ކުރީގެ ފޮރިން މިނިސްޓަރު ނަސީމާއި ޝައިނީ އަދި ޖަމީލް: ޔޫއެންގެ ސެކިއުރިޓީ ކައުންސިލް މައްސަލައިގައި ބަހުގެ ހަމަލާތަކެއް ގެންދަވަނީ ބަދަލުކުރައްވަމުން.
24 މެއި 2018 - 14:27
އދ.ގެ ސެކިއުރިޓީ ކައުންސިލްގެ މެމްބަރު ކަން ހޯދަން ރާއްޖެ އިން ކުރާ ކެމްޕޭނާ ގުޅޭ ގޮތުން ސަރުކާރާއި އިދިކޮޅު މީހުން ބޮޑެތި ތުހުމަތުތަކެއްކޮށް، މައްސަލަ ހޫނުވެއްޖެ އެވެ.
އދ.ގެ އެންމެ ބާރު ގަދަ ކައުންސިލް ކަމަށްވާ ސެކިއުރިޓީ ކައުންސިލަށް ގައުމުތަކުގެ ތާއީދު ރާއްޖެ އިން ހޯދަމުން އަންނަނިކޮށް، ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލާއި ކުރީގެ ފޮރިން މިނިސްޓަރު އަހްމަދު ނަސީމް އެންޓި ކެމްޕޭން ކުރައްވަމުން ގެންދަވާ ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވަނީ ވިދާޅުވެފަ އެވެ.
މި ތުހުމަތަށް ރައްދު ދެއްވައި، ނަސީމް ވަނީ ސެކިއުރިޓީ ކައުންސިލްގެ ގޮނޑި ކާމިޔާބުކުރަން ކުރާ ކެމްޕޭނަށް ރާއްޖެ އަށް 500،000 ޑޮލަރު (ގާތްގަނޑަކަށް 7،710،000ރ.) ހޯދި ގޮތް ހާމަކުރައްވަން ގޮވާލައްވައިފަ އެވެ.
.Shameful: Can the Govt. of Maldives clarify the source of the USD 500,000 being used for UNSC vote campaign to court UN diplomats.Concern is if it’s from a foreign gov.this effectively rules out any possibility of a free/independent vote by us at the UN and compromises the UNSC.
— Ahmed Naseem (@KerafaNaseem) May 23, 2018
ނަސީމްގެ ޓުވީޓް.
އެއީ ބޭރު ގައުމަކުން ދިން ފައިސާއެއް ނަމަ، ސަލާމަތީ މަޖިލީހުގެ ގޮނޑީގެ އިންތިހާބުގައި ނަގާ ވޯޓުގެ މިނިވަންކަން ގެއްލޭނެ ކަމަށް ވިދާޅުވެ ނަސީމް ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.
ނަސީމް "މިހާރު" އަށް ވިދާޅުވީ އދ. އަށް ވަޑައިގެން ވަކާލާތު ކުރެއްވީ ރާއްޖޭގައި މިނިވަން، އިންސާފުވެރި އިންތިހާބެއް ބޭއްވޭނެ މާހައުލެއްގެ މުހިއްމުކަމާ ގުޅޭ ގޮތުން ކަމަށެވެ. އެއީ ގައުމަށް ގެއްލުން ދިނުން ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް ވެސް ވިދާޅުވި އެވެ.
"އަޅުގަނޑު މި ދަންނަވާ ވާހަކައަކީ، ސެކިއުރިޓީ ކައުންސިލް ގޮނޑީގެ ކެމްޕޭނަށް 500،000 ޑޮލަރު ލިބުނު ގޮތް ސަރުކާރުން ސާފުކޮށްދޭން ޖެހެއޭ. ނުފޫޒެއްގެ ދަށުވެ، ޔޫއެންގެ ވޯޓުތަކުގައި ދިވެހިރާއްޖެ ކޮމްޕްރޮމައިޒްވުމަކީ ވަރަށް ބޮޑު ގޯހެކޭ. ވަރަށް ބޮޑު މައްސަލައެކޭ،" ނަސީމް ވިދާޅުވި އެވެ.
ރާއްޖެ އަށް ވޯޓު ހޯދުމުގެ ކެމްޕޭންގެ ފަހަތުގައި ވަރަށް ހުތުރު ކަންތައްތަކެއް ހިންގަމުންދާ ކަމަށާއި އެ ކަންކަމުގެ މަލާމާތް ދިވެހި ގައުމަށް ރައްދުވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
"ވޯޓު ހޯދުމުގެ ނަމުގައި، ގައުމެއްގެ ނުފޫޒުގެ ދަށުވެ ހިންގަނީ ބޮޑު ޚިޔާނާތެއް،" ނަސީމް ވިދާޅުވި އެވެ.
އދ.ގެ ސަލާމަތީ މަޖިލީހުގެ ބައްދަލުވުމެއް ކުރިއަށް ދަނީ. --ފޮޓޯ:އޭއެފްޕީ
މި ތުހުމަތަށް ރައްދު ދެއްވައި ޝައިނީ "މިހާރު" އަށް ވިދާޅުވީ ފައިސާގެ ތުހުމަތުތަކެއްކޮށް، ނަސީމް ދައްކަވަނީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށެވެ. އދ.ގެ ސަލާމަތީ މަޖިލީހުގެ ގޮނޑި އަށް ކެމްޕޭން ކުރަން އެއްވެސް ގައުމަކުން ރާއްޖެ އަށް ފައިސާ ދީފައި ނުވާ ކަމަށާއި އެފަދަ ވާހަކަތައް ދައްކައިގެން މުޅިން ވެސް އުޅެނީ ރައްޔިތުންނަށް އޮޅުވާލަން ކަމަށް ވެސް ޝައިނީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ވޯޓު ގަންނަ ކަމަށް ވިދާޅުވެ ދޮގު ވާހަކަ ދައްކަވަން ނަސީމު ލަދުގަންނަން ޖެހޭ ކަމަށެވެ. އޭގެ ސަބަބަކީ، ޝައިނީ ވިދާޅުވި ގޮތުގައި، ތާރީޚަށް ބަލާއިރު 1970 ގައި ރާއްޖޭގެ ވޯޓު ވިއްކަވަން ނަސީމް އުޅުއްވި އުޅުއްވުމެވެ. އެފަހަރު އެކަން ފަޅާއެރި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޝައިނީ ވިދާޅުވީ އެމެރިކާގައި ހުންނަ އދ.ގެ މައި މަރުކަޒަށް ވަޑައިގެން ނަސީމާއި ޖަމީލް ވަނީ ސަލާމަތީ ކައުންސިލްގެ ގޮނޑި ރާއްޖެ އަށް ނާކާމިޔާބުކުރަން ހަގީގަތާ ޚިލާފު އެތައް ވާހަކަތަކެއް ދައްކަވާފައި ކަމަށެވެ. އޭގެ ތެރޭގައި، ރާއްޖެ އަކީ އަންނަން ކަމުދާ ވަރުގެ ތަނެއް ނޫން ކަމަށް ބުނެ ލިއުންތަކެއް ވެސް ބަހާފައިވާ ކަމަށް ޝައިނީ ވިދާޅުވި އެވެ.
"ސަލާމަތީ މަޖިލީހުގެ ގޮނޑި ރާއްޖެ އަށް ހޯދަން މަސައްކަތް ކުރަމުން އަންނަނިކޮށް، ރާއްޖޭގެ ނައިބު ރައީސްކަން ކުރެއްވި ބޭފުޅަކާއި ފޮރިން މިނިސްޓަރު ކަން ކުރެއްވި ބޭފުޅަކު އަމިއްލަ ގައުމާ ދެކޮޅަށް ކެމްޕޭން ކުރުމަކީ ސިޔާސީ ގޮތުން ވެސް، ޒާތީ ގޮތުން ވެސް ކުރަން ހެޔޮވާރުގެ ކަމެއް ނޫން. ހުރިހާ ހަޑިއެއް ލިބޭނީ ދިވެހިންނަށް،" ޝައިނީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ބޮންޑު ވިއްކައިގެންނާއި އެހެން ގޮތްގޮތުން ވެސް ރާއްޖެ އަށް ބޭރު ފައިސާ ވަންނަ ކަމަށާއި އޭގެ މާނައަކީ އޮޅުވާލުންތަކާ އެކު ވާހަކަ ދެއްކުން ނޫން ކަމަށެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި މިހާތަނަށް ކޮށްފައިވާ މަސައްކަތަށް ބަލާއިރު، ރާއްޖެ އަށް ސެކިއުރިޓީ ކައުންސިލްގެ ގޮނޑި ލިބުމުގެ ފުރުސަތު ބޮޑެވެ.
"ވަރަށް ގިނަ ގައުމުތަކުގެ ތާއީދު ރާއްޖެ އަށް އެބަ އޮތް، ކުޑަ ގައުމަކަށް ވެ ދިވެހިރާއްޖެ އަށް ލިބޭނެ ފަޚުރެއް އެއީ ޔޫއެން ސެކިއުރިޓީ ކައުންސިލްގައި ތަމްސީލްވުމަކީ،" ޝައިނީ ވިދާޅުވި އެވެ.
އދ.ގެ ސެކިއުރިޓީ ކައުންސިލަށް ރާއްޖެ އިން ވޯޓު ހޯދަން، ގައުމުތަކާ އެކު އަންނަނީ ސިޔާސީ ގުޅުން ވެސް ގާއިމްކުރަމުންނެވެ.
ސެކިއުރިޓީ ކައުންސިލްގެ އިންތިހާބުގައި ރާއްޖެ އިން ވާދަކުރަން ނިންމާފައިވަނީ އަންނަ އަހަރުން ފެށިގެން 2020 ވަނަ އަހަރުގެ ނިޔަލަށް އޮންނަ ދައުރަށެވެ. އެ އިންތިހާބު މި އަހަރު ބާއްވާނެ އެވެ. މިއީ އެ ކައުންސިލްގެ މެމްބަރު ކަމަށް ރާއްޖެ އިން ވާދަކުރާ ފުރަތަމަ ފަހަރެވެ.
އދ. ސެކިއުރިޓީ ކައުންސިލްގެ މެމްބަރު ކަމަށް ހޮވޭނީ އދ. ގެ ޖެނެރަލް އެސެމްބްލީގައި ނަގާ ވޯޓުގައި މެމްބަރު ގައުމުތަކުގެ ތެރެއިން ތިންބައި ކުޅަ ދެބައި ގައުމުގެ ވޯޓު ލިބިގެންނެވެ. އިންތިހާބުގައި އެ ކައުންސިލަށް އޭޝިއާ ރީޖަނުން ރާއްޖޭގެ އިތުރުން ވާދަކުރަނީ އިންޑޮނީޝިއާ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެދުރު
26 May 2018
ކޮންތާކުން ލާރި ނަގައިގެންތޯ ނަސީމުމެން ފަލަސްތީނުގެ ވޯޓުގައި ބައިވެނުވެ ފިލީ ، އަހަރަމެން ހަނދާނެއްނުނެތޭ ކަލޭމެން ވެރިކަމުގަ އުޅުނު ނާތަހުޒީބު ގޮތެއް އަދިވެސް ، އިޒްރޭލޭ ކިޔާ ނާޖާއިޒު ދައުލަތަށް ސިއްރުން ދަތުރުވެސް ކުރީމެއްނު ވަޒީރު ކަމުގައި ހުރެގެން ، ކޮމެންޓް ޖަހަން ކެރޭނެތަ މިހާރު ނޫހަށް ?
މަތި
26 May 2018
ސިޓީތައް ފޯސްޓް ކޮއްކޮފަ ނަސީމުމެއް މިތެނެނީ މިހާރު ޓުއިޓާ ޕޯސްޓް ކުރަންތަ؟ ޗު...ޗު....ޗު....ޗު ބޯހަލާކު!
ޚާރިޖީ ސިޔާސަތު
25 May 2018
އިންޑޮނީޝިޔާ އާއި ވާދަކޮށް ބޮޑު ތަނުން ބަލިވާނެ! ބައިނަލް އަޤްވާމީ މުޖުތަމަޢުން ބަލައިގަންނަ މީހެއް ނޫން މިޤައުމުގަ މިހާރު ވެރިކަމުގަ ހުރީ! އ.ދ. އަށް ގޮންޖަހާފަ އ.ދ. ގެ ގޮނޑިއެއް ހޯދަން؟ ލަދެއްވެސް ނުގަނޭތަ؟
ހަވަރިޖުންގެ ސިޔާސަތު
25 May 2018
ދެންކޮންކަމަކާ ހާސްވެގެން އދގެ އޮފިޝަލުންގާތު އެރޮނީ. ތިހާޔަގީން ކަމެއްގަ ހޭންބަލަންތިބެންވީނުން ދުރުގަ... ހަރުގެ ދޮރުމަތީގަ ޒުމްބާޖައްސަން...
ޖަރީމާ ރައީސް
25 May 2018
2018ގައި ޖަރީމާ ރައީސްއަށް ތަޚުތު ލިބޭ އިރު ތި ގޮނޑި ލިބުނީމަ ވެސް ރަގަޅީ ލަންޑަން ގްރޫފަކަށް ނޫންތޯ؟ ކެރެފާމެންގެ ނުހުރޭ ގައުމިއްޔަތު ކަމުގެ ފުކެއްވެސް. އަނެއްކާ ވެސް އުޅޭ އިޒްރޭލަށް ދާން.
އަހްމަދުދދ
25 May 2018
އެންމެފަހުން އިންތީޚާވީ ދެ ރައީސުންނަކީ ވެސް ތިޔަ ބުނާކަހަލަ "ޖަރީކުރި ދެމައު" ބިރުގަންނަނީ ތިޔަ ދެނަން އެކަނި ވޯޓްކަރުދާސްކޮޅުގައި އޮވެ މަޖްބޫރީ ވޯޓަކަށް ދާންޖެހުމުގެ ބިރު!
މަރޭމިތުރާ
24 May 2018
ބިމާއިހަމަޔަށް ގަޢުމުގެ އިއްޒަތް މޮޑެވުނީމާ! ތިމާމެން ބައެއްގެ ބޮލުގައަޅުވަނީ ފިނޑިވީމާ!
މަރެޭމިތުރާ
24 May 2018
ބޭރަށް އިހުތިރާމު މިގައުމުން ނުކުރިކަމުނޭ ބޭރުގެ ގަދަރާއި ލަޮޯބި ގެއްލިދިޔައީ! ބޭރުގެ ނިންމުން އާނއޭބުނެަ އޮަަަޅުވާ ދޮގުތައްާ ހެދިކަމުނޭ ތާއީދެއް އަދުގަނެތީ!
ދިރާސަ
24 May 2018
ކެރަފާ ނުހަދާނެ ތެދެދުވަހަކުވެސް.... ތިޔައީ މިދޭތެރެއަކުން އައްނި އިންޑިޔާއަށް ދިޔައީމަ އެތަނުގެ ޑިފެންސް މިނިސްޓަރާ ބައްދަލުކޮށް ރާއްޖެއަށް ފިޔަވަޅުއަޅަން މަސަކަތްކުރާކަމަށް ބުނިމީހާ... އަދި ބުންޏެނުން ފަތުރުވެރި މިބަސްވެސް އުވާލަންވީއޯ މައުމޫނު އެހެންއިދެފަ ހަދާލިބަހެކޯއެއީ... މިމީހުންގެ ވެރިކަމުގަ ޓީވީއެމްގެ އިދެއެހެންބނީ... ތިޔައީ ސީދަލަށް ހިގާބައެއްނޫން... ދެރެއީ ޑރ ޖަމީލުމެންފަދަ މީހުން މިމީހުންފަހަތުން ދުވާތީ.... މިނޫނީ އަމިއްލަ ގައުމަށް ހެވެއްނޭދޭ ބަޔަކު ސިޔާސީއިދިކޮޅުގަ އުޅޭގައުމެ އޮތްކަމެ ތާރީޙުންވެސް ފެންނާނެހެން ހީނުވޭ... ބަލަގަ އދ ގެގޮނޑި ހިފާއިގެންތަ ރޔާމީންދާނީ.. އެގޮނޑި ލިބިއްޖެނަމަ އެގޮނޑީގަ އިންނާނީ ޑރޖަމީލު ކަމަށްވެސް ވެދާނެނުން... ތިވަރު ފުއްކެބޮޑުވަރު ހަސަދަ ވިޔަސް...
އަހްމަދުދދ
25 May 2018
މިހާ ކޮސް ކޮމެންުވެސް ހުރޭތަ؟
މާއްޓޭ
24 May 2018
ގޮޑި ކާމިޔާބްނުވާނެކަން ޔަގީންވާތީ ދައްކާ ވާހަކަ. ސައިނީ އަށް ސަލާމް
ޝޮކްތެރަޕީ
24 May 2018
މިރާއްޖެ ބަދުނާމުކުރާތީ ދެރަވޭ.
ދިސްވޭއޭ
24 May 2018
އދ.ގެ ގޮނޑިއާ ގުޅޭ ގޮތުން ބޮޑެތި ތުހުމަތުތަކާ އެކު މައްސަލަ ހޫނުވެއްޖެ ނަމަވެސް އެއީ މަމެން އުފާ ކުރާ ކަމެކޭ މިއިން އެގިގެން މިދަނީ މަސް އޮޑި ނަސީމް މެން 1970 ގައި ވޯޓް ވިއްކަން ވެގެން ނުވަތަ ވޯޓް ގަންނަން ވެގެން އެއިރު ކުރި މަސައްކަތް ތަކޭ މަސްއޮޑި ނަސީމް ނޫންތޭ ފޮރިންގް އިންވެސްޓްމެންޓް ސާރވިސެސް ބިއުރޯ ހިންގީ ރައީސް މައުމޫނުގެ ވެރިކަމުގައި 10 އަހަރު ދުވަސް ވަން ދެން އެދުވަސް ތަކުގައި ކެލާގައި ފެކްޓަރީ އެއް އަޅާނަމޭ ކިޔާ ބާ ހަތަރު ފަހާފޮށި ގެން ގޮސް އެރަށަށް އަޅާލާ އެރަށު މީހުން ލައްވާ އެރަށުގައި ހުރި އެތައް ހާސް ރުއްތަކެއް ހިލޭ ސާބަހަށް ކަނޑާ ހެދުމަށް ފަހު އެފެކްޓަރީ ހަނިމާދޫ ގައި އަޅާ އެ ފެކްޓަރީ އަށް އަހަރު ދުވަސް ނުވަނީސް އެތަން ބަންދު ކުރީ މީ މަސް އޮޑި ނަސީމް މެން ހިންގާ ފައި ހުރި ގައުމަށް ގެއްލުން ދެނިވި ކޮރަޕްޓް ގޭމްސް ތަކޭ މީ މަމެން ނުދަންނަ ކަމެއް ނޫނޭ.