ޝަހީމް ފުލުހުންގެ ބަންދުން މިއަދު ދޫކޮށްްލުމުން އޭނާގެ ވަކީލް ނާޒިމް (ވ) އެކު މަޑުކޮށްލައްވައިގެން.--- ފޮޓޯ: އަހުމަދު ނިޔާޒު
13 މާޗް 2018 - 14:17
އިދިކޮޅު ފަރާތްތަކުން މިދިޔަ މަހުގެ 16 ގައި ބޭއްވި މުޒާހަރާގައި ހައްޔަރުކުރި، އެމްޑީޕީ ގައުމީ މަޖިލީހުގެ ކަނޑިތީމު ދާއިރާގެ ރައީސް އަބްދުﷲ ޝަހީމް ފުލުހުންގެ ބަންދުން މިއަދު ދޫކޮށްލައިފި އެވެ.
ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން އެމްޑީޕީގެ ހަރުގެ ކައިރިން ހައްޔަރުކުރި ޝަހީމު ދޫކޮށްލާފައި ވަނީ އޭނާ އަށް ބޭސްފަރުވާގެ ހައްގު ނުލިބޭ ކަމަށް ބުނެ އެމްޑީޕީން ކަންބޮޑުވުން ފާޅުކޮށްފައި ވަނިކޮށެވެ.
އެ ޕާޓީން ބުނީ ޝަހީމް ހައްޔަރު ކުރުމުގެ ތެރޭގައި އޭނާގެ ކަކުލަށް އަނިޔާ ލިބިފައިވާ ކަމަށެވެ. އެއީ ކުރިން ވެސް ކަކުލުގެ މައްސަލަ ހުންނަ ބޭފުޅެއް ކަމަށާއި އެހެންވެ އޮޕަރޭޝަނެއް ކުރުމަށް ޑޮކްޓަރުން ވަނީ އޭނާ އަށް ލަފާ ދީފައި ކަމަށް ވެސް އެމްޑީޕީން ބުނެ އެވެ.
ޝަހީމްގެ އިތުރުން އެމްޑީޕީ ގައުމީ މަޖިލީހުގެ އެހެން މެމްބަރުންތަކަކާއި އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް ވެސް ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ. އަދިވެސް އެމީހުން ތިބީ ދޫނިދޫގައި ހައްޔަރުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނެޝަނަލިސްޓް
13 March 2018
އަލްހަމްދު!
ދަތްނެތްކުއްޖާ
13 March 2018
އެސޮރު ޖަޅުގައި އޮވެ ފުރާނަ ގޮސްދާނެތީވެ ގަންނާ ކުރެއްވި ބިރެއްގެ ބޮޑު ކަމުން ދޫކޮއްލީ ދޮތަ! މީގެ ކުރީގަވެސް އެމް ޑީ ޕީ ގެ މެމްބަރެއް ވަނީ އެވެރިންގެ ބެލުމުގެ ދަށުގައި ހުއްޓާ ނިޔާވެފާ ދޮތަ!
މާކުރަތް
13 March 2018
ދެންވެސް ޑރ. ދޭބަ.... ދެނެއް ނުދާނެ....
އުމަރު
13 March 2018
ދެން ރައީސް ޔާމީނުއަށް ދުވަސްތަށް ގުނެމުންދާނީ ދިވެހިން ހައްޔަރުކުރުމުގައި، ހައްޔަރުކޮށްފައި ދޫކޮށްލާފައި، ތަހްގީގް ޓީމް ބަދަލުކޮށްލާފައި، ލޯޔަރުންގެ ގަވައިދު ބަދަލުކުރަމުން، ފަނޑިޔާރުން ބަދަލުކުރަމުން ރައީސް ޔާމީނުއަށް ހެޔޮވަރު ކޯޓްތަށް ފަހަމުން، އެއީ ކޮންމެ ހުދުމުހުތާރު ވެރިޔަކަށްވެސް އޭނާގެ އެންމެ ފަހުވަގުތު ދިމާވާނެ ކަންކަން އެއީ ދުނިޔޭގެ ތަޖްރިމާ، އެހެންކަމުން މުޅި ދިވެހި ގައުމުގެ ހުރިހައި ދިވެހިން ހައްޔަރުކުރިޔަސް އަދި 50 ބުރީގެ އިމާރާތެއް ކުރިޔަށް ރައީސް ޔާމީނުއަކަށް ދިވެހިން ދެނެއް ފުރުސަތެއް ނުދޭނެ، އަދި ޔާމީނުއަށް ކޯޓް ފަހައިދޭ މީހުންނަކަށްވެސް ފުރުސަތެއް ނުދޭނެ