ޚަބަރު / ޑރ. މުހައްމަދު މުއިއްޒު، މާލޭގެ މޭޔަރު

7،000 ފްލެޓް ކެޓަގަރީތަކަކަށް ބަހާލައިފި

ހުޅުމާލޭގައި އަޅާފައިވާ ފްލެޓްތަކެއް: މިހާރު އިމާރާތް ކުރަމުން އަންނަ 7،000 ފްލެޓަށް ކުރިމަތި ލުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނެ.

މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ހުޅުމާލޭގައި އިމާރާތް ކުރަމުން އަންނަ 7،000 ފްލެޓް ކެޓަގަރީތަކަކަށް ބަހާލައި، ތަފްސީލުތައް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު އާއްމު ކުރައްވައިފި އެވެ.

ހައުސިން މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ވިދާޅުވީ ރައީސް އަބްދުﷲ ޔާމީންގެ ނިންމެވުމަކީ، ހުޅުމާލޭގައި އަޅާ 7،000 ފްލެޓް އެކި ކެޓަގަރީތަކަށް ޚާއްސަކުރުން ކަމަށެވެ. ސަރުކާރުގެ މުވައްޒަފުންނާއި ފުލުހުންނާއި ސިފައިންނާއި ޑޮކްޓަރުންނާއި ނަރުހުން އަދި އާއްމުންގެ އެކި ގިންތިތައް ހިމެނޭ ގޮތަށް ކެޓަގަރީތަކެއް ކަނޑައަޅާފައިވާ އިރު، ފްލެޓްތަކަށް ކުރިމަތިލާން ވެސް ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ފްލެޓްތަކަށް ކުރިމަތިލުމުގެ ފުރުސަތު ގިނަވެގެން ދެ ހަފުތާ ތެރޭގައި ހުޅުވާލާނަން،" މުއިއްޒު ވިދާޅުވި އެވެ.

މި ފްލެޓްތަކަށް ކުރިމަތިލާން ޖެހެނީ އާ ފޯމަކުންނެވެ. އެކަމަކު އެ ފްލެޓްތައް ދޭ އުސޫލަށް މި ބަދަލު ގެނައީ ގެދޮރުވެރިކަމުގެ މަޝްރޫއުގެ ދަށުން ކުރިމަތިލީ 15،000 މީހުންގެ ތެރެއިން ފުރަތަމަ ބުރުން ފްލެޓް ނުލިބުނު މީހުން، އެ 7،000 ފްލެޓުގެ ތެރޭގައި ހިމެނޭނެ ކަމުގެ ޔަގީންކަންދީ، އަލުން ފޯމު ހުށަހަޅަން ނުޖެހޭނެ ކަމަށް މިނިސްޓަރު މީގެ ކުރިން ވިދާޅުވުމަށް ފަހު އެވެ. މިނިސްޓަރު މުއިއްޒު ވިދާޅުވެފައި ވަނީ، އެ މީހުން އޮޓޮމެޓިކުން ދެ ވަނަ ބުރަށް ގޮސްފައިވާ ކަމަށާއި އެ މީހުން ކުރަން ޖެހޭނެ ކަމަކީ ދިރިއުޅުމުގެ ހާލަތުން ބަދަލުވި ކަންކަމުގެ މައުލޫމާތު ފޯމުގައި ހިމެނުން ކަމަށެވެ.

ގާތްގަނޑަކަށް 15،000 މީހުން ކުރިމަތިލީ މަޝްރޫއުގެ ފުރަތަމަ ބުރުން ފްލެޓް ދިނީ އެންމެ 704 މީހުންނަށެވެ.

ނޫސްވެރިންނަށް ސުވާލު ކުރަން ފުރުސަތު ނުދީ ބޭއްވި ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ، ކުރިން ފޯމު ލާފައި ތިބި މީހުން ވެސް އާ ފޯމަކުން ފްލެޓަށް ކުރިމަތިލާން ޖެހޭ ގޮތަށް ބަދަލު ގެނައީ، ކުރިން ފޯމު ލާފައިވާ އެތައް ބައެއްގެ ދިރިއުޅުމުގެ ހާލަތު ބަދަލުވެ، ކުދިންގެ އަދަދު ވެސް އިތުރުވުން އެކަށީގެންވެފައިވާތީވެ އެންމެ އިންސާފުވެރި އުސޫލަކުން ފްލެޓްތައް ދިނުމަށް ކަމަށެވެ.

މިނިސްޓަރު މުއިއްޒު: ބޯހިޔާވަހިކަމުގެ މައްސަލަ އަށް މި ސަރުކާރުން ބޮޑު ހައްލެއް ހޯދައިދޭނެ ކަމަށް ވިދާޅުވި.

7،000 ފްލެޓް ބެހި ކެޓަގަރީތައް:

- ސިވިލް ސާވިސް: 1،000

- ކައިވެނިކޮށްގެން އުޅޭ 18-40 ދެމެދުގެ ރައްޔިތުންނަށް: 1،000

- މާލޭގެ ރަށްވެހިންނަށް: 1،000

- ދަފްތަރުގައި ރަޖިސްޓްރީވެފައިވާ މީހުންނަށް: 1،044

- ޑޮކްޓަރުންނާއި ނަރުހުންނަށް: 475

- ޓީޗަރުންނަށް: 625

- ފުލުހުންނާއި ސިފައިންނަށް: 600

- އެކަނިވެރި މައިންނާއި ބަފައިންނަށް: 400

- ނުކުޅެދޭ އާއިލާތަކަށް 200

- ގުޅީފަޅުން ފްލެޓަށް ފައިސާ ދައްކައި ނުލިބުނު މީހުންނާއި ޓާޓާ ފްލެޓަށް ފައިސާ ނުދެއްކުނު މީހުންނަށް: 300: (މިނިސްޓަރު ވިދާޅުވީ މި އަދަދު މަދުވެދާނެ ކަމަށް)

- މާފަންނު ހުޅަނގު ދާއިރާގައި ވަރަށް ނިކަމެތިކޮށް އުޅޭ ބަޔަކަށް ހާއްސަ: 256

މިނިސްޓަރު މުއިއްޒު ވިދާޅުވީ، 7،000 ފްލެޓް ލިބޭ މީހުން ކަނޑައަޅައި އަންނަ އޮގަސްޓު މަހުގެ ކުރިން ލިއުން ހަވާލުކުރާނެ ކަމަށެވެ. އެއާއެކުު ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓު ވެސް އިއުލާން ކުރާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

އޮގަސްޓުގެ ކުރިން ލިއުން ހަވާލުކުރާއިރު، ހުޅުމާލޭގައި އަޅާ 7،000 ފްލެޓް ނިމޭނެ ދުވަހެއް މިނިސްޓަރު ވިދާޅެއް ނުވެ އެވެ.

މާލޭގެ މާފަންނުކޮޅުގައި ތިބި ބަޔަކަށް ފްލެޓް ދޭން ނިންމީ، މިނިސްޓަރު ވިދާޅުވި ގޮތުގައި، ވަރަށް ނިކަމެތި ހާލުގައި އުޅުނު ނަމަވެސް، ޝަރުތުތައް ކަނޑައެޅިފައި ހުންނަ ގޮތުން އެއްވެސް ސްކީމަކުން އެ މީހުންނަށް ފްލެޓް ލައްވާ ނުލާތީ ކަމަށެވެ. އެ މީހުންނަށް ފްލެޓް ދިނުމަށް ފަހު، އެ މީހުންނަށް މިހާރު ލިބިފައިވާ ބިންކޮޅު ދައުލަތަށް ނަގަން ނިންމާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

ސޯޝަލް ހައުސިން ސްކީމުގައި މި ދޫކުރާ ފްލެޓްތަކުގެ އިތުރުން، މަތީ ފެންވަރުގެ ފްލެޓްތަކެއް ވެސް އަންނަނީ އިމާރާތް ކުރަމުންނެވެ.

މިނިސްޓަރު ވިދާޅުވީ ބޮޑު މުސާރަ ލިބޭ މީހުންނަށް އަމާޒުކޮށްފައިވާ އެ ފްލެޓްތަކުން ވެސް ނަރުހުންނާއި ޑޮކްޓަރުންނަށް 200 ފްލެޓް އަދި އާންމުންނަށް 1،220 ފްލެޓް އިމާރާތް ކުރާނެ ކަމަށެވެ. މީގެ އިތުރުން، ސަރުކާރުގެ ކުންފުނިތަކަކުން އެއް ކޮޓަރީގެ ފްލެޓްތަކެއް ވެސް އިމާރާތް ކުރަމުން އަންނަ ކަން ފާހަގަ ކުރައްވައި ވިދާޅުވީ އެ ފްލެޓްތަކުން ޒުވާނުންނާއި އަލަތު ކައިވެނިކުރާ މީހުންނަށް ވެސް ފްލެޓްތަކެއް ކަނޑައަޅާނެ ކަމަށެވެ.

"ރައީސް އަބްދުﷲ ޔާމީނަކީ ވައުދެއް ވެވަޑައިގެންފި ނަމަ ފުއްދަވާނެ ބޭފުޅެއް،" މިނިސްޓަރު މުއިއްޒު ވިދާޅުވި އެވެ.

ބޯހިޔާވަހިކަމުގެ ވައުދު ފުއްދެއްވުމަށް ރައީސް ޔާމީން ވަނީ، ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި 80،000 މީހުންނަށް ފްލެޓް އެޅުމުގެ ބިޔަ މަޝްރޫއެއް ފައްޓަވައިދެއްވައިފަ އެވެ. މި މަޝްރޫއުގައި ފްލެޓް އަޅަން ހަވާލުކުރީ ސަރުކާރުގެ އެކި ކުންފުނިތަކާ އެވެ. މި މަޝްރޫއުގެ ބޮޑު ބައި އަންނަ އަހަރު ނިމޭނެ ކަމަށް ލަފާކޮށްފައިވާއިރު، މިއީ ބޯހިޔާވަހިކަމުގެ ހައްލަށް ވަރަށް ބޮޑު ލުޔެއް ލިބޭނެ ކަމެއް ކަމަށް ވެސް ސަރުކާރުން ވަނީ ބުނެފަ އެވެ.

137 ކޮމެންޓް, 289 ރިއެކްޝަންސް

icon happy icon happy 18%
icon sad icon sad 3%
icon angry icon angry 79%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކޮރަކަލި

02 August 2018

ޢަބަދު ވެސްފޯމް ބަދަލު ކޮއް އާފޯމް ހުށަހަޅާ ވާހަކައިގެ އަޑު ނޫން އެހެން އަޑެއް ނުއިވޭ

The name is already taken The name is available. Register?

ޢަބްދުﷲނާފިޒް

27 March 2018

ވޯޓަށް ދެއްތޮ، ހެޔޮ ވަރިހަމަ މަތިމައްޗަށް ފުލެޓު ދިނަސް ވޯޓެއް ނުދޭނަން، ފުލެޓް ލިބެންޏާ ހޯދާނަން، ވަރަށް ސަލާމް.

The name is already taken The name is available. Register?

އިންސާފް

27 March 2018

އަތޮޅުތެރޭގެ މީހުންނަށް ފުރުސަތު ހަނިވާ ގޮތަށް އޮތުމަކީ އިންސާފް ބާ؟ އަތޮޅުތެރޭގައި ގިނަ ރައްރަށުގައި ގޯތި ދުލެއް ނުކުރޭ. ދޫކުރިޔަސް ގެ ހެދޭނެ ތަނަވަސް ކަމެއް ނުހުރޭ. އަސާސީ ބޭނުންތައް ފުއްދުމަށްޓަކައި އުޅެން މިޖެހެނީ މާލޭގައި.

The name is already taken The name is available. Register?

އިބޫޖަލީލު

27 March 2018

25000 ސިވިލް ށަރވަންޓުންނަށް 1000 ފްލެޓް.......... 5000 ސިފައިންނާއި ފުލުހުްނނަށް 600 ފްލެޓް ..... 5000 ބނަރުހުނނައި ޑރ 475 ފްލެޓް ..... 6500 ޓީޗަރުނަނަށް 625 ފްލެޓް... ެދެނޯ

The name is already taken The name is available. Register?

Tholal

27 March 2018

އޮންލައިންކޮއް ފޯމްލެވޭނެ ގޮތެއް ހަދަންވީނު.

The name is already taken The name is available. Register?

އެކަނިވެރިޔާ

27 March 2018

މީހުންނާ ނުއިނދެތިބެ ވަކި އުމުރެއް ވެފައިވާ އަންހެނުންނާ ފިރިހެނުން އަދި ވަކި އުމުރެއް ވާއިރު ދަރިން ނެތް މީހުންނަކީ ގެދޮރު ނެތްނަމަ އެންމެ ނިކަމެތި ވާނެ މީހުން. އެމީހުންނަށް ވަކި ކެޓެގެރީއެއް ހަދާ ހިޔާވަހި ކަމުގައި އެމީހުނަށް ރައްކާތެރިކަން ދިނުމަށް އިލްތިމާސް ކުރަން.

The name is already taken The name is available. Register?

ދަންޑެހެލު

27 March 2018

ދެން އަހަރުމެން ބާކީވީ މިހާރު 41 ވަންނާނަތަނެއް ތިޔަފުލެޓެއް ލިބޭތޯ ހުރެ ހުރެ ބޮލުގެ އިސްތަށިތަށް ހުދުވެއްޖެއް!!!

The name is already taken The name is available. Register?

ރެޓޭ

26 March 2018

މުއިއްޒު މީ ނުބައި ނުލަފާ މީހެއް! ބުނާނެ އެއްޗެއްނެތް!

The name is already taken The name is available. Register?

މަރީ

26 March 2018

ފޫހި ސަރުކާރެއް، ހިތަށްއަރާ މި ފޫހިގަނޑުން ސަލާމަތްވާނީ ކޮންއިރަކުން ބާވައޭ. ހުރިހާކަމެއްގަވެސް އޮޅުވާލުމާ މަކަރުވެރިކަން.

The name is already taken The name is available. Register?

ނަބާ

26 March 2018

އަނެއްކާ އަނެއް ހަކަންތަކާ މިލައިގަތީ!! ބަލަ ކުރިން ފޯމު ލާފަތިބި މީހުން ދެން ފޯމުލާކަށް ނުޖެހޭނެއޭ ކުރިން ބުނި، އެކަމަކު މިހާރު އަނެއްކާ ފޯމުލާން މިޖެހުނީ، ދުލުން ބުނެލަން ފަސޭހަ ވިޔަކަސް ކުރަން އެހާ ފަސޭހަ ކަމެއް ނޫން ތިއީ، ދުވާލު ހަތަރު ދަމު ނުކައި، ނުބޮއި ތިޔަ ފޯމް ލާން ތިބެން ޖެހޭ!! ހިތަށް އަރާ ދެން ދުވަހަކުވެސް މި ކަމެއް ނުމުރާނަމޭ!! ހާދަހާ ތަކުލީފު ބޮޑޭ!! ފޯމުގެ މައުލޫމާތު ފުރިހަމަ ނުވޭ ކިޔާފަ އެތައްފަހަރަކު ފޮނުވާނެ!! ރައްޔިތުންނަށް ޖައްސާ ބޮޑު ވޭނެއް މީ!!!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454