ޚަބަރު / އެމްޑީޕީ

ރައީސް ފުރާވަޑައިގަންނަވާ ވާހަކައަކީ ދޮގެއް: ތަރުޖަމާނު

ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒު ކުރުމަށް ގޮވާލައި އިދިކޮޅު ފަރާތްތަކުން ޕީޖީ އޮފީސް ކައިރީގައި އިށީނދެ ތިބެ މިރޭ އަޑު އުފުލަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

01 ފެބުރުއަރީ 2018 - 23:07

333 comments
03 ފެބުރުއަރީ 05:07

މިނިވަން ކުރުމަށް ސުޕްރީމް ކޯޓުން އަމުރުކުރި އިދިކޮޅު ސިޔާސީ ނުވަ ބޭފުޅުންގެ ފަރާތުން ކްރިމިނަލް ކޯޓަށް ހުށަހެޅި ހެބިއަސްކޯޕަސްގެ މައްސަލަ ބަލައި ނުގަންނަން ކްރިމިނަލް ކޯޓުން ނިންމައިފި. އެގޮތަށް ނިންމީ، ސުޕްރީމް ކޯޓުން ވަކި ގޮތަކަށް ކަނޑައަޅާފައިވާތީ އެއާ މެދު ސުވާލު އުފައްދާނެ ޖާގައެއް ނެތުމުން ކަމަށް ކްރިމިނަލް ކޯޓުން ބުނެފައިވޭ.

03 ފެބުރުއަރީ 03:29

ޕީޖީ އޮފީސް ކައިރިއަށް އެއްވި މީހުން އެތަނުން ފޮނުވާލުމަށް ފުލުހުން މިރޭ ހަރަކާތްތެރިވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

03 ފެބުރުއަރީ 03:14

ޕީޖީ އޮފީސް ކައިރިއަށް އެއްވި މީހުން މިހާރު ވަނީ ދެވަނަ ފަހަރަށް ފަހަތަށް ޖައްސާފައި. އަދި އެއްވުން ކަވަރު ކުރުމަށް ހަރަކާތްތެރިވި މީޑިއާ ވެސް ވަނީ ވަރަށް ބޮޑަށް ފަހަތަށް ޖައްސާފައި.

03 ފެބުރުއަރީ 03:10

ޕީޖީ އޮފީސް ކައިރިއަށް އެއްވި އިސް ބޭފުޅުންގެ ތެރޭގައި ކެންދޫ ދާއިރާގެ ޖޭޕީގެ މެމްބަރު އަލީ ހުސެއިނާއި މެދު ހެންވޭރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަލީ އާޒިމާއި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތާއި ކުޅުދުއްފުށީ އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަބްދުލް ޣަފޫރު މޫސާ ހިމެނިވަޑައިގަންނަވާ.

03 ފެބުރުއަރީ 03:07

ޕީޖީ އޮފީސް ކައިރީއަށް އެއްވި މީހުން އެ ސަރަހައްދުން ފޮނުވާލުމަށް ޕެޕާ ސްޕްރޭ ޖެހުމުން އޭގެ އަސަރުކުރި، ކެންދޫ ދާއިރާގެ ޖޭޕީގެ މެމްބަރު އަލީ ހުސެއިންގެ ލޮލަށް ފެން އަޅަނީ.----ފޮޓޯ: ނިޝާން އަލީ/މިހާރު

03 ފެބުރުއަރީ 03:02
03 ފެބުރުއަރީ 02:53

ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފާއި ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން އަދި އިދިކޮޅު އެހެން ބައެއް މީހުން ޕީޖީ އޮފީހުގެ ކުރިމަތީގައި އިށީނދެ ތިވެ އަޑު އުފުލަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

03 ފެބުރުއަރީ 02:49

ޕީޖީ އޮފިސް ކައިރިއަށް އެއްވި މީހުން އެ ސަރަހައްދުން ފޮނުވާލުމަށް އެސްއޯ ފުލުހުން ހަރަކާތްތެރިވާން ފަށައިފި. އަދި ޕެޕާ ސްޕްރޭ ޖަހައި ބައެއް މީހުން ވަނީ ފަހަތަށް ޖައްސާފައި.

03 ފެބުރުއަރީ 02:42

ޕީޖީ އޮފީހުން މިރޭ ނެރުނު ބަޔާނެއްްގައި ބުނެފައި ވަނީ، އިދިކޮޅު ސިޔާސީ ލީޑަރުންނާއި ސިޔާސީ އެހެން ބޭފުޅުން ދޫކޮށްލަން ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒު ކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރަމުން އަންނަ ކަމަށް، އަދި އެ އަމުރާ ގުޅިގެން ސުޕްރީމް ކޯޓަށް ހުށަހަޅަން ޖެހޭ ކަންކަން ހުށަހެޅުމަށް ތައްޔާރުވަމުންދާ ކަމަށް ޕީޖީ އޮފީހުން ބުނެފައިވޭ.

03 ފެބުރުއަރީ 02:41

އިދިކޮޅު ފަރާތްތަކުން މިހާރު ތިބީ ޕީޖީ އޮފީސް ކުރިމަތީގައި އިށީނދެގެން.

03 ފެބުރުއަރީ 02:37

ޕީޖީގެ އޮފީސް ކައިރިއަށް އެއްވި މީހުން ގެންދަނީ، ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒު ކުރުމަށް ގޮވާލަމުން. ސިޔާސީ ބޭފުޅުން މިނިވަން ކުރުމަށް ސުޕްރީމް ކޯޓުން ކުރި އަމުރަށް 24 ގަޑިއިރަށް ވުރެ ގިނައިރު ވެސް އެ އަމުރު ސަރުކާރުން ތަންފީޒު ނުކުރާ މައްސަލަ ވަނީ ހޫނުވެފައި. ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒު ކުރުމަށް ގޮވާލަމުން އިދިކޮޅު ފަރާތްތަކުން މިރޭ ދަނީ މާލޭގެ އެކި ސަރަހައްދުތަކުގައި އިހުތިޖާޖު ކުރަމުން.

03 ފެބުރުއަރީ 02:33

އިދިކޮޅު ފަރާތްތަކުން ޕްރޮސެކިއުޓަ ޖެނެރަލްގެ އޮފީސް ކައިރިއަށް އެއްވެއްޖެ.

03 ފެބުރުއަރީ 02:32

ނިހާން: އަޅުގަނޑަކީ ސާބިތުކަންމަތީގައި ހުންނަ މީހެއް. ރާއްޖޭގައި އޮތީ އެމްޑީޕީގެ ފިކުރު ނުވަތަ "ފަނާކުރާ ފިކުރު" އާއި ބިނާކުރަނިވި ފިކުރު ނުވަތަ ޕީޕީއެމްގެ ފިކުރު ކަމަށް އޭނާ ވިދާޅުވި. ނިހާން ވިދާޅުވީ އޭނާ ރާއްޖޭގައި މިވަގުތު ނެތަސް، ރާއްޖޭގައި މިހާރު ހިނގާ ކަންކަމުގައި ޕީޕީއެމަށް އެހީތެރިވެ ދެއްވުމުގައި ސާބިތުކަންމަތީގައި ދެމިހުންނެވި ކަމަށް.

03 ފެބުރުއަރީ 02:28

ޕީޕިއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު ނިހާން ޗެނަލް 13 ގައި ވާހަކަ ދައްކަވަމުން ވިދާޅުވީ، ފެބްރުއަރީ 7 ފަދަ ދުވަހެއް ގެނެވޭނެ ކަމަށް އިދިކޮޅު މީހުން ދެކޭ ނަމަ އެއީ ކުށްހީއެއް ކަމަށް. އަދި އެއީ ކަނޑުކޮސް ހިޔާލެއް ކަމަށް އޭނާ ވިދާޅުވި، އެމްޑީޕީން އެއްވުމަކަށް ގޮވާލައިފި ނަމަ، ފުލުހުންނަށް ހަމަލަ ދިނުމާއި މުދަލަށް ގެއްލުން ދިނުން ފަދަ ކަންކަން ތާރީޚުން ފެންނަ ކަމަށް ނިހާން ވިދާޅުވި. ރަށްރަށުން މީހުން ގެނައުމަށް އެމްޑީޕީން ގޮވަނީ ރައްޔިތުން އަނެއްކާ ވެސް ގާނޫނީ ގޮޅިއަކަށް ފައްތަން ކަމަށް ނިހާން ވިދާޅުވި. އެހެންވީމާ މިފަދަ ކަމަކަށް ރައްޔިތުން ނައުމަށް ގޮވާލައްވާ ކަމަށް ވިދާޅުވި.

03 ފެބުރުއަރީ 02:18

މާލެ ޖަލު ސަރަހައްދަށް އެއްވި މީހުން އެތަނުން ފޮނުވާލުމުން މާލޭގެ އެކި މަގުތަކުގައި މިހާރު ދަނީ ހިނގަމުން. އެއް ބަޔަކު އެމްޑީޕީގެ ހަރުގެ ކައިރިއަށް ދާން އުޅުމުން، ބްރިޖް ސަރަހައްދުން ފުލުހުން ވަނީ އެ މީހުންނަށް ހުރަސް އަޅައި އެތަނުން ވެސް ފަހަތަށް ޖައްސާލާފައި.

03 ފެބުރުއަރީ 02:14

މާލެ ޖަލު ހިމެނޭ ސަރަހައްދަށް އެއްވި އިދިކޮޅު މީހުން ފަހަތަށް ޖައްސައި، އެ ސަރަހައްދަށް ނުވަދެވޭ ގޮތަށް ބެރިކޭޑް ޖަހައި ބަންދު ކޮށްފައިވާއިރު، އެސްއޯ ފުލުހަކު އެތަނުގައި ހަރަކާތްތެރިވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

03 ފެބުރުއަރީ 02:06

މާލޭ ޖަލު ހިމެނޭ ސަރަހައްދަށް އެއްވި މީހުންގެ ކަވަރޭޖް ގެނެސްދިނުމަށް ހަރަކާތްތެރިވި ރާއްޖެ ޓީވީގެ ނޫސްވެރިޔާ ހުސެއިން ހަސަން ފުލުހުން އެ ސަރަހައްދުން ބޭރުކުރަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

03 ފެބުރުއަރީ 02:00

މާލޭ ޖަލު ސަރަހައްދު ކައިރީގައި ބެރިކޭޑް ޖަހައި، އެ ސަރަހައްދަށް އާންމުންނަށް ނުވަދެވޭ ގޮތަށް ފުލުހުން ބަންދުކޮށްފި. އަދި މާލޭ ޖަލު ސަރަހައްދަށް އެއްވި މީހުން މިހާރު ވަނީ ފަހަތަށް ޖައްސާފައި.

03 ފެބުރުއަރީ 01:37

މާލޭ ޖަލު ކައިރިއަށް އެއްވި މީހުން އެ ސަރަހައްދުން ދުރަށް ފޮނުވާލުމަށް އެސްއޯ ފުލުހުން މަސައްކަތް ކުރާއިރު، ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފު މީހަކާ ސަލާމް ކުރައްވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

03 ފެބުރުއަރީ 01:29

މާލޭ ޖަލު ކައިރިއަށް އެއްވި މީހުން އެ ސަރަހައްދުން ފޮނުވާލުމަށް އެސްއޯ ފުލުހުން ހަރަކާތްތެރިވާން ފަށައިފި.

03 ފެބުރުއަރީ 01:23

ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒު ކުރުމަށް ގޮވާލައި މާލޭ ޖަލުގެ ކުރިމަތީގައި އިށީނދެ ތިބި އިދިކޮޅު ފަރާތްތަކުން އަޑު އުފުލަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

03 ފެބުރުއަރީ 01:19

ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒު ކުރުމަށް ގޮވާލައި މާލޭ ޖަލުގެ ކުރިމަތީގައި އިށީނދެ ތިބި އިދިކޮޅު ފަރާތްތަކުން އަޑު އުފުލަނީ.---ފޮޓޯ: މިހާރު

03 ފެބުރުއަރީ 01:17

ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒު ކުރުމަށް ގޮވާލައި އިދިކޮޅު ފަރާތްތަކުން އަދިވެސް ގެންދަނީ މާލޭ ޖަލު ކައިރީގައި އަޑު އުފުލަމުން. ބޮޑުތަކުރުފާނުމަގުގައި ހުންނަ މާލޭ ޖަލު ކުރިމަތިން މަގު މެދުގައި ގިނަ ބަޔަކު އިށީނދެގެން ތިބެ އަންނަނީ ޝުއޫރު ފާޅުކުރަމުން. އެމީހުން ހުއްޓުވުމަށް ފުލުހުން މީގެ އިރުކޮޅެއް ކުރިން މަސައްކަތް ކުރި ނަމަވެސް މިވަގުތު އެއްވެސް ކަމެއް ނެތް.

03 ފެބުރުއަރީ 00:53

މައުމޫންގެ ޓުވީޓް

03 ފެބުރުއަރީ 00:52

ކުރީގެ ރައީސް މައުމޫން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ސުޕްރީމް ކޯޓުގެ އަމުރަށް ވަގުތުން އަމަލު ކުރާނެ ކަމުގެ ޔަގީންކަން ފުލުހުން ދިނުމަށް ފަހު، މިރޭ އެހެން ގޮތަކަށް އެ ވާހަކަ ދެއްކުމުން ހިތާމަ ކުރައްވާ ކަމަށް. ފުލުހުން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ، ސުޕްރީމް ކޯޓުގެ އަމުރާ ގުޅިގެން ބަންޑާރަ ނައިބާއި ޕްރޮސިކިއުޓާ ޖެނެރަލްގެ ލަފާގެ މަތިން ފުރިހަމަކުރަންޖެހޭ ގާނޫނީ އިޖުރާއަތުތައް ފުރިހަމަ ކުރުމަށް ފަހު، އެ އަމުރު ތަންފީޒު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް.

03 ފެބުރުއަރީ 00:47

ޕީޕީއެމްގެ ޕީޖީ ލީޑަރު ނިހާންގެ ޓުވީޓް

03 ފެބުރުއަރީ 00:45

ޕީޕީއެމްގެ ނިއުސް ކޮންފަރެންސް ނިންމާލައިފި

03 ފެބުރުއަރީ 00:45

އަބްދުއްރަހީމް: މާދަމާގެ ހެނދުނު 11:00 އިން ފެށިގެން ކޮންމެ ދެ ގަޑިއިރަކުން ޕީޕީއެމްގެ ނިއުސް ކޮންފަރެންސް ބާއްވާނެ.

03 ފެބުރުއަރީ 00:44

ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް: ގައުމުގެ ސުލްހަ މަސަލަސްކަން ނަގާލުމަށް ކުރާ ކަންކަމުގައި އެއްބާރުލުން ނުދިނުމަށް ގޮވާލަން. ގާނޫނީ ސަރުކާރަކާ ދެކޮޅަށް މާލެ އަންނަން ގޮވާލާ ކޮންމެ ގޮވާލުމަކީ ގާނޫނާ ޚިލާފު ކަމެއް. އެފަދަ ކަންކަން ނުކުރުމަށް ދިވެހި ރައްޔިތުންނަށް ގޮވާލަން.

03 ފެބުރުއަރީ 00:42

ސަރުކާރުގެ ކުންފުނިތަކުގެ އެމްޑީންގެ ފަރާތުން ފެނަކައިގެ އެމްޑީ ޝަރީފް: ދިވެހިންނަށް ޔަގީންކަން އަރުވަން ބޭނުންވަނީ މި ހުތޫރަތްތެރި ދަނޑިވަޅުގައި ކުންފުނިތަކުގެ އެންމެން ތިބީ ރައީސް ޔާމީނާއެކު. ދިވެހި މުޖުތަމައުގައި ހަލަބޮލިކަން އުފެއްދުމަށް އިދިކޮޅު ފަރާތްތަކުން ދައްކަނީ ދޮގު ވާހަކަތަކެއް. އަޅުގަނޑުމެންގެ ތެރެއިން އެއްވެސް އެމްޑީއަކު އިދިކޮޅު ފަރާތްތަކާ ވާހަކަ ނުދައްކާ ކަމުގެ ޔަގީންކަން އަރުވަން. އަދި ކުންފުނިތަކުން އާންމުންނަށް ދޭ ޚިދުމަތްތަކަށް ހުއްޓުމެއް ނާންނާނެ.

03 ފެބުރުއަރީ 00:40

ހައުސިން މިނިސްޓަރު ޑރ. މުއިއްޒު: ރާއްޖޭގެ އަމާންކަން ނަގާލަން އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަމުން އެބަދޭ. އެކަމަކު ދިވެހި ރައްޔިތުންނަކީ ކުރިއަށް ވުރެ ހޭލުންތެރި ބައެއް. އެހެންވީމާ އެކަން އިދިކޮޅު ފަރާތްތަކަށް ކާމިޔާބެއް ނުވާނެ. ރޭ ވެސް އިދިކޮޅު ފަރާތްތަކާ އެކު ފެނުނީ ވަރަށް މަދު ބައެއް. އިދިކޮޅު ފަރާތްތަކުން ކުރާ މަސައްކަތްތަކަށް އެއްގޮތަކަށް ވެސް ފުރުސަތު ދޭކަން ނުޖެހޭ. ބަޔަކު އެ ދަނީ އަމިއްލަ އެޖެންޑާއެއް ކުރިއަރުވަން. އެކަމަށް ފުރުސަތު ދީގެން ނުވާނެ. ރައީސް ޔާމީން ހުންނެވީ، މަގާމުގެ ހައިސިއްޔަތުން ހުރިހާ މަސައްކަތެއް ކުރެއްވުމުގައި ސާބިތުވެ.

03 ފެބުރުއަރީ 00:37

މިނިސްޓަރު އަބްދުﷲ ނާޒިމް: އިދިކޮޅު ފަރާތްތަކުން ދަނީ ކުށުގެ މާހައުލަކަށް ދިވެހިން ގެންދަން. މިދިޔަ 10 ވަރަކަށް އަހަރު ވެސް އެބޭފުޅުން ކުރެއްވީ އެ މަސައްކަތް. އެކަމަކު މިއަދު ދިވެހި ރައްޔިތުން އެ ވާހަކަތައް ގަބޫލެއް ނުކުރާނެ. ސަރުކާރުގެ ހުރިހާ މުއައްސަސާތަކުން ދަނީ އާންމު ހާލަތުގައި ދިވެހިންނަށް ޚިދުމަތް ދެމުން. އިދިކޮޅު ފަރާތްތަކުން ގައުމު ހަލަބޮލި ކުރަން ކުރާ މަސައްކަތް ހުއްޓާލުމަށް ގޮވާލަން.

03 ފެބުރުއަރީ 00:36

ޒަމީރު: ސަރުކާރުގެ ކުންފުނިތަކުގެ ބޯޑު މެމްބަރުންނާއި ސަރުކާރުގެ ސިޔާސީ ބޭފުޅުން އިދިކޮޅު ފަރާތްތަކާ ގުޅިގެން ސިޔާސީ މަސައްކަތްތަކެއް ނުކުރައްވާނެ. އަޅުގަނޑުމެން މިތިބީ ވަރަށް ބަދަހިކޮށް ގުޅިގެން މަސައްކަތް ކުރަން.

03 ފެބުރުއަރީ 00:35

ޕީޕީއެމްގެ އޮފީހުގައި މިހާރު ކުރިއަށް ގެންދާ ޕްރެސް ކޮންފަރެންސެއްގައި އެ ޕާޓީގެ ނައިބު ރައީސް މުސާ ޒަމީރު ވިދާޅުވީ، މާދަމާ މެންދުރު ފަހު ހުރިހާ ރަށެއްގައި ވެސް ޕީޕީއެމްގެ ހަރަކާތްތަކެއް ކުރިއަށް ގެންދާނެ ކަމަށް. އެކަމަކު އެއީ މުޒާހަރާއެއް ނޫން ކަމަށް އޭނާ ވިދާޅުވި.

02 ފެބުރުއަރީ 23:43

ސިޔާސީ ބޭފުޅުން ދޫކޮށްލަން އެދި އިދިކޮޅު ފަރާތްތައް މިރޭ ކަރެކްޝަންސް ސާވިސް ކައިރީގައި -- ފޮޓޯ: ހުސެއިން ވަހީދު

02 ފެބުރުއަރީ 23:37

މާލެ: ފެބްރުއަރީ 2، 2018: ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒު ކުރުމަށް ގޮވަލާއި އެމްޑީޕީ ހަރުގެ ކައިރީގައި ކުރިއަށް ގެންދާ އެއްވުމުގައި އިދިކޮޅު ބައެއް މީހުން އަޑުއުފުލަނީ-- ފޮޓޯ: ހުސެން ވަހީދު /މިހާރު

02 ފެބުރުއަރީ 23:33

މުއާޒްގެ ޓުވީޓް

02 ފެބުރުއަރީ 23:32

ރައީސް ޔާމީން މާދަމާ ރޭ ސިންގަޕޫރަށް ފުރާވަޑައިގަންނަވަން އުޅުއްވާ ކަމަށް ބުނެ، ސޯޝަލް މީޑިއާގައި އާންމު ކޮށްފައިވާ ޓިކެޓުގައި އެއްވެސް ހަގީގަތެއް ނެތް ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒް ވިދާޅުވެއްޖެ. އޭނާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރައީސް ޔާމީން ސިންގަޕޫރަށް ފުރާވަޑައިގަންނަވަން އުޅުއްވާ ބުނެ ފަތުރަނީ ދޮގު ވާހަކަތަކެއް ކަމަށް.

02 ފެބުރުއަރީ 23:25

ޑރ. މުއިއްޒު: އިދިކޮޅު ފަރާތްތަކަށް އިންތިޚާބަކުން ކާމިޔާބު ނުވާނެކަން ޔަގީން. ރައީސް ޔާމީން ގެނެސް ދެއްވާ ތަރައްގީ ކޮންމެ ރަށަކުން އަންނަނީ ފެންނަމުން. މާލެ އާއި ރަށްރަށުގެ ތަފާތު ނައްތާލުމަށް އެންމެ ބޮޑަށް މަސައްކަތް ކުރައްވަނީ ވެސް ރައީސް ޔާމީން. އެހެންވެ އިދިކޮޅު އެއްވެސް ފަރާތްތަކަށް ފުރުސަތެއް ނެތް. އިދިކޮޅު ފަރާތްތަކުން މިހާރު އެގޮތަށް މަސައްކަތް ކުރަނީ ވެސް އެހެންވެ.

02 ފެބުރުއަރީ 23:23

ޕީޕީއެމްގެ ޕީޖީ ލީޑަރު ނިހާންގެ ޓުވީޓް

02 ފެބުރުއަރީ 23:22

ޑރ. މުއިއްޒު: ރާއްޖޭގެ ދުސްތޫރީ ނިޒާމު ނެގެހެއްޓުމުގެ އެންމެ އިސްވެރިއަކީ ރައީސުލްޖުމްހޫރިއްޔާ. އަދި ދައުލަތުގެ މުއައްސަސާތަކުން އެކަން ނަގަހައްޓާ ކަމުގެ ޔަގީންކަން ހޯއްދަވަން ޖެހިވަޑައިގަންނަވާ ބޭފުޅަކީ ވެސް ރައީސް ޔާމީން. އަދި އެމަނިކުފާނު އެ ގެންދަވަނީ އެ ޒިންމާ ވަރަށް ފުރިހަމައަށް ނަންގަވަމުން. މި ދައުރުގައި ވެރިކަން ބަދަލުކުރެވޭނީ ރިޔާސީ އިންތިޚާބުގެ ތެރެއިން އެކަނި. އެ ނޫން ގޮތަކަށް ވެރިކަން ބަދަލުކުރަން ދިވެހި ރައްޔިތުން ވެސް ފުރުސަތު ނުދޭނެ.

02 ފެބުރުއަރީ 23:19

ޓީވީއެމްގައި ވާހަކަ ދައްކަވަމުން ހައުސިން މިނިސްޓަރު ޑރ. މުއިއްޒު ވިދާޅުވީ، އިންތިޚާބަކަށް މަޑުކުރަން އިދިކޮޅު ފަރާތްތަކުން ބޭނުން ނުވާ ކަމަށާއި ކޮންމެހެން ވެސް ބޭނުންވަނީ އޭގެ ކުރިން ވެސް ވެރިކަން ހޯދަން ކަމަށް.

02 ފެބުރުއަރީ 22:48

ޔޫތު މިނިސްޓަރު އިބްތިޝާމް: މަގުތައް ހަލަބޮލިކޮށް ކުށުގެ ވެއްޓަށް ޒުވާނުން ވަނުމަށް އިދިކޮޅު ފަރާތްތަކުން ގޮވިޔަސް އެކަމަށް އިޖާބަ ނުދިނުމަށް އެދެން. ރައީސް ޔާމީނަކީ ހިތްވަރުގަދަ ވެރިއެއް. ސުޕްރީމް ކޯޓުގެ އަމުރު ސަރުކާރުން ތަންފީޒު ކުރާނެ. ބަލަންޖެހޭ ކަންކަމާއި މަޝްވަރާތައް ދަނީ ކުރިއަށް.

02 ފެބުރުއަރީ 22:45

އަނެއްކާވެސް ޕީޕީއެމްގެ ޕްރެސް ކޮންފަރެންސެއް. އެ ޕާޓީގެ ނައިބު ލީޑަރު ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ ސުޕްރީމް ކޯޓުގެ އަމުރަށް ފަހު އިދިކޮޅު ފަރާތްތަކުން ދޮގު ޚަބަރު ފަތުރަމުން އަންނަ ކަމަށާއި ސަރުކާރުން އަންނަނީ އަމުރު ތަންފީޒު ކުރުމަށް މަސައްކަތް ކުރަމުން ކަމަށް.

02 ފެބުރުއަރީ 22:13

އަދާލަތު ޕާޓީގެ ނައިބު ލީޑަރު އަލީ ޒާހިރު ވިދާޅުވީ ކޯޓު އަމުރުގައި ބުނެފައިވާ މީހުން މިނިވަން ނުކޮށް ތިބުމަކީ އެ ބޭފުޅުން ރަހީނުކުރުން ކަމަށް

02 ފެބުރުއަރީ 22:11

ފުލުހުންގެ ތެރޭގައި ކަންކަން ސިޔާސީ ނުކުރުމަށާއި ޣައިރު ގާނޫނީ އަމުރުތަކަށް ތަބާ ނުވުމާ ބެހޭ ގޮތުން ރިޔާޒް ވާހަކަ ދެއްކެވި.

02 ފެބުރުއަރީ 22:10

ރިޔާޒް ވިދާޅުވީ ކޯޓުގެ އަމުރު ތަންފީޒު ކުރުމަށް އެކްޒެކަޓިވް ބޯޑުންނާއި ގާނޫނީ ޓީމުން ނިންމިކަން އެނގިވަޑައިގެންފައިވާ ކަމަށް. އެގޮތަށް ނިންމީ އިއްޔެ ޕޮލިސް ކޮމިޝަނަރުކަމުގެ މަގާމުން ދުރުކުރި އަރީފް އިންނަވައިގެން ކަމަށް ވިދާޅުވި.

02 ފެބުރުއަރީ 22:03

ޖޭޕީގެ ޑެޕިއުޓީ ލީޑަރު، ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް: ރައީސް ޔާމީނަށް ޖެހިވަޑައިގަންނަވާނީ ސުޕްރީމް ކޯޓުގެ އަމުރަށް ތަބާވާން. ގާނޫނު ނެގެހެއްޓުމުގެ އެންމެ ބޮޑު ޒިންމާއެއް ސަލާމަތީ ހިދުމަތްތަކަށް އޮންނައިރު އެ ފަރާތްތަކުން ވެސް ރައީސަށް އެގޮތަށް ދަންނަވަން ޖެހޭނެ ކަމަށް ދެކެން.

02 ފެބުރުއަރީ 22:00

އިބޫ ވިދާޅުވީ ސުޕްރީމް ކޯޓުގެ އަމުރާ ބެހޭ ގޮތުން ފަނޑިޔާރުންނާ މަޝްވަރާކޮށްފައިވާ ކަމަށް ސަރުކާރުން ބުނި ކަމުގައި ވިޔަސް އެއީ ދޮގެއް ކަމަށް. އަދި އަމުރު ތަންފީޒު ކުރުމަށް ރައްޔިތުން މާލެ އައުމަށާއި އެކުވެރި ގައުމުތަކާއި ޖަމާއަތްތަކުން އެހީވުމަށް ވެސް އެދިވަޑައިގެންނެވި.

02 ފެބުރުއަރީ 21:58

ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ސުޕްރީމް ކޯޓުގެ އަމުރުގައިވާ ކަންކަން ތަފްސީލްކޮށްދެެއްވަނީ.

02 ފެބުރުއަރީ 21:52

އިދިކޮޅު ޕާޓީތަކުގެ ލީޑަރުންގެ ފަރާތުން ކުނޫޒްގައި ނޫސްވެރިންނާ ބައްދަލުކުރަނީ.

02 ފެބުރުއަރީ 21:33

އެމްޑީޕީން ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި ހުށަހެޅި ގަރާރު ފާސްކޮށް، ޖަލްސާ ނިންމާލައިފި. ގަރާރުގައި ވަނީ ކޯޓުގެ އަމުރު ތަންފީޒުކުރުމަށް ބާރު އެޅުމަށް ރަށްރަށުން މީހުން މާލެއަށް ޖަމާވުމަށް ގޮވާލަން.

02 ފެބުރުއަރީ 21:32

ފުލުހުންގެ ނޫސް ބަޔާން

02 ފެބުރުއަރީ 21:26

ފުލުހުންގެ ނޫސްބަޔާން: ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން ބަންޑާރަ ނައިބާއި ޕްރޮސިކިއުޓާ ޖެނެރަލްގެ ލަފާގެ މަތިން ފުރިހަމަކުރަންޖެހޭ ގާނޫނީ އިޖުރާއަތުތައް ފުރިހަމަކުރުމަށް ފަހު ކޯޓުގެ އަމުރު ތަންފީޒު ކުރުމުގެ މަސައްކަތް މި އަންނަނީ ކުރަމުން.

02 ފެބުރުއަރީ 20:41
02 ފެބުރުއަރީ 20:41

ގައުމީ މަޖިލީހުގެ މެންބަރުން ގެންދަވަނީ ގަރާރަށް ތާއީދުކުރައްވައި ވާހަކަ ދައްކަވަމުން.

02 ފެބުރުއަރީ 20:38
02 ފެބުރުއަރީ 20:36

މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު: ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިންކަން އަންގާލަން އެބަޖެހޭ. ސުޕްރީމް ކޯޓުން އަމުރު ނެރުމުން ރައީސަށް ހެއްދެވުނީ ގޯހެއް. ރައީސް ޔާމީނަކީ ކޯޓުގެ ހުކުމްތަކާ ބީރައްޓެހި ބޭފުޅެއް. އޭނާ ވެސް ވަނީ ރަށްރަށުން މާލެއަށް މީހުން ޖަމާވާން ގޮވާލާ ގަރާރަށް ތާއީދުކުރައްވާފައި.

02 ފެބުރުއަރީ 20:28

އީވާ އަބްދުﷲ: ގައުމަށް އިންސާފު ހޯދައިދޭން މިއޮތީ ފުރުސަތު ލިބިފައި. ސުޕްރީމް ކޯޓުގެ ހުކުމް ތަންފީޒު ކުރަން އެންމެން މާލެ އަންނަންވީ.

02 ފެބުރުއަރީ 20:28

އީވާ އަބްދުﷲ: އަޅުގަނޑުމެން މި ގޮވާލަނީ ސިފައިންނާއި ފުލުހުންނަށް އެހެން މުއައްސަަސާތަކަށް ވެސް، ސުޕްރީމް ކޯޓުގެ ހުކުމް ތަންފީޒު ކުރާށޭ. އެހެން ނޫނީ އެތިބެނީ ޖިނާއީ ކުށެއްގައި. އަޅުގަނޑުމެން އެ ފަރާތްތަކާ ދެކޮޅަށް ދައުވާ ކުރާނަން.

02 ފެބުރުއަރީ 20:27

އީވާ އަބްދުﷲ: ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާ އަށް އަޅުގަނޑުމެން ވަންނާނަން. ރައީސް ޔާމީން ހިތޯބު ދެއްވަންޏާ ދެއްވަންވީ.

02 ފެބުރުއަރީ 20:23

ޗެއާޕާސަން ހަސަން ލަތީފް ރިޔާސަތުގައި އިންނެވި މި ޖަލްސާ ކުރިއަށް ގެންދާނީ އެއް ގަޑިއިރަށް ކަމަށް، ޖަލްސާ ފެށުމުގެ ކުރިން ވަނީ އިއުލާނުކޮށްފައި. ގަރާރާ ބެހޭ ގޮތުން ވާހަކަ ދެއްކުމަށް ގައުމީ މަޖިލީހުގެ މެންބަރުންނަށް ވަނީ ފުރުސަތު ހުޅުވާލާފައި.

02 ފެބުރުއަރީ 20:20

ޗެއާޕާސަންގެ ނައިބު އަލީ ނިޔާޒް ގަރާރު ހުށަހަޅުއްވަނީ: ގަރާރުގައި ގޮވާލަނީ ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒުކުރުމަށް ބާރު އެޅުމުގެ ގޮތުން ރާއްޖޭގެ ރަށްރަށުން ވީހާވެސް ގިނަ ބަޔަކު މާލެއަށް އައުމަށް.

02 ފެބުރުއަރީ 20:18

ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް މީޑިއާއާ ވާހަކަ ދައްކަވަނީ.

02 ފެބުރުއަރީ 20:17

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއް ފަށައިފި.

02 ފެބުރުއަރީ 20:15

އަބްދުއްރަހީމް ވިދާޅުވި ގޮތުގައި ޕްރެސް ކޮންފަރެންސުން ބައެއް މެންބަރުން ނުފެންނަނީ ޕާޓީ ތެރޭގައި މައްސަލައެއް ޖެހިގެން އުޅޭތީއެއް ނޫން. އެއީ އެ މެންބަރުންގެ އަމިއްލަ ބައެއް ކަންކަމާ ހެދި ބައިވެރިވެ ވަޑައިނުގެންނެވުނީ ކަމަށް ވިދާޅުވި.

02 ފެބުރުއަރީ 20:12

އަބްދުއްރަހީމް: ނައިބު ރައީސް އަބްދުﷲ ޖިހާދު ހުންނެވީ ސާބިތުކަމާ އެކު ސަރުކާރާ އެކު. ވަޒީރެއްގެ ވެސް ނައިބު ރައީސްގެ ވެސް އެއްވެސް ހިތްހަމަނުޖެހުމެއް ނެތް.

02 ފެބުރުއަރީ 20:10

އިސްލާމިކް މިނިސްޓަރު ޒިޔާދު ބާގިރު: ޝަރުއީ ހަމަތަކުގެ މަތިން އިންތިހާބުކޮށްފައި ހުރި ވެރިޔަކާ ދެކޮޅަށް ނިކުތުމަކީ ފާފަވެރި ވެދާނެ ކަމެއް ކަމަށް.

02 ފެބުރުއަރީ 20:09

ޕީޕީއެމްގެ ނައިބު ލީޑަރު އަބްދުއްރަހީމް ވިދާޅުވީ ސަރުކާރުން ސިފައިންނާއި ފުލުހުންނަށް ޣައިރު ގާނޫނީ އަމުރު ނުކުރާނެ ކަމަށާއި ކޮންމެ ތަނަކުން ނެރުނު ކަމުގައި ވިޔަސް ޣައިރު ގާނޫނީ އަމުރަކަށް ކިޔަމަންވާން ނުޖެހޭނެ ކަމަށް.

02 ފެބުރުއަރީ 20:09

ޕީޕީއެމްގެ ނޫސް ކޮންފަރެންސެއް ކުރިއަށް ދަނީ

02 ފެބުރުއަރީ 20:02

އިދިކޮޅު ލީޑަރުން ދޫކޮށްލަން ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒު ކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރަމުން އަންނަ ކަމަށާއި އަދި އެ އަމުރާ ގުޅިގެން އެ ކޯޓަށް ހުށަހަޅަން ޖެހޭ ކަންކަން ހުށަހެޅުމަށް ތައްޔާރުވަމުންދާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނެފި.

02 ފެބުރުއަރީ 19:59

އެކިއެކި ކުށްތަކުގައި ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ސިޔާސީ އިދިކޮޅު ބޭފުޅުން ދޫކޮށްލުމަށް ސުޕްރީމް ކޯޓުން ކުރި އަމުރަށް ތަބާވުމަށް، ޔޫއެން. ހިއުމަން ރައިޓްސް ކޮމިޝަނުން ރާއްޖެއަށް ގޮވާލައިފި. އދ. އިން ބުނީ ރާއްޖޭގެ ހާލަތާ މެދު އެ ޖަމާއަތުން ކަންބޮޑުވުން ފާޅުކުރަމުން އަންނަތާ ގިނަ އަަހަރުތަކެއް ވެފައިވާ ކަމަށް. އެެހެންކަމުން ސުޕްރީމް ކޯޓުގެ ނިންމުމާއެކު، ރާއްޖޭގެ ހާލަތާއި ސަރުކާރާއި ސަލާމަތީ ބާރުތަކުން ކަންތައްތައް ކުރަމުންދާ ގޮތް ވަރަށް ގާތުން ބަލަމުން އަންނަ ކަމަށް ބަޔާނުގައި ވޭ.

02 ފެބުރުއަރީ 19:29

ޕްރެސް ކޮންފަރެންސްގަައި ބައިވެރިވެ ވަޑައިގެންނެވި ހުރިހާ ވަކީލުން ވެސް ވިދާޅުވީ ސުޕްރީމް ކޯޓުން އަމުރެއް ކުރުމުން އިސްތިއުނާފުގެ އިތުރު މަރުހަލާއެއް ނޯންނާނެ ކަމަށާއި ވަގުތުން ވަގުތަށް އެ އަމުރު ޖެހޭނީ ތަންފީޒުކުރަން ކަމަށް.

02 ފެބުރުއަރީ 19:24

ސުޕްރީމް ކޯޓުގެ އަމުރާ ގުޅިގެން ސަރުކާރުގެ ބަސް

02 ފެބުރުއަރީ 19:16

އިދިކޮޅު ހަރަކާތުގެ ގާނޫނީ ވަކީލުން ބާއްވާ ޕްރެސް ބްރީފިން ކުނޫޒްގައި ކުރިއަށް ގެންދަނީ.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު

02 ފެބުރުއަރީ 19:15

ސުޕްރީމް ކޯޓުން އަމުރު ނެރުނު އިރު، އަމުރު ތަންފީޒުކުރުމަށް ހުރަސް އަޅައި ފަރުވާކުޑަކުރާ މީހުންނާ މެދު ދައުވާކުރުމަށް ބުނެފައި އޮތީ އެ އަމުރު ތަންފީޒު ނުކޮށްފާނެ ކަމަށް ނުވަތަ ހުރަސް އަޅާފާނެ ކަމަށް ވިސްނަވައިގެން: މަހްފޫޒު

02 ފެބުރުއަރީ 19:13

ވަކީލް މަހްފޫޒް: ރައީސް ނަޝީދުގެ މައްޗަށް ކުރި ދައުވާ ބަދަލުކޮށް އަދި ހުކުމް ކުރީ ސިޔާސީ ނުފޫޒު ފޯރުވައިގެން ކަމަށް އަޅުގަނޑުމެން ބުނަމުން އައި ވާހަކަ ސުޕްރީމް ކޯޓުގެ އަމުރުން ވަނީ ސާބިތުވެފައި.

02 ފެބުރުއަރީ 19:11

ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ ވަކީލް މޫސާ ސިރާޖުުގެ ޓްވީޓެއް

02 ފެބުރުއަރީ 19:11

ސުޕްރީމް ކޯޓުގެ އަމުރާ ގުޅިގެން ސަރުކާރުގެ އަމަލުތައް ހުރި ގޮތުން ސަރުކާރުގެ ނިޔަތް ރަނގަޅު ނޫންކަން ވަރަށް ރަނގަޅަށް ހާމަވޭ: ރިފްއަތު

02 ފެބުރުއަރީ 19:08
02 ފެބުރުއަރީ 19:08

ވަކީލް އިބްރާހިމް ރިފްއަތު: ސުޕްރީމް ކޯޓުން ނެރުނީ މި ވަގުތު ގައުމަށް ވަރަށް މުހިންމު އަމުރެއް. އެއީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންތަކެއްގެ ގޮނޑިއާ މެދު ގާނޫނީ ސުވާލުތަކެއް އުފެދި ގިނަ ދުވަސްތަކެއް ވެފައި ވަނިކޮށް. ސުޕްރީމް ކޯޓުން ވަނީ ގާނޫނީ ސުވާލު އުފެދުނު ގަޒިއްޔާ ބާތިލްކޮށް، އެ މެންބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ބުނެފައި. ކުރިން ސުވާލު އުފެދިފައި އޮތް އިރު 12 މެންބަރެއްގެ ގޮނޑިއާ މެދު ސުވާލު އުފެދިގެން އެއްވެސް މުއައްސަސާއަކުން މަޝްވަރާކޮށްފައެއް ނުވޭ.

02 ފެބުރުއަރީ 19:05

ވަކީލް ޝަފީގު: ސުޕްރީމް ކޯޓުގެ އަމުރާ މެދު މަޝްވަރާކުރާ ނަމަ އެކަން ކުރަން ޖެހޭނީ އެ އަމުރު ތަންފީޒު ކުރުމަށް ފަހު

02 ފެބުރުއަރީ 19:01

ސުޕްރީމް ކޯޓުގެ އަމުރުގައި ބުނާ ނުވަ މީހުން ބަންދުގައި ބައިތިއްބަން ކޯޓު އަމުރެއް ނެތް. އެހެންވެ އެ މީހުން ވަގުތުން ދޫކޮށްލަން ޖެހޭނެ. ދޫކޮށްނުލައި ހޭދަވާ ކޮންމެ ވަގުތަކީ މިކަމުގައި ޝާމިލުވާ މީހުން ކުށްވެރިވާނެ ކަމެއް.

02 ފެބުރުއަރީ 19:00
02 ފެބުރުއަރީ 18:59

ވަކީލް ހުސައިން ޝަމީމް: ބަންދުން ދޫކޮށްލަން ސުޕްރީމް ކޯޓުން އަމުރުކުރި ނުވަ މީހުންގެ ހެބިއަސްކޯޕަސް މައްސަލަ ކްރިމިނަލް ކޯޓަށް ހުށަހަޅައިފިން. މިރޭ ކްރިމިނަލް ކޯޓުގައި މީގެ އަޑުއެހުމެއް އޮންނާނެ ކަމަށް ބެލެވޭ. މިފަދަ މައްސަލަތައް ކުރިއަށް ގެންދާނީ ބަންދުގައި ހުންނަ މީހާ ކޯޓަށް ހާޒިރުކޮށްގެން. ކޯޓު އަމުރުގައި ބުނާ ނުވަ މީހުންނާ ވަކީލުންނާ ބައްދަލު ކުރެވޭނެ ގޮތެއް ހަމަޖައްސައިދީފައެއް ނުވޭ.

02 ފެބުރުއަރީ 18:57

އޮޅުން ނާރާ ގޮތަށް، ސާފުކޮށް ކޯޓުން ކަމެއް ލާޒިމް ކުރީމަ ދައުލަތުގެ ދުސްތޫރީ ނިޒާމު ހައިޖެކްކޮށްގެން ހުރުމަކީ ގާނޫނީ ކުށެއް.

02 ފެބުރުއަރީ 18:56

ކޯޓު އަމުރަކުން މީހަކު ވަގުތުން ދޫކޮށްލަން އަމުރުކުރުމުން، އެކަމަށް މަޝްވަރާކުރުމަށް ކަމަށް ބުނެ ބަންދުކޮށްގެން ގެންގުޅުމަކީ ރަހީނު ކުރުމުގެ އަމަލެއް ކަމަށް ބެލެވިދާނެ. އަދި ގާނޫނުލް އުގޫބާތުގައި ބުނާ ގާނޫނު ތަންފީޒުކުރަން ހުރަސްއެޅުމުގެ އަމަލަކަށް ވެސް ވެދާނެ.

02 ފެބުރުއަރީ 18:54

ކޯޓުން ވަކި ކަމެއް ވަކި ގޮތަކަށް ކުރުމަށް ވަކި ބަޔަކަށް އަމުރު ކުރުމުން އެއަށް އަމަލު ނުކޮށެއް ނުތިބެވޭނެ. މިކަމުގައި އިތުރު މަރުހަލާއެއް ނޯންނާނެ. ސަރުކާރުން އެ ދައްކަނީ ގާނޫނީ ގޮތުން ގަބޫލުކުރެވޭ ވާހަކަތަކެއް ނޫން.

02 ފެބުރުއަރީ 18:52

ވަކީލް ހިސާން ހުސައިން: ސުޕްރީމް ކޯޓުގެ އަމުރުގައި، ފާހަގަކޮށްފައިވާ ސިޔާސީ ފަރާތްތަކުގެ ނަންނަތަކަކީ އެ ބޭފުޅުންގެ ޝަރީއަތްތަކާ މެދު މިއަދު ސުވާލު އުފެދިގެން އުޅޭ ކަންކަމެއް ނޫން. އެއީ ރާއްޖޭގެ ގާނޫނު އަސާސީ އާއި ގާނޫނުތަކާއި ބައިނަލްއަގުވާމީ ގާނޫނުތަކާ ވެސް ޚިލާފަށް ކޮށްފައިވާ ހުކުމްތަކެއް ކަމަށް ކުރިން ވެސް އަޅުގަނޑުމެން އައީ ބުނަމުން.

02 ފެބުރުއަރީ 18:49

އިދިކޮޅު ހަރަކާތުގެ ފަރާތުން ވަކީލުންގެ ޕްރެސް ކޮންފަރެންސް ފަށައިފި

02 ފެބުރުއަރީ 18:14

އިނގިރޭސި ސަފީރު ޑޯރިސްގެ ޓުވީޓު

02 ފެބުރުއަރީ 18:12

އެކިއެކި ކުށްތަކުގައި ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ސިޔާސީ އިދިކޮޅު ބޭފުޅުން ދޫކޮށްލުމަށް ސުޕްރީމް ކޯޓުން ކުރި އަމުރު އެއްވެސް ޝަރުތެއް ނެތި ވީ އެންމެ އަވަހަކަށް ދިވެހި ސަރުކާރުން ތަންފީޒު ކުރާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް އިނގިރޭސި ވިލާތުން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޖޭމްސް ޑޯރިސް ވިދާޅުވެއްޖެ. ޑޯރިސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ސުޕްރީމް ކޯޓުގެ ނިންމުމާއެކު ރާއްޖޭގެ ޝަރުއީ ދާއިރާ މިނިވަން ވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް.

02 ފެބުރުއަރީ 17:53

އަނިލް ފާހަގަކުރެއްވި ގޮތުގައި، އަމުރާ ގުޅޭ ކަންކަން ކުރިއަށް ގެންދަވާނީ ޑިއު ޕްރޮސެސްގެ ތެރެއިން ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވި. އަދި ފުލުހުންނާއެކު ޕީޖީ ވަރަށް އަވަހަށް މަޝްވަރާ ކުރައްވައި، ގާނޫނީ ކަންބޮޑުވުންތައް އުއްތަމަ ފަނޑިޔާރާ ހިއްސާ ކުރައްވާނެ ކަމަށް އަނިލް ވިދާޅުވި.

02 ފެބުރުއަރީ 17:47

މި ނިއުސް ކޮންފަރެންސްގައި އެޓާނީ ޖެނެރަލް އަނިލް ވިދާޅުވީ، ސުޕްރީމް ކޯޓުގެ އަމުރުގައި ވާ ކަންބޮޑުވުންތަކާ ގުޅޭ ގޮތުން އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާ ސީދާ މަޝްވަރާ ކުރައްވާފައިވާ ކަމަށް. އަދި ޕްރޮސެކިއުޓާ ޖެނެރަލް އައިޝަތު ބިޝާމް ފާހަގަކުރައްވާ ގާނޫނީ ކަންބޮޑުވުންތައް އުއްތަމަ ފަނޑިޔާރަށް ހުށަހަޅުއްވާނެ ކަމަށް އަނިލް ވިދާޅުވި.

02 ފެބުރުއަރީ 17:45

ސަރުކާރުގެ ޕްރެސް ކޮންފަރެންސެއް ފަށައިފި

02 ފެބުރުއަރީ 17:41

އެމްޑީޕީގެ ހަރުގެ ކައިރިން ދެ މީހަކު ހައްޔަރު ކޮށްފައިވާއިރު، އާންމުންނާއި ފުލުހުންނާ ދެމެދު ހަމަނުޖެހުންތަކެއް ވަނީ ހިނގާފައި. ހަމަނުޖެހުން ހިނގި ވަގުތު، އިދިކޮޅު މީހުން ކޮންޓްރޯލް ކުރުމަށް ފުލުހުން ޕެޕާ ސްޕްރޭ ޖެހި މަންޒަރު ވެސް ފެނިފައިވޭ.

02 ފެބުރުއަރީ 17:27

ސުޕްރީމް ކޯޓުން ރޭ ނެރުނު އަމުރު ތަންފީޒު ކުރުމަށް ގޮވަލާއި އެމްޑީޕީ ހަރުގެ ކައިރީގައި ކުރިއަށް ގެންދާ އެއްވުމުގައި ފުލުހުން ހަރަކާތްތެރިވަނީ.-- ފޮޓޯ: ނިޝާން އަލީ /މިހާރު

02 ފެބުރުއަރީ 17:26

ސުޕްރީމް ކޯޓުން ރޭ ނެރުނު އަމުރު ތަންފީޒު ކުރުމަށް ގޮވަލާއި އެމްޑީޕީ ހަރުގެ ކައިރީގައި ކުރިއަށް ގެންދާ އެއްވުމުގައި ފުލުހުން ހަރަކާތްތެރިވަނީ.-- ފޮޓޯ: ނިޝާން އަލީ /މިހާރު

02 ފެބުރުއަރީ 17:20

އެމްޑީޕީގެ ހަރުގެ ކައިރިއަށް އެއްވެ އިދިކޮޅު ފަރާތްތަކުން އަޑުގަދަ ކުރަނީ ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒު ކުރުމަށާއި ގާނޫނުއަސާސީ އަށް ހުރުމަތްތެރިކޮށް ހިތުމަށް.

02 ފެބުރުއަރީ 17:19

އެމްޑީޕީގެ ހަރުގެ ކައިރިއަށް އިދިކޮޅު ފަރާތްތަކުން އެއްވެފައިވާއިރު، އެތަނަށް އެސްއޯ ފުލުހުން ގޮސް އާންމުން ފޮނުވާލުމުގެ މަސައްކަތް ފަށައިފި.

02 ފެބުރުއަރީ 17:02

ސުޕްރީމް ކޯޓުން ރޭ ނެރުނު އަމުރު ތަންފީޒު ކުރުމަށް ގޮވަލާއި އެމްޑީޕީ ހަރުގެ ކައިރީގައި ކުރިއަށް ގެންދާ އެއްވުމުގައި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް އަދި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ ބައިވެރިވެ ވަޑައިގަންނަވަނީ .-- ފޮޓޯ: ނިޝާން އަލީ /މިހާރު

02 ފެބުރުއަރީ 17:02

ސުޕްރީމް ކޯޓުން ރޭ ނެރުނު އަމުރު ތަންފީޒު ކުރުމަށް ގޮވަލާއި އެމްޑީޕީ ހަރުގެ ކައިރީގައި ކުރިއަށް ގެންދާ އެއްވުމުގައި ބައިވެރިވަމުންދާ ބައެއް މީހުން.-- ފޮޓޯ: ނިޝާން އަލީ /މިހާރު

02 ފެބުރުއަރީ 17:01

ސުޕްރީމް ކޯޓުން ރޭ ނެރުނު އަމުރު ތަންފީޒު ކުރުމަށް ގޮވަލާއި އެމްޑީޕީ ހަރުގެ ކައިރީގައި ކުރިއަށް ގެންދާ އެއްވުމުގައި ބައިވެރިވަމުންދާ ބައެއް މީހުން.-- ފޮޓޯ: ނިޝާން އަލީ /މިހާރު

02 ފެބުރުއަރީ 16:58

ސުޕްރީމް ކޯޓުން ރޭ ނެރުނު އަމުރު ތަންފީޒު ކުރުމަށް ގޮވަލާއި އެމްޑީޕީ ހަރުގެ ކައިރީގައި ކުރިއަށް ގެންދާ އެއްވުމުގައި ބައިވެރިވަމުންދާ ބައެއް އަންހެނުން.-- ފޮޓޯ: ނިޝާން އަލީ /މިހާރު

02 ފެބުރުއަރީ 16:49

ދާންދާ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަސްއަދާއި އެ ޕާޓީގެ ބައެއް އެހެން މެމްބަރުން ރައީސް ޔާމީންގެ ދިފާއުގައި، ދެންމެ އަޑުއުފުލަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

02 ފެބުރުއަރީ 16:47

ރައީސް ޔާމީންގެ ބައެއް ސަޕޯޓަރުން، އެމަނިކުފާނާ އެއްކޮޅަށް ޕީޕީއެމްގެ އޮފީހުގެ ބޭރުގައި ދެންމެ އަޑުއުފުލަނީ.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު

02 ފެބުރުއަރީ 16:25

ޕީޕީއެމްގެ ޕްރެސް ކޮންްފަރެންސް ނިންމާލައިފި

02 ފެބުރުއަރީ 16:25

ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު ނިހާންގެ ޓުވީޓް

02 ފެބުރުއަރީ 16:22

ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް: އިދިކޮޅު ފަރާތްތަކުން ވަރަށް ފާޑުފާޑުގެ ވާހަކަތައް އެބަ ދައްކާ. ކެބިނެޓް އޮތީ ވަރަށް ބަދަހިކޮށް. އަޅުގަނޑު ދަންނަވާލާނީ ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ އެއްވެސް ބޭފުޅަކު މަހުލޫފަކާ ވާހަކައެއް ނުދައްކާ. ކެބިނެޓްގެ އެކަކު ވެސް އިސްތިއުފާއެއް ވެސް ނުދެއްވާ. ރައީސް ވަރަށް ކެރިގެން އެ ވިދާޅުވޭ މަގު ހޯއްދަވައިދެއްވާނަމޭ.

02 ފެބުރުއަރީ 16:18

ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް: އިދިކޮޅު ފަރާތްތަކުން ފެށުނީއްސުރެ ދަނީ ސަރުކާރުން ވައްޓާލަން މަސައްކަތް ކުރަމުން. ހަގީގަތަކީ މަގުމަތި ހަލަބޮލިކުރަން އެ ބޭފުޅުން ކުރި މަސައްކަތް ކާމިޔާބެއް ނުވި އިއްޔެ ވެސް.

02 ފެބުރުއަރީ 16:17

ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް: ގައުމުގެ ސިޔާސީ މަސްރަހު ގޯހެއް ނޫން. އަޅުގަނޑު ގަބޫލެއް ނުކުރަން ސިޔާސީ މަސްރަހަށް ބަދަލެއް އަތުވެއްޖެ ކަމަކަށް.

02 ފެބުރުއަރީ 16:16

އެމްޑީއޭގެ ނައިބު ލީޑަރު އަލީ މައުރޫފު: އަލުގަނޑުމެންގެ ސްޓޭންޑަކީ ޕީޕީއެމާ އެކު އަބަދު ވެސް ތިބުން. ދިވެހި ސަރުކާރުގެ ދިފާއުގައި ކުރަން ޖެހުނު ކޮންމެ ކަމެއް އަޅުގަނޑުމެން ކުރާނެ. އަޅުގަނޑުމެންގެ ދެ ޕާޓީއަކީ ވެސް ސުލްހަ އަށް ލޯބިކުރާ ދެ ޕާޓީ. މަގުމަތިން ގާނޫނީ ސަރުކާރެއް ވައްޓާލާކަށް، ބަގާވާތެއް ކުރާކަށް އަޅުގަނޑުމެން ފުރުސަތެއް ނުދޭނަން.

02 ފެބުރުއަރީ 16:16
02 ފެބުރުއަރީ 16:14

ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް: ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ހިނގާނެ ގޮތެއް އިދިކޮޅު ފަރާތްތަކަކަށް ނޭނގޭނެ. މަޖިލިސް ތެރެއިން އިދިކޮޅު ފަރާތްތަކަށް މާ ބޮޑު ކަމެއް ނުވާނެ. އަޅުގަނޑުމެންގެ އަތުގައި މި ވަގުތު ވެސް މެޖޯރިޓީ އެބައޮތް.

02 ފެބުރުއަރީ 16:14

ޕީޕީއެމުން މިހާރު ކުރިއަށް ގެންދާ ޕްރެސް ބްރީފިންގައި އިކޮނޮމިކް މިނިސްޓަރު ސައީދު (ވ) ވާހަކަ ދައްކަވަނީ.

02 ފެބުރުއަރީ 16:12

ފިޝަރީޒް މިނިސްޓަރު މުހަންމަދު ޝައިނީ: މިއީ މި ސަރުކާރަށް ދިމާވި ފުރަތަމަ ކަމެއް ނޫން. މީގެ ކުރިން ވެސް މިފަދަ ކަންތައްތަކުން ރައީސް ޔާމީން ވަނީ ކުރިއެރުން ހޯއްދަވާފައި. ރައީސް ޔާމީން އަބަދުވެސް ވިދާޅުވަނީ ގާނޫނުގެ ކުރިމަތީގައި އެންމެން ހަމަހަމަ ބައެއް.

02 ފެބުރުއަރީ 16:10

އިކޮނޮމިކް މިނިސްޓަރު މުހަންމަދު ސައީދު: ރައީސް ޔާމީނަކީ ގައުމީ ބަތޮލެއް. ރައީސް ޔާމީނަކީ މި ގައުމު އަމާން ބަނދަރަކަށް ގެންގޮސްދޭނެ ބަތޮލެއް. މިއީ ތަރައްގީ އަށް ހަސަދަ ވެރިވާ ބައެއްގެ ރޭވުން.

02 ފެބުރުއަރީ 16:09

ޕީޕީއެމްގެ ނައިބު ރައީސް މޫސާ ޒަމީރު: މި ހުކުމަކީ ސަރުކާރު ހިންގުމަށް އޮތް ހުރަހެއް ނޫން.

02 ފެބުރުއަރީ 16:09

ޕީޕީއެމުން މިހާރު ކުރިއަށް ގެންދާ ޕްރެސް ކޮންފަރެންސްގައި އެ ޕާޓީގެ ނައިބު ރައީސް އަބްދުއްރަހީމް ވާހަކަ ދައްކަވަނީ.

02 ފެބުރުއަރީ 16:09

މި ބައްދަލުވުމުގައި ސަރުކާރުގެ ވަޒީރުންނާއި ޕީޖީ ގުރޫޕުގެ މެމްބަރުން ބައިވެރިވޭ

02 ފެބުރުއަރީ 16:08

ޕީޕީއެމްގެ ނައިބު ރައީސް މޫސާ ޒަމީރު: ޕާޓީ އޮތީ ރައީސް ޔާމީންގެ ފަހަތްޕުޅުގައި. އަޅުގަނޑުމެން އަދިވެސް ދާނީ ރައީސް ޔާމީންގެ ތަރައްގީ ފުރިހަމަ ކުރުމަށް.

02 ފެބުރުއަރީ 16:07

ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް: ދިމާވެގެން އުޅޭ މައްސަލައަކީ އިދިކޮޅު ފަރާތްތަކުން ވެރިކަން ބޭނުންވެގެން މިއުޅެނީ. މި ވަގުތަކީ ރައްޔިތުން ސާބިތުކަން ދައްކަންވީ ވަގުތު. ރައްޔިތުން ކަންބޮޑުވެ ވަޑައިގަންނަވާނެ ކަމެއް ނެތް. ރައީސް ޔާމީން ހުންނެވީ ރައްޔިތުންގެ ހައްގުގައި ގުރުބާންވާން.

02 ފެބުރުއަރީ 16:06

ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް: ސަރުކާރުގެ، ސިފައިންގެ އަދި ދައުލަތުގެ އެންމެ މަތީވެރިޔަކީ ރައީސް. އެ ވާޖިބު އަދާކުރައްވަން އެމަނިކުފާނު ފަސްޖެހިވަޑައެއް ނުގަންނަވާނެ.

02 ފެބުރުއަރީ 16:05

ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް: ސުޕްރީމް ކޯޓުގެ ހުކުމާ ބެހޭ ގޮތުން ދަންނަވާނެ އެއްޗެއް ނެތް. ރައީސް ޔާމީންގެ ސަރުކާރު ވެއްޓޭނެ އެއްވެސް ވާހަކައެއް ހުކުމަކު ނެތް.

02 ފެބުރުއަރީ 16:04

ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް: ރައީސް ޔާމީނަކީ މި ކަހަލަ ކަންތައްތަކުގައި ވަރަށް ވިސްނުންތެރިކަމާ އެކު ކަންތައް ކުރައްވާ ބޭފުޅެއް. އަޅުގަނޑުމެންގެ މިއަދުގެ ބޭނުމަކީ ރައްޔިތުންނަށް ޔަގީންކަން އަރުވަން އަޅުގަނޑުމެން މިތިބީ ސާބިތުކަން މަތީގައި.

02 ފެބުރުއަރީ 16:03

ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް: ގައުމު ދޫކޮށްލައްވާފައި ވަޑައިގަންނަވާ ރައީސަކަށް ރައީސް ޔާމީން ވެ ވަޑައެއް ނުގަންނަވާނެ

02 ފެބުރުއަރީ 16:03

ޕީޕީއެމްގެ ޕްރެސް ކޮންފަރެންސް ކުރިއަށް ދަނީ

02 ފެބުރުއަރީ 15:54

ފުލުހުންގެ ޓުވީޓް

02 ފެބުރުއަރީ 15:52

ފުލުހުން ދެންމެ ކުރި ޓުވީޓެއްގައި ބުނީ، ފުލުހުން ރޭ ހިންގި އޮޕަރޭޝަންގައި ފުލުހެއްގެ ބޮލުގައި ގަލަކުން ޖެހި އަނިޔާވެފައިވާ ކަމަށް. ޕޮލިސް ސާޖަންޓް އަސްއަދު އަބްދުލް މުހުސިންގެ ބަލަށް ވި، އެ އަނިޔާގައި އިންޓާނަލް ބްލީޑިންއެއް ހުރުމުގެ ސަބަބުން، މިހާރު އޭޑީކޭ ހޮސްޕިޓަލްގައި ސާޖަރީއެއް ހަދަމުންދާ ކަމަށް ފުލުހުން ބުނޭ.

02 ފެބުރުއަރީ 15:43

ޖަލު ހުކުމް އިއްވާފައިވާ ސިޔާސީ ލީޑަރުންނާއި ސިޔާސީ އެހެން ބޭފުޅުން ދޫކޮށްލުމަށް ރޭ ސުޕްރީމް ކޯޓުން ނެރެފައިވާ އަމުރަށް ދިވެހި ސަރުކާރުން އަމަލު ކުރުމަށް އިންޑިއާގެ ސަރުކާރުން ގޮވާލައިފި. އިންޑިއާގެ އެކްސްޓާނަލް އެފެއާޒުން ނެރުނު ނޫސް ބަޔާނެއްގައި ބުނީ ސިޔާސީ މީހުން ދޫކޮށްލުމަށް ސުޕްރީމު ކޯޓުން ނެރުނު އަމުރު ފެނިފައިވާ ކަމަށާއި ޑިމޮކްރަސީގެ ރޫހާ އެއްގޮތަށް، އަދި ގާނޫނު ނެގެހެއްޓުމަށް ސަރުކާރުގެ ހުރިހާ މުއައްސަސާތަކަކުން ވެސް އެއަށް އަމަލު ކުރުން މުހިއްމު ކަމަށް. އިންޑިއާއިން ބުނެފައިވާ ގޮތުން، ރާއްޖޭގެ ހާލަތު އެ ގައުމުން ކައިރިން ބަލަމުން ދާނެ. އަދި ގާތް އަވައްޓެރި ގައުމެއްގެ ހައިސިއްޔަތުން ރާއްޖޭގައި އަމާން ވެއްޓެއް ގާއިމް ވެފައި އޮންނަ ތަން ދެކެން ބޭނުންވާ ކަމަށް އިންޑިއާއިން ބުނޭ.

02 ފެބުރުއަރީ 15:39

ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް ޚަލީލްގެ ޓުވީޓް

02 ފެބުރުއަރީ 15:31

ޕީޕީއެމްގެ އޮފީހުގައި މިހާރު ކުރިއަށް ގެންދާ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވާ ބައެއް ބޭފުޅުން.

02 ފެބުރުއަރީ 15:27

ޕީޕީއެމްގެ އިސްބޭފުޅުންގެ ބައްދަލުވުމެއް އެ ޕާޓީގެ އޮފީހުގައި ފަށައިފި. މި ބައްދަލުވުމުގައި ބައެއް ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ ޕީޕީއެމްގެ ބައެއް މެމްބަރުން ބައިވެރިވެވަޑައިގަންނަވާ.

02 ފެބުރުއަރީ 14:23

އިސްލާމީ މަރުކަޒުގައި މިއަދު ކުރި ހުކުނު ނަމާދަށް ފަހު، އިދިކޮޅު ފަރާތްތަކުން އިސްވެ ކުރި ދުއާގައި ބައިވެރިވި ބައެެއް މީހުން އެ ސަރަހައްދުން ފޮނުވާލުމަށް ފުލުހުން ހަރަކާތްތެރިވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

02 ފެބުރުއަރީ 14:22

އިސްލާމީ މަރުކަޒުގައި މިއަަދުގެ ހުކުރު ނަމާދަށް ފަހު، ކުރީގެ އެމްޑީޕީ ސަރުކާރުގެ މިނިސްޓަރ. ޑރ. ޑީޑީ ހިތްހަމަޖެހިވަޑައިނުގެން ފުލުހަކާ ވާހަކަ ދައްކަވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

02 ފެބުރުއަރީ 14:19

މިއަދުގެ ހުކުރު ވަގުތު، ޖުމްހޫރީ މައިދާން ހިމެނޭ ސަރަހައްދުގެ ސަލާމަތީ ކަންކަން ސިފައިންނާއި ބަލަހައްޓަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

02 ފެބުރުއަރީ 14:18

މިއަދުގެ ހުކުރު ވަގުތު، ޖުމްހޫރީ މައިދާން ހިމެނޭ ސަރަހައްދުގެ ސަލާމަތީ ކަންކަން ސިފައިންނާއި ފުލުހުން ބަލަހައްޓަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

02 ފެބުރުއަރީ 14:14

މިއަދުގެ ހުކުރު ވަގުތު، ރަސްމީ ފާލަން ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

02 ފެބުރުއަރީ 14:11

އިސްލާމީ މަރުކަޒުގައި މިއަދު ކުރި ހުކުނު ނަމާދަށް ފަހު، އިދިކޮޅު ފަރާތްތަކުން އިސްވެ ކުރި ދުއާގައި ބައިވެރިވި ބައެެއް މީހުން ޖުމްހޫރީ މައިދާން ސަރަހައްދުން ފޮނުވާލުމަށް ފުލުހުން ހަރަކާތްތެރިވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

02 ފެބުރުއަރީ 13:24

ސުޕްރީމް ކޯޓުގެ އަމުރުގެ އިނގިރޭސި ތަރުޖަމާ

02 ފެބުރުއަރީ 13:23

ސުޕްރީމް ކޯޓުން ރޭ ނެރުނު އަމުރުގެ އިނގިރޭސި ތަރުޖަމާ ވެސް ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން މިއަދު ވަނީ އާންމުކޮށްފައި. އެހެން އަމުރުތަކާ ޚިލާފަށް މި އަމުރުގެ އިނގިރޭސި ތަރުޖަމާ މި އާންމުކުރީ، ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން ނެރުނު އަމުރާ މެދު ދިވެހި ސަރުކާރުގެ ބައެއް އިސް ބޭފުޅުން ސުވާލު އުފައްދަވައި، މި މައްސަލާގައި ސަރުކާރުން ބޭރުގެ ފަރާތްތަކަށް އަމާޒުކޮށް އިނގިރޭސި ބަހުން ބަޔާންތައް ނެރެމުންދާ ދަނޑިވަޅެއްގައި.

02 ފެބުރުއަރީ 11:44

ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އާއި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމާއި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނާއި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް މުހުތާޒް މުހުސިނާއި އދ. މާމިގިލީ ކޯޓުގެ އިސް މެޖިސްޓްރޭޓް އަހުމަދު ނިހާންގެ އިތުރުން ވިޔަފާރިވެރިޔާ ހާމިދު އިސްމާއިލް (ހާމިދު ސޭޓް) މިނިވަން ކުރުމަށް ސުޕްރީމް ކޯޓުން ކަމާ ގުޅޭ މުއައްސަސާތަކަށް އަމުރުކޮށްފައިވީ ނަމަވެސް، މިހާތަނަށް އެކަން ތަންފީޒު ނުކުރާތީ ވަނީ ސަރުކާރަށް ފާޑުކިޔުންތައް އަމާޒުވެފައި. އިދިކޮޅު ހަރަކާތުގެ އިސް ބޭފުޅުން ތަފާތު ފޯރަމްތަކުގައި، އެކަން ތަންފީޒު ކުރުމަށް ސަރުކާރަށް ގޮވަމުން ދިޔަ ނަމަވެސް ސަރުކާރުން ބުނަނީ ސުޕްރީމް ކޯޓުގެ އަމުރު ދިރާސާ ކުރަމުން އަންނަ ކަމަށް. ފުލުހުން ބުނެފައި ވަނީ ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒު ކުރުމަށްޓަކައި ކުރަންޖެހޭ ކަންކަން ކުރަމުން އަންނަ ކަމަށް. މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ރޭ ދަންވަރު ބުނެފައި ވަނީ، އެ އަމުރު ތަންފީޒު ކުރުމަށް ފުރިހަމަ ކުރަންޖެހޭ އިޖުރާއަތުތައް ފުރިހަމަ ކުރުމުގެ މަސައްކަތް އެ އިދާރާއިން ކުރާ ކަމަށް.

02 ފެބުރުއަރީ 11:36

ސުޕްރީމް ކޯޓުގެ އަމުރުގައިވާ ގޮތުގެ މަތިން، ސިޔާސީ ބޭފުޅުން ދޫކުރުން ލަސްވާތީ މާލޭގެ އެކި ސަރަހައްދުތަކުގައި އިދިކޮޅު ހަރަކާތުގެ އެއްވުންތައް އަދި ފުލުހުންނާ ދެމެދު ރޭ ހަމަނުޖެހުންތައް ހިނގި ނަމަވެސް މިވަގުތު މާލެ އޮތީ ވަރަށް އޮމާންކޮށް. ޖުމްހޫރީ މައިދާން ހިމެނޭ ސަރަހައްދު ވެސް ހުޅުވާލާފައިވާއިރު، އިދިކޮޅު ހަރަކާތުގެ މައި ޖަގަހަ މ. ކުނޫޒަށް އެއްވެފައ ތިބި ބަޔަކު ފިޔަވައި އިތުރު މީހުންތަކެއް މަގުމަތިން ފެންނާކަށް ނެތް.

02 ފެބުރުއަރީ 11:32

ކުރީގެ ރައީސް މައުމޫންގެ ޓުވީޓް

02 ފެބުރުއަރީ 11:31

ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން ނެރުނު އަމުރު ތަންފީޒު ކުރުމަށް ސިފައިންނާއި ފުލުހުން އަދި ކަމާ ގުޅޭ މުއައްސަސާތަކަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އަނެއްކާވެސް ގޮވާލައްވައިފި. އެމަނިކުފާނު ވިދާޅުވީ، ގާނޫނު ދެމެހެއްޓުމާއި ގައުމުގެ ސަލާމަތާއި ހަމަޖެހުމަށްޓަކައި، ސުޕްރީމް ކޯޓުގެ އަމުރުގައިވާ ހުރިހާ ކަންކަން ތަންފީޒު ކުރުމަށް ގޮވާލައްވާ ކަމަށް.

02 ފެބުރުއަރީ 10:27

ފިޝަރީޒް މިނިސްޓަރު ޑރ. ޝައިނީގެ ޓުވީޓް.

02 ފެބުރުއަރީ 09:10

ދެންމެއަކު ފުލުހުން ކުނޫޒަށް ވަދެ އެ ތަނުގަ ތިބި މީހުންގެ ތެރެއަށް ޕެޕަސްޕްރޭ ޖަހައި މީހުންތައް ފޮނުވާލަން ފަށައިފި

02 ފެބުރުއަރީ 09:09

ސުޕްރީމް ކޯޓުގެ އަމުރުގައި މިނިވަންކުރަން ބުނެފައިވާ ސިޔާސީ ބޭފުޅުންނާ ހަވާލުވުމަށް މާލޭ ޖަލަށް ގޮސް ތިބި އެ އާއިލާތަކުގެ މީހުން އެތަނުން ނުކުތުމަށް ކަރެކްޝަންސްގެ އޮފިސަރުން އަންގައިފި. އެ ތަނުން ބުނީ ކޮންމެ އާއިލާއަކުން ވެސް ހުރެވޭނީ އެކަކަށް ކަމަށް

02 ފެބުރުއަރީ 07:54

މަހްލޫފް: ސަރުކާރުން ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒު ކުރަންދެން އަޅުގަނޑުމެން މަގުމަތީގައި ތިބޭނަން. އިދިކޮޅު ފަރާތްތަކުން ކުރަމުން މިދާ މަސައްކަތް ކާމިޔާބު ކުރާނެ

02 ފެބުރުއަރީ 07:53

މަހްލޫފް: ރަށްރަށުން މީހުން ދަނީ މާލެ އަންނަމުން. މިކަމުގައި ބައިވެރިވުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުން މީހުން އަންނަންޖެހޭ

02 ފެބުރުއަރީ 07:51

ގުޅިފައިވާ އިދިކޮޅު ފަރާތްތަކުން ބާއްވާ ނޫސްވެރިންގެ ބައްދަލުވުން ކުނޫޒުގައި މިހާރު ފަށައިފި. މައުލޫމާތު ދެއްވަނީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފް

02 ފެބުރުއަރީ 07:25

ގުޅިފައިވާ އިދިކޮޅު ފަރާތްތަކުން ބާއްވާ ނޫސްވެރިންގެ ބައްދަލުވުމެއް ފެށުމަށް މިހާރު ތައްޔާރުވެއްޖެ. މި ބައްދަލުވުން އޮންނާނީ ޖުމްހޫރީ ޕާޓީގެ މައި ޖަގަހަ މ. ކުނޫޒުގައި. އިރުކޮޅެއްގެ ތެރޭގައި މި ބައްދަލުވުން ފެށޭނެ

02 ފެބުރުއަރީ 07:07

އަދާލަތު ޕާޓީ: ކަރެކްޝަނަލް ސާވިސް އިން ވަނީ ރައީސް ޔާމީންގެ އަމުރަށް އަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާން އަބްދުﷲ ރަހީނު ކޮށްފައި. ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒު ކުރާނެ ކަމަށް ބުނީ އޮޅުވާލަން. އަމުރު ތަންފީޒު ނުކުރަނީ އެކަން ކުރުމުގެ ނިޔަތެއް ނެތުމުން. އިހުމާލުވާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އެޅޭނެ. ޝައިޚް އިމްރާން މިނިވަން ކުރޭ!

02 ފެބުރުއަރީ 07:05

އަދާލަތު ޕާޓީން ކުރި ޓުވީޓް

02 ފެބުރުއަރީ 06:43

ކުނޫޒު ދޮށަށް އެއްވެ ތިބި މީހުން އެ ސަރަހައްދު ދޫކޮށް ދިޔުމަށް އެ ތަނުގައި ތިބި އެސްއޯ ފުލުހުން މިހާރު ދަނީ އަންގަމުން

02 ފެބުރުއަރީ 04:22

ސުޕްރީމް ކޯޓުގެ އަމުރަށް ތަބާނުވާ މައްސަލާގައި ބަންޑާރަ ނައިބު މުހައްމަދު އަނިލްއާ މެދު ފިޔަވަޅުއަޅައިދޭން އެދި ޖުމްހޫރީ ޕާޓީން ސުޕްރީމް ކޯޓަށް ސިޓީއެއް ފޮނުވައިފި.

02 ފެބުރުއަރީ 04:15

ހެންވޭރު އުތުރު ދާއިރާގެ އަބްދުﷲ ޝާހިދުގެ ޓުވީޓު

02 ފެބުރުއަރީ 04:07

އިދިކޮޅު ބައެއް ބޭފުޅުން މާލޭ ޖަލުގައި.

02 ފެބުރުއަރީ 03:57

ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް ޚަލީލްގެ ޓުވީޓް

02 ފެބުރުއަރީ 03:54

ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު ނިހާންގެ ޓުވީޓް

02 ފެބުރުއަރީ 03:50

ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް ކުރެއްވި ޓުވީޓް

02 ފެބުރުއަރީ 03:49
02 ފެބުރުއަރީ 03:44

ސަރުކާރުގެ ފަރާތުން މިރޭ ބޭއްވި ނިއުސް ކޮންފަރެންސް

02 ފެބުރުއަރީ 03:39

ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލް އަހްމަދުގެ ޓްވީޓެއް

02 ފެބުރުއަރީ 03:31

ސުޕްރީމް ކޯޓުގެ އަމުރުގައި ބުނެފައިވާ ސިޔާސީ ބޭފުޅުން ދޫކުރުން ލަސްވާތީ، އިދިކޮޅު ހަރަކާތުގެ ބައެއް އިސް ބޭފުޅުން މާލޭ ޖަލަށް ވަޑައިގެންފި. ފުލުހުން ދެންމެ ޓީވީއެމްގައި ބުނީ ކޯޓު އަމުރު ތަންފީޒު ކުރުމަށް ޓަކައި ކުރަން ޖެހޭ މަސައްކަތް ކުރަމުން އަންނަ ކަމަށް.

02 ފެބުރުއަރީ 03:19

އަބްދުއްރަހީމް އަބްދުﷲ (ޕީޕީއެމްގެ ނައިބު ރައީސް): ރައީސް ޔާމީން ހުންނެވީ ސާބިތުކަންމަތީގައި. އަޅުގަނޑުމެންނަކީ އަބަދުވެސް ޝަރުއީ ނިޒާމަށް އިހުތިރާމް ކުރާ ބައެއް. ސުޕްރީމް ކޯޓުގެ އަމުރާ މެދު ޕީޕީއެމަށް ވަކި އެއްޗެއް ބުނެވޭނީ ބަންޑާރަ ނައިބު ސާފު ކުރައްވާ ކަންކަން ސާފުކުރައްވައި ނިންމެވުމުން. މުޅި ގައުމުގެ މަސްލަތާއި ސަލާމަތާއި ރައްކާތެރި ކުރުމުގެ ހުރިހާ ޒިންމާއެއް ރައީސް އަދާކުރައްވާނެ ކަމުގެ ޔަގީންކަން އެބައޮތް.

02 ފެބުރުއަރީ 03:15

އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ނަވާޒް: ކޯޓު އަމުރު ތަންފީޒު ކުރުމަށް ޓަކައި ކުރަން ޖެހޭ މަސައްކަތް މި ދަނީ ކުރަމުން. އަދި ސަލާމަތާއި ރައްކާތެރި ކަމަށް އެޅެން ހުރި ހުރިހާ ފިޔަވަޅެއް އަޅާނެ ވާހަކަ ދަންނަވަން.

02 ފެބުރުއަރީ 03:12

އަލީ އާރިފް (ޕީޕީއެމްގެ ތަރުޖަމާން): ގާނޫނުއަސާސީގެ ހުރިހާ ކަމަކަށް ޕީޕިއެމުން ހުރުމަތްތެރިކޮށް ހިތާނެ. އަޅުގަނޑުމެން މިތިީ ރައީސް ޔާމީންގެ ފަހަތްޕުޅުގައި. ގާނޫނުއަސާސީ ބުނާގޮތުން ދައުލަތުގެ އެންމެ މަތީ ވެރިއަކީ ރައީސުލްޖުމްހޫރިއްޔާ ކަަމަށް ވާއިރު، މުޅި ދައުލަތުގެ މަސްލަހަތު ހިމާޔަތް ކުރައްވަން އެމަނިކުފާނަށް ޖެހިވަޑައިގަންނަވާ. ވިއްސަކަށް މީހުންގެ މަސްލަހަތަށް ވުރެ މުޅި ގައުމުގެ މަސްލަހަތު ރައީސަށް މުހިންމު ވާނެ. ސުޕްރީމް ކޯޓުގެ އަމުރާ ބެހޭ ގޮތުން ޕީޕީއެމަށް ވަކި ބަހެއް ބުނެވޭނީ ދައުލަތަށް ކަންކަން ސާފުވުމުން. ދައުލަތުގެ މަސްލަހަތު ރައީސް ޔާމީން ހިމާޔަތް ކުރައްވާނެ ކަމުގެ ޔަގީންކަން ދެން. މުޅި ދިވެހި ރައްޔިތުންގެ މިނިވަންކަމާއި މަސްލަހަތު ހިމާޔަތް ކުރެއްވުމަށް ކުރައްވަންޖެހޭ ހުރިހާ ކަމެއް ރައީސް ޔާމީން ކުރައްވާނެ ކަމުގެ ޔަގީންކަން އެބައޮތް. އަޅުގަނޑުމެން އެންމެން މިތިބީ ރައީސް ޔާމީންގެ ފަހަތްޕުޅުގައި.

02 ފެބުރުއަރީ 03:08

ފުލުހުންގެ ފަރާތުން ދެންމެ ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ނަވާޒު ވިދާޅުވީ ސުޕްރީމް ކޯޓުގެ ހުކުމް ލިބިފައިވާ ކަމަށް.

02 ފެބުރުއަރީ 02:59

ސަރުކާރުގެ ބަޔާން: ސުޕްރީމް ކޯޓުން ނެރުނު އަމުރު ދިރާސާކޮށް އިތުރަށް ސާފުކުރަންޖެހޭ ކަންކަން މި އަންނަނީ ބަލަމުން. މި އަމުރަކީ ގާނޫނު އަސާސީ އާއި ޖިނާއީ އިޖުރާއަތުގެ ގާނޫނާ ފުށުއެރުންތައް ހުރި އަދި ދައުލަތުގެ ފަރާތުން ބަންޑާރަ ނައިބު ނުވަތަ ޕްރޮސިކިއުޓާ ޖެނެރަލްގެ ވެސް ބަހެއް ނެތި ނެރެފައިވާ އަމުރެއް. އެހެންވެ ސުޕްރީމް ކޯޓުގެ ލަފާ ހޯދައި ގާނޫނީ އަމުރުތަކަށް ތަބާވުމަށް ކުރަންޖެހޭ ކަންކަން ކުރާނަން.

02 ފެބުރުއަރީ 02:51
02 ފެބުރުއަރީ 02:29

ނަދީމް ދޫކޮށްލުމުން ނާދިރާއާ ސަލާމް ކުރައްވަނީ.

02 ފެބުރުއަރީ 02:25

ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފު: އެއްވެސް ޝަރުތެއް އަޅުގަނޑުމެންގެ އުންޏެއް ނުވޭ. އަދިވެސް އަޅުގަނޑުމެންނަކީ މެމްބަރުން. އިރާދަކުރެއްވިއްޔާ ދިވެހި ގައުމު އަމާން އައްސޭރިއަކަށް ގެންދަން އަޅުގަނޑުމެން މަސައްކަތް ކުރާނަން. މި ސަރުކާރު ނިމިގެން މި ދަނީ ގާނޫނުތަކާ ހިލާފަށް ކުރާ ކަންތައްތަކުގެ ސަބަބުން. އަޅުގަނޑުމެން އެތައް ފަހަރަކު އެދުނިން ރައީސަށް ކަންތައްތައް އިސްލާހު ކުރަން. ދެހާސް ތޭރަ ވަނަ އަހަރު ގެނައި ރައީސަކީ އުންމީދު ކުރި ކަހަލަ ރައީސެއް ނޫން.

02 ފެބުރުއަރީ 02:21

އިހަވަންދޫ ދާއިރާގެ މުހަންމަދު އަބްދުﷲ: އަޅުގަނޑުމެން 12 މެމްބަރު މި ކުރީ ރައްޔިތުންގެ ހައްގުގައި މަސައްކަތެއް. އަޅުގަނޑުމެން މި ކުރި މަސައްކަތަކީ ގާނޫނީ މަސައްކަތެއް ކުރުމަށް އިތުރު ފުރުސަތެއް ލިބޭތޯ ކުރި މަސައްކަތެއް. އަޅުގަނޑުމެން ނެތި މަޖިލީހުގެ އެތައް ގާނޫނެއް ހަދައިފި. ބަޖެޓް ފާސްކޮށްފި. މަޖިލީސް ހުޅުވޭ ދުވަހު މަޖިލީހަށް ވަނުމަށް މިހާރު އެއްވެސް ހުރަހެއް ނެތް. މަޖިލީހުގެ ރައީސަށް ވެސް ދަންނަވާނީ އަޅުގަނޑުމެންނަށް ހުރަސް ނާޅުއްވާށޭ.

02 ފެބުރުއަރީ 02:18
02 ފެބުރުއަރީ 02:16

ތުލުސްދޫ ދާއިރާގެ އިބްރާހިމް ވަހީދު ވައްޑެ: ސުޕްރީމް ކޯޓުން އެ އޮތީ ވަރަށް ވަރުގަދަ އަމުރެއް ނެރެފައި. މިއޮތީ ދިވެހި ސަރުކާރަށް، ފުލުހުންނާއި ސިފައިންނަށް ވެސް އަދި ކަމާ ބެހޭ އެންމެހާ މުއައްސަސާތަކަށް ވެސް އަމުރުކޮށްފައި. އަޅުގަނޑުމެންގެ ރަސްމީ ވާޖިބަށް ހުރަސް އަޅައި ގޯނާތަކެއް ކޮށްފީމު. އެކަން ކުރީ ދައުލަތުގެ މުއައްސަސާއެއްގެ ނަމުގައި ވިޔަސް، އެކަމާ ބެހޭ ގޮތުން އަޅުގަނޑުމެން ގޮތެއް ނިންމާނަން.

02 ފެބުރުއަރީ 02:11

ތިމަރަފުށީ ދާއިރާގެ މުހަންމަދު މުސްތޮފާ: މަޖިލީހުގެ އަމީންއާންމަށް އަޅުގަނޑު ގޮވާލަން އެއްވެސް ބިރެއް ގަންނާނެ ކަމެއް ނެތޭ.

02 ފެބުރުއަރީ 02:10

ތިމަރަފުށީ ދާއިރާގެ މުހަންމަދު މުސްތޮފާ: އަޅުގަނޑުމެން އެންމެ ކުރިން ކުރާނެ ކަމަކީ ބަންޑާރަ ނައިބު މުހަންމަދު އަނިލް މަގާމުން ވަކިކުރުން. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަކަށް ގޮންޖެހޭނެ އެއްވެސް ބަޔަކު ނޯންނާނެ.

02 ފެބުރުއަރީ 02:09

ތިމަރަފުށީ ދާއިރާގެ މުހަންމަދު މުސްތޮފާ: އަލްހަމްދުލިއްލާހް... އޭރު ވެސް މިހާރު ވެސް އަޅުގަނޑުމެން މިއީ މެމްބަރުން. އަޅުގަނޑުމެން މިތިބީ ހިކިފަސްތަނަކަށް އަރާ. އަޅުގަނޑުމެން ކަނޑުލީ ލައިފް ޖެކެޓެއް ވެސް ނުދީ. މަޖިލީހުގެ ރައީސަށާއި އަމީން އާންމަށް ގޮވާލަން އަޅުގަނޑުމެން ނުލައި އެއްވެސް ޖަލްސާއެއް ނުބޭއްވުމަށް.

02 ފެބުރުއަރީ 02:08

މަޑުއްވަރީ ދާއިރާގެ މުހަންމަދު އަމީތު: އަޅުގަނޑުމެން ވަރަށް ބޮޑަށް ޝުކުރު އަދާކުރަން ހަތަރު ލީޑަރުންނަށް. އަޅުގަނޑު މި ހުރީ ﷲ ގަންދީ ކުރި ހުވަޔާ އެއްގޮތަށް. މި ވަގުތުން ފެށިގެން އަޅުގަނޑުމެންގެ ގާނޫނީ ވާޖިބު އަދާކުރުމަށް ރައްޔިތުންގެ މަޖިލީހުން އެއްވެސް ހުރަހެއް އަޅައިގެން ނުވާނެ.

02 ފެބުރުއަރީ 02:05

މ. ކުނޫޒްގައި ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި މާލޭގައި މި ވަގުތު ތިއްބެވި ގިނަ މެމްބަރުން އެބަތިއްބެވި.

02 ފެބުރުއަރީ 02:05

ގޮނޑި ގެއްލުނު މެމްބަރުންގެ ނޫސްވެރިންގެ ބައްދަލުވުން ފަށައިފި

02 ފެބުރުއަރީ 02:01

އެސްއޯ ފުލުހުން މިހާރު ދަނީ އެމްޑީޕީގެ ހަރުގެ ތެރެއަށް ވަދެ، އެތަނުން މީހުން ނެރެމުން.

02 ފެބުރުއަރީ 01:58

މުޅި އެ ސަރަހައްދުގައި ވަނީ ކަރުނަ ގޭހުގެ އަސަރު. އެއްވުން ރޫޅާލުމަށް ފުލުހުން ވަނީ ވަރަށް ގިނައިން ކަރުނަ ގޭސް ޖަހައިފައި. އަދި ބައެއް މީހުން ހައްޔަރު ކުރުމުގެ ތެރޭގައި ބައެއް މީހުންނަށް ވަނީ އަނިޔާ ލިބިފައި.

02 ފެބުރުއަރީ 01:56

ހަރުގެ ތެރޭގައި ސިޔާސީ ލީޑަރުން އަދިވެސް އެބަތިއްބެވި. އަދި އެ ބޭފުޅުން އަންނަނީ އެއްވެ ތިބި މީހުންނާ ވާހަކަ ދައްކަވަމުން.

02 ފެބުރުއަރީ 01:56
02 ފެބުރުއަރީ 01:54

އެމްޑީޕީ ހަރުގެ ކަިއރިން މީހަކު ހައްޔަރު ކުރަނީ.

02 ފެބުރުއަރީ 01:53

ކްރިމިނަލް ކޯޓުގެ އަމުރާ އެއްގޮތަށް ނަދީމް ދޫކޮށްލައިފި.

02 ފެބުރުއަރީ 01:53

އެމްޑީޕީގެ ހަރުގެ ކައިރިން މަގުމަތީގައި ބައެއް މީހުން އޮށޯންނަން ފެށުމުން، އެސްއޯ ފުލުހުން ވަނީ ގަދަކަމުން އެ ސަރަހައްދުން އެ މީހުން ގެންދަން މަސައްކަތް ކޮށްފައި.

02 ފެބުރުއަރީ 01:48

އެމްޑީޕީގެ ހަރުގެ ކައިރީގައި އެސްއޯ ފުލުހުން ޝީލްޑާއެކު މިރޭ ހަރަކާތްތެރިވަނީ.

02 ފެބުރުއަރީ 01:46

ޔުމްނާ މައުމޫންގެ ފިރިކަލުން ނަދީމް ދޫކޮށްލާނެ އިރެއްގެ އިންތިޒާރުގައި އޭނާގެ ވަކީލު ޝަމީމާއިި އެހެނިހެން ވަކީލުންނާއި ސަޕޯޓަރުން އަތޮޅުވެހިގެ ކައިރީގައި މަޑުކޮށްލައިގެން.

02 ފެބުރުއަރީ 01:44

އެމްޑީޕީ ހަރުގެ ކައިރިއަށް އެއްވި މީހުން ރޫޅާލުމަށް ކަރުނަ ގޭސް ޖެހި ނަމަވެސް އަނެއްކާ މީހުން އެތަނަށް އެއްވެއްޖެ. އެކަމަކު އަދިވެސް އެ ސަރަހައްދުގައި ފުލުހުން އެބަ ހަރަކާތްތެރިވޭ.

02 ފެބުރުއަރީ 01:40

އެމްޑީޕީގެ ހަރުގެ ކައިރިއަށް އެއްވި މީހުން ރޫޅާލުމަށް ފުލުހުން ކަރުނަ ގޭސް ޖަހާފައި.

02 ފެބުރުއަރީ 01:37

ސުޕްރީމް ކޯޓުގެ އަމުރު ފުރަތަމަ ޝާއިއުކުރި އިރު ފަނޑިޔާރުންގެ ނަމާއި ސޮއެއް ނެތް. އެ ހުކުމް ޝާއިއު ކުރުމާ އެކު، ކޯޓުގެ ވެބް ސައިޓް ހެކް ކުރި ކަމަށް ބުނެ އަޑު ފެތުރެމުން ދަނިކޮށް ދާދި ދެންމެއަކު ވަނީ ފަސް ފަނޑިޔާރުންގެ ނަމާއި ސޮޔާ އެކު އަމުރު ޝާއިއުކޮށްފައި.

02 ފެބުރުއަރީ 01:36

އެމްޑީޕީގެ ހަރުގެ ކައިރިއަށް އެއްވި މީހުން ރޫޅާލުމަށް ފުލުހުން ކަރުނަ ގޭސް ޖަހައިފި.

02 ފެބުރުއަރީ 01:33

އެމްޑީޕީ ހަރުގެ ކައިރިއަށް އެއްވި މީހުންގެ މުޒާހަރާ ރޫޅާލުމަށް އެސްއޯ ފުލުހުން ހަރަކާތްތެރިވާން ފަށައިފި. ޝީލްޑާއި މުގުރުބުރިއާއެކު ތިބި އެސްއޯ ފުލުހުން އެ ސަރަހައްދުގައި އަންނަނީ ހަރަކާތްތެރިވަމުން.

02 ފެބުރުއަރީ 01:28

ސުޕްރީމް ކޯޓުން މިރޭ އަމުރު ނެރެފައި ވަނީ އެ ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން. އެ ބޭފުޅުންގެ ނަމާއި ސޮޔާއެކު ސުޕްރީމް ކޯޓުގެ ވެބް ސައިޓްގައި އެ އަމުރު މިހާރު ވަނީ ޝާއިއުކޮށްފައި.

02 ފެބުރުއަރީ 01:26

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަނބަލުން ޔުމްނާ މައުމޫންގެ ފިރިކަލުން މުހައްމަދު ނަދީމް ހައްޔަރު ކުރުމަށް މިއަދު ނެރުނު އަމުރު ކްރިމިނަލް ކޯޓުން ބާތިލް ކޮށްފައިވާކަން ކޯޓުން އަންގާފައިވާ ކަމަށް ނަދީމްގެ ވަކީލް ޝަމީމް ވިދާޅުވެއްޖެ. އަދި ނަދީމް ދޫކުރުމާ ގުޅޭ ކަންކަން ކުރިއަށް ދާ ކަމަށް ޝަމީމް ވިދާޅުވި.

02 ފެބުރުއަރީ 01:23
02 ފެބުރުއަރީ 01:10

ޖަލުގައި ތިބި ސިޔާސީ ބޭފުޅުން މިހާރު މާލެ ގެންނަން ތައްޔާރުވަމުން އަންނަ ކަމަށް ވަނީ އެނގިފައި. އެނގިފައިވާ ގޮތުގައި އެ ބޭފުޅުން ގެންނަނީ އަތޮޅުވެއްސަށް.

02 ފެބުރުއަރީ 01:04

ޖުމްހޫރީ މައިދާން ސަރަހައްދު

02 ފެބުރުއަރީ 01:04

އެސްއޯ ފުލުހުން ޖުމްހޫރީ މައިދާން ސަރަހައްދުގައި ދެންމެ ހަރަކާތްތެރިވަނީ.

02 ފެބުރުއަރީ 01:03
02 ފެބުރުއަރީ 01:00

ރައީސް ޔާމީން މިރޭ ސިފައިންގެ މައި މަރުކަޒު ތެރޭގައި.

02 ފެބުރުއަރީ 00:58

އެމްޑީޕީ ހަރުގެ ސަރަހައްދު

02 ފެބުރުއަރީ 00:57
02 ފެބުރުއަރީ 00:54

ރައީސް ޔާމީން ސިފައިންގެ ތެރޭގައި ދެންމެ އުޅުއްވަނިކޮށް ނަގާފައިވާ ފޮޓޯފުޅެއް ސޯޝަލް މީޑިއާގައި ދެންމެ އާންމުވެއްޖެ.

02 ފެބުރުއަރީ 00:48

ފުލުހުންގެ އިތުރުން ސިފައިން ވެސް މިހާރު އަންނަނީ ޝީލްޑާއި މުގުރުބުރިއާއެކު ހަރަކާތްތެރިވަމުން. ބަންޑާރަ މިސްކިތާ ހިސާބުން ފެށިގެން ވެލާނާ ބިލްޑިންގާ ހަމައަށް އެ ސަރަހައްދު ވަނީ ބަންދުކޮށްފައި.

02 ފެބުރުއަރީ 00:45
02 ފެބުރުއަރީ 00:43

ކުރީގެ ރައީސް ނަޝީދުގެ އިންޓަވިއު ރާއްޖެ ޓީވީން: ހުރިހާ ބޭފުޅުންނަށް ވެސް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. އަޅުގަނޑު ހައްޔަރުވުމާ ގުޅިގެން، އަދި އެހެން ބޭފުޅުން ވެސް ހައްޔަރުވުމާ ގުޅިގެން ދިވެހި ރައްޔިތުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. އެކަން ދުވަހަކު ވެސް ހަނދާނަކުން ނުފިލާނެ.

02 ފެބުރުއަރީ 00:40

ކުރީގެ ރައީސް ނަޝީދުގެ އިންޓަވިއު ރާއްޖެ ޓީވީން: ފަނޑިޔާރުން ވެސް އަދި ކޮމިޝަނާ އޮފް ޕޮލިސް ވެސް ހައްޔަރުވެގެން ނުވާނެ. ެ ގޮވާލުން ގޮވާލައިގެން ހުރިހާ ރައްޔިތުން މަގުމައްޗަށް ނުކުތުމަކީ ކޮންމެހެން ބޭނުންތެރިކަމެއް.

02 ފެބުރުއަރީ 00:40

ކުރީގެ ރައީސް ނަޝީދުގެ އިންޓަވިއު ރާއްޖެ ޓީވީން: މިރޭ މާލެ ދާ ގޮތަކަށް ނޫން ތައްޔާރުވެގެން މިހިރީ. އެކަމަކު އަޅުގަނޑު ދާނަން މާލެ. އަޅުގަނޑު މި ހުރީ އިއްތިހާދުގެ ވިސްނުމާ އެއްގޮތަށް. ކަށަވަރު ވާންވީ ކަމަކީ ރައީސް ޔާމީން އެހުރީ ނިމިފައި. އަޅުގަނޑަށް އެބަ ފެނޭ ބަންޑާރަ ނައިބާއި ޑިފެންސް މިނިސްޓަރާ ޗީފްް އޮފް ޑިފެންސް ފޯސް އެތާނގައި ތިއްބަވަން ޖެހޭ ސަބަބެއް ނެތް. އަޅުގަނޑަށް ފެންނަ ގޮތުގައި މި ވެރިކަން މާ ގިނަ ދުވަހަކަށް މާ ގިނަ ވަގުތަކަށް ނޯންނާނެ.

02 ފެބުރުއަރީ 00:38
02 ފެބުރުއަރީ 00:38

ކުރީގެ ރައީސް ނަޝީދުގެ އިންޓަވިއު ރާއްޖެ ޓީވީން: ކޮމިޝަނާ އޮފް ޕޮލިސް އާ ރައީސް ނުގުޅުއްވިގެން އުޅުއްވާ ވާހަކަ އަޑުއެހީން. ރައީސް ގުޅުއްވަން ޖެހޭނީ ހޯމް މިނިސްޓަރާ. ސީދާ ގޮތަކަށް ރައީސުލްޖުމްހޫރިއްޔާ ފުލުހުންނަށް ބާރު ފޯރުއްވަވަންޏާ އިތުރު ތުހުމަތުތަކެއް އެ ލިބެނީ

02 ފެބުރުއަރީ 00:37

ކުރީގެ ރައީސް ނަޝީދުގެ އިންޓަވިއު ރާއްޖެ ޓީވީން: މި ވަގުތު އެންމެ ބުއްދިވެރީ ރައީސް ޔާމީން އިސްތިއުފާ ދެއްވުން

02 ފެބުރުއަރީ 00:35

ކުރީގެ ރައީސް ނަޝީދުގެ އިންޓަވިއު ރާއްޖެ ޓީވީން: އަޅުގަނޑު ދެކޭ ގޮތުގައި ސާބިތުކަން މަތީގައި ތިބެއްޖެ ނަމަ ހައްގަށް ނަސްރު ލިބޭނެ. އަަބަދުވެސް ދަންނަވަން އަޅުގަނޑުމެންނަށް އަބަދު ވެސް ކާމިޔާބު ލިބޭނެ. ހުރިހާ ރައްޔިތުން ވެސް އެތަން ދެކޭނެ

02 ފެބުރުއަރީ 00:32

އެޓާނީ ޖެނެރަލް: ފުލުހުންގެ އިދާރާ މިހާރު ހިންގަވާނީ ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް އަހުމަދު ސައުދީ

02 ފެބުރުއަރީ 00:31

އެޓާނީ ޖެނެރަލް: މި އަމުރު ނުކުތުމާ ހިސާބުން ކޮމިޝަނަރާ ރައީސް ގުޅުއްވަން ވަރަށް މަސައްކަތް ކުރެއްވި. އެކަމަކު ގުޅޭ ގޮތެއް ނުވި. އެހެންވެ ކޮމިޝަނަރު ކަމުން އަރީފު ވަނީ ވަކިކުރައްވާފައި

02 ފެބުރުއަރީ 00:29

އެޓާނީ ޖެނެރަލް: މިހާރު މިދަނީ ސުޕްރީމް ކޯޓާ އެކު އެކަން ކުރެވޭތޯ ބަލަމުން

02 ފެބުރުއަރީ 00:29

އެޓާނީ ޖެނެރަލް އަނިލް: އަމުރުގައި ހިމެނޭ ގިނަ ކަންތައް އެއީ ދައުލަތުގެ ބަންޑާރަ ނައިބަށް ރައްދުވާ ކަންކަން. އެކަމަކު މިހާތަނަށް އަޅުގަނޑުމެންނަކަށް އެ ހުކުމާ ބެހޭ ސައްހަ ކަމެއް ނޭނގެ.

02 ފެބުރުއަރީ 00:28

އާދަމް ޝަރީފް: ގައުމުގެ ސުލްހަ މަސަލަސް ކަމާ އެކު ކުރިއަށް ދިއުން އެދެން،

02 ފެބުރުއަރީ 00:27

އާދަމް ޝަރީފް: ގާނޫނީ އިމުގެ ތެރޭގައި ހުރިހާ ބޭފުޅުން ތިއްބެވުން އެދެން. ކުރިއަށް އޮތް ވަގުތުތަކުގައި ސަލާމަތީ ބާރުތަކަށް އެހީތެރިވުމަށް.

02 ފެބުރުއަރީ 00:27

ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް: ހުކުމުގައި ސަރުކާރުން ވިސްނަން ޖެހޭ ބައިވަރު ކަންތައްތައް އެބަހުރި. އެކަން މި ދަނީ ބަލަމުން.

02 ފެބުރުއަރީ 00:26

ސަރުކާރުން ބާއްވާ ޕްރެސް ކޮންފަރެސް: ނޫސް ކޮންފަރެންސް ދެއްވަނީ ޑިފެންސް މިނިސްޓަރާއި އެޓާނީ ޖެނެރަލް އަދި ޗީފް އޮފް ސްޓާފް

02 ފެބުރުއަރީ 00:24

ރާއްޖެ ޓީވީ "ދުއްވާލާނެ" ކަމުގެ އިންޒާރު ލިބިފައިވާ ކަމަށާއި އެ މައްސަލަ ފުލުހަށް ހުށަހަޅަން ނިންމާފައިވާ ކަމަށް ރާއްޖެ ޓީވީން ދެންމެ ބުނެފި. އަދި އެ ސްޓޭޝަންގެ ސީއޯއޯ ހުސެއިން ފިޔާޒު މޫސާ މިހާރު ވަނީ އެ މައްސަލަ ހުށަހެޅުމަށް ޕޮލިހަށް ގޮސްފައި.

02 ފެބުރުއަރީ 00:23

ސުޕްރީމް ކޯޓުގެ ހުކުމާ ގުޅިގެން އެމެރިކާގެ ސަފީރު އަތުލް ކެޝަޕް ކުރެއްވި ޓްވީޓެއްގައި ދެންމެ ވިދާޅުވީ ސިޔާސީ ކުށްވެރިން ދޫކޮށްލަން ސުޕްރީމް ކޯުޓޫން ކުރި ހުކުމަށް މަރުހަބާ ވިދާޅުވާ ކަމަށާއި އަދި އެ ހުކުމަށް ސަރުކާރާއި ސަލާމަތީ ބާރުތަކުން އިހުތިރާމު ކުރުމަށް ގޮވާލައްވާ ކަމަށް.

02 ފެބުރުއަރީ 00:21
02 ފެބުރުއަރީ 00:21

އެމްޑީޕީ ހަރުގެ ސަރަހައްދުގައި އުފާ ފާޅުކުރަނީ.

02 ފެބުރުއަރީ 00:17

އެމްޑީޕީގެ ހަރުގޭގައި ވާހަކަ ދައްކަވަމުން އަހުމަދު މަހުލޫފު ވިދާޅުވީ ފުލުހުން ތިބީ ރައްޔިތުންނާ އެކު ކަމަށް. މިރޭ ގެއަށް ވަންނާނީ މި އަނިޔާވެރި ވެރިކަން ނިންމާފައި ކަމަށް ވެސް އޭނާ ވިދާޅުވި.

02 ފެބުރުއަރީ 00:13

ސިފައިންގެ ހިމެނޭ ސަރަހައްދަށް ނޫސްވެރިންނަށް ވެސް ނުވަދެވޭ ކަމަށް އެ ސަރަހައްދުގައި ތިބި ނޫސްވެރިން ބުނޭ.

02 ފެބުރުއަރީ 00:12

ވެބްސައިޓް ހެކް ކުރެވިފައި ނުވާ ކަމަށް ޑިޕާޓްމެންޓް އޮފް ޖުޑީޝަރީން ބުނެފި

02 ފެބުރުއަރީ 00:08

ސިފައިންގެ ހިމެނޭ ސަރަހައްދު ބަންދުކޮށް، ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފި

02 ފެބުރުއަރީ 00:06

މައުމޫން ކުރެއްވި ޓްވީޓް

02 ފެބުރުއަރީ 00:05

ޕީޕީއެމްގެ ޕީޖީ ލީޑަރު އަހުމަދު ނިހާން ދެންމެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްޑީއޭ އާއި ޕީޕީއެމް ޕާލަމެންޓްރީ ގުރޫޕު އޮތީީ ސާބިތުކަމާ އެކު ރައީސް ޔާމީންގެ ގާނޫނީ ސަރުކާރާ އެކު ކަމަށް.

02 ފެބުރުއަރީ 00:04
02 ފެބުރުއަރީ 00:03

މާލޭ މަގުމަތި

02 ފެބުރުއަރީ 00:03

ދިވެހި ސަރުކާރުން ދޭ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަން ތައްޔާރުވެއްޖެ. އެނގިފައިވާ ގޮތުގައި ރައީސް އަބްދުﷲ ޔާމީން ވަނީ ސިފައިންގެ އަށް ދެންމެ ވަޑައިގެންފައި

01 ފެބުރުއަރީ 23:55

އެމްޑީޕީގެ ހަރުގޭގައި މިހާރު ކުރިއަށް ދާ އެއްވުމުގައި ގިނަ ބޭފުޅުން ވިދާޅުވަމުން ގެންދަވަނީ ރާއްޖޭގެ ސިޔާސީ ތާރީހުގައި މިރެއަކީ އެންމެ އުފާވެރި ރޭ ކަމަށް. ހުރިހާ ބޭފުޅުން ވެސް ވާހަކަ ދައްކަވަމުން ގެންދަވަނީ ޖޯޝާއި ފޯރީގައި. މިރޭގެ އެއްވުމުގައި އެއްވެސް މީހަކު އެއްޗަކަށް ގެއްލުމެއް ދީ، އެއްވެސް ހަމަނުޖެހުމެއް ނުހިންގުމަށް ދަނީ ގޮވާލަމުން

01 ފެބުރުއަރީ 23:53

މާލޭ މަގުމަތި

01 ފެބުރުއަރީ 23:53

އެމްޑީޕީ ހަރުގެ ސަރަހައްދުގައި މިހާރު އަންނަނީ ވަރަށް ބޮޑު އެއްވުމެއް ބާއްވަމުން. އެ ސަރަހައްދުގައި ފުލުހުން ތިބި ނަމަވެސް ފުލުހުން އެއްވުން ބާއްވަން އެއްވެސް ހުރަހެއް ނެތް.

01 ފެބުރުއަރީ 23:51

ރާއްޖެ އިން ބޭރުގައި ތިއްބެވި ސިޔާސީ ހުރިހާ ލީޑަރުން ފްލައިޓެއްގައި އެބަ ރާއްޖެ ވަޑައިގަންނަވާ ކަމަށް ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ވިދާޅުވެއްޖެ

01 ފެބުރުއަރީ 23:50

މާލޭ މަގުމަތި

01 ފެބުރުއަރީ 23:45

މާލޭ މަގުމަތީގައި އިދިކޮޅު ފަރާތަތަކުން އުފާ ފާޅު ކުރަނީ.

01 ފެބުރުއަރީ 23:44

އެނގިފައިވާ ގޮތުގައި ސިޔާސީ ލީޑަރުންގެ ތެރެއިން މިހާރު ޖަލުގައި ތިއްބެވި އަހުމަދު އަދީބާއި ޝައިހު އިމްރާން މާލެ ގެންނަން ނިންމައި، އެ ބޭފުޅުންނާ ހަވާލުވާން އާއިލާއަށް ކަރެކްޝަންސް އިން ވަނީ އަންގައިފައި

01 ފެބުރުއަރީ 23:42

ފުލުހުން ދެންމެ ކުރި ޓްވީޓެއްގައި ބުނެފައި ވަނީ ސުޕްރީމް ކޯޓުން ކުރި އަމުރު ފުލުހުން ތަންފީޒު ކުރާނެ ކަމަށާއި އެކަން ކުރަން ފަށައިފައިވާ ކަމަށް

01 ފެބުރުއަރީ 23:39
01 ފެބުރުއަރީ 23:34

ސުޕްރީމް ކޯޓުގެ އަމުރަށް ފަހު ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ކުރެއްވި ޓްވީޓްގައި ވިދާޅުވީ ﷲ އަށް ޝުކުރު ހުރި ކަމަށާއި އިންސާފު ގާއިމް ވެއްޖެ ކަމަށް

01 ފެބުރުއަރީ 23:33

މައުމޫން ކުރެއްވި ޓްވީޓް

01 ފެބުރުއަރީ 23:27

އެމްޑީޕީގެ ހަރުގޭގައި މިހާރު ސިޔާސީ އިދިކޮޅު ވަރަށް ގިނަ އިސް ބޭފުޅުން އެބަތިއްބެވި. ހަމަ އެއާއެކު މ. ކުނޫޒަށް ވެސް ވަނީ އާންމުން އެއްވާން ފަށައިފައި. ކުނޫޒްގައި ދުއާ ވެސް ކިޔަމުން އެބަދޭ.

ރާއްޖޭގެ ސިޔާސީ މަސްރަހުގައި ހުރި ބޮޑެތި މައްސަލަތަކެއް އިދިކޮޅު ފަރާތްތަކާ އެއްކޮޅަށް ސުޕްރީމް ކޯޓުން މިރޭ ނިންމުމާ ގުޅިގެން އިދިކޮޅު ފަރާތްތަކުން މާލޭގައި އުފާ ފާޅުކުރަމުން އެބަ ދެ އެވެ.

ބަންދުން ދޫކޮށްލަން ސުޕްރީމް ކޯޓުން އަމުރުކުރި ނުވަ މީހުންގެ ހެބިއަސްކޯޕަސް މައްސަލަ ކްރިމިނަލް ކޯޓަށް ހުށަހަޅައިފިން.

ސުޕްރީމް ކޯޓުން މިރޭ ވަނީ ތިން މައްސަލައެއްގައި މުހިންމު ތިން ނިންމުމެއް ނިންމައިފަ އެވެ. އޭގެ ތެރެއިން އެންމެ ބޮޑު އެއް ކަމަކީ ސިޔާސީ އެކި ކުށްކުށުގައި ޖަލު ހުކުމާއި ހައްޔަރުކޮށްފައި ތިބި ސިޔާސީ ލީޑަރުން ދޫކޮށްލަން ކުރި އަމުރެވެ. އަނެއް އަމުރަކީ ގޮނޑި ގެއްލިއްޖެ ކަމަށް އިލެކްޝަންސް އިން ނިންމާފައިވާ 13 މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ކުރި ހުކުމެވެ. އަދި އަނެއް ނިންމުމަކީ ޕާޓީ ބަދަލު ކުރިޔަސް ގޮނޑި ނުގެއްލޭނެ ކަމަށް ނިންމި ނިންމުމެވެ.

އެމްޑީޕީ ހަރުގެ ކައިރީގައި މިރޭ އުފާ ފާޅުކުރަނީ

މި ނިންމުން ސުޕްރީމް ކޯޓުން އިއުލާން ކުރި އިރު ވެސް އެމްޑީޕީގެ ހަރުގެ ކައިރީގައި މީހުން އެއްވެފައި ތިއްބެވެ. އެއްވުން އާންމުކުރުމާ ގުޅިގެން އެ ސަރަހައްދުގައި މީހުން އުފާކޮށ އަތް ޖަހައި ސުޕްރީމް ކޯޓަށް ސާބަސް ދެމުން ދިޔަ އެވެ. ހަމަ އެހެންމެ، ސިޔާސީ ބައެއް ލީޑަރުން ވެސް އެ ތަނަށް ވަޑައިގަތެވެ.

ސުޕްރީމް ކޯޓުގެ ނިންމުމާ ގުޅިގެން ސިޔާސީ ލީޑަރުން ދަނީ އެކަމުގެ އުފާ ފާޅުކޮށް ޓްވީޓް ކުރަމުންނެވެ.

333 ކޮމެންޓް, 808 ރިއެކްޝަންސް

icon happy icon happy 84%
icon sad icon sad 4%
icon angry icon angry 13%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހަމަ ތެދެއް

03 February 2018

ރަޖާ ދަށުން ނުކުނެމޭވަރު ނުވަތީ އުތަ؟؟ އަބަދުވެސް ބުނަމުން އަންނަނީ ކޯޓުން އަމުރު ނެރުނީމާ ތިމަންނާ ކީއް ހެއްޔޭ ކުރާނީ؟؟؟؟ މިހާރުވެސް އެއޮތީ ރާއްޖޭގެ އެނެމް މަތީ ކޯޓުން އަމުރު ނެރެފައި. ދެން ކީއްވެތަ ތަންފީޒް ނުކުރެވިގެން ތިޔަ އުޅެނީ؟؟ ކޯޓަކީ އަބަދު ބަތް ކައްކާ ގެއަކަށް ނެހެދޭނެކަން މިއަދު މިއޮތީ ސާބިތު ވެފައި. ދެން ބާރަށް އަތް ޖަހާ....

The name is already taken The name is available. Register?

ނަސީމް

03 February 2018

ނުފުރަންޏާ ކޮންތާކުތަ އޭނަވީ. ސަރުކާރާ ހަވާލުވެ ފީކޯ ނުކުޅުއްވާ ގާނޫން ތަންފީޒުކުރޭ.

The name is already taken The name is available. Register?

ާއަސްލަމް

03 February 2018

ރައީސްމީހާ ފުރުން އެއީ މައްސަލައެއްތަ؟

The name is already taken The name is available. Register?

ނާއިލާ

03 February 2018

އަދި ނުހޭލަނީތަ! އަޕްޑޭޑު ނުވާތީ އަހާލީ!

The name is already taken The name is available. Register?

ޙިނި

03 February 2018

ޔާމިނު ކިރިޔާ ކަމެއް ވާއިރައް އަބަދުކިޔާނެ ކޯޓައްދާށޭ ކޯޓައްދާށޭ ، މިހާރު ކޯޓުން އަމުރެއް ނެރުނީމަ ކޮންކަމަކާ ބިރުން ހުންއައިސްގެންތޯ މި އުޅުއްވަނީ.

The name is already taken The name is available. Register?

ދޯ

03 February 2018

ތިޔަހެން އުޅެފަ އަޒުމް ކީ ވެއްޓުނީ.....ލޮލް

The name is already taken The name is available. Register?

ނަޖީބުބެ

03 February 2018

ގާނޫނު އަސާސީގަ ރައީސުލް ޖުމްހޫރިއްޔާއާ ހަވާލުކޮށްފައިވާ ޒިންމާ އަދާކުރުމުގެ ގޮތުން އެންމެ ފުރަތަމަ ހުކުމް ތަންފީޒް ކުރުމަށް ޑެޕިއުޓީ ކޮމިޝަނަރަށް ނުއަންގާ ހުރުމަކީ ކުށްވެރިވާނެ ކަމެއް.

The name is already taken The name is available. Register?

ހަސަނު.

03 February 2018

ވަކި ބަޔަކު ބޭނުންވީމާ ކޯޓުން އަމުރު ނެރުނީ އޭ ބުނާއިރަށް ވަގުތުން ތަންފީޒް ކުރޭ. އެކަމަކު މިހާރު ކޮން އިސްތައްޓެއްގައި ހިފާ މިދަމަނީ.

The name is already taken The name is available. Register?

އަލީ.

03 February 2018

ޔާމިނު ނެތަސް ރައްޔިތުން ގައުމު ހިންގާނެ ސްޕްރީމްކޯޓު އަމުރު ތަންފީޒުކުރޭ

The name is already taken The name is available. Register?

ކާލާ 2

03 February 2018

އަދިބުވެސް މިނިވަން ކުރެވޭނެ.... އަފުރާޝީމް ރިލްވާން. ޔާމީން ރަޝީދުގެ މަރުގެ ފަހަތުގަ ތިބި މީހުންވެސް ހޯދާނަން.

The name is already taken The name is available. Register?

ވާހަކަ

03 February 2018

އުމަރު ނަސީރު ހުރީ!!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454