ރައީސް ޔާމީނާއި މައުމޫން: ރައީސް ޔާމީން ފެކްޝަންގެ ވިސްނުން ހުރީ މައުމޫން ބޭރުކޮށްގެން ނަމަވެސް ޕާޓީގެ ކޮންޓްރޯލް ނަަގަން ކަމަށް ތުހުމަތުކުރޭ. --ފޮޓޯ: މުހައްމަދު ޝަރުހާން
09 އޯގަސްޓް 2016 - 07:05
ރާއްޖޭގައި މިހާތަނަށް ބޭއްވި އެންމެ ވާދަވެރި އިންތިހާބުގެ ކެމްޕޭންގައި ރައީސް އަބްދުﷲ ޔާމީން ތަކުރާރުކޮށް ވިދާޅުވި ވާހަކަފުޅެއް އޮވެ އެވެ. އެއީ، "ވެރިކަން ކުރައްވާނީ ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ލަފާފުޅާއި އިރުޝާދުގެ މަތިން" ކަމަށެވެ. ވެރިކަމަށް ވަޑައިގެންނެވޭނީ މައުމޫންގެ ތާއީދާ އެކު ކަން އެނގިވަޑައިގެން، ކެމްޕޭންގެ ކުރިއަށް ނެރުއްވީ ވެސް މައުމޫނެވެ. ވެރިކަން ކުރައްވާނެ ގޮތުގެ މިސާލު ޖައްސަވަމުން ވެސް ދެއްކެވީ 30 އަހަރުގެ ވެރިކަމުގައި ގައުމަށް ހޯއްދަވައި ދެއްވި ތަރައްގީ އެވެ.
ކެމްޕޭންގެ ތެރޭގައި މައުމޫނަށް ކިތަންމެ ތައުރީފެއް ކުރެއްވި ނަމަވެސް މައުމޫނާ ދޭތެރޭ ރައީސް ޔާމީންގެ ވިސްނުންފުޅު މިހާރު ބަދަލުކުރައްވައިފި އެވެ. ޕީޕީއެމް ވައިބަ ގްރޫޕްތަކުގައި ރައީސް ޔާމީނާއި މަޖިލީހުގެ ޕީޕީއެމްގެ ބައެއް މެމްބަރުން "ތަރައްގީ އަށް ހުރަހެއް"ގެ ގޮތުގައި ބައްލަވަނީ މައުމޫނެވެ.
މައުމޫންގެ ފެކްޝަނުން ގަބޫލުކުރާ ގޮތުގައި، ރައީސް ޔާމީން ވެރިކަމަށް ގެންނެވުމަށް މައުމޫން ކުރެއްވި ބުރަ މަސައްކަތްޕުޅުގެ މަތިން ރައީސް ޔާމީން ވަނީ ހަނދުމަފުޅު ނައްތާލައްވައިފަ އެވެ. ރައީސް ޔާމީން މިހާރު އަމާޒު ހިއްޕަވާފައި ވަނީ، ޕީޕީއެމްގެ އިސް ބައެއް މެމްބަރުން ވިދާޅުވި ގޮތުގައި، މައުމޫން އެ ޕާޓީން ބޭރުކޮށް ޕާޓީގެ ކޮންޓްރޯލް އަތުލެއްވުމަށެވެ.
ޕީޕީއެމް ޕްރެސް ކޮންފަރެންސެއްގައި މައުމޫން ވާހަކަ ދައްކަވަނީ. -- ފޮޓޯ: މުހަންމަދު ޝަރުހާން/ މިހާރު
އެކަމަށް މަގުފަހިކުރަން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ލައްވައި އެތައް ކަމެއް އެމަނިކުފާނު ކުރައްވަމުން ގެންދަވާ ކަމަށް ތުހުމަތުކުރާ މެމްބަރުން ދައްކަވާ ސަބަބުތަކެއް އެބަ ހުއްޓެވެ. އޭގެ ތެރޭގައި މައުމޫން ގޮވައިގެން ކޯޓަށް ދިއުމާއި ޕާޓީގެ ރައީސްގެ ހައިސިއްޔަތުން މައުމޫން ވިދާޅުވާ ވާހަކަތަކަށް މެމްބަރުން ލައްވައި މަލާމާތްކޮށް، ހަޖޫޖެހުމާއި ވެރިކަން ހިންގުމުގައި މައުމޫންގެ އެއްވެސް އިރުޝާދެއް ބޭނުންފުޅު ނުވާ ކަމަށް ވިދާޅުވުން ހިމެނެ އެވެ.
"މިހާރު"އާ ވާހަކަ ދެއްކެވި މައުމޫނަށް ތާއީދުކުރައްވާ ބައެއް ކައުންސިލް މެމްބަރުން ވިދާޅުވި ގޮތުގައި މި ހުރިހާ ކަމެއްގެ ތެރެއިން މައުމޫނާ ދެކޮޅަށް މިހާރު އޮތީ އެންމެ ނުރައްކާތެރި ހަތިޔާރު ވެސް ނަގައިފަ އެވެ.
އެއީ، 65 އަހަރު ވުމުން ސިޔާސީ ޕާޓީއެއްގެ ރައީސް ކަމުގެ މަގާމް ގެއްލޭ ގޮތަށް ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ހުށަހަޅަން ނިންމާފައިވާ އިސްލާހެވެ. ވަރަށް އަވަހަށް އެ އިސްލާހު މަޖިލީހަށް ހުށަހަޅާނެކަމުގެ އަޑުތައް ދަނީ ފެތުރެމުންނެވެ. މިއީ، ސީދާ މައުމޫނަށް އަމާޒުކުރައްވާފައިވާ އިސްލާހެކެވެ. މި އިސްލާހު މަޖިލީހަށް ހުށަހަޅަން ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގައި މަޝްވަރާކުރި ނަމަވެސް އަދި ނުފޮނުވަ އެވެ.
ޕީޕީއެމް/އެމްޑީއޭ މެމްބަރުންގެ މެޖޯރިޓީއާ އެކު އިސްލާހު ފާސްވެއްޖެ ނަމަ ޕާޓީގެ ރައީސް ކަން މައުމޫނަށް ގެއްލޭނެ އެވެ.
"އިސްލާހު ހުށަހަޅައިގެން މެމްބަރުން ލައްވައި ނުވަތަ ކޯޓުތައް މެދުވެރިކޮށްގެން ވެސް ރައީސް ޔާމީން ބޭނުންފުޅު ވަނީ ރައީސް މައުމޫން ނަގާ ހޫރާލަން. ރައީސް ޔާމީން ވެރިކަމަށް ގެންނަން، އާލާސްކަންފުޅާ އުޅުއްވަމުން ވެސް ރަށްތަކަށް ދަތުރުކުރައްވައިގެން ރައީސް މައުމޫން ކުރެއްވި ބުރަ މަސައްކަތްޕުޅު [ރައީސް ޔާމީން] ބަލައެއް ނުގަނޭ،" ޕީޕީއެމްގެ އިސް މެމްބަރަކު ވިދާޅުވި އެވެ.
"ވެރިކަން ކާމިޔާބުވީމަ މި ބުނަނީ ރައީސް މައުމޫން މުސްކުޅިވެއްޖެއޭ، އެއްކައިރި އަށް ޖެހޭށޭ. ވެރިކަމަށް ހުރަސްއަޅަނީއޭ."
ޕީޕީއެމް އޮފީހުގައި ބޭއްވި ބައްދަލުވުމަކަށް ފަހު މައުމޫން ކާރަށް އަރާވަޑައިގަންނަވަނީ.---ފޮޓޯ: މުހައްމަދު ޝަރުހާން/މިހާރު
އެކަމަކު މައުމޫނަށް ޕީޕީއެމްގެ ރައީސްކަން ގެއްލޭ އިސްލާހު މަޖިލީހަށް ހުށަހަޅަން އުޅޭ ކަމަށް ދައްކާ ވާހަކަތައް ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު ރިޔާޒް ރަޝީދު ދޮގުކުރެއްވި އެވެ. އޭނާ ވިދާޅުވީ އެފަދަ އިސްލާހެއް ހުށަހަޅަން އެއްވެސް ކަހަލަ މަޝްވަރާއެއް ޕާލަމެންޓްރީ ގްރޫޕްގައި އަދި ކުރިއަށް ނުދާ ކަމަށެވެ.
އެކަމަކު މައުމޫނަށް ތާއީދުކުރައްވާ މެމްބަރުން ދެކެވަޑައިގަންނަވާ ގޮތުގައި މަޝްވަރާކޮށްގެން ހައްލު ހޯދުމުގެ ބަދަލުގައި ކޯޓު މެދުވެރިކޮށް ޕީޕީއެމްގެ ކޮންޓްރޯލް ހޯދަން ދެ މެމްބަރަކު ލައްވައި ހުށަހެޅީ ވެސް ރައީސް ޔާމީނެވެ. އެމަނިކުފާނުގެ އިރުޝާދެއް ނެތި ރައީސް މައުމޫނާ ދެކޮޅަށް ތެދުވަން މަޖިލިސް މެމްބަރުންނަށް ކެރިވަޑައެއްނުގަންނަވާނެ އެވެ.
ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ އަށް ޑިސްޕިއުޓް ރިޒޮލިއުޝަންގައި ދެ ފަރާތުން ވާހަކަ ދައްކައިގެން ސުލްހަވެވެން ވެސް އޮތެވެ. އެކަމަކު މައްސަލަ ޝަރީއަތަށް ހުށަހެޅީ އެ ހައްލު ހޯދަން ބޭނުން ނުވުމުންނެވެ.
ކޯޓުން މައްސަލަ ބޭރުކޮށްލުމުން، ދެ ވަނަ ފަހަރަށް އެ މައްސަލަ ހުށަހެޅީ ކޯޓުގައި އެދުނު ހުރިހާ ކަމެއް ޕީޕީއެމުން ފުރިހަމްކޮށްފައި ވަނިކޮށް ކަމަށް މައުމޫން ފެކްޝަނުން ބުނެ އެވެ. ކޯޓަށް ހުށަހެޅީ ޕާޓީގެ ކޮމެޓީތަކާއި ކައުންސިލް ބޭއްވުން ހުއްޓުވާފައިވާ ކަމަށް ބުނެ އެވެ. އެކަމަކު ފަހުން މައްސަލަ ކޯޓަށް ވެއްދިއިރު މައުމޫން ވަނީ ކޮމެޓީތައް ބޭއްވުމުގެ ހުއްދަ ދެއްވައި ބަޔާނެއް ވެސް ނެރުއްވައިފަ އެވެ.
"މިހާރު ކޯޓުގައި އެ ގެންދަނީ ނިމިފައިވާ މައްސަލައެއް. އެކަމަކު ކައުންސިލް ބޭއްވުމުގެ ބާރުތައް އަސާސީ ގަވާއިދުގައި ދީފައި އޮންނަނީ ޕާޓީގެ ރައީސަށް،" ޕީޕީއެމް ކައުންސިލްގެ އިސް މެމްބަރަކު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މަޝްވަރާކޮށްގެން ޕާޓީގެ މައްސަލަ ހައްލުކުރައްވާކަށް ރައީސް ޔާމީން ބޭނުންފުޅެއް ނުވެ އެވެ. މައުމޫނާ ދެކޮޅަށް އެމަނިކުފާނު މިހާރު ކުރައްވާ ކަންކަމާއި ރާއްވަވާ ރޭވުންތަކުން، އާއްމު މެމްބަރުންނަށް ވެސް ވަރަށް ބޮޑު މާޔޫސްކަމެއް ލިބޭނެ ކަމަށް އެއް މެމްބަރަކު ވިދާޅުވި އެވެ.
މައުމޫން ޕީޕީއެމުން ބޭރުކުރުމުގެ މަސައްކަތް ވަރަށް ކުރިއްސުރެން ފަށާފައިވާ ކަމުގެ ހެއްކެއް ދައްކަވަމުން އޭނާ ތުހުމަތުކުރެއްވި ގޮތުގައި ޕާޓީގެ ރައީސްކަން މައުމޫނަށް ގެއްލޭ ގޮތަށް އެމްޑީޕީގެ މެމްބަރެއް ކަމަށްވާ މެދު ހެންވޭރު ދާއިރާގެ އަލީ އާޒިމް ލައްވައި މަޖިލީހަށް ބިލެއް ވެއްދީ ވެސް ރައީސް ޔާމީން ބޭނުންފުޅުވެގެންނެވެ. މިހުރިހާ ކަމެއް މައުމޫނާ ދެކޮޅަށް ކުރެއްވިއިރު ވެސް އެމަނިކުފާނު ހިމޭނުން ހުންނެވީ، ޕީޕީއެމްގެ ވެރިކަމަކަށް ވެފައި ގައުމާއި ރައްޔިތުންނަށް ލިބިދާނެ ގެއްލުމަކަށް ވިސްނެވުމަށް ފަހު ކަމަށް އޭނާ ވިދާޅުވި އެވެ.
އެ ވާހަކަތަކަށް ރައްދު ދެއްވައި ރިޔާޒް ވިދާޅުވި ގޮތުގައި ރައީސް ޔާމީނާއި ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕް މެމްބަރުންގެ ވެސް ވިސްނުން ހުރީ ޕާޓީގެ އެތެރޭގައި އުފެދިފައިވާ މައްސަލާގައި ވާހަކަ ދައްކައިގެން ސުލްހަވެރި ހައްލެއް ހޯދުމަށެވެ. ޕާޓީގެ ކޮންޓްރޯލް ނަންގަވައި މައުމޫން އެކި ކަންކަން ކުރައްވާއިރު ވެސް އެމަނިކުފާނަށް ހުތުރުވާ ގޮތަށް އެއްވެސް ވާހަކައެއް މެމްބަރުން ނުދައްކަވަނީ ވެސް އެހެންވެ ކަމަށް ރިޔާޒް ވިދާޅުވި އެވެ.
ޕީޕީއެމްގެ ކައުންސިލް ބައްދަލުވުމެއްގައި ރިޔާޒާއި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް ވާހަކަ ދައްކަވަނީ: މައުމޫނަށް ޕާޓީގެ ރައީސްކަން ގެއްލޭ އިސްލާހު ހުށަހަޅަން އުޅޭ ކަމަށް ދައްކާ ވާހަކަތައް ރިޔާޒް ދޮގުކުރައްވާ. --ފޮޓޯ: މުހައްމަދު ޝަރުހާން
އޭނާ ތުހުމަތުކުރެއްވި ގޮތުގައި މައުމޫން ވަނީ ރައްޔިތުންގެ މަޖިލީހުގެ ޕީޕީއެމް މެމްބަރުންގެ ބޮލުގައި ރިޝްވަތުގެ ތުހުމަތު ވެސް އަޅުއްވައިފަ އެވެ. އެކަމަކު ޕީޕީއެމް ވެރިކަމެއްގައި، އެމަނިކުފާނުގެ އާއިލާގެ ބޭފުޅުން އެކަނި ރިޝްވަތު ނުނަގާ ކަމަށް ދޭހަވާ ގޮތަށް، މެމްބަރުންގެ ބޮލުގައި ދޮގު ތުހުމަތު އެޅުވުމަކީ ޕާޓީގެ ރައީސްގެ ހައިސިއްޔަތުން މައުމޫން ކުރައްވަން ވާނެ ކަމެއް ނޫން ކަމަށް ރިޔާޒް ވިދާޅުވި އެވެ.
"އަނެއްކާ މައުމޫން އަމިއްލަފުޅަށް ގޮތްދޫ ނުކުރައްވައި މަދު ބައެއް ގޮވައިގެން ޕާޓީގެ ހުރިހާ ކޮންޓްރޯލެއް ނަންގަވައިގެން އެ އުޅުއްވަނީ. ޕާޓީ ހިސޯރުކޮށްގެން އުޅުމަކީ ޑިމޮކްރަސީގައި އޮންނަ އުސޫލެއް ނޫން. އެގޮތަށް އެކަމެއް ނުކުރެއްވޭނެ،" އޭނާ ވިދާޅުވި އެވެ.
ޕީޕީއެމްގެ އެއްވެސް ކަމެއް ގޯސްކޮށް ހިނގާފައިވާ ނަމަ، ރިޔާޒް ވިދާޅުވި ގޮތުގައި، ރައީސް މައުމޫން އެކަމުގެ ޒިންމާ އުފުއްލަވަން ޖެހިވަޑައިގަންނަވާނެ އެވެ. އެއީ، ޕާޓީގެ އެއްވެސް ކަމެއް ނުކުރެވި ނުވަތަ ގޯސްކޮށް ހިނގާފައިވާ ނަމަ އެއީ މައުމޫން އުފުއްލަވަން ޖެހިވަޑައިގަންނަވާ ޒިންމާ ނުއުފުއްލެއްވުމުގެ ނަތީޖާ ކަމަށް ވެސް ރިޔާޒް ވިދާޅުވި އެވެ.
"ތުހުމަތު އެހެން ބައެއްގެ ބޮލުގައި އަޅުވައި ރެކެވޭނެ އެއްވެސް ޖާގައެއް ރައީސް މައުމޫނަކަށް ނޯންނާނެ،" ރިޔާޒް ވިދާޅުވި އެވެ.
މައުމޫން ފައުންޑޭޝަނުން ބޭއްވި އިހްޔާފޯރަމެއްގައި މައުމޫން ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ: މުހައްމަދު ޝަރުހާން
ރައީސް ޔާމީނާއި މައުމޫނާ ދެމެދު އުފެދިފައިވާ ހިޔާލުތަފާތުވުންތައް ފަޅައިގެން ދިޔައީ 2018 ގައި ރައީސް ޔާމީނަށް، މައުމޫން ތާއީދުނުކުރައްވާނެ ކަން އެނގިވަޑައިގަތް ހިސާބުންނެވެ. އެ ނިންމުން މައުމޫން ނިންމަވަން ޖެހިވަޑައިގަތީ، މައުމޫންގެ ގާތް ބައެއް ބޭފުޅުން ވިދާޅުވި ގޮތުގައި، ވެރިކަން ކުރަން ރައީސް ޔާމީނަށް ލިބިވަޑައިގަތް ފުރުސަތުގައި ގައުމާއި ރައްޔިތުންނަށް ވުރެން އަމިއްލަ މަސްލަހަތު އިސްކުރައްވައި ގާނޫނުތަކުގެ ރޫހާ ހިލާފަށް އަމަލުކުރައްވަން ފެއްޓެވުމުންނެވެ.
"ޕާޓީ ވެސް އަތުލެވިދާނެ، އެކަމަކު ރައީސް މައުމޫން ނޫނެކޭ ވިދާޅުވެއްޖެ ނަމަ 2018 ކީއްކުރަން 2023 ވެސް ރައީސް ޔާމީނަށް ކާމިޔާބެއް ނުވާނެ. ރައީސް މައުމޫންގެ ޓެގު އަޅުވައިގެން ވެރިކަމަށް ވަޑައިގެން ވަރަށް ހުތުރު އަމަލުތަކެއް ހިންގެވީ،" ކައުންސިލް މެމްބަރަކު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަލޯ
10 August 2016
ގަައުމުގައިހިގާކަންކަމަށް ޔާމިނު ޒިއްމާވާކަށް ނުޖެހޭތޯ
ޖހ
10 August 2016
ކަލޯ މާ އަނގަ ގަދަ ނުކުރޭ - އަބުރު ގެއްލުވާލާނަން..
އަހައްމަދު އަހައްމަދޭ
09 August 2016
ހަގީގަތުގަ ދިވެހިރައްޔަތުންގެ ގިނަބަޔަކު މައުމޫނަށް ތާއީދު ކުރާތީ މައުމޫނާ ނުކުޅެވިގެން އުޅެނީ މައުމޫނު އަކީ 35% ނަށީދުއަކީ 46% ބާކީ އޮތް 19 % ން ވެރިކަމަށް ނާދެވޭނެކަން ޔާމީނުއަށް ވަރަށް ރަނގަލަށް އެނގިވަޑަިގަންނަވާނެ ، މިހެން ބުނީމަ ބަޔަކު ބުނެފާނެ މަުމޫނަކަށް އެތާއީދެއް ނޮއޮންނާނޭ ،އަހަރެމެން 2008ގަވެސް ބުނިން މައުމޫނަށް 25% ވެސް ނުލިބޭނޭ ،އެކަމަކު ހަގީގައް ވާނީ ހަމަ ހަގީގަތަށް ،
ބާކީ 120ދ
09 August 2016
ރައީސް މައުމޫން އާއި ނުބެހޭތި. ޢޭރުން މަންޒަރު ވަރަށް ހަޑިވާނެ. ....
ނަތަންޔާާާާހުޫ
09 August 2016
ދުނިޔެ ތަރައްގީ ކުރެވޭނީ އިންސާނުންވެސް ތަރައްގީގެމަގުންވިސްނައިގެން، ސައޫދީއިން ތެޔޮފެނުނަސް، މިހާރު އެގައުމުން އެފެންނަ އުމްރާނީ ތަރައްގީ ނުފެންނާނެ، ޔަހޫދީންނާއި ނަސާރާއިންނާއި ނުގުޅި، އެއީ ފެންނަންއޮތްހަގީގަތަކީ މިދުނިޔޭގައި. 30 އަހަރުފަހަތަށް ވިސްނާ މީހުންނަކަށް، 30އަހަރުގެ ފަހަތެއްނުފެންނާނެ، މައުމޫނު ޕާޓީން އެކަހެރިވެ، ދުންޔާ އާއި ހަވާލުކުރުން އެއްމެރަނގަޅީ، ނުވަތަ ޔާމީނާއި.
ދޮންދީނި
10 August 2016
ޔާމީނާއި ޕޕމ ހަވާލު ކުރަންވީ ކީއްވެ....އެ ޕޓ އުފައްދަން އޭނަ ކޮންކަމެއް ކުރީ...އޭނަ އަބަދުވެސް ހުންނަންވީ އެހެން މީހުން ބުރަމަސައްކަތުގެ ފޮނިކޮޅު ބޯލަންދޯ! ޢޭނަގެ ޕއ އަށް އޭނަ ގެ ބައިމަދު ސަޕޯޓަރުން ގޮވައިގެން ދިޔައީމަ އެވީނު 2018 ކާމިޔާބު ކުރަން...
ޕައްލަންބެ
09 August 2016
ލޭގެ ގުޅުމެއް ކަނޑައެއް ނުލެވޭނެ .. ދުރުވިޔަސް ރަބަރު ފަށެންހެން ކައިރިވާނެ ... މައުމޫނު ޔާމީނުއަށް 2018 ތާއީދުވެސް ކުރާނެ ...
އަލީ
09 August 2016
ސައިހު ބުނީ ވެރިމީހާ އަށް ތަބާވާން ޖެހެޔޯ ކޮންމެ ކަމަކައް އަމުރުކުރިޔަސް ނޫނެކޭ ނުބުނެވޭނޯ ތިމާ ރުހުނަސް ނުރުހުނަސް މިހެނޯ އިސްލާމް ދީނުގާ އޮނަނީ؟؟؟؟؟މިކަހަލަ ސޭހުން ތިބޭތީ އިސްލާމް ދީނުގެ އަގުވެއްޓެނީ................
މަޢުމޫން
09 August 2016
ނިކަން މަ ބޭރު ކޮށްބަލަ..
ޒާ
09 August 2016
ރައީސް ޔާމީނަކީ އެމަނިކުފާނަށް އިޚްލާސްތެރި މަސައްކަތް ތަކެއް ކޮށް ދެއްވައި ވެރިކަން ހޯއްދަވައި ދެއްވުމަށް ބުރަ މަސައްކަތް ކުރެއްވި ހުރިހާ އިސް ބޭފުޅުން ވަރަށް ނިކަމެތި ގޮތަކަށް ބޭރުކުރެއްވި ބޭފުލެއް. ޔާމީނަށް އަތުބާރު ނުކުރެވެނީ އެހެންވެ. މައުމޫނާއި ގާސިމާއި ނުލައި ޔާމީނު އުޅުއްވަނީ ކޮންވެރިކަމެއް 2018 ހޯއްދަވަންތޯއެވެ؟
ޔާމީނު
09 August 2016
މައުމޫނު ބޭރުކުރުން މާލަސްވެއްޖެ. ލަސްކުރުމުގެ ހިތި ޔާމީނައް ލިބޭނެ. ދެންވެސް ވެރިކަމުގައި ހުންނަވަން ބޭނުންނަމަ މައުމޫނު ސައިޒައް ކަނޑަންވީ. ޖަލައްވެސް ލާންވީ. މިރާއްޖޭގައި މައުމޫނައް ވެގެން އެއްވެސް މީހަކައް ވެރިކަން ވިޔަކަނޫދޭނެ.
ފަނަސް
09 August 2016
ކޮބާ ލަދު ޙަޔާތުގެ ކަންފުޅެއް...މައުމޫނުގެ ތާއީދާ ނުލާ ތިބުނާ ޔާމީނަށް މުކޮސްވެސް ނުލިބުނީސް..މައުމޫނާ ހެދި ވެރިކަން ނުކުރެވޭނެއޭ ބުނާއިރު ތިވެރިކަމެއް ކުރަން ލިބުނީ މައުމޫނާ ހެދިކަން މިއަދު ހަނދާން ނެތުމަކީ ޖާހިލް ކަމާ ގޮތްކުޑަ ކަމުގެ އިންތިހާ..ތި ޔާމީނާށް ތާއީދު ކުރާ ދިވެއްސެއް އޭރުވެސް ނެތް...މިއަދުވެސް ތިޔާމީނާހެދި މަރުދެނީ ދައުލަތުގެ ބައިތުލްމާލުން ބަައިއަޅައިދީ ނަގޫ ގޮއްޖަހާފަ ތިބި މަދުބަޔަކު..ޔާމީނަކީ ދުވަހަކުވެސް ދިވެހިން ބަލައިނުގަންނާނެ މީހެއްކަން 2018 ގަ ހުދާ ކަޅުން ސާބިތު ކޮށްދޭނަން އިރާދަކުރެއްވިއްޔާ...އިސްލާމީ ދައުލަތެއްގަ ޙައްޤުގެ މަތީގަ ރަސްކަން ކުރަން ބާޠިލަށް ގިނަދުވަހަކު ދެމިނޯވެވޭނެކަން 2012 ގަވެސް ދިވެހިންވަނީ ތަޖުރިބާ ކޮށްފަ...
ނީމޯޒް
09 August 2016
ކެޔޮގަނޑު ކަނޑާލީމަ ގަހުގެ ބޭނުމެއް ހަމަ ނޯންނާނެ