މާލޭގެ މަގުމަތީގައި ފެންބޮޑުވެފައިވާއިރު، ޓްރެފިކް ފުލުހެއް ހަރަކާތްތެރިވަނީ-- ފޮޓޯ: ނިޝާން އަލީ/ މިހާރު
28 އޮކްޓޯބަރ 2018 - 16:25
ފަހަކަށް އައިސް މާލޭގައި ފެން ބޮޑުވެފައި ނުވާ ވަރަށް، މިއަދުގެ ވިއްސާރައިގައި ފެން ހެދި، ބައެއް ސަރަހައްދުތަކުގައި ވެހިކަލް ދުއްވަން ވެސް ބޮޑެތި އުނދަގޫތަކާ ކުރިމަތިލާން ޖެހިއްޖެ އެވެ.
ހެނދުނު 11:30 ހާއިރުން މާލެ އަށް ވަރަށް ބޯކޮށް ދަނީ ވާރާވެހެމުންނެވެ. އެންމެ ބޮޑަށް ފެންބޮޑުވެފައި ވަނީ އަމީނީމަގާއި އައިޖީއެމްއެޗް ހުންނަ ސަރަހައްދުގަ އެވެ. އެ ދެ ސަރަހައްދުގައި ފެން ބޮޑުވެފައި އޮތްލެއް ބޮޑުކަމުން، ބައެއް އުޅަނދުތަކަށް ގެއްލުންތައް ވެސް ވަނީ ލިބިފަ އެވެ.
Alhugandumen baraabarah GST dhakkan. Ekamaku vaarey vehuneema adhives hudhu MIRA kurimathi ves onnanee mihaaluga. #MiRa pic.twitter.com/MgzvkLP6dg
— Yossi®️ (@HasynMV) October 28, 2018
އާންމުކޮށް ފެން ބޮޑުވާ ހިސާބުތަކުގެ އިތުރުން، ތާރު އަޅައިގެން އަލަށް ހެދި ރިންގް ރޯޑުގެ އެކި ހިސާބުތަކުގައި ވެސް މިއަދު ފެން ބޮޑުވި އެވެ.
ބައެއް މީހުން ބުނި ގޮތުގައި މި ފަހުން މިވަރަށް މާލޭގައި ފެން ބޮޑުވެފައެއް ނުވެ އެވެ.
ފެން ބޮޑުވެ ވެހިކަލް ދުއްވުމާއި ހިނގާބިނގާވެ އުޅެން ދަތިވާ ހިސާބަށް ދިއުމުން ސިފައިން ނުކުމެ ފެން ހިންދުމުގެ މަސައްކަތް މިހާރު ވަނީ ފަށައިފަ އެވެ. އެކަމަކު އަދިވެސް އަމީނީ މަގުގެ ބޮޑު ސަރަހައްދެއްގައި ހެދިފައި އޮތް ފެންގަނޑު ތިރިއަކަށް އަދި ނުދެ އެވެ.
Vaarey kolheh vehilaa irah Male miothy fenu adeega. @MMuizzu sarukaaru budgetun bodethi adhadhu thah nagaigen miyoh hurihaa dhuvahu thiya kuree keeh!! Gaimu iru iru kolhaa govaa miveni mageh hadhaifi, eveni mageh hadhaifi. pic.twitter.com/rA4GrVj7Sy
— Addu X Files (@adduXfiles) October 28, 2018
މެޓު އޮފީހުގެ އޮފިޝަލަކު ވިދާޅުވީ ރާއްޖެ އަށް މިހާރު ކުރަމުން ދަނީ ހުޅަނގު މޫސުމުގެ ވިއްސާރަ ކަމަށެވެ. އެގޮތުން މާލެ އަށް ވެސް، އަންނަ ބުދަ ދުވަހާ ހަމައަށް ވިއްސާރަ ކުރާނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓް އޮފީހުގެ އޮފިޝަލަކު ވިދާޅުވި އެވެ.
Heavy rains flood Male’ pic.twitter.com/wdmsnVGuPL
— niumath (@niumath) October 28, 2018
ކުރިއަށް އޮތް 24 ގަޑިއިރަށް މޫސުން އެންމެ ބޮޑަށް ގޯސްވާނެ ކަމަށް ލަފާކުރެވެނީ މެދުތެރެއާ ދެކުނުގެ ހިސާބުތަކަށެވެ. އަންނަ ހަފުތާ ބަންދުގައި މޫސުން އެންމެ ގޯސްވާނެ ކަމަށް ލަފާކުރެވެނީ އުތުރާއި ދެކުނުގެ ހިސާބުތަކަށެވެ.
މަގުތަކުގައި އާދަޔާ ޚިލާފަށް ފެން ބޮޑުވެފައި ވާއިރު އެކަމާ ގުޅުވައިގެން ސޯޝަލް މީޑިއާގައި ބައެއް މީހުން އަންނަނީ ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ. އެއް ބަޔަކު ބުނިގޮތުގައި، ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި މުޅި މާލޭގައި ފެންބޮޑުވެ ހިނގާބިނގާވެ އުޅެން ދަތިވީ، ފެންބޮޑުވުމުގެ މައްސަލަ އެކަށީގެންވާ ގޮތެއްގައި ހައްލުކޮށްފައި ނުވާތީ އެވެ.
މާލޭގެ ފެންބޮޑުވުމުގެ މައްސަލަ ހައްލުކުރުމުގެ މަޝްރޫއެއް، ފިޔަވަހިތަކަކަށް ބަހާލައިގެން ހައުސިން މިނިސްޓްރީން ކުރިއަށް ގެންދިޔަ އެވެ. ނަމަވެސް އެކަށީގެންވާ ހައްލެއް ނުހޯދެ އެވެ.
މޫސުމާ ބެހޭ އޮފީހުން ބުނިގޮތުގައި ފާއިތުވި އަށް ގަޑިއިރުގެ ތެރޭގައި އެންމެ ބޯކޮށް ވާރޭވެހިވެފައި ވަނީ ގއ. ގެމަނަފުއްޓަށެވެ. އެ ރަށަށް 81 މިލިލީޓަރުގެ ވާރޭވެހިފައި ވެ އެވެ.
ރާއްޖޭގެ ތާރީހުގައި އެންމެ ބޯކޮށް ވާރޭވެހިފައިވަނީ ސ. ގަމަށެވެ. އެ ރަށަށް 2015 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ފަހުކޮޅު ވަނީ 228 މިލިލީޓަރުގެ ވާރޭވެހިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިހްސާސް
29 October 2018
މާބުލް ހޮޓެލް ހުންނަ މަގުއެއީވެސް ދުއްވަން ނުރައްކާތެރި މަގެއް. ފެން ބޮޑުވެއްޖެޔާ އަދިކޮބާ ހާލަކީ.
ޅިޔަނާ
28 October 2018
ފޮޓޯއިން ފެންނަ ފުލުސް މީހާ ކުޑަ މުސާރައަކަށް ރައްޔިތު މީހާގެ ޚިދުމަތުގައި އެހުރީ! ޑޮކްޓަރުން ދުވަހަކު ގަޑިއަކަށް ހޮސްޕިޓަލަށް އަންނަނީކީ ނޫން. ގަޑި ޖެހިގެން ގޮސް 1 ގަޑި އިރު ވާއިރުވެސް ނާދެ! 40 ހާސް ރުފިޔާ މުސާރަ ނަގައިގެން. ފުލުހުންނާ ސިފައިންނަކީ ހަގީގީ ގައުމީ ދަރިން
ނޮވެންބަރު-11
28 October 2018
މަށަކަށް ނޭނގުނު ކޮން ތަރައްޤީ އެއް ކަމެއް ގެނެވުނީ އެންމެ 2 ކިލޯމީޓަރގެ ކުޑަ ރަށެއްގެ ފެން ހިންދާ ނުލެވޭ ފެން ބޮޑުވުމަކީ ޢާއްމު ކަމެއް ފެން ބޮޑުވެ ބައެއް ދިމަދިމާ ގަނބާ ބައެއް ކާނުތަކުގެ މަތި ގަނޑު ނެއްޓި އޭގެ ތެރެއަށް މީހުން ވެއްޓި އެބަދޭ ވިއްސާރަ ވެހި ފެންބޮޑުވާނަމަ ފެން ބޭރުކުރުމުގެ މަސައްކަތް ޑިޒާރސްޓަރ މެނޭޖުމެންޓުން ފަށަން ޖެހޭ އަދި ފުލުހުންވެސް މަގުތަކަށް ނިކުންނަން ޖެހޭ
އެޑްމުންޑޯ
28 October 2018
ޓޯކިޔޯ ބޯޓިޔޯ ކިޔާނެ ކަމެއްނެތް ، ގުދުރަތީ ކާރިސާތަކަކީ ދުނިޔޭގެ އެއްވެސް ގައުމެއްގެ ބަޔަކަށް ސަލާމަތްވެގެން ތިބެވޭނެ ކަމެއްނޫން ،
މޫޗީ/މީދޫ
28 October 2018
މިއަދު ދިމާވި ގިނަބަޔަކު ބުނަމުންދަނީ ރިންގރޯޑް ހެދީ އަވަސްއަރުވާލައިގެން ބަލަން ޖެހޭ އެތެއްކަމެއް ނުބަލާ . މުއިއްޒު ޒިއްމާނަންގަވަންޖެހޭ. މުއިއްޒު އަކަށް ނޭގުނު ރިންގރޯޑްއަށް ވެހުނު ހުރިހާ ފެން ރަށުތެރެއަށް ހޯސްލާފައި އައިކަމެއް. ފުލެޓްވެސް ބަހާލީ ހިތަށް އެރިބަޔަކަށް. މުއިއްޒުކިނެއްވެފައި ތިހުންނެވީ.
ޝާއިރާ
29 October 2018
ވާނުވާ ނޭނގެންޏާ ވާހަކަ ނުދައްކަބަލަ. ބޮޑުތަކުރުފާނު މަގުގައި ތާރަ އެޅި ސަރަހައްދުގައި ހުންނަނީ ފެން ހިންދާ ނިޒާމު ހަރުކޮށްފައޭ.
އަހްމަދު
28 October 2018
މާލެ އެކަންޏެއްނޫން ، މިވޭތުވެ ދިޔަ ވިއްސަކަށް އަހަރުދުވަހުވެސް ފެން ބޮޑުނުވާ ވަރަށް ގެމަނަފުށީގައި ވަނީ މަގުތަކުގެ ފެންގަޑު ބޮޑުވެފައި ،
އެހެންތޯ
28 October 2018
އަޑުއެހިން ކޮންމެވެސް ސިޔާސީ މީހަކު ބުނިއަޑު ދެން މާލެއަކު ފެން ބޮޑެއް ނުވާނޭ!!! އިލެކްޝަނުން ބަލިވީމައި އެބަހުގެ ވޮރަންޓީ ހަމަވީ ތޯއްޗެއް؟
ޠައުޝައު
28 October 2018
ޓޯކިޔޯގަ ފެންބޮޑުވެފަ ޓުރެފިކު ބޮޑުވެފަ މީހުން ތޮއްޖެހުމަކީ މައްސަލައެއް ނޫން. އެހެންނުން މުއްއިއްޒު..ފަސް އަހަރުގެ ޓޯކިޔޯ ތަރައްގުއި މިފެންނަނީ.. ކެޕިޓަލް ސިޓީގެ މަގުތަކުން ފެން ހިންދޭނެގޮތެއް ހަދާނުލެވުނު..
ޖަޒީ
29 October 2018
ދެން ޖަޒީރާ ރާއްޖޭގެ ވެރިކަމުގައި މި ކަންތައް ހައްލުކުރަންވީ!