ކެރަލާގެ ޗީފް މިނިސްޓަރު ޕިނަރަޔީ ވިޖަޔަން.
17 ޖޫން 2018 - 12:09
ރާއްޖޭގައި މަސައްކަތް ކުރަމުން އަންނަ އިންޑިއާ ރައްޔިތުންނަށް ވިސާ އާއި ވޯކް ޕާމިޓް އާނުކޮށްދޭ މައްސަލަ ހައްލުކޮށް ދިނުމަށް ކެރަލާގެ ޗީފް މިނިސްޓަރު ޕިނަރަޔީ ވިޖަޔަން އިންޑިޔާ ސަރުކާރަށް ގޮވާލައްވައިފި އެވެ.
އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޝުޝްމާ ސުވަރާޖް އަށް ފޮނުއްވި ސިޓީއެއްގައި ވިޖަޔަން ވިދާޅުވީ އިންޑިއާގެ 30،000 އަށް ވުރެ ގިނަ މީހުން ރާއްޖޭގެ އެކި ދާއިރާތަކުގައި މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އޭގެ ތެރޭގައި ގިނައީ ކެރަލާ ރައްޔިތުން ކަމަށް އޭނާ ވިދާޅުވި އެވެ.
އިންޑިއާ ރައްޔިތުން ރާއްޖޭގައި މަސައްކަތް ކުރާ ދާއިރާތަކުގެ ތެރޭގައި ސިއްހީ ދާއިރާ އާއި ތައުލީމީ ދާއިރާ އާއި ޓޫރިޒަމް ދާއިރާ ހިމެނޭ ކަމަށް ވެސް ޗީފް މިނިސްޓަރު ވިދާޅުވި އެވެ.
ރާއްޖޭގައި އުޅޭ ބިދޭސީންތަކެއް މަސައްކަތެއް ކުރަނީ. - ފޮޓޯ: މިހާރު
ރާއްޖޭގައި އުޅޭ އިންޑިއާގެ ރައްޔިތުންނަށް ފިއްތުންތަކެއް ކުރިމަތި ކުރަމުން އަންނާތީ އެކަމާ ކަންބޮޑުވެވަޑައިގަންނަވާ ކަމަށް ވެސް ވިޖަޔަންގެ ސިޓީގައި ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މީގެ ކުރިން އިންޑިއާ ރައްޔިތުންނަށް ހަފުތާއެއްގެ ތެރޭގައި ވޯކް ޕާމިޓް ލިބެ އެވެ. އެކަމަކު ވޯކް ޕާމިޓް މިހާރު ނުލިބޭ ކަމަށް އޭނާ ވިދާޅުވި އެވެ.
އެހެންވެ، ޗީފް މިނިސްޓަރު، ސުޝްމާ އަރިހުން އެދިވަޑައިގަތީ، އިންޑިއާ ރައްޔިތުންނަށް ވިސާ އާއި ވޯކް ޕާމިޓް ނުލިބޭ މައްސަލަ ގައުމީ ކަމެއްގެ ގޮތުގައި ދެކިގެން އެކަމަށް ހައްލެއް ހޯއްދަވައި ދެއްވުމަށެވެ.
އިންޑިއާ ރައްޔިތުންނަށް ވިސާ އާއި ވޯކް ޕާމިޓް ނުލިބެނީ ފަހަކަށް އައިސް ރާއްޖޭގެ ސިޔާސީ މަސްރަހުގައި ހިނގަމުން އަންނަ ކަންކަމާ ގުޅިގެން ކަމަށް ވެސް ވިޖަޔަން ވިދާޅުވި އެވެ.
ރާއްޖޭގައި އުޅޭ އިންޑިއާ މީހުންނަށް ވިސާ އާއި ވޯކް ޕާމިޓް ނުލިބޭ ކަމަށް އިންޑިއާ އިން ބުނަމުން އަންނަ މައްސަލާގައި ރާއްޖޭގެ އިމިގްރޭޝަންގެ ބަހެއް އަދި ނުލިބެ އެވެ.
ރާއްޖޭގެ ސިޔާސީ މަސްރަހު ހަލަބޮލިވެ، ރާއްޖެ-އިންޑިއާގެ ޚިޔާލު ތަފާތުވުން ވަނީ ބޮޑުވެފަ އެވެ. ރާއްޖޭގެ ސިޔާސީ ކަންކަމަށް ހައްލު ހޯދަން އެދި އިންޑިއާ އިން ހަރުކަށި، ބަޔާންތައް ނެރެފައިވާ މައްސަލައިގައި، ދިވެހި ސަރުކާރުން ހިތްހަމައެއް ނުޖެހެ އެވެ. ސަރުކާރުން ތަކުރާރުކޮށް ދޭ ޖަވާބަކީ، ބޭރުގެ ބާރުތަކާ އެކު ކިތަންމެ އެކުވެރި ގުޅުމެއް އޮތަސް ރާއްޖޭގެ ކަންކަން އަމިއްލަ އަށް ނިންމަން ފުރުސަތު ދޭން ޖެހޭ ކަމަށެވެ.
ރާއްޖޭގައި ހިނގަމުން އަންނަ ކަންކަމާ މެދު ކަންބޮޑުވުން ފާޅުކޮށް، އެންމެ ފަހުން އިންޑިއާ އިން ނެރުނު ބަޔާނުގައި ވަނީ މިނިވަން މުއައްސަސާތަކާއި ސުޕްރީމް ކޯޓާއި ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް މިނިވަންކަމާ އެކު ކުރެވޭނެ މަގު ފަހިކޮށް ދިނުމަށް ދިވެހި ސަރުކާރަށް ގޮވާލައިފަ އެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ޖަލަށް ލީ އިންސާފުވެރިކަމާ އެކު ބޭއްވި ޝަރީއަތަކުން ނޫން ކަމަށާއި އެ ޝަރީއަތް ދިޔަ ގޮތުން މިނިވަން ރިޔާސީ އިންތިހާބަކާ މެދު ސުވާލު އުފެދޭ ކަމަށް، އިންޑިއާ އިން އެންމެ ފަހުން ނެރުނު ބަޔާނުގައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދޮންތުއްތު
19 June 2018
ކަލޭ ލަދެއްވެސް ނުގަތްތަ ތިވާހަކަ ދައްކާކަށް؟
ޟަހަ
18 June 2018
ދޭނެކަމެއް ނެތް
ހަސަން ހިތަދޫ / އައްދޫ އަތޮޅު
18 June 2018
އަޅުގަނޑުމެން އެއްގޮތަކައްވެސް އިންޑިއާގެ ރައްޔަތުންނައް އެއޮތްނަ އުސޫލުތަކާއި އެއްގޮތައް ވިސާނުދޭކަށެއްނެތީމް... އަޅުގަނޑުމެން މިދަންނަވާ ވާހަކައަކީ (އެމްޕުލޯއިމެންޓު ވިސާ) މިފަދަ ވިސާތައް މީގެ ކުރީގެ ސަރުކާރުތަކުން އެއްވެސް ބެލުމެއްނެތި ހަމަޔެއްލަމައެއްނެތި ވިސާ ދޫކުރުމުގެ ސަވަބުން ދިވެހިތަޢުލީމީ ޒުވާނުން ދުނިޔޭގެ މަޝްހޫރު ކޮލެޖުތަކުން ނާއި ޔުނިވަރސިޓީ ތަކުން ގޯލްޑު މެޑަލިސްޓުންގެ ދަރަޖައިން ފާސްވެ ގައުމުގައި އަދާކުރާނެ ވަޒިފާ ނެތިއުޅެންޖެހުމުގެ ޒިންމާ މިއަދު އުފުލަންޖެހިފައި މިވަނީ ސަރުކާރުގެ ކުނޑުގައި... ކަންމިހެން ހުރިނަމަވެސް ފޭކު ލިޔުންތައް ހުށައަޅައިގެން އަދި އެތަންތަނުގައި އިސްކޮސްތިބޭ ކެރެލާމީސްމީހުންގެ ނުފުޒުން އެތަކެއްބަޔަކު ވަޒީފާނެރެފައިވާ ކަން ޚޮދު އަހަރުމެން ގަބޫލުކުރަން... އެމްޕިލޯއިމެންޓު ވިސާ އެއްގޮތަކަށްވެސްދޫނުކުރުމައް ދިވެހިސަރުކާރައް ގޮވައިލަން...މަދުލާރިކޮޅަކަށް މިފަދަ މީހުންގެނަސް ވަޒިފާގެ ބަޒާރު ހަރާބުކުރާކަށެއް ބޭނުންނުވޭ..
އަލިފް
18 June 2018
އިންޑިޔާމީހުންނަށް ވިސާނުލިބުނީމަދޯ މައްސަލައަކީ އަހަރުމެން ނަށް އެމީހުން ވިށަނުދިނީމަ މައްސަލައެއްނޫން ދެރަވަރު...
މަންޑޭލާ
18 June 2018
މީގެ ގެއްލުން މިވަނީ އިންޑިޔާއަ ދިވެހިންނަ ރިސޯޑުތަކުން މަތީވަޒީވާމިލިބެނީ މިހާރު ސަރުކާރަ ހަމަށުކުރު.
މުގުރި
18 June 2018
އިންޑިޔާމީހުން ގެންނާނެކަމެއްނެއް. އެމީހުންގެނައީމަ ކުރަނީ މިގައުމުގައި ވިޔަފާރި . މިސާލަކަށް ތައިލެންޑު، ނުވަތަ ފިލިޕީންސް މީހުންގެނައީމަ މާރަގަޅުވާނެ. އެއީ އަވަށްޓެރިންނެއްނޫ. ފަށޭހަވާނެ ފޮނުވާލަންވެސް.
ހަސަން ހިތަދޫ / އައްޑު އަތޮޅު
18 June 2018
ހަމަ އެކަނި 15،500 އާއިލާއަށް އާމުދަނީ އެބަލިބޭ ރާއްޖެއަށް ގެންނަ ގޮންގުރިޓު ހިލަތަޚައިގެން އަދި އެސުޓޭޓައް މިމަންޒަރު ތައް އެބަފެނޭ. އިންޑިއާއިން ދިވެހިރާއްޖެ އާއި ދޭތެރޭގައި އެއްވެސް ދަތި ކުރުމުގެ ފިޔަވަޅެއް އެޅުމުގެ ކުރީން އެމީހުން ބަލާނެ މިހިރަ ކަންތައް ތަކަށް...
ޖަސްޓީ
18 June 2018
އަވައްޓެރި ބައެއް ގައުމުތަކަށް ހީވެފަ އޮންނަކަހަލަ މިގައުމަކީ އެބޭފުޅުން ފައިސާ ހަދަން އޮތް ތެޔޮވަޅެކޭ ! ޢަދި އެގައުމުގެ ރައްޔިތުން ޔޫރަޕަށާއި މެދުއިރުމަތީގެ ގައުމުތަކަށް ވަޒީފާށް ފޮނުވުމަށްޓަކައި ވޯކިން އެކުސްޕީރިއަންސް ސެޓުފިކެޓް ހޯދުމަށް އޮތް ޓުރެއިނިން ސެންޓަރަކޭ ! މިހާރުވެސް ރާއްޖެއިން އެގައުމު ތަކަށް ވައްނަ ފައިސާ އެގައުމުން މިގައިމަށް ވަންނަ ފައިސާއަށް ވުރެ އެތައް ގުނައެއް ބޮޑަވެ. ރާއްޖޭ ރައްޔިތުން މިއުޅެނީ އަދި ބޯފެނާއި ނަރުދަމާގެ ފުރުސަތުވެސް ނުލިބިގެންނެވެ. ދިވެހިންނަށް އާއިލާގެ ހަރަދު ބެލެހެއްޓޭވަރުގެ އާމްދަނީއެއް ލިބޭވަރުގެ ވަޒީފާއެއްވެސް މިއުޅެނީ ނުލިބިގެންނެވެ. މިހާލަތުގައި ގޮތެއް ފޮތެއް ނުބަލާ ބޭރުގައުމު ތަކުގެ މީހުންނަށް ވޯކްޕާމިޓްދީ ވަޒީފާގެ ބާޒރު ފުލޫޑް ކޮށްލީމާ ދިވެހިން ވަންނާނީ ކޮންތަނަކަށް ތޯއެވެ؟ ޢެގައުމުތަކުން ދިވެހިންނަށް މޮޅު ގޮތްތަކެއް އެބަހޯދާދޭތޯއެވެ؟ ދިވެހިން ބާކީކޮށްފައި ބޭރުމީހުންނަށް ވަޒީފާ ހަމަޖެއްސުން އެއީ ދިވެހިންނަށް ދެވޭ ހާދަބޮޑު ނިކަމެތި ކަމެކެވެ.
މުހައްމަދު
17 June 2018
އިންޑިއާއަށް ކީއްކުރެވޭނީ
ސޮސް
17 June 2018
ދޮންކަލޯ ކެރެލާ ސަރުކާރުން ރީތިގޮތުގައި އެދުނީމާ އިންޑިއާ ގޮތްހުސްވެ ރާއްޖެ މާބަރުގަދަ ކަމަށް ނުވިސްނާ.. އިންޑިއާ ކަހަލަ ޤައުމަކުން ޖެހޭނީ ހަމަ ހަރުކަށި އެންމެ ފިޔަވަޅެއް އަޅާން...