ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް: އިލެކްޝަންސް ކޮމިޝަންގެ މެމްބަރު ކަމަށް އޭނާ އައްޔަން ކުރަން ފެންނަ ކަމަށް ކޮމެޓީން މިއަދު ވަނީ ފާސްކޮށްފައި --ފޮޓޯ/މިހާރު
05 މާޗް 2018 - 14:41
އިލެކްޝަންސް ކޮމިޝަން (އީސީ) މެމްބަރު ކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް އައްޔަން ކުރަން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީން މިއަދު ފާސްކޮށްފި އެވެ.
އިލެކްޝަންސް ކޮމިޝަންގެ މެމްބަރު ކަމަށް ޝަރީފް އައްޔަން ކުރަން ރައީސް އަބްދުﷲ ޔާމީން މަޖިލީހަށް ފޮނުއްވީ އެ ކޮމިޝަންގެ ރައީސް އަހުމަދު ސުލައިމާން އިސްތިއުފާ ދެއްވުމުންނެވެ. އެ މަގާމަށް ޝަރީފް އައްޔަން ކުރަން މިނިވަން މުއައްސަސާތަކާ ކޮމެޓީން ފާސްކުރީ މިއަދު ހެނދުނު ބޭއްވި މަޖިލީހުގެ ޖަލްސާގައި، އެ މައްސަލަ ކޮމެޓީ އަށް ފޮނުވުމުންނެވެ.
ސަރުކާރުގެ ކޯލިޝަންގެ އަޣުލަބިއްޔަތު އޮތް ކޮމެޓީން ޝަރީފާ އިންޓަވިއު ކުރުމަށް ފަހު، މެމްބަރުން މާކްސް ދެއްވިއިރު އޭނާއަށް 77 މާކްސް ލިބިވަޑައިގަތެވެ. މާކްސް ދޭއިރު 75 މާކްސް ނުވަތަ އެ އަށް ވުރެ މަތިން ލިބޭ ބޭފުޅަކީ މަގާމަށް ގާބިލް ފަރާތެއް ކަމަށް ކޮމެޓީން ބަލަމުން އަންނާތީ އެ ކޮމެޓީން ނިންމާފައިވަނީ އިލެކްޝަންސް ކޮމިޝަންގެ މެމްބަރު ކަމަށް ޝަރީފް އައްޔަން ކުރަން ފެންނަ ކަމަށެވެ.
ކޮމެޓީން އެގޮތަށް ނިންމުމުން، ކޮމެޓީގެ ރިޕޯޓް ދެން ފޮނުވާނީ މަޖިލީހުގެ ތަޅުމަށެވެ. ޝަރީފް އެ މަގާމަށް އައްޔަން ކުރުމާ މެދު ގޮތެއް ނިންމާނީ މަޖިލީހުގެ ޖަލްސާގައި ވޯޓަށް އަހައިގެންނެވެ.
ޝަރީފް ވަނީ މީގެ އަހަރުތަކެއް ކުރިން ވެސް އިލެކްޝަންސް ކޮމިޝަންގައި މަސައްކަތް ކުރައްވައިފަ އެވެ. އޭގެފަަހުން މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެމްބަރުކަން ވެސް އޭނާ ކުރެއްވި އެވެ. މަޖިލީހުގެ އެ ދައުރު ހަމަވުމުން އޭނާ ފުރަތަމަ އައްޔަން ކުރީ އެޑިއުކޭޝަން މިނިސްޓަރުގެ ނައިބަކަށެވެ. ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ކަމަށް އައްޔަންކުރީ އޭގެ ފަހުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނުގާ
05 March 2018
100 މާރކްސް ޖަހާލި ނަމަ
ވާލުސޮރު
05 March 2018
ރައީސް ޔާމީނު މަޖިލިހަށް "ނަންފުޅެއް" ފޮނުއްވީމަ އެ ނަންފުޅު ކޮމެޓީ އަކަށް ފޮނުވާ ޕޮއިންޓްދީ ތަޅުމަށް ފޮނުވާ ބަހުސްކޮށް ވޯޓަށް އެހުމަކީ ރައީސް އަށް އިތުބާރު ނުކުރާކަން ހާމަކޮށް ވަގުތު ބޭކާރުކުރަން ކުރާކަމެއް. ގާނޫނެއް ގަވައިދެއް ހަމައެއް ލަމައެއް ނެތްތަނެއްގަ ރައްޔިތުންގެ މަޖިލިސްގެ ނަމުގަ ތިޔަ ސަކަރާތް ނުޖެހިޔަސް ވާނެ.
ޖެކް ސްޕެރޯ
05 March 2018
ހުރި ހިތާމައެއްގެ ބޮޑުކަމާ
ޚުރާ
05 March 2018
ސާބަހޭ ރައީސް ޔާމީން. މިއޮތީ ކާމިޔާބްވެފައި. ސުކުރިއްޔާ
މަނޭ
05 March 2018
ފުކެއް ބޮޑުވަރު. ތިޔަ ޝަރީފަށް ވުރެ މިނިވަން މީހެއް މުޅި މި ދުނިޔޭގައި ވެސް ނެތް. ވީމާ، އޭނާ އެމަގާމަށް އައްޔަން ކުރުން ލަސްކުރަން މިޖަހަނީ ކޮން ސަކަރާތެއް. އަދި ތިޔަފަދަ މިނިވަން ކޮމިޓީ އަކުން އޭނާ އަށް 77 ލިބުމަކީ ކިހާބޮޑު އަޖައިބެއް. އަދި އަތްޖަހަން ޖެހޭފަދަ ބޮޑު ކަމެއް. ................ ނަމަނަމަ އަހަރުމެން ގެ ވޯޓާއި ނުކުޅޭތި.
ޣަދުރޭ (ޕުއްޕު)
05 March 2018
ޢަހަރެމެން ނިހިފެއްޓޭނެ 2018 ކާމިޔާބް ކުރެވޭނީ މޮޅަށް ވިސްނާގެން. ޜައްޔިތުންނާއި މެންބަރުން ގިނަވެގެން ވާކަމެއްނޫން މީކީ. 2018 ޔާ ހަމައަށް އެއްވިޔަނުދީ ކޮންޓުރޯލް ކުރުމަކީ. ޢިންތިހާބްއާއި ހަމައަށް ދިއުން ގޯލް އަކީ އޭގެ ފަހުގައި ވާކަން ކަން ކިޔާ ދެވޭކަށް ނެތް. ބޮލުން ވިސްނައިގެން ކުރެވެ މޮޅުބައަކީ ކޮބާ؟؟؟ 2018 ރައީސް ޔާމީން ޔަޤީން..
މަމެން
05 March 2018
ޢަޅެ ރައީސް މީހާ ހަވާލުވި ނަމަ. ތިޔަށްވުރެން އިނސާފު ވެރިވާނެ
ބިޑިބެ
05 March 2018
އޭގެ ކުރިން ރަތްކާޑު ދައްކާފަ މުޅި ޓީމް ދަނޑުން ބާލާނަން. މިއީ ޝައްކެތް ވަސްވާހެއް ނެތް މުޖައްރިބު ކަމެއްމީ. އަދި މިއީ ގޭމް ޕްލޭންގެ (ޑީ) ސްޓޭޖް. ސީ، ބީ، އޭ އަދި އަތްވެސް ނުލާ އޮތީ.
ޑޮކްޓަރުންގެ ސިޓީ / އައްޑޫ ސިޓީ
05 March 2018
ފެނަކައިގަ ހުންނެވިއިރު ޝަރީފްގެ ވާހަކަ ދައްކާ ޝަރީފް ގެ ކަންކަން ހުރިގޮތް ބަލާ އެވާހަކަ ދައްކާނީ ތިޔަ މާލެ އާއި ދުރުގައިތިބި ރާއްޖޭގެ އެހެން ރަށްރަށުގެ މީހުން. . . އެހެން ނަމަވެސް މިވަގުތު ހާލަތު އޮތް ގަޮތުން އެކަން މުޅިން އެހެން ނުވި ކަމުގައިވިޔަސް “ނަފުސު ބޭނުން ނުވި ކަމުގައި ވިޔަސް” އިށީންނަން މަޖުބޫރުވެފައި ތިހުންނެވީ “ދައުލަތުގެ ގޮނޑިއެއްގައި” ކަން ހަދުމަފުޅުގައި ބަހައްޓަވާ. . . މުޅިދުނިޔޭގެ ސަމާލުކަމާއި ކަޅި “ޔާމިން އަބުދުލް ޤައްޔޫމްގެ ސަރުކާރާއި އަމަލު ތަކަށް ހުއްޓިފައިވާތީ” ތިއީ ހަޤީގަތުގަވެސް “ހޫނު ގޮނޑިކޮޅެއް” ކަމުގެ އިހްސާސް މިހާރުވެސްކުރެވޭނެ. . . އަހްމަދު ޝަރީފް ކަންކުރައްވާނީ “ޤާނޫނު އަސާސީ އާއި ޤާނޫނުގައި އޮތް ގޮތަށްތޯ ނުވަތަ ޙާކިމާ ބުނާ ބަހަށްތޯ އެހެންނޫންނަމަ ޗީފް ޑިފެންސް ފޯސް އަދި އެކްޓިންގ ޕޮލިސް ކޮމިޝަނަރ ވިދާޅުވި ފަދައިން ބަންޑާރަ ނައިބްގެ ބަހަށްތޯ” ނިންމަވާނީ ތިބޭފުޅާ. . ޒިންމާނުއުފުލާ މަޤާމްގައި ދެމިނުހުރެވޭނެ. ވަފާތެރިވާންޖެހޭނީ ދައުލަތަށާއި ޤާނޫނުއަސާސީ އަށް.
ފޮނަދޫ ގަސް ބުޑު ސަރުކާރު
05 March 2018
މި ސަރުކާރަށް ވުރެ ޑާޓީ ކަންތަށް ކުރާ ސަރުކާރެއް ނެތެވެ. ނިކަން ބަލާބަލާށެވެ.ފުވާދު ތައުފީޤުގެ އަނބި ކަނބަލުން އެމްޑީޕީގެ މުޒާހަރާ އަށް ދާތީ ފުވާދުގެ އިންޓަރގްރެޓީ އާއި މެދު ސުވާލު އުފެއްދި މީހުން މިހާރު އެ ހާވާ ހަޑި ޗީޗީޗީ
އާދަނު
05 March 2018
ކޮންމެހެން ތި ސަކަރާތްޖެހުމުގެ މާނައެއް ނެތް. ބޭނުން މީހަކަު ލާންވީހަމަ. އެކަމު އިންސާފުވެރި ވޯޓަކުން ޔާމީން މިރާއްޖޭގެ ވެރިކަމަށް ނާދެވޭނެ ދެނެއް. މިވޭތުވެދިޔަ 4 އަހަރަކީ ކޮރަޕްޝަނާ ފަސާދައިން ގައުމު ހަލާކުކުރި 4 އަހަރު.
ރަދީފް
05 March 2018
1)އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މެމްބަރު ކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް އައްޔަން ކުރެއްވުމަށް ރައީސް އަބްދުﷲ ޔާމީން ރައްޔިތުންގެ މަޖިލީހަށް އޭނާގެ ނަން ފޮނުއްވައިފި އެވެ. 2)އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މެމްބަރު ކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް އައްޔަން ކުރުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީ އަށް މިއަދު ފޮނުވައިފި އެވެ. 3)އިލެކްޝަންސް ކޮމިޝަން (އީސީ) މެމްބަރު ކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް އައްޔަން ކުރަން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީން މިއަދު ފާސްކޮށްފި އެވެ. 4)އައްޔަން ކޮއްފި. ކޮންކްލޫޝަން:-މިވާން އުޅޭގޮތް ހުރިހާ މީހުންނަށް އިނގޭ. ވ.ވެދުން