ސަފާރީއެއްގައި އެއްޗެއް ގޮވައި ދެމީހަކު ވަަރަށް ބޮޑަށް ފިހިއްޖެ

މީރު އިލެންޑް ރިސޯޓުގެ ފަޅުތެރޭގައި އޮތް، އެ ރިސޯޓުގެ ސަފާރީއެއްގައި އެއްޗެއް ގޮވައި ދެ މީހަކު ވަރަށް ބޮޑަށް ފިހިއްޖެ ކަމަށް ފުލުހުން ދެންމެ ބުނެފި އެވެ.


މިއަދު 11:45 ހާއިރު ހިނގި އެ ހާދިސާގައި ފިހިފައި ވަނީ ދިވެއްސަކާއި ސްރީ ލަންކާގެ މީހެއް ކަމަށް ފުލުހުން ބުންޏެވެ.

'ސަރާ' ނަމަކަށް ކިޔާ ސަފާރީގައި އެއްޗެއް ގޮވައި ހިނގި މި ހާދިސާގައި އެ ދެ މީހުންގެ މޫނާއި ބަނޑު ވަރަށް ބޮޑަށް ފިހިފައިވާ ކަމަށް ފުލުހުން ބުނެ އެވެ. އަދި އެ މީހުން އޭޑީކޭ ހޮސްޕިޓަލަށް ގެނެސް ފަރުވާ ދެމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

ސަފާރީގައި ގޮވީ ކޮން އެއްޗެއް ކަމެއް ނޭނގޭ ކަމަށާއި މި ގޮވުމާ ގުޅިގެން އަލިފާން ރޯވެފައި ނެތް ކަަމަށް ފުލުހުން ބުނެ އެވެ.