ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ތަރުޖަމާނު، ފައިސަލް.-- ފޮޓޯ: ފޭސްބުކް
11 ފެބުރުއަރީ 2018 - 21:20
ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ގެ ތަރުޖަމާން ފައިސަލް އާދަމް ފުލުހުން މިރޭ ހައްޔަރުކޮށްފި އެވެ.
ފައިސަލްގެ ވަކީލު ހުސެއިން ޝަމީމް ވިދާޅުވީ ފައިސަލް ފުލުސް އޮފީހަށް ގެންދިއުމަށް ފަހު ހައްޔަރުކުރި ކަން އަދި ނޭންގި ނަމަވެސް ހުރީ ބަންދު ކޮށްފައި ކަމަށެވެ.
"ހައްޔަރު ކުރިކަން އަންގާނީ [ފުލުހުންގެ] ސިސްޓަމަށް މައުލޫމާތުތައް ލުމަށް ފަހު. އެކަމަކު މިހާރު ވެސް ވަކީލެއްގެ ގޮތުގައި އަޅުގަނޑަށް ބައްދަލެއް ނުކުރެވޭ،" ޝަމީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ފައިސަލް ހައްޔަރުކުރީ ކޯޓު އަމުރެއް ނެތި އެވެ.
ފަނޑިޔާރުންގެ މަސައްކަތަށް ނުފޫޒު ފޯރުވުމަށް ރިޝްވަތުގެ ފައިސާ ދިނުމާއި ރިޝްވަތުގެ ގޮތުގައި ލިބިފައިވާ ފައިސާ ބޭނުންކޮށްގެން މަންފާ ހޯދި ކަމުގެ ތުހުމަތުގައި ޗީފް ޖުޑިޝަލް އެޑްމިނިސްޓްރޭޓަރު ހަސަން ސައީދު ވެސް ވަނީ މި މަހުގެ ފަސް ވަނަ ދުވަހުގެ ރޭ ހައްޔަރުކޮށްފަ އެވެ. އަދި އޭނާގެ ކޮޓަރީގައި ނިދާ އެނދުގެ ގޮދަޑި ދަށުން ގިނަ އަދަދެއްގެ ފައިސާ ފެނިފައިވާ ކަމަށާއި އޭގެ އިތުރު ހެކިތައް ވެސް ހޯދާފައިވާ ކަމަށް ފުލުހުން ކުރިން ބުނެފައި ވެ އެވެ.
ގާނޫނާ ޚިލާފަށް ވެރިކަން ބަދަލުކުރުމަށްޓަކައި ރިޝްވަތު ހިފި ކަމުގެ ތުހުމަތުގައި އުއްތަމަ ފަނޑިޔާރު އަަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދުގެ އިތުރުން ފަސް މީހަކު ވެސް ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ. އޭގެ ތެރޭގައި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި އެމަނިކުފާނުގެ ދަރިކަލުން ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ދަރިކަލުން އަދި ވިލާ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ސިޔާދު ގާސިމާއި މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާން އަދި ފަނޑިޔާރު އަލީ ހަމީދުގެ އަނބިކަނބަލުން ފާތިމަތު ނާސިރާ ހިމެނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
2018
12 February 2018
ތެދެއް ތިކިއަނި
ރީތި މޭން
12 February 2018
ެއެންމެ ފުރަތަމަ ޓީވީ އިން ފެނުނު ދުވަހު ވެސް ވީ ގޮތް ބުނާކަށް ނޭނގެ.
ހުތާ
12 February 2018
ފައިސަލްއަކީ ހިތްހެޔޮ ނަޒާހަތްތެރި މުރާލި އިލްމީ ދިވެހިދަރިއެއް، އަދި ދަރިވަރުންގެ ރުހުން ހޯއްދަވައިގެން ހުންނެވި ލެކްޗަރާއެކެވެ. ފައިސަލް މިހާރުން މިހާރަށް ދޫކޮށްލުމަށް ގޮވާލަމެވެ.
ހަމްބެ
12 February 2018
ވަރަށް ރަނގަޅު ނިންމުމެއް
އައިޝާ
12 February 2018
މިހާ ރީތި މީހުން ހައްޔަރުނުކުރާނެ ގަވައިދެއް ހަދަން ފެނޭ..
ދޮގެއްތަ؟
12 February 2018
މީ ކޯޓު އަމުރު ހޯދަންޖެހޭ ގޮތަށް އޮތް ވަގުތެއް ނޫންކަން ކަލެއަށް ނޭނގުނީ ހަމަ ފުންނާބު އުސްކަމުން؟؟؟؟
އާދަނު
12 February 2018
ބައެއް މީހުން ހައްޔަރުކުރާއިރު ކޯޓު އަމުރު ހޯދާ މިހާރުވެސް އެބަ. އަމުރެއް ނުލިބޭނެހެން ހީވާތީ އަމުރަކާ ނުލާ ހައްޔަރު ކުރަނީ.
އޯމް
12 February 2018
މިދޮންސޮރުވެސް ނެގީދޯ އެންމެފަހުން. މިހާރު މީހުން މިނަގަނީ ރާޒުވާ ބޯޑުން ކުޅިބައި ނަގާގޮތަށް.
ކަންބޮނޑި
12 February 2018
ޑީޖޭއޭ އުވާލަން ފެނޭ. މާ ސައިޒް ބޮޑީ.
ފާތުން
12 February 2018
ރަނގަޅު ކަމެއް. ޖޭ.އެސް.ސީއަކީ އެކަމަށް އުފައްދާފަ ހުރި މުއައްސަސާއެއް. ބޮޑުކޯޓުގެ ބޮޑު ފަނޑިޔާރުގެ ބޮޑުކަން ކެނޑޭތީ ޖޭ.އެސް.ސީގެ ގާނޫނުގެ އެމާއްދާ އޭނަގެ އަމިއްލަ ބޭނުމަށް، ޕެރަލައިޒް ކޮށްލާފަ އޮތީ. 2009 ގެ ސަރކިއުލަރތައް ބަލާފަ ސަރުކާރުން މިކަމަށް ހައްލެއް ގެނެސްބަލަ.
ނިލިސް
11 February 2018
އަހުރެންނަށް އެހީދޭ ފަރާތްތައް އެބަހުރި ކަމަށް ވިދާޅުވި މީހާ އަށް މީހުން އެހީ ދެނީ ކީއްވެތޯ ބަަލަންޖެހޭ.
ބޯހަލާކުވެއްޖެ
11 February 2018
ފަނޑިޔާރުން ހަމައެހާ ގަމާރުތަ؟ މިވަރު ކަމެއް ހިންގާލާ އިިރު ހުރިހާ ހެއްކެން ފެންނާނެހެން ގޭގަ ފްރޭމްކޮއްފަ ބަހައްޓާފަ ނުވިތާކަށް ލިބުނު ހުރިިހާ ލާރިއެއް ގޭގަ ބަހައްޓާފަ. މި މީހުން ކިޔަވާ ވަރަކަށް މިރާއްޖެ ދަނީ ފަހަތަށް.
ހަމަބުއްދި
12 February 2018
ބޯހަލާކުވަނީ ބޮލުގެ އެއްފަޅިން ވިސްނާތީ. ނާޖާއިޒުގޮތުގައި ފައިސާހޯދަން ދަންނަމީހުން ބެންކުމެދުވެރި ވެގެން އެއްވެސް މުއާމަލާތެއްނުކުރާނެ. ފައިސާބެންކަކަށްވެސްނުލާނެ. ގޭގައި އެގޮތް މިގޮތަށް ރައްކަކުރާނީ. އޭރުން އެއްވެސް ލިޔެކިޔެމެއް ފެންނާކަށް ނުހުންނާނެ.