ގއ. ވިލިނގިިލި. ފޭސްބުކް ފޮޓޯ: ވިލިނގިލި
ގއ. ވިލިނގިއްޔަށް ކަރަންޓު ދެމުން އަންނަ ދެ ޖަނަރޭޓަރުގެ ތެރެއިން އެއް ޖަނަރޭޓަރު ހަލާކުވެ، އެ ރަށުގައި ހިންގާ ސަރުކާރުގެ އޮފީސްތަކަށް ކަރަންޓު ފޯރުކޮށް ނުދެވޭތީ އެ ތަންތަނުގެ ޚިދުމަތް ހުއްޓިއްޖެ އެވެ.
ގއ. އަތޮޅު ކައުންސިލްގެ ރައީސް އަހުމަދު ފުއާދު "މިހާރު" އަށް މިއަދު ވިދާޅުވީ 800 ކިލޯވޮޓްގެ ޖަނަރޭޓަރު ހަލާކުވުމުން މުޅި ރަށަށް ކަރަންޓް ދެވޭ ވަރު ނުވާތީ ސަރުކާރުގެ ހުރިހާ އިދާރާތަކުން މިއަދު ކަރަންޓު ކަނޑާލާފައިވާ ކަމަށެވެ. އަދި މާދަމާ ވެސް އެ ތަންތަނަށް ކަރަންޓު ނުދެވޭނެތީ އެ ތަންތަން ބަންދުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. ސަރުކާރުގެ އޮފީސްތަކުން ކަރަންޓު ކަނޑާލާފައިވާއިރު، މުޅި ވިލިނގިއްޔަށް އެއްފަހަރާ ކަރަންޓެއް މިހާރު ނުދެވެ އެވެ. އެހެންވެ، ކަރަންޓު ދެނީ އެކި ސަރަހައްދުތަކަށް ބަހާލައިގެންނެވެ.
"ހޮސްޕިޓަލުގައި ހުރި ބެކަޕް ޖަނަރޭޓަރުތަކުން އެ ތަނަށް ކަރަންޓު ދެމުން އަންނަނީ އެހެންވެ، ހޮސްޕިޓަލްގެ ހިދުމަތަށް ބުރުލެއް ނާރާ. އެހެން ތަންތަނަށް މާދަމާ ވެސް ކަރަންޓެއް ނުދެވޭނެ،" ފުއާދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، ވިލިނގިއްޔަށް ކަރަންޓް ދެމުން އައީ 500 ކިލޯވޮޓްގެ ޖަނަރޭޓަރަކާއި 800 ކިލޯވޮޓްގެ ޖަނަރޭޓަރަކުންނެވެ. އޭގެ ތެރެއިން ހަލާކުވީ މައި ޖަނަރޭޓަރެވެ.
ފުއާދު ވިދާޅުވީ، ވިލިނގިއްޔަށް ކުރިމަތިވެފައިވާ ކަރަންޓުގެ މައްސަލަ ހައްލު ކުރުމަށްޓަކައި ވަގުތީ ޖަނެރޭޓަރެއް ބަހައްޓައި ޚިދުމަތް ދޭން ފެށޭވަރުވާނީ ދެ ދުވަސް ފަހުން ކަމަށެވެ
"ދެދުވަހެއް ތެރޭގައި ވަގުތީ ސެޓަޕެއް ހެދޭނެ،" އޭނާ ވިދާޅުވި އެވެ.
ފެނަކަ ކޯޕަރޭޝަނާ ހަވާލާދީ، ވިލިނގިލީ ކައުންސިލްގެ މެމްބަރު ލުގްމާން ވިދާޅުވީ ކަރަންްޓްގެ މައްސަލަ އަށް ވަގުތީ ހައްލެއް ހޯދަން އެ ރަށަށް ގެންދަނީ ގދ. ތިނަދޫގައި ހުރި ޖަނެރޭޓަރެއް ކަމަށެވެ. އަދި އެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށް ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި އާ ޖަނަރޭޓަރެއް ގެނެސްދޭނެ ކަމުގެ ޔަގީންކަން ސަރުކާރުން ދީފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
Copyright © 2021 Mihaaru · Terms and Conditions · Privacy Policy
Share your opinion about "Mihaaru" new website
"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް
ކޮމެންޓްތައް
ޕޮގުބާ
30 May 2019
އެޖެންޑާ19 ކައުންސިލްތަކަށް ބާރުދީފަ އޮތީ ކަރަންޓްނެތިއެއް އެއްވެސް ކަމެއް ނުކުރެވޭނެ މީ 1912 އެއްނޫ
ހަސަން ނުވަވަނަ
30 May 2019
ޖަޒީރާގަ ތިބޭ ފުޅިބައްތި ބިގަރު ފާނޫޒުން އަލިކޮށްގެން ހަޖަމް ކޮށްލައިގެން. ދެން ދެކަމު ހާޖަތަށް އަތިރިއަށް ދިޔައިމަ ޖަޒީރާ އޮބިނެސް ޓު ދަ މެކްްސް ވާނީ.
އާމިނަތު ނިއުނާ
30 May 2019
މާލަސްތަކެއްނުވެ ހައިވޯލްޓޭޖު އަންޑަރވޯޓަރ ސަބުމެރީން ކޭބަލް އައްޑޫން ފެށިގެން ރާއްޖޭގެ ދެކުނުގެ 4 އަތޮޅަށް އެޚިޒުމަތް ފޯރުކޮށް ދިނުމުގެ ކަންތައް ތަކާއި ބެހޭ ސާރވޭކޮށް މިހާރުވަނީ ނިމިފައި ކަމުން ދެން މިކަމަށް އެހާ ގިނަމުއްދަތެއް ނުނަގާނެއެވެ. ނިއުކުލިޔަރ ރިއކުޓަރެއްގެ އެހީގައި އުފައްދާ މިކަރަންޓަކީ އޭގެ ޒާތުގައި މުޅިރާއްޖެކަވަރުކޮށް އަވަށްޓެރި ސުރިލަންކާއަށްވެސް ފޯރުކޮށް ދެވިދާވަރަށް އުފެއްދޭ ކަރަންޓެއް. ވީމާ މިއުފާވެރިކަބަރުތައް އެއްމެނަށް.
ރަށްދު
30 May 2019
ބޮޑުހުޅު ސަރުކާރު ޖަނަމޯޓަރ. ހަލާކުވާނެ އެކަމަކު ހިދުމަތް ނުލިބިދަނީ ބޮޑުހުޅު ސަރުކާރު ފެންވަރު ނެތިގެން
Solah
30 May 2019
ކަރަންޓް ނެތޭ ކިޔާފައި އޮފީސްތައް ބަންދުކުރަން އަތޮޅު ކައުންސިލްގެ ރައީސަށް ހުއްދަ ދިނީ ކޮން ފަރާތަކުންބާ؟
ބީރުބޮލު
30 May 2019
ޖިޒީރާ ރާއްޖޭގަ ކަރަންޓެެއް ނުހުންނާނެ
މުރާސިލް
29 May 2019
މުޅި ރާއްޖެ ''ކަރަންޓް'' ސޯލިހްވެ، ޖަޒީރާވެ ނިމެނީއެވެ.
ޢަލިދީދީއައްޑޫސިޓީ
29 May 2019
އަތޮޅުތެރޭގެ ރަށްރަށަށް ކަރަންޓާ/ފެނާ/ނަރުދަމާގެ ޚިދުމަތް ދިނުމުގެ ކަންކަން މިހާރަށްވުރެ ހަރުދަނާ ގޮތެއްގައި ގެންދެވޭނެ ގޮތެއް އެބަހޯދަންޖެހޭ. ހއ އިން އައްޑުއަށް މިޝަކުވާ ހަމަ ކޮންމެ ދުވަހަކުހެން އެބަ އަޑުއިވެޔޭ ބުންޏަސް ދޮގަކަށް ނުވާނެ. މުޅިރާއްޖޭގެ ކަރަންޓާ ފެނާ ނަރުދަމާ ގެ ކަންކަން ފެނަކަ އަށް ނުބެލެހެއްޓޭ ނަމަ، ތިންބަޔަކަށް ބަހައިގެން ޚިދުމަތް ދޭންވީ ނުވަތަ އެކަންކުރެވޭ ވަރުގެ ގާބިލުބަޔަކު ހޯދަންވީ. އަބަދު އިންޖީނު މައްސަލަޖެހުމަކީ އަރަތެއް.
ޢަބްދުﷲނާފިޒް
29 May 2019
ޖަނަމޯޓަރަކީ މައްސަލަ ނުޖެހޭ ގޮތަށް އުފައްދާފަ ހުންނައެއްޗެއް ނޫން، މައްސަލަ ޖެހޭނެ، ފުރަމާލޭގަވެސް މައްސަލަ ޖެހޭނޫންތޯ، އެމައްސަލަ "ފިސާރި ކަމަކަށް" ވަނީ ބެކަޕް ނުހުންނާތީވެ، ޖަނަމޯޓަރެއް ސާވިސްކުރަންވެސް ނިންވާލެވޭނެ ފަދަ ނުހުރޭ، ނިންވާލާފިއްޔާ ސާވިސްކޮށް ނިމެންދެން ރައްޔިތުން ތިބެން މިޖެހެނީ ކަނު އަނދިރީގަ، ޔައުނީ ސާވިސްކުރާ ދުވަސް ކޮޅުވެސް ހިންގާލާނެ އެއްޗެއް ނުހުރޭ، އެކަމަށް ހައްލެއް ހޯދަންވީ.