ޚަބަރު / ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު

އިދިކޮޅު ޕާޓީތަކުގެ ވެރިކަމެއްގައި އޮންނާނީ ޖާސޫސް ކުރުމާއި ތަޅާފޮޅުން: ޑރ. ޝަހީމް

ޝަހީމް ފުވައްމުލަކުގެ ރައްޔިތުންނާ ވާހަކަ ދައްކަވަނީ.

އަންނަ މަހުގެ 23 ގައި ބާއްވާ މި އަހަރުގެ ރިޔާސީ އިންތިޚާބުގައި އިދިކޮޅު ޕާޓީތަކަށް ވެރިކަން ދީފި ނަމަ، ގައުމުގައި އޮންނާނީ އެއް ބަޔަކު އަނެއް ބަޔަކަށް ޖާސޫސު ކުރުމާއި ހަމަނުޖެހުމާއި ތަޅާފޮޅުން ކަމަށް ރައީސް އަބްދުﷲ ޔާމީންގެ ރަނިންމޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ފުވައްމުލަކުގައި މިރޭ ވިދާޅުވެއްޖެ އެވެ.

މިދިޔަ ހުކުރު ދުވަހު ފުވައްމުލަކަށް ފެއްޓެވި ދަތުރު ނިންމަވައިލެއްވުމުގެ ކުރިން، ފުނާޑު އަވަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، ޕީޕީއެމްގެ ކެންޑިޑޭޓް ރައީސް ޔާމީން ރިޔާސީ ދެ ވަނަ ދައުރަކަށް ހޮވަން ޖެހޭ ސަބަބުތައް ތަފްސީލް ކޮށްދެއްވަމުން ޝަހީމް ވިދާޅުވީ، އިސްލާމީ ރިވެތި އުސޫލްތަކާ އެއްގޮތަށް ގައުމު ހިންގޭނެ ގާބިލް ހަމައެކަނި ލީޑަރަކީ ރައީސް ޔާމީން ކަމަށެވެ. އެމަނިކުފާނުގެ ފުރަތަމަ ދައުރުގެ ތެރޭގައި، ރައްޔިތުންނަށް އެކަން ސާބިތުކޮށްދީފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޝަހީމް ވިދާޅުވި ގޮތުގައި މި އިންތިޚާބުގައި، އިދިކޮޅު ޕާޓީތަކަށް ރައްޔިތުން ފުރުސަތު ދީފި ނަމަ، ދައުލަތް ވަރަށް ބޮޑަށް ބަލިކަށިވެ، ގައުމަށް ބޮޑެތި ގެއްލުންތަކެއް ލިބޭނެ އެވެ. ވެރިކަމަށް އައިސް އިދިކޮޅު ޕާޓީތަކުގެ ފުރަތަމަ ތަޅާފޮޅުމަކަށް ވާނީ، ޝަހީމް ވިދާޅުވި ގޮތުގައި، އެކި ޕާޓީތައް ތަމްސީލް ކުރާނެ ކެބިނެޓުގެ މަގާމްތައް ބަހާނެ ގޮތަކާ މެދު އެވެ. މިނިސްޓަރަކަށް އެއް ޕާޓީއެއްގެ ބޭފުޅަކު ހަމަަޖައްސައިފި ނަމަ ނައިބަކަށް ލާނީ ދެން ހުރި ޕާޓީއެއްގެ ބޭފުޅެއް ކަމަށާއި އެ އަށް ފަހު އޮންނާނެ ކަމަކީ އެއްބަޔަކު އަނެއް ބަޔަކަށް ޖާސޫސު ކުރުން ކަަމަށް ވިދާޅުވި އެވެ.

މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ޕީޕީއެމްގެ ކެންޑިޑޭޓް ރައީސް ޔާމީންގެ ރަނިންމޭޓް ޑރ. ޝަހީމް ފުވައްމުލަކުގައި ކެމްޕެއިން ކުރައްވަނީ.---ފޮޓޯ: ޕީޕީއެމް

"އެއްބަޔަކު އަނެއް ބަޔަކަށް ތަޅާފޮޅުމުގެ ތެރެއަށް ގައުމު ދާނީ. ދިވެހި ގައުމުގެ މަޝްރޫއުތައް ހުއްޓި ވަރަށް ބޮޑެތި ގެއްލުންތައް ލިބިގެން ދާނެ. އެހެންވީމާ އަޅުގަނޑުމެން މި ދަންނަވަނީ [އިދިކޮޅު ކޯލިޝަނަށް] އެ ފިކުރަށް ޖާގަދޭނެ ކަމެއް ނެތޭ،" ޝަހީމް ވިދާޅުވި އެވެ.

މާތް ﷲ އިރާދަކުރެއްވިޔާ، ފުވައްމުލަކު ސިޓީގެ ތަނަވަސް އަޣުލަބިއްޔަތު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ނަންގަވާނެ. --ޝަހީމް

ޝަހީމް ވިދާޅުވީ ފުވައްމުލަކުގެ ކޮންމެ ގެއަކަށް ވަޑައިގަތުމުން ވެސް ފެނިވަޑައިގަތީ ރައްޔިތުންގެ ހިނިތުން ވުމާއި ހެޔޮ ޝުއޫރުތައް ކަމަށެވެ. ދަތުރު ނިންމާލައްވަނީ ވަރަށް ބޮޑަށް ހިތްހަމަޖެހުމާއެކު ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑު މިރޭ ދަންނަވާލަން ބޭނުންވޭ، މާތް ﷲ އިރާދަކުރެއްވިޔާ، ފުވައްމުލަކު ސިޓީގެ ތަނަވަސް އަޣުލަބިއްޔަތު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ނަންގަވާނެ،" ޝަހީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ރައީސް ޔާމީން 2013 ގައި ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގަތީ ފަސޭހަ ދުވަސްވަރެއްގައެއް ނޫނެވެ. އިޖުތިމާއީ ގޮތުން ރާއްޖޭގެ ފޭރާން ވީދި، މަގުމަތީގެ މުޒާހަރާތަކާއި ބޭރު ގައުމުތަކުގެ ނުފޫޒު ދިވެހި ދައުލަތުގެ މައްޗަށް ފޯރުވައި ސިއްހީ ނިޒާމާއި ތައުލީމީ ނިޒާމާއި މާލީ ނިޒާމު ވެސް އޮތީ ބޮޑެތި ގޮންޖެހުންތަކެއްގެ ތެރޭގައި ކަމަށް ވިދާޅުވި އެވެ.

މި މައްސަލަތަކަށް ނިމުން ގެންނެވުމުގެ މަސައްކަތްޕުޅު ރައީސް ޔާމީން ފައްޓަވައި، ބޭރުގެ ބަޔަކަށް ދިގު މުއްދަތަކަށް ދީފައިވާ ރާއްޖޭގެ ބައިނަލްއަގުވާމީ ވައިގެ ބަނދަރު ވެސް އަލުން ހޯއްދަވައި ދެއްވި ކަމަށް ވިދާޅުވި އެވެ. އެއާޕޯޓު ހޯދުމަށް ރައީސް ޔާމީން ކުރެއްވި މަސައްކަތްޕުޅުގައި 400 މިލިއަން ޑޮލަރު ހޭދަކޮށްގެން ނަމަވެސް އެއާޕޯޓު އަނބުރާ ދިވެހިންނަށް ލިބިފައިވާ ކަމަށް ވިދާޅުވި އެވެ.

ރައީސް ޔާމީންގެ ރަނިން މޭޓު، ޝަހީމް ފުވައްމުލަކުގައި: އެ ސިޓީގެ އަޣުލަބިއްޔަތު ރައީސް ޔާމީނަށް ލިބޭނެ ކަމަށް ވިދާޅުވި.

ޝަހީމް ވިދާޅުވީ ރާއްޖޭގެ އިޖުތިމާއީ ފޭރާން ވިޔެދެއްވައި، އިސްލާމީ ސަގާފަތް ދަމަހައްޓަވަން ވެސް ރައީސް ޔާމީން ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރެއްވި ކަމަށެވެ. އެގޮތުން އަރަބި ބަސް ދަރިވަރުންނަށް އުގަންނައި ދެވޭނެ މަގު ފަހިކޮށްދެއްވައި ގުރުއާން އުގަންނައި ދެއްވުމާއި އިސްލާމިކް ޔުނިވަސީޓި އުފެއްދެވުން ފަދަ ކިތަންމެ މަސައްކަތެއް ކުރައްވަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

އިސްލާމިކް ޔުނިވަސިޓީގެ ޗާންސެލަރުގެ މަގާމު ވެސް ފުރުއްވާ ޝަހީމް ވިދާޅުވި ގޮތުގައި ރައީސް ޔާމީން ވެރިކަމާ ހަވާލުވެވަޑައިގަތީ، ބައިނަލްއަގްވާމީ ގުޅުންތަކުގެ ދާއިރާ އިން ވެސް ރާއްޖެ އަށް ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައި ވަނިކޮށެވެ. އޭރު ރާއްޖެ އޮތީ އިސްލާމީ ގައުމުތަކާ ދުރަށް ދަތުރުކޮށްފައި ކަމަށާއި އިސްލާމީ ގައުމުތަކާ ގުޅުން ގާއިމްކޮށް، އިތުރަށް ބަދަހި ކުރެއްވީ ރައީސް ޔާމީން ކަމަށް ވިދާޅުވި އެވެ.

ރާއްޖެ އިން ހައްޖަށް ދާ މީހުންގެ ވިސާ ނަގަން އެހެން ގައުމުތަކަށް ދަތުރުކުރަން ޖެހުމުން ކުރިމަތިވި ގޮންޖެހުންތަކަށް އަލިއަޅުއްވާލައްވައި ޝަހީމް ވިދާޅުވީ ރާއްޖޭގައި ސައުދީ އަރަބިއްޔާގެ އެމްބަސީއެއް ގާއިމްކޮށް، އެތަނުން ވިސާ ނެގޭނެ އިންތިޒާމް ފަހިކޮށްދެއްވީ ވެސް ރައީސް ޔާމީން ކަމަށެވެ.

ސައުދި އަރަބިއްޔާ އަށް ރައީސް ޔާމީން ކުރެއްވި ރަސްމީ ޒިޔާރަތުގައި، ދިވެހިންނަށް ދަތިވާ ކަންކަމަށް ހައްލު ހޯއްދަވައި ދެއްވަން ރައީސް ޔާމީން އެދިވަޑައިގަތް ކަމަށް ވިދާޅުވި އެވެ.

"ސައުދީ އެއާލައިނުގެ ދަތުރުތައް ރާއްޖެ އަށް ފަށައި، ހައްޖުގެ ކޯޓާތައް އިތުރު ކޮށްދެއްވަން ރައީސް ޔާމީން އެދިވަޑައިގަތް. ރަސްގެފާނު ވިދާޅުވީ، މަނިކުފާނު އެދިވަޑައިގެންނެވި ހުރިހާ ކަމެއް ކޮށްދެއްވާނަމޭ،" ރައީސް ޔާމީނާ އެކު އެ ދަތުރުގައި ބައިވެރިވެވަޑައިގެންނެވި ކަން ފާހަގަކުރައްވައި ޝަހީމް ވިދާޅުވި އެވެ.

ޝަހީމް ފުވައްމުލަކުގައި. ރައްޔިތުން ތިބީ ރައީސް ޔާމީނާ އެކުގައި ކަމަށް ވިދާޅުވި.

އެމްޑީޕީގެ ތިން އަހަރުގެ ވެރިކަމަށް ފާޑުވިދާޅުވަމުން ޝަހީމް ވިދާޅުވީ، އެ ވެރިކަމުގައި ރާއްޖޭގައި ބަނގުރާ އާއްމުކުރަން މަސައްކަތްކޮށް، ތައުލީމީ މަންހަޖުން ގުރުއާނާއި އިސްލާމްގެ މާއްދާތައް އުނިކޮށް، އިސްލާމްދީނުގެ އަދުއްވުންނާ ގުޅިގެން އުފައްދައިގެން މަސައްކަތްތަކެއް ކުރި ކަމަށެވެ. އެމްޑީޕީން މި އިންތިޚާބަށް އެކުލަވައިލި މެނިފެސްޓޯގައި ވެސް ހުރީ މި ސިފަތަކާއި ބީރައްޓެހި ވާހަކަތަކެއް ނޫން ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެމްޑީޕީން ބޭނުން ވަނީ ބޭރުން ފަނޑިޔާރުން ގެނައުމާއި ސަލާމަތީބާރުތައް އުވާލައި ބޭރުގެ ސިފައިން ގެނައުން ފަދަ ވާހަކަތައް އަޑުއިވިވަޑައިގަންނަވަ އެވެ. އެފަދަ ވާހަކަތަކާ މެދު ކަންބޮޑުވެވަޑައިގަންނަވާ ކަމަށް ޝަހީމް ވިދާޅުވި އެވެ.

"އަޅުގަނޑު މި ދައްކަނީ ޝަހުސީކޮށް ވަކި ބޭފުޅެއްގެ ވާހަކައެއް ނޫން. އަޅުގަނޑު މި ދައްކަނީ ފިކުރެއްގެ ވާހަކަ. އެ ފިކުރު ލީޑު ކުރައްވަން ހުންނެވީ ކޮންމެ ބޭފުޅަކަށް ވި ނަމަވެސް އެ ފިކުރަށް ދިވެހިރާއްޖޭގައި ޖާގަ ދެއްވައިފި ނަމަ ދިވެހި ދައުލަތުގެ ވެރިކަން ރަން ތަބަކަކަށް ލާފައި އެ ފިކުރުގެ އަތަށް ދީފިކަމަށް ވާ ނަމަ، ކުރިއަށް ވުރެ ނުބައި ކަންތައްތައް މިތާ ހިނގާނެ،" ޝަހީމް ވިދާޅުވި އެވެ.

"އެގޮތަށް އެކަން ކޮށްފި ނަމަ މީގެ ކުރިން ދުވަހަކު ވެސް ނުދެކޭ ފަދަ ބަލިކަށި ސަރުކާރެއް މިތާ އުފެދޭނީ."

41 ކޮމެންޓް, 121 ރިއެކްޝަންސް

icon happy icon happy 17%
icon sad icon sad 0%
icon angry icon angry 83%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ބްރޯ1

02 September 2018

އަހަރެންނަށް އޯކޭ އިބޫ ހުވައި ކުރާ ދުވަހު ނޫން އަނެއް ދުވަހު އިސްތިއުފާދިނަސް ނޫނީ އާ އިންތިޚާބަކަށް ހުޅުވާލިއަސް. އަހަރެން ބޭނުންވަނީ ޔާމީންގެ ކިބައިން މިގައުމު މިނިވަންކުރަން.

The name is already taken The name is available. Register?

ޓަކަޓަކަ

15 August 2018

މާތް ﷲ އިރަދަކުރެއްވިއްޔާ ދީނަށްޓަކައޭ ޤައުމަށް ޓަކަޢޭ ކިޔައިގެން ރައްޔިތުންގެ ބޮލަށް ޗިޕްޖަހައިގެން ތިމާމެން އުޅުނު ދުވަސް މިހާރު ހިގައްޖެ. މިހާރުވެސް ރިސޯޓެއްގެ ފަޅުތެރޭގައި އެހެރީ ބުދުކޯލެއް ހަދާފައި، ފެނުގެ އާޑިގައާއި ފެނުން މަތީގައި، ތިޔަ ރަނިންމޭޓްގެ ހިތްވަރެއް ހުރިއްޔާ މިހާރުން މިހާރަށް އެބުދުތަށް ނަންގަވާދެއްވަބަލާ.

The name is already taken The name is available. Register?

ވިސްނ

15 August 2018

ކަލޯ އެނެގިތާ ކޮން ދުވަހެއް؟ ދުނިޔޭގަތަ ތިއުޅެނީ؟

The name is already taken The name is available. Register?

ޅޮސް

16 August 2018

ކޮންތާކު. ނުނަގާ. ކާކަށް އޮޅުވާލަން ތިޔައުޅެނީ. ތިޔަބުނާ ބުދުތަކެއް ނަގަން އެންގިވާހަކަ މިރާއްޖޭގެ ރައްޔަތުންނަށް އިނގޭނެ. އެއީ ރައްޔަތުން ލޮލުގަ އަނދުން އަޅުވަން ދެއްކިވާހަކައެއް. މިއަދުވެސް މިރަށަށް އައިސްބަލާބަލަ. ބުދުތައްހުރީ ހުރިތާނގަ.

The name is already taken The name is available. Register?

falaku ain

15 August 2018

ކޯޓަށް ޔާމީނުގެ ސަރުކާރުން މިހާތަނަށް ހުށަހެޅި ކޮންމެ މައްސަލައެއް ހުށަހަޅާފައިވަނީ އިންޓެލް ރިޕޯޓްގެ މައްޗަށް. ވަރަށް ދެރަވަރު ކަމެއް ޕީ.އެޗް.ޑީ ނަގައިގެން ހުންނެވި ބެފުޅަކަށް އިންޓެލް ރިޕޯޓް (އިންޓެލިޖެންސް ރިޕޯޓް= ޖާސޫސީ ރިޕޯޓް= މީހަކު އެހެންމީހަކާ ބެހޭ ގޮތުން ސިއްރުން ހޯދާ މަޢުލޫމާތު) އަކީ ކޮން އެއްޗެއްކަން ނޭގުނީމާ. ލޮލް. ރައީސުގެ ރަނިންމޭޓްގެ މޮޔަގޮވުން. ލޮލް

The name is already taken The name is available. Register?

މަރީ

15 August 2018

މިމީހުންގެ ވެރިކަމުން ރައްޔިތުންނަށްލިބޭ ފައިދާއެއްގެ ވާހަކައެއް ނެތްދެއްކޭކަށް، އެއީ ކޮށްފަ ހުރި ވައުދުތައް ނުފުއްދާ، އަނިޔާވެރިކަމާއި ކޮރަޕްޝަން އިންތިހާއަށް ބޮޑު ވެފަ އޮތްކަން މިއޮތީ ފެންނަން. ދެން މުޅިންވެސް މިއުޅެނީ އިދިކޮޅު ފަރާތްތަކުގެ ވެރިކަމަށް ވޭނެގޮތެއްގެ ވާހަކަ ހަދައިގެން ދައްކަން. ބޮދު ޖޯކެއް މިޝަހީމަކީވެސް.

The name is already taken The name is available. Register?

ޑޮކްޓަރުންގެ ސިޓީ / އައްޑޫ ސިޓީ

15 August 2018

ފުރަތަމަކަމަކަށް “އިދިކޮޅު” މާނަކުރައްވަނީވެސް ޑިމޮކްރެޓިކްހަމަތަކާއި އުސޫލުތަކާއިހިލާފަށްކަން ޝޭޙަށް ދަންނަވަން. . . . ޑިމޮކްރެޓިކްވެރިކަންހިގާ ތަހްޒީބްދައުލަތްތަކުގައި ޖާސޫސުކުރުމުގެބާރާއި ޙައްޤުވެސްލިބިދެނީ ޤާނޫނީތަރަހައިގެ ތެރެއިންކަޑައެޅިފައިވާމިންތަކަކަށާއި ހަމަތަކަށް ވަކިމިންވަރަކަށް. . . . އަމުދުން އަހަރުމެންގެ އިސްލާމްދީނުގައި “ޖާސޫސު ކުރުމާއި އަދި އެކަކު އަނެކަކަށް ސިއްރުން ޖާސޫސު ކުރުމުގެ ނުބައިކަމުގެވާހަކަ” ތަފްސީލްކޮށް ބަލަންބޭނުންބަޔަކަށް އިގެންއެބަހުރި. އެކަންކަމަކީ ދޮގުކޮށް ބަދަލު ކުރެވޭނެ ކަމެއްނޫން. . . . ޝޭޙް.. ކުށެއްކޮށް އޭގެ ޝަރުއީހުކުމް ނާންނަމީހާގެ އަބުރަށްގެއްލުންވާފަދަ ވާހަކަދެއްކުމާއި، މިވެނިމީހަކީ މިވެނިހެންވެއްޖެނަމަ “ފާސިޤުންގެ ތެރެއިން ހިމެނޭނެ މީހެއްކަމަށް” ތުހުމަތު ކުރުމާއި މުސްލިމެއްގެ އަބުރުނަގާލާ މުޖުތަމައުގައި އޭނާގެ ކަރާމަތަށް އުނިކަންލިބޭފަދަ ކަންކަން ކުރުމާއި ވާހަކަ ފެތުރުމަކީ “އޭނާގެ މުޅަމަސްކެއުން” ކަމުގައި އިސްލާމްދީ ކަޑައަޅާފައި ނުވޭތޯ؟

The name is already taken The name is available. Register?

ޙުސް

15 August 2018

ޢެޓްލީސް މިހާރު ހުރި ނައިބު ރައީސް ޖިހާދަކީ ކިޔަވައިގެން ހުރީ ކަން ކުރެވޭ މޮޅުމީހެއް، މިހާރު ޝަހީމް ރަނިންމޭޓަކައް ލައިގެން މިއެޅީ ފަހަތައް 2 ފިޔަވަޅުތޯ؟

The name is already taken The name is available. Register?

މަދިރި

15 August 2018

ތީ ވަރަށް ބޮޑުތެދެއް.

The name is already taken The name is available. Register?

ްހައިސަމް

15 August 2018

2008ވަނަ އަހަރު ވެރިކަމަށް ވަޑައިގަނެ ގާނޫނު ވީދާލައި ޖުޑީސިއަރީގައި ތަޅުއަޅުވައި ލޮލުކުރިމަތީގައި މީހުން ރަހީނުކުރުމުން ރައްޔިތުން ނިކުމެ މުޒާހަރާކުރުމުން. 2012ވަނަ އަހަރު އަމިއްލަފުޅަށް އިސްތިއުފާދީ. ބަގާވާތްކުރީއޭ ކިޔައި ގައުމުގެ އެތަންމިތާނގައި ހުޅުޖަހައި މުޅިގައުމު ފަސާދައަށް ވައްޓާލާ ދިވެހި ރައްޔިތުންގެ ނިދި ނަގައިލި މަންޒަރު މި ދެލޮލުން ދުށިން މާޒީ އަނބުރާ ގެންނާކަށް ބޭނުމެއްނޫން.

The name is already taken The name is available. Register?

ނިދިފިޔަ

15 August 2018

ދެން އެ އެހިސާބުން ފެށިގެން މިއަދާހަމައަށް ވެސް ތިޔަ ދެލޯ ކަނުވީ އުތަ؟

The name is already taken The name is available. Register?

ނިންމާހ

15 August 2018

ޝަހީމް އަކީ ދީނީ އިލްމްވެރިއެކޭ ކިއުން ހުއްޓާލީމަ އޭނާގެ ވާހަކަ ހަމަޖެެހެން ފަށާނެ. މަގާމުގެ ދަހިވެތިކަމުގައި ޔާމީނަށް އަދާ ކުރަންޖެހޭ އަގު އެދަައްކަނީ ލަދެއް ނެތި. މޮޅަށް "ކިޔަވައިގެން" ތިބުމަކީ ފަސާދަ ކުުރުމަށް ލިބޭ ލައިސަންސް.

The name is already taken The name is available. Register?

އަހައްސަ

15 August 2018

އެއީކީ ނޫން މައްސަލަޔަކީ. މައްސަލަޔަކީ ދީނާ ސިޔާސަތު ވަކިކުރުން. ދީން ކިޔަވައިގެން ތިބި މީހުންނަށް ސިޔާސީ ވާހަކަ ނުދެއްކޭނެކަމަށް ގަބޫލުކުރުން.

The name is already taken The name is available. Register?

ފަސީ

15 August 2018

ބައްލަވާ މަނިކުފާނު. މިވެރިކަމުގަވެސް އޮތީ ހަމަ ތިކަންތައް. އަދި ޖާސޫސްކުރަނީ ޖާސޫސްކުރާމީހުން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454