިފަ.

04 ފެބުރުއަރީ 08:42

ޕްރެސް ކޮންފަރެންސް ފަށައިފި. ބައިވެރިވެ ވަޑައިގަންނަވަނީ އޭޖީ އަނިލް އާއި ސިފައިންގެ ޗީފް ޝިޔާމް އާއި ސީޕީ ނަވާޒް.

04 ފެބުރުއަރީ 08:34

ފުލުހުންގެ ބަޔާން: ޖުޑީޝަރީގެ އެޑްމިނިސްޓްރޭޓަރު ހަސަން ހޯދަނީ ރިޝްވަތުގެ މައްސަލައާ ގުޅިގެން، ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރު ކުރުމަށް ބޭނުންވާތީ. "މި މައްސަލާގައި މޯލްޑިވްސް ޕޮލިސް ސާވިސް އިން މިހާތަނަށް ބެލިބެލުމުން، މާލޭގައި އިމާރާތް ކޮށްފައިވާ ކޮމާޝަލް ހައުސިން އެޕާޓްމެންޓް ޕްރޮޖެކްޓެއްގެ ދަށުން އިމާރާތް ކޮށްފައިވާ ފްލެޓްތަކުން ފްލެޓެއް ގަތުމަށް ދާދި ފަހުން ކޮށްފައިވާ މުއާމަލާތެއްގެ ކިތާބީ ހެކި ހިމެނޭ ގޮތަށް ރިޝްވަތުގެ މުއާމަލާތްތަކެއްގައި ބައިވެރިވެފައިވާ ކަމުގެ ކިތާބީ ހެކި ލިބިފައިވެ އެވެ. ފުލުހުންގެ މުއައްސަސާއަށް ހުށަހެޅިފައިވާ މި މައްސަލައާ ގުޅިގެން، ހޯދުނު ހޯދުންތަކުން، ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި، އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ އާއިލާގެ ދެ ބޭފުޅަކު ވެސް މި ދެންނެވި ހައުސިން ޕްރޮޖެކްޓުން އިމާރާތް ކޮށްފައިވާ ފްލެޓްތަކުން ފްލެޓް ބައްލަވައިގަތުމަށްޓަކައި މުއާމަލާތްތަކެއް ކުރެއްވި ކިތާބީ ހެކި ވެސް ލިބިފައިވެ އެވެ. މިކަމުގެ މައުލޫމާތު ސާފުކުރުމުގެ މަސައްކަތް ވެސް މި މުއައްސަސާއިން މި ގެންދަނީ ކުރަމުންނެވެ،" ފުލުހުންގެ ބަޔާނުގެ އެވެ.

04 ފެބުރުއަރީ 08:29

ހަސަން ސައީދުގެ ގެ ފާސްކުރުމާ ބެހޭ ގޮތުން ފުލުހުން ނެރުނު ބަޔާން

04 ފެބުރުއަރީ 08:19

ސަރުކާރުގެ ޚާއްސަ ބަޔާނެއް އިރުކޮޅެއްގެ ތެރޭގައި ގެނެސްދޭނެ ކަމަށް ޕީއެސްއެމްގައި ބުނެފި.

04 ފެބުރުއަރީ 08:03

ހަސަން ދިރިއުޅުއްވާ ގޭގައި ފުލުހުން އަދިވެސް އެބަ ހަރަކާތްތެރިވޭ.

04 ފެބުރުއަރީ 07:13

ހަސަން ދިރިއުޅުއްވާ ގެ އަށް ފުލުހުން ވަން ކަމަށް ވަނީ އެ ގޭގެ ބޭރު ދޮރުގެ ތަޅު ހަލާކު ކޮށްލައިގެން. ނަމަވެސް ތިންވަނަ ފްލޯގައި ހުންނަ ހަސަންގެ ބަޔަށް ފުލުހުން ވަނުމުގައި ތަޅު ހަލާކު ކުރި ކަމެއް ނޭނގޭ. އަދި ހަސަން އެ ގޭގައި މިވަގުތު ދިރިއުޅުއްވާ ކަމެއް ސާފެއް ނުވޭ. އޭނާގެ ފޯނު އޮތީ ނިއްވާލާފައި.

04 ފެބުރުއަރީ 07:11

ހަސަން ދިރިއުޅުއްވާ ގެ.

04 ފެބުރުއަރީ 07:08

ޖުޑީޝަރީގެ އެޑްމިނިސްޓްރޭޓަރު ހަސަން ގެ އަށް ފުލުހުން މިއަދު ހެނދުނު ވަން އިރު، އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކުރަން އުޅޭ ކަމުގެ އަޑުތަކެއް ރޭ ވަނީ ފެތުރިފައި. އެކަމަކު އެ ދެ ބޭފުޅުންގެ ފަރާތްޕުޅުން ވާހަކަ ދެއްކެވި ބޭފުޅަކު "މިހާރު" އަށް ވިދާޅުވި އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދު ހައްޔަރު ކުރަން ސަރުކާރުން ނޫޅޭ ކަމަށާއި ތިއްބެވީ ހެޔޮ ހާލުގައި ކަމަށް.

04 ފެބުރުއަރީ 07:02

ހ. ނިޝާން ޕްލާޒާގޭގެ ތިންވަނަ ފްލޯގައި ހަސަން ދިރިއުޅުއްވާއިރު، އެ ގޭގައި މިހާރު ވެސް ފުލުހުންގެ ޓީމެއް އެބަ ހަރަކާތްތެރިވޭ. ފުލުހުން އެ ގެ އަށް ވަން ސަބަބެއް އަދިއެއް ނޭނގޭ.

04 ފެބުރުއަރީ 07:00

ސުޕްރީމް ކޯޓުގެ ދަށުން ހިންގާ ޑީޖޭއޭގެ އެންމެ އިސްވެރިޔާ ހަސަންގެ ގެ ކައިރީގައި އޮތް ފުލުހުންގެ ވެހިކަލް އެ ތަނުން މިހާރު ނައްޓާލައިފި. އެކަމަކު އެ ގެއިން އެެއްވެސް އެއްޗެއް ގެންދިޔަ ކަމެއް ނޭނގޭ.

04 ފެބުރުއަރީ 06:48

ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ހިންގުމާ ހަވާލު ހުންނެވި ޖުޑީޝަރީގެ އެޑްމިނިސްޓްރޭޓަރު ހަސަން ސައީދު ދިރިއުޅުއްވާ ގެ އަށް ފުލުހުން ވަދެއްޖެ ކަމުގެ މައުލޫމާތު ލިބިފައިވޭ. ހެންވޭރު އޮފްރޯޑް ކައިރީގައި ހުންނަ އެ ގެ ކައިރީގައި ފުލުހުންގެ ވެހިކަލެއް ވެސް މިހާރު އެބައޮތް.

04 ފެބުރުއަރީ 00:23

މާލެ: ފެބްރުއަރީ 3، 2018: އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ދިރިއުޅުއްވާ ގެކޮޅު ކައިރިން ފުލުހުން އިދިކޮޅު މެމްބަރު އަހުމަދު މަހުލޫފް އެސަރަހައްދުން ދުރައްލަނީ.-- ފޮޓޯ: ހުސެން ވަހީދު /މިހާރު

04 ފެބުރުއަރީ 00:14

މާލެ: ފެބްރުއަރީ 3، 2018: އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ދިރިއުޅުއްވާ ގެކޮޅު ކައިރިއަށް އެއްވި އާންމުން ފުލުހުން ދުރަށް ޖައްސަނީ.-- ފޮޓޯ: ހުސެން ވަހީދު /މިހާރު

04 ފެބުރުއަރީ 00:13

މާލެ: ފެބްރުއަރީ 3، 2018: އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ދިރިއުޅުއްވާ ގެކޮޅު ކައިރިއަށް އެއްވި އާންމުން ފުލުހުން ދުރަށް ޖައްސަނީ.-- ފޮޓޯ: ހުސެން ވަހީދު /މިހާރު

04 ފެބުރުއަރީ 00:03
04 ފެބުރުއަރީ 00:03

މާލެ: ފެބްރުއަރީ 3، 2018: ސުޕްރީމް ކޯޓުގެ ހުކުމާ ގުޅިގެން ހުކުމް ތަންފީޒު ކުރުމަށް ގޮވާލައި އެމްޑީީޕީ ހަރުގެ ކައިރީގައި ހިނގި ހަމަނުޖެހުމުގައި، ހަރުގެ ކައިރިއަށް އެއްވި މީހުން ފުލުހުން ފަހަތައް ޖައްސަނީ.-- ފޮޓޯ: ނިޝާން އަލީ /މިހާރު

04 ފެބުރުއަރީ 00:02

މާލެ: ފެބްރުއަރީ 3، 2018: ސުޕްރީމް ކޯޓުގެ ހުކުމާ ގުޅިގެން ހުކުމް ތަންފީޒު ކުރުމަށް ގޮވާލައި އެމްޑީީޕީ ހަރުގެ ކައިރީގައި ހިނގި ހަމަނުޖެހުމުގައި، ހަރުގެ ކައިރިއަށް އެއްވި މީހުން ފުލުހުން ހަރަކާތްތެރިވަނީ.-- ފޮޓޯ: ނިޝާން އަލީ /މިހާރު

04 ފެބުރުއަރީ 00:02

މާލެ: ފެބްރުއަރީ 3، 2018: ސުޕްރީމް ކޯޓުގެ ހުކުމާ ގުޅިގެން ހުކުމް ތަންފީޒު ކުރުމަށް ގޮވާލައި އެމްޑީީޕީ ހަރުގެ ކައިރިއަށް އެއްވި މީހުން ފުލުހުން ފަހަތައްޖައްސާއިރު، ވިލިގިލި ދާއިރާގެ މެމްބަރު ސައުދު ހުސެން މީޑިއާ އާއި ވާހަކަ ދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ /މިހާރު

03 ފެބުރުއަރީ 23:55

ޓީވީއެމްގައި، މީގެ ކުޑައިރުކޮޅެއް ކުރިން ވާހަކަ ދައްކަމުން ބަންޑާރަ ނައިބު މުހައްމަދު އަނިލް ވިދާޅުވީ، އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދަށް ގުޅުއްވޭތޯ މިއަދު ވަރަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ކަމަށާއި މިހާތަނަށް އެކަން ކާމިޔާބުވާ ގޮތެއް ނުވި ކަމަށް. އޭނާ ވިދާޅުވީ ސުޕްރީމް ކޯޓުގެ އަމުރުން، ޕްރޮސެކިއުޓާ ޖެނެރަލް އައިޝަތު ބިޝާމާއި ފުލުހުންނަށް ފާހަގަކުރެވޭ ގާނޫނީ ނުކުތާތައް އެ ކޯޓަށް މިހާރު ހުށަހަޅާފައިވާ ކަމަށް. "ސުޕްރީމް ކޯޓުގެ އަމުރު ވީހާ ވެސް އަވަހަކަށް ތަންފީޒު ކުރުމަށް، ދައުލަތުގެ ކަމާ ބެހޭ މުއައްސަސާތަކުން މިކުރާ މަސައްކަތުގައި ސުޕްރީމް ކޯޓުން މިކަމަށް އިރުޝާދު ދެއްވުން ކުޑަކޮށް ލަސްވަމުންދާތީ، ރައްޔިތުންގެ ކިބައިން އެދެން ކެތްތެރިކަމާއެކު ތިއްބެވުމަށް،" އަނިލް ވިދާޅުވި އެވެ.

03 ފެބުރުއަރީ 23:28

ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުން ހައްޔަރުކުރުމުގެ އަމުރެއް ސަރުކާރުން ހޯދަން އުޅުނު ކަމަށް އިދިކޮޅު ފަރާތްތަކުން ބުނޭ. އެކަމަކު ފަނޑިޔާރުންގެ ގާނޫނު ބުނާ ގޮތުން ސުޕްރީމް ކޯޓުގެ ފަނޑިޔާރަކު، ޖިނާއީ ކުށެއް ކުރަނިކޮށް ހިފިއްޖެ ހާލަތެއްގައި މެނުވީ، ހައްޔަކުރެވޭނީ، ތުހުމަތުކުރެވޭ ފަނޑިޔާރު ނުހިމެނޭ ގޮތަށް ދެން ތިބޭ ފަނޑިޔާރުންގެ އަގުލިއްޔަތުން ނެރޭ އަމުރަކުން.

03 ފެބުރުއަރީ 23:22

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުލްބާރީ ޔޫސުފްގެ ފޭސްބުކް: އެންމެ މަތީ ކޯޓުގެ ހުކުމްތަކާއި އަމުރުތައް ތަންފީޒުކުރުމަށްޓަކައި ބަހުސްކޮށް، ޖަދަލުކުރުމަކީ އެއްވެސް ޝަހުސަހަކަށް ލިބިގެންވާ ހައްގެއް ނޫން. ބާރީއަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަަބްދުﷲގެ މައްޗަށް ހުކުމް އިއްވި ކްރިމިނަލް ކޯޓުގެ ބެންޗުގައި ހިމެނިވަޑައިގެންނެވި ފަނޑިޔާރެއް. އޭނާ ފަހުން ވަނީ ޖުވެނައިލް ކޯޓަށް ބަދަލުކޮށްފައި.

03 ފެބުރުއަރީ 23:21

އެމްޑީޕީގެ ހަރުގެ ކައިރިއަށް އެއްވި މީހުން ފުލުހުން ފަހަތަށް ޖައްސާއިރު، ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން މީޑިއާއާ ވާހަކަ ދައްކަވަނީ.---ފޮޓޯ: މިހާރު

03 ފެބުރުއަރީ 23:12

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ދިރިއުޅުއްވާ ގެކޮޅު ކައިރިއަށް އެއްވި އާންމުން ދުރަށް ޖައްސަން ފުލުހުން ޕެޕާ ސުޕްރޭ ވެސް ވަނީ ޖަހާފައި. އަދި އެ ހިސާބުން އާންމުން މި ވަގުތު ވަނީ ދުރަށް ޖައްސާފައި.

03 ފެބުރުއަރީ 22:59

އެމްޑީޕީ ހަރުގެ ސަރަހައްދު

03 ފެބުރުއަރީ 22:56

އުއްތަމަ ފަނޑިޔާރުގެ ގެކޮޅަށް ފުލުހުން ވަދެ އުއްތަމަ ފަނޑިޔާރު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށް ބުނެ މީޑިއާގައި ހިއްސާ ކުރާ މައުލޫމާތަކީ ދޮގެއް ކަމަށް ފުލުހުން ބުނެފި

03 ފެބުރުއަރީ 22:55

އުއްތަމަ ފަނޑިޔާރުގެ ގެކޮޅު ކުރިމަތި

03 ފެބުރުއަރީ 22:49

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ ގެކޮޅު ކައިރިއަށް އާންމުން އެއްވެފައި.

03 ފެބުރުއަރީ 22:47

އުއްތަމަ ފަނޑިޔާރުގެ ގެކޮޅު ސަރަހައްދަށް އެސްއޯ ފުލުހުން ގޮސް އެ ސަރަހައްދުން މީހުން ފޮނުވާލުމުގެ މަސައްކަތް ކުރަމުން އެބަދޭ

03 ފެބުރުއަރީ 22:47

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ހައްޔަރު ކުރަން އުޅޭ ކަމަށް ބުނެ ވަރަށް ގިނަ ބަޔަކު އެ ގޭ ދޮށުގައި އެބަތިބި. އެ ގޭ ސަރަހައްދުގައި ފުލުހުން ވެސް ދަނީ ހަރަކާތްތެރިވަމުން. އެމްޑީޕީ ހަރުގެ ކައިރީގައި ބާއްވަމުން އައި އެއްވުން ވެސް، އެ ވާހަކަތަކާ އެކު ވަނީ ހުއްޓާލައިފައި. އަދި އެ ސަރަހައްދުން ވެސް ވަރަށް ގިނަ ބަޔަކު އުއްތަމަ ފަނޑިޔާރުގެ ގެކޮޅާ ދިމާއަށް ދިޔަ.

03 ފެބުރުއަރީ 22:41

ސުޕްރީމް ކޯޓުގެ ހުކުމާ ގުޅިގެން ޕީޖީގެ ފަރާތުން ހުށަހަޅާ ކަންކަން ސުޕްރީމް ކޯޓަށް މިއަދު ހުށަހަޅައިފި. އެކަމަކު އެއީ ކޮންކޮން ކަންތައްތަކެއް ކަމަށް އެ އޮފީހުގެ ބަޔާނަކު ނެތް.

03 ފެބުރުއަރީ 22:30

ފަނޑިޔާރުން ހައްޔަރު ކުރަން އެބައުޅޭ ކަމަށް ބުނެ، އެއްވެ ތިބި މީހުން އުއްތަމަ ފަނޑިޔާރުގެ ގެކޮޅާ ދިމާއަށް ހިނގައްޖެ. ހަމަ އެއާ އެކު އެއްވުމުގެ ބައިވެރިން ފުލުހުން ވަނީ ހިފަހައްޓާފައި

03 ފެބުރުއަރީ 22:21

ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒު ކުރުމުން ނޫނީ އިދިކޮޅު ފަރާތްތަކުން ދެން ގެއަށް ނުވަންނާނެ ކަމަށް ވެސް އިދިކޮޅު ލީޑަރުން ވިދާޅުވޭ

03 ފެބުރުއަރީ 22:21

އިދިކޮޅު ފަރާތްތަކުން ބުނަނީ ސުޕްރީމް ކޯޓުގެ އަމުރަށް 48 ގަޑިއިރު ވާއިރު ވެސް ސަރުކާރުން އަމުރު ތަންފީޒު ކޮށްފައި ނުވާ ކަމަށާއި އެ އަމުރު ތަންފީޒު ކުރަން ސަރުކާރުން ފަސްޖެހިފައިވާ ކަމަށް.

03 ފެބުރުއަރީ 22:20

އިދިކޮޅު ފަރާތްތަކުން އެމްޑީޕީ ހަރުގެ ކުރިމަތީގައި މިރޭ ވެސް އެއްވުން ބާއްވަމުން އެބަ ގެންދޭ.

03 ފެބުރުއަރީ 22:00

ސުޕްރީމް ކޯޓަކީ އަދުލު އިންސާފު ގާއިމުކުރުމުގެ އެންމެ މަތީ ފަރާތް ކަމަށް ވާއިރު، ހުކުމް ތަންފީޒުކުރާ ސިޔާސީ ބޭފުޅުން މިނިވަންކުރުމަށް އެ ކޯޓުން ނެރުނު އަމުރަކީ އިތުރު ދިރާސާއެއް ރައުޔެއް ހޯދުމަކާ ނުލައި ވަގުތުން ތަންފީޒުކުރަންޖެހޭ އަމުރެއް ކަމަށް ބުނެ ރާއްޖޭގެ 78 ގާނޫނީ ވަކީލަކު ސޮއިކުރައްވައި ބަޔާނެއް ނެރުއްވައިފި. މި ބަޔާނުގައި ސޮއިކުރައްވާފައިވާ ބޭފުޅުންގެ ތެރޭގައި ކުރީގެ ބަންޑާރަ ނައިބުން ކަމަށްވާ ހުސްނުއް ސުއޫދާއި ފާތިމަތު ދިޔާނާ ސައީދުގެ އިތުރުން ވެސް ގާނޫނީ ދާއިރާގެ ތަޖުރިބާކާރު ބޭފުޅުން ހިމެނިވަޑައިގަންނަވާ.

03 ފެބުރުއަރީ 19:17
03 ފެބުރުއަރީ 18:06

މާފުށީ ޖަލު ކައިރީގައި އިދިކޮޅު ފަރާތްތަކުން ކުރަމުން އަންނަ މުޒާހަރާ -- ފޮޓޯ: ހުސެއިން ވަހީދު

03 ފެބުރުއަރީ 18:05

މާފުށީ ޖަލު ކައިރީގައި އިދިކޮޅު ފަރާތްތަކުން ކުރަމުން އަންނަ މުޒާހަރާ -- ފޮޓޯ: ހުސެއިން ވަހީދު

03 ފެބުރުއަރީ 18:05

މާފުށީ ޖަލު ކައިރީގައި އިދިކޮޅު ފަރާތްތަކުން ކުރަމުން އަންނަ މުޒާހަރާ -- ފޮޓޯ: ހުސެއިން ވަހީދު

03 ފެބުރުއަރީ 18:04

މާފުށީ ޖަލު ކައިރީގައި އިދިކޮޅު ފަރާތްތަކުން ކުރަމުން އަންނަ މުޒާހަރާ -- ފޮޓޯ: ހުސެއިން ވަހީދު

03 ފެބުރުއަރީ 17:57

ރައީސް އަބްދުﷲ ޔާމީނަށް ތާއީދުކޮށް މާލޭގައި ބޭއްވި އެއްވުން. -- ފޮޓޯ: ނިޝާން އަލީ/މިހާރު

03 ފެބުރުއަރީ 17:56

މާފުށީ ޖަލުގެ ގޭޓް ކައިރީގައި މުޒާހަރާ ކުރަނީ

03 ފެބުރުއަރީ 17:46

ރައީސް ޔާމީން: އަޅުގަނޑު ހިތްވަރު ލިބިގަންނަނީ ސިޔާސީ ލީޑަރުންގެ ފަރާތަކުން ނޫން. ސިޔާސީ ލީޑަރުންގެ ތެރެއިން އެއްގަލަކަށް އެރޭނެ ގޮތެއް އަޅުގަނޑަކަށް ނުފެނޭ.

03 ފެބުރުއަރީ 17:40

ރައީސް އަބްދުﷲ ޔާމީނަށް ތާއީދުކޮށް މާލޭގައި ބޭއްވި އެއްވުން. -- ފޮޓޯ: ނިޝާން އަލީ/މިހާރު

03 ފެބުރުއަރީ 17:37

ރައީސް ޔާމީން: ދެން އޮތީ ފިސްތޯލަ ގެންގުޅުއްވި ބޭފުޅެއްގެ ވާހަކަ (ކާނަލް ނާޒިމް). އަޅުގަނޑެއް ނޫނޭ ހުކުމް ކުރީ.

03 ފެބުރުއަރީ 17:37

ރައީސް ޔާމީން: އަޅުގަނޑުގެ ވަރަށް ގާތް މީހެއް އަހުމަދު އަދީބަކީ. އަޅުގަނޑު އެކަނި މަރާލާ ނަމަ އެކަން ކުރަންވީ. އެކަމަކު އަޅުގަނޑުގެ އާއިލާ އާއި ހައްޖުގެ އަޅުކަން އަދާކޮށްގެން އައި އެތައް ބަޔަކު އެ ލޯންޗުގައި ތިބި. (ބޮން ގޮއްވުމުގެ ހާދިސާ ހިނގިއިރު). އެހެންވެ، އަދީބަކީ އިންސާނިއްޔަތުކަމެއް ނެތް މީހެއް.

03 ފެބުރުއަރީ 17:34

ރައީސް ޔާމީން: އަޅުގަނޑުމެންގެ މަޖިލީހުގެ މެމްބަރުންނަކީ ފައިސާ އަށް ހެއްލިގެން ނުގޮސް ތިއްބަވާ ބޭފުޅުންނަށް ވާށޭ.

03 ފެބުރުއަރީ 17:33

ރައީސް ޔާމީން: އަޅުގަނޑު ސާބިތު ކަމާ އެކު ޒައާމަތާ ހަވާލުވެ ހުންނާނަން.

03 ފެބުރުއަރީ 17:33

ރައީސް ޔާމީން: ގާސިމް ކިހިނެއްތޯ ވާހަކަ ދައްކަވާނީ. އަތްޕުޅުގައި ފައިސާ ހުއްޓަސް ވާހަކައެއް ވިދާޅުވާނީ އެ ފައިސާ ސަރުކާރަށް ދެއްކެވުމަށް ފަހު.

03 ފެބުރުއަރީ 17:31

ރައީސް ޔާމީން: ރައީސް ނަޝީދު އެއޮތީ ފިއްލަވާ. ނަޝީދަށް ތާއީދު ކުރާ މީހުން ވެސް އެ ތިއްބީ ފިއްލަވާ.

03 ފެބުރުއަރީ 17:29

ރައީސް ޔާމީން: ރައީސް ޔާމީނަކީ ރައްޔިތުންނަށް ދަތިކަމެއް ދިމާވީމަ ފިލައިގެން ދާނެ މީހެއް ނޫން.

03 ފެބުރުއަރީ 17:27

ރައީސް ޔާމީން: މިހާރު ރާއްޖެ މިއޮތް ދަތި ފިޔަވަޅުތަކުގައި ހިތަށް އަރާ، އެހެން ނިޒާމުތަކުގައި އޮންނަ ގޮތަށް އަވަސް އިންތިހާބެއް ބޭއްވޭނެ ނަމަ އޭ. އިންތިހާބު އަވަސްކޮށްގެން ނަމަވެސް މިކަންކަން ރަނގަޅު ކުރެވޭނެ ނަމައޭ. އެ ހަމަތައް އަލުން ގާއިމްކުރުމަށް ޓަކައި ރައްޔިތުންގެ ތާއީދު އޮތީ ކާކަށްތޯ ބަލަން ބޭނުންވޭ

03 ފެބުރުއަރީ 17:26

ރައީސް ޔާމީން: ދައުލަތުގެ އިސް ވެރިޔަކީ ރައީސުލްޖުމްހޫރިއްޔާ. ގާނޫނު ތަންފީޒު ކުރާ ފަރާތްތަކަށް ދަންނަވަން އޮތީ ހަމަޖެހުމާއި ކެތްތެރިކަމާ އެކު ތިއްބަވާށޭ. މި ވަގުތު މިސްރާބު ދައްކަން ހުރީ ރައީސުލްޖުމްހޫރިއްޔާ. ސުޕްރީމް ކޯޓުގެ އަމުރަށް އިހުތިރާމްކޮށް މި ޖާގަ ހޯދަނީ ރައްޔިތުންނަށް އެންމެ ރަނގަޅު ގޮތަކަށް.

03 ފެބުރުއަރީ 17:25

ރައީސް ޔާމީން: ރައީސަށް ވެސް ދައުލަތަށް ވަގުތު ލިބެން ޖެހޭ ސުޕްރީމް ކޯޓުގެ ނިންމުމާ މެދު ވާހަކަ ދައްކަން.

03 ފެބުރުއަރީ 17:24

ރައީސް ޔާމީން: މިއީ ފަސޭހަ ވަގުތެއް ނޫން. އިސްކުރަން ޖެހޭނީ ގައުމީ މަސްލަހަތު.

03 ފެބުރުއަރީ 17:23

ރައީސް ޔާމީން: މިކަން މި އައީ ކިހިނެއްތޯ ދެނެގަންނާނަން. އެކަން ބަލާނަން. އެއީ އަޅުގަނޑުގެ ފަރާތުން އައި ކަމެއް ކަމަށް ވަންޏާ އެކަން ރަނގަޅުކުރާނަން.

03 ފެބުރުއަރީ 17:22

ރައީސް ޔާމީން: ރައްޔިތުން ތިބީ ފޯރީގައި. މިއީ އިދިކޮޅު މީހުންނަށް ހަޖަމް ނުކުރެވިގެން ނުކުމެގެން އުޅޭ މައްސަލަތަކެއް.

03 ފެބުރުއަރީ 17:21

ރައީސް ޔާމީން: މި އިއުލާން ކުރަނީ އަޅުގަނޑު ރަސްމީކޮށް މި ކެމްޕޭން ފެށީކަން،

03 ފެބުރުއަރީ 17:20

ރައީސް ޔާމީން: މިއަށް ވުރެ ދަތި ފަސް އަހަރުގެ ޒަައާމަތެއް ދިވެހި ތާރީހަކުން ފެންނާކަށް ނެތް. އަޅުގަނޑުމެންނަށް ދަތި ކަންތައްތައް ނުފެންނަނީއެއް ނޫން.

03 ފެބުރުއަރީ 17:19

ރައީސް ޔާމީން: ސުޕްރީމް ކޯޓުގެ އަމުރަކީ ސަރުކާރުގެ ދުއްޔަށް ބަދަލުތަކެއް އަތުވެދާނެ އަމުރެއް.

03 ފެބުރުއަރީ 17:17

ރައީސް އަބްދުﷲ ޔާމީނަށް ތާއީދުކޮށް ޕީޕީއެމް އިން މާލޭގައި ބާއްވާ އެއްވުމުގައި ރައީސް ޔާމީން. -- ފޮޓޯ: ސޯޝަލް މީޑިއާ

03 ފެބުރުއަރީ 17:17

ރައީސް ޔާމީން: ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒު ކުރުމުގައި އަޅުގަނޑު ދެމިހުންނާނެ. އަޅުގަނޑުގެ ސަރުކާރުގެ ވެސް ދެމި އޮންނާނެ

03 ފެބުރުއަރީ 17:17

ރައީސް ޔާމީން: އިރާދަކުރެއްވިއްޔާ މަސައްކަތްތައް ދަނީ ރަނގަޅަށް. ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ ވާހަކަ ދައްކައިގެން ކުރިއަށް އެބަދޭ. މިކަމުގެ އިސް ބޭފުޅަކަށް އުޅުއްވަނީ އެޓާނީ ޖެނެރަލް އަނިލް. އަޅުގަނޑާ ވެސް އުއްތަމަ ފަނޑިޔާރާ ވެސް ގުޅިއްޖެ

03 ފެބުރުއަރީ 17:15

ރައީސް ޔާމީން: އެކަމެއް ވެދާނެ ގޮތަކަށް ހީކޮށްގެން ތިބި އަމުރެއް ނޫން މި ނުކުތީ

03 ފެބުރުއަރީ 17:15

ރައީސް ޔާމީން: މި ވީކެންޑަކީ ވަރަށް ބުރަ ވީކެންޑެއް. އެހެންވެ ވަރަށް ކޮށް މަސައްކަތް ކުރަން ޖެހުނީ

03 ފެބުރުއަރީ 17:15

ރައީސް ޔާމީން: ތިޔަ ބޭފުޅުންގެ ޖޯޝާއި ފޯރީގައި އަޅުގަނޑު ބައިވެރިވާން ބޭނުން

03 ފެބުރުއަރީ 17:14

ރައީސް ޔާމީނާ އެކު އަނބިކަނބަލުން ފާތުމަތު އިބްރާހިމް ވެސް އެބަހުންނެވި

03 ފެބުރުއަރީ 17:13

ރެލީގައި ރައީސް ވާހަކަފުޅު ދައްކަވަނީ

03 ފެބުރުއަރީ 17:13

ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒު ކުރުމަށް ގޮވާލައި މާފުށީ ޖަލުގެ ކުރިމަތީގައި އެއްވުމެއް ފަށައިފި. މި އެއްވުމުގައި އިސްކޮށް ހުންނެވީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް.

03 ފެބުރުއަރީ 17:11

މާލޭގެ އިތުރުން ބައެއް ރަށްރަށުގައި ވެސް ރައީސް ޔާމީނާ އެއްކޮޅު އެއްވުންތައް ފަށާފައިވާ ކަމަށް ޕީޕީއެމުން ބުނޭ.

03 ފެބުރުއަރީ 17:10

ޕީޕީއެމްގެ ރެލީގައި އެ ޕާޓީގެ ޕީޖީ ގުރޫޕުގެ ބައެއް މެމްބަރުންނާއި ވަޒީރުން ވެސް ހިމެނިވަޑައިގަންނަވާ. އަދި ގިނަ އަދަދެއްގެ ސިފައިން ޔުނިފޯމްގައި ހަރަކާތްތެރިވޭ.

03 ފެބުރުއަރީ 17:09

ޕީޕީއެމްގެ މެމްބަރު މުބީންގެ ޓުވީޓް

03 ފެބުރުއަރީ 17:04
03 ފެބުރުއަރީ 17:03

ރައީސް ޔާމީނަށް ތާއީދުކޮށް ޕީޕީއެމުން ބާއްވާ އެއްވުމުގައި ރައީސް ވެސް ބައިވެރިވެ ވަޑައިގެންފި

03 ފެބުރުއަރީ 17:00

ރައިސް ޔާމީނަށް ތާއީދުކޮށް ވެސްޓް ޕާކު ސަރަހައްދުގައި އެއްވުމެއް އެބަ ބާއްވާ

03 ފެބުރުއަރީ 16:50

ސުޕްރީމް ކޯޓުގެ ހުކުމް ތަންފީޒު ކުރުމަށް ބާރު އެޅުމަށް ޓަކައި، ޖޭޕީގެ ކައުންސިލްތަކުން ގަރާރުތައް ނެރުމަށާއި ވީހާ ގިނަ ބަޔަކު މާލެ އައުމަށް ޖޭޕީގެ ބައްދަލުވުމަށް ގަރާރެއް ހުށަހަޅައިފި. މިއީ، އިއްޔެ ރޭ އެމްޑީޕީގެ ގައުމީ މަޖިލީހުން ވެސް ފާސްކޮށްފައިވާ ގަރާރެއް.

03 ފެބުރުއަރީ 16:46

ޖުމްހޫރީ ޕާޓީގެ ގައުމީ ހިންގާ ކޮމެޓީގެ ބައްދަލުވުމެއް ފަށައިފި. މި ބައްދަލުވުމުގައި އޮތީ ސުޕްރީމް ކޯޓުގެ އަމުރާ ގުޅިގެން ޕާޓީން ދެން ކުރިއަށް ދާނެ ގޮތަކާ ބެހޭ ގޮތުން ގޮތެއް ނިންމުން.

03 ފެބުރުއަރީ 15:57

ކުނޫޒްގައި އިދިކޮޅު ޕީޖީން ބޭއްވި ބައްދަލުވުމަށް ފަހު ބައެއް ބޭފުޅުން މަގުމަތީގައި -- ފޮޓޯ: ނިޝާން އަލީ

03 ފެބުރުއަރީ 15:57

ކުނޫޒްގައި އިދިކޮޅު ޕީޖީން ބޭއްވި ބައްދަލުވުމަށް ފަހު ބައެއް ބޭފުޅުން މަގުމަތީގައި -- ފޮޓޯ: ނިޝާން އަލީ

03 ފެބުރުއަރީ 15:50

ކުނޫޒްގައި ބޭއްވި ޕީޖީ ބައްދަލުވުން ނިންމާލައިފި. މި ބައްދަލުވުމުގައި މަޝްވަރާ ކުރީ ސުޕްރީމް ކޯޓުގެ އަމުރާ އެކު ދެން ކުރިއަށް ދާނެ ގޮތަކާ ބެހޭ ގޮތުން

03 ފެބުރުއަރީ 15:44

އަމުރު ތަންފީޒު ކުރުމުގައި އޭޖީ އާއި ޕީޖީގެ ދައުރެއް ނޯންނާނެ ކަމަށާއި ސުޕްރީމް ކޯޓުގެ އަމުރާ މެދު ހިޔާލު ތަފާތުވުމުގެ ޖާގަ އޮތަސް އަމުރު ތަންފީޒު ކުރަން ވާނެ ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒް ހުސެއިން ވިދާޅުވެއްޖެ. އެމަނިކުފާނުގެ ފޭސްބުކް ޕޭޖްގައި ވިދާޅުވެފައި ވަނީ އަމުރު ތަންފީޒު ކުރުމުގައި ބަލަން ޖެހޭ ޑިއު ޕްރޮސެސް އަކީ އަމަލުގައި ވާ ގޮތަށް އަމަލު ކުރުން ކަމަށާއި ގާނޫނު ބުނަނީ އަމުރު ރައްދު ކޮންމެ ފަރާތެއްގެ މައްޗަށް އަމުރު ތަންފީޒު ކުރުން ލާޒިމް ކަމަށް.

03 ފެބުރުއަރީ 15:31

ކުނޫޒްގައި އިދިކޮޅު މެމްބަރުން ބައްދަލުވުމުގައި

03 ފެބުރުއަރީ 15:30

ކުނޫޒްގައި އިދިކޮޅު މެމްބަރުން ބައްދަލުވުމުގައި

03 ފެބުރުއަރީ 15:25

އިދިކޮޅު ޕާޓީތަކުގައި ހިމެނޭ ޕީޖީ ގުރޫޕުގެ ބައްދަލުވުމެއް މ. ކުނޫޒްގައި ދެންމެ ފަށައިފި

03 ފެބުރުއަރީ 15:10

ރައީސް ޔާމީން، ކޮންމެ ބޭފުޅަކާ ފުލުހުންގެ އިދާރާ ހަވާލު ކުރެއްވި ނަމަވެސް ޖެހިގެން އަންނަ ދުވަހު ޖެހޭނީ އެ ބޭފުޅަކު ވަކިކުރައްވަން ކަމަށް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވެއްޖެ. ޑެ ޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު ސައުދީ އެ މަގާމުން ދުރުކޮށް، ފުލުސް އޮފީސް ހިންގުން ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ނަވާޒްއާ މިއަދު ރައީސް އަބްދުﷲ ޔާމީން ހަވާލުކުރެއްވުމުން އޭނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޣައިރު ގާނޫނީ އަމުރުތަކަށް ފުލުހުން ދެން ތަބާ ނުވާނެ ކަމަށް.

03 ފެބުރުއަރީ 15:02

ފުލުހުންގެ އިދާރާ ނަވާޒް އާ ހަވާލު ކުރި ކަމަށް ބުނެ، ރައީސް އޮފީހުން ކޮށްފައިވާ ޓްވީޓް

03 ފެބުރުއަރީ 14:58

ޕީޕީއެމްގެ ޒުވާނުންގެ ފަރާތުން ބާއްވާ ޕްރެސް ކޮންފަރެންސެއް މިހާރު ކުރިއަށް އެބަދޭ. ޕީޕީއެމް އޮފީހުގައި ބާއްވާ ޕްރެސް ކޮންފަރެންސްގައި ބައިވެރިވާ ބައެއް މީހުން ބުނިގޮތުގައި އެ މީހުން ތިބީ ރައީސް އަބްދުﷲ ޔާމީނާ އެކު. އަދި އެ މީހުން އެ ތަމްސީލް ކުރަނީ ވަރަށް ގިނަ ޒުވާނުން ކަމަށާއި ޒުވާނުން ރުޅި އަރުވަން އިދިކޮޅު ފަރާތްތަކުން ނޫޅުމަށް.

03 ފެބުރުއަރީ 14:55

ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި ހުރިހާ މެމްބަރުންނަށް ވެސް މިއަދު އަލުން އެސްއެމްއެސް ލިބެމުން ދާ ކަމަށް އޭގެ ތެރެއިން ބައެއް ބޭފުޅުން ވިދާޅުވެއްޖެ. އެ ބޭފުޅުން ވިދާޅުވީ ހޯމަ ދުވަހުގެ މަޖިލީހުގެ ޖަލްސާ ކެންސަލް ވެފައިވާ ކަމަށް ބުނެ އެސްއެމްއެސް ލިބިފައިވާ ކަމަށް. މަޖިލީހުގެ އިދާރާއިން ބުނެފައި ވަނީ ސުޕްރީމް ކޯޓުގެ ހުކުމް ވަރަށް ސާފު ކަމަށާއި މަޖިލީހުގެ ޖަލްސާތަކުގައި އެ ބޭފުޅުންނަށް ބައިވެރިވެ ވަޑައިގެންނެވޭނެ ކަމަށް.

03 ފެބުރުއަރީ 14:44

މަޖިލީހުގެ އިދާރާގެ އެސްއެމްއެސް ތިން މަސް ދުވަހަށް ފަހުގެ މެދުކެނޑުމަކަށް ފަހު މިހާރު ލިބެން ފަށައިފި ކަމަށް ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ ވިދާޅުވެއްޖެ. އޭނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފާއިތުވި ތިން މަހުގެ ރައްޔިތުންގެ ހައްގުތައް ހޯދަން ވަރުގަދަ މަސައްކަތްތަކެއް ކުރާނެ ކަމަށް. ސައުދުﷲ އަކީ ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި 12 މެމްބަރުންގެ ތެރެއިން އެކަކު. ސުޕްރީމް ކޯޓުން ބުރާސްފަތި ދުވަހުގެ ރޭ ނެރުނު އަމުރުގައި އެ މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ވަނީ އަންގައިފައި.

03 ފެބުރުއަރީ 14:40

ފުލުސް އޮފީސް ހިންގުމާ މިދިޔަ ހުކުރު ވިލޭރޭ ހަވާލުކުރި ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު ސައުދީ އެ މަގާމުން ދުރުކޮށް، ފުލުސް އޮފީސް ހިންގުން ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ނަވާޒްއާ މިއަދު ރައީސް އަބްދުﷲ ޔާމީން ހަވާލުކުރައްވައިފި އެވެ.

އަބްދުﷲ ނަވާޒް އަށް މި މަސްއޫލިއްޔަތު ހަވާލު ކުރެއްވީ، އޭނާ ކުރިން ހުންނެވި އެސިސްޓެންޓް ކޮމިޝަނާގެ މަގާމުން ޑެޕިއުޓީ ކޮމިޝަނާގެ މަގާމަށް ޕްރޮމޯޓް ކުރުމަށް ފަހު އެވެ.

އޭގެ އިތުރުން ފުލުހުންގެ އިންޓެލިޖެންސް ޑިޕާޓްމެންޓްގެ ވެރިއަކަށް، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ޖަމްޝީދު ވަނީ މިއަދު އައްޔަން ކުރައްވައިފަ އެވެ.

ފުލުހުންގެ އިދާރާ އަށް ބޮޑެތި ބަދަލުތަކެއް މި އައީ، ދިގު މުއްދަތުގެ ޖަލު ހުކުމްތަކެއްގައި ތިބި ސިޔާސީ ބޭފުޅުންތަކެއް ޖަލުން މިނިވަންކުރުމަށް މިދިޔަ ހުކުރު ވިލޭރޭ ސުޕްރީމް ކޯޓުން ކުރި އަމުރު ތަންފީޒު ކުރަން ފަށާފައިވާ ކަމަށް އެރޭ ފުލުހުން އިއުލާންކުރި ފަހުންނެވެ. އެ ގޮތުން ދޫނިދޫ ޖަލުގައި މި ވަގުތު ހުންނެވި މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން މިނިވަންކޮށް، މާލެ ގެނައުމަށް ލޯންޗަށް އެރުވި ކަމަށް ކުރީގެ ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒް ރޭ ވަނީ ވިދާޅުވެފަ އެވެ.

އެރޭ ސަރުކާރުގެ ފަރާތުން ދައުލަތުގެ ބަންޑާރަ ނައިބު، ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވި ގޮތުގައި ސުޕްރީމް ކޯޓުގެ އަމުރާ ގުޅޭ ގޮތުން، އޭރު ޕޮލިސް ކޮމިޝަނާގެ މަގާމުގައި ހުންނެވި އަހްމަދު އަރީފްއާ ގުޅުއްވަން ރައީސް ކުރެއްވި މަސައްކަތްޕުޅު ނާކާމިޔާބުވުމާ ގުޅިގެން އެ މަގާމުން އަރީފް ވަކިކުރެއްވީ އެވެ. އޭގެ ބަދަލުގައި އެ ރެއިން ފެށިގެން ފުލުހުންގެ އިދާރާ ހިންގަމުން އައީ ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އަހްމަދު ސައުދީ އެވެ.

ސައުދީ އެ މަގާމުން މިއަދު ވަކި ކުރެއްވި އިރު، އެކަމުގެ ސަބަބެއް ރައީސް އޮފީހުން ނުބުނެ އެވެ.

ފުލުހުންގެ ހެޑް އޮފް އިންޓެލިޖެންސްގެ މަގާމަށް މިއަދު އައްޔަން ކުރެއްވި މުހައްމަދު ޖަމްޝީދަކީ ކުރިން އެސިސްޓެންޓް ކޮމިޝަނަރެއްގެ ރޭންކުގައި ހުންނަވަނިކޮށް، މީގެ ދުވަސްކޮޅެއް ކުރިން ދެ މަގާމު ދަށް ކޮށް، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސްގެ މަގާމަށް ބަދަލުކޮށްފައި ހުންނެވި އޮފިސަރެކެވެ.

މިދިޔަ ހުކުރު ވިލޭރޭ ސުޕްރީމް ކޯޓުން ވަނީ ތިން މައްސަލައެއްގައި މުހިންމު ތިން ނިންމުމެއް ނިންމައިފަ އެވެ. އޭގެ ތެރެއިން އެންމެ ބޮޑު ނިންމުމަކީ ސިޔާސީ އެކި ކުށްތަކުގައި ޖަލަށް ހުކުމްކޮށްފައި ތިބި ސިޔާސީ ލީޑަރުން ވަގުތުން މިނިވަންކުރުމަށް ކުރި އަމުރެވެ. ނަމަވެސް، މިހާތަނަށް ވެސް ސަރުކާރުން އެ އަމުރު ތަންފީޒެއް ނުކުރެ އެވެ.

އޭގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމުގެ މަގާމުން ވަކިވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ 12 ބޭފުޅުންނަކީ މަޖިލީހުގެ ސައްހަ މެމްބަރުން ކަމުގައި ވެސް އެރޭ ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ކަނޑައަޅާފައިވެ އެވެ.

480 ކޮމެންޓް, 754 ރިއެކްޝަންސް

icon happy icon happy 17%
icon sad icon sad 2%
icon angry icon angry 81%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޞަސީކަ

05 February 2018

ނިކަން ދެކެބަ މި އިދިކޮޅު މީހުން މިރާއްޖެ ހަލާކުގެ ތެރެއަށް ވައްޓަން އުޅޭތަން. ޢެއުޅެނީ ބަޤާވަތް ކުރަން ވިއްޔާ

The name is already taken The name is available. Register?

ސްސީކާގެ ނަހަލާލު އަމާ

05 February 2018

ސަސީކާ މިކަން މިނިމެނީ

The name is already taken The name is available. Register?

ފފގގގގގގ

05 February 2018

ގުޅީ ފަޅަށް މުޒާހަރާ ކުރުން ބަދަލް ކޮށްދީބަލަ

The name is already taken The name is available. Register?

ޗވވ×ޒ×

05 February 2018

މިހާރު ހަމަ ނިދި ނިދޭކަށްވެސް ނެތް.... މަށަށްފެނޭ މުޒާހަރާ ކުރަން ޚާއްޞަ ރަށެއް ބާއްވަން ، މިސާލަކަށް ގުޅިފަޅު. ހުރިހާ ސިޔާސީ މީހުން ނާ މުޒާހރާ ކުރާ މީހުން ގޫލިފަޅަށް ދާނީ. ދެން ޓީވީ ތަކުން ލައިވް ކުރީމާ ބަލަން ބޭނުންވާ މީހުން ބަލާނެ. ގުޅީ ފަޅަށް މުޒާހަރާއަށް ގުޅީ ފަޅަށް ދާން ފެރީ ހަމަ ޖައްސާނީ. މާލެގައި ބޮޑު ކުލީގައި މިއުޅެނީ މާ އަރާމް ވެގެން ނެއް ނޫނެވެ. ދުވާލުގެ ބުރަމަސައްކަތުން މިންޖުވެލީމާ ނުކުމެ އެއް މަގުބަންދު އަނެއް ޜޯޑް ކްލޯސް... މުޒާހަރާ ކުރާ މީހުންނާ ހެދި. ގުޅީ ފަޅުގައި ފަތިސް ވަންދެން ދެބައި މީހުން މުޒާހަރާ ކޮށްފައި މާލެ އައިމާ ނިމުނީ ނޫން ދޯ. މިކަމާ ވިސްނާ މިގޮތަށް ބަދަލް ކުރުން ވަރަށް އެދެން.

The name is already taken The name is available. Register?

ހީވޭ

05 February 2018

ކޮބާ ރަންރީނދޫ ޓްވިޓަރޭ މަހަށް ދެވުނުތޭ. ޙުކުމޭ މެން ގާތު ބުނޭ ޕެކް އެންލީވް އޭ މަމެން އެމެން ސައްޕެއް ޖަހާ ބޭރު ނުކުރަނީސް.

The name is already taken The name is available. Register?

2564897

05 February 2018

ކަލޯމެން ތިބެގެން ރާޢްޖޭގައި އިންސާފުވެރި އިންތިހާބެއް ނުބޭއްވޭނެކަން މުޅި ދުނިޔެއަށާއި ރައްޔިތުންނަށް ހާމަ ކޮށްދިނީތީ ޝުކުރިއްޔާ. އެންމެ ފަހު ވަގުތު ގާތް ކޮށްގެން ގެންގުޅުނު ޗައިނާޢިންވެސް ޓްރެވަލް ވޯރނިންގ އެއް ނެރެލައިފި. އަރިހުގައި ތިބި ބޭކަލުން އެހެރަ ދަނީ ހިރަފުސް ކަނޑާލާ ދުންޖަހާފަ އަނެއް ކޮޅަށް. ވަރަށް ވެދުން.

The name is already taken The name is available. Register?

ވެކްރާން

05 February 2018

ހުކުމޭބުނީ ސައްޕުޖަހާ ދުއްރައޮތީ ތިމަންނާމެން އަތުގަޔޯ. އެވެރިން ދޫކޮށްފާ އަލުން ހައްޔަރުކުރާށޯ ބުނީ.

The name is already taken The name is available. Register?

ދީދީ

05 February 2018

2018 ފެޝުނުތަނާހެއް ހަނީމޫން މިޔޮއް ނިނުނީ

The name is already taken The name is available. Register?

ރީތިގޮތް

05 February 2018

ސުޕްރީމް ކޯޓުން ކަޑައެޅިގޮތަށް ސިޔާސީ ލީޑަރުން ދޫކޮށް ރައްޔަތުންހޮވި ،މަޖްލިސް މެމްބަރުންނަށް އެބޭފުޅުންގެ ވަޒީފާ އަދާކުަރައްވަން ވަގުތުން ތަންދިނުމަށް ހުރިހާ ފަރާތަކަށް ގޮވާލަން. ހަމަ މިމޭރުމުން ގޮވާލަނީ ރައީސް މަގާމްށް ހޮވީ ދިވެހި ރައްޔަތުން ޥޯޓުލައިގެން. އަދި އެބޭފުޅާ ދުރުކުރެވޭނީވެސް ހަމަ އިލެކްޝަންގައި ރައްޔަތުންލާ ވޯޓުން. ދިވެހީންގެ ޖަހާމުގުރިވަންތަކަން ދޫކޮށް ކޮންމެ ރައީސަކާއިދކޮޅަށް ބަޢާވާތްކުރުމުގެ ތާރީޚީބަވާއިން ސަލާމަތްވުމަށް މަސައްކަތް ކުރަންވެއްޖެނޫންތޯ؟ މިބައްޔަކީ، ސިޔާސީވެރީންނާއި ސިޔާސީޕާޓިން އަދި މީޑިޔާގެ ސަބަބުންޖެހުނު ބައްޔެއްނޫން. ހަމަ އަޅުގަޑުމެން ދިވެހި ރައްޔަތުންގެ ކެތްތެރިކަން ކުޑަކަމުން ކުރވޭ ހަޑިމުޑުދާރު އަމަލެއް.

The name is already taken The name is available. Register?

ވަރަށްވާހަކަ

05 February 2018

ދަރިފުޅާ 5 އަހަރުގެ ދައުރެއް ރައްޔިތުން ދެނީ ހިތުހުރިގޮތަކަށް ވެރިކަންކުރާކަށްނޫން.

The name is already taken The name is available. Register?

ހައްލު

04 February 2018

ކިތައްމެ ވަރަކަށް ތެޅުނަސް ޖެހޭނީ ފައިބަން.

The name is already taken The name is available. Register?

ޞައްދާމު

04 February 2018

ރައީސުލްޖުމުހޫރިއްޔާ މަޤާމުން ވަކިކުރުމުގެ ބާރު، ސްޕްރީމް ކޯޓަށް ލިބިގެން ނުވިއަސް، ރައީސުލްޖުމުހޫރިއްޔާ ހައްޔަރު ކުރުމުގެ އަމުރު ނެރުމުގެ ބާރު ލިބިގެންވޭ!

The name is already taken The name is available. Register?

ޖހސ

04 February 2018

ރައްޔިތުން ގޮތް ކނޑައަޅާނީ ވޯޓުން. މައިތިރިވެގެން ނުތިބެވިގެން ތިއުޅެނީ ރައްޔިތުންނަށް އެފުރުސަތު ނުދޭންވެގެންނެއްނު

The name is already taken The name is available. Register?

މާޒީ

05 February 2018

100%

The name is already taken The name is available. Register?

ހަަސ

04 February 2018

މިފަހަރުނެއް އެހެން ގޮތެއް ގެޔައް ވަންނާނީ ކޯޓްގެ އަމުރު ތަންފީޒު ކުރީމަ ހަމަކުރަން ޖެހޭނީ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454