މިދިޔަ އަހަރު ބޭއްވި މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް ޔާމީން، ރައީސް މައުމޫނާ ސަލާމްކުރައްވަނީ.--ފޮޓޯ:ރައީސް އޮފީސް
06 ސެޕްޓެމްބަރ 2016 - 17:33
ހުރިހާ ފަރާތްތަކުން ގާނޫނު އަސާސީއާ އެއްގޮތަށް އަމަލުކުރުމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިއަދު ގޮވާލައްވައިފި އެވެ.
ރާއްޖެއިން ބޭރުގައި ހުންނަވައިގެން މައުމޫން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ސަރުކާރާއި ދައުލަތުގެ މުއައްސަސާތަކާއި ސިޔާސީ ޕާޓީތަކާއި ދިވެހި ރައްޔިތުން މަސައްކަތްކުރަން ވާނީ ގާނޫނު އަސާސީއާ އެއްގޮތަށް ކަމަށެވެ. އެހެން ނަމަވެސް އެއީ ކޮން ކަމަކާ ގުޅުވައިގެން މައުމޫން ކުރެއްވި ޓްވީޓެއް ކަމެއް ނޭނގެ އެވެ.
މައުމޫން އެ ގޮތަށް ގޮވާލެއްވިއިރު ކުރީގެ ރައީސް މުހައްމަދު ނަޝީދު މުހިއްމު ބައްދަލުވުންތަކަކަށް މީގެ ހަފުތާއެއްހާ ދުވަސް ކުރިން ލަންކާ އަށް ވަޑައިގަތުމަށް ފަހު އެނބުރި އިނގިރޭސި ވިލާތަށް ފުރާވަޑައިގަތުމުގެ ކުރިން އިންޑިއަން އެކްސްޕްރެސް ނޫހަށް ވިދާޅުވި ގޮތުގައި މައުމޫން ވެސް މިހާރު ހުންނެވީ އިދިކޮޅު ފަރާތްތަކާ އެކު އެވެ. ވެރިކަން ކުރާ ޕީޕީއެމްގެ ރައީސްކަން ވެސް ކުރައްވާ މައުމޫން އެ ގޮތަށް ހުންނަވަނިކޮށް އެ މަނިކުފާނަށް ފުރަގަސް ދިނުމަކީ، ނަޝީދު ސިފަކުރެއްވި ގޮތުގައި، އެޅޭނެ "ޅައެއްޗެކެވެ. އެކަމާ ބެހޭ ގޮތުން މައުމޫން އަދި ވިދާޅެއް ނުވެ އެވެ.
"އުފާ ފާގަތި ދިރިއުޅުމަކާއި ތަރައްގީ އަށް އޮތް އެންމެ ރަނގަޅު މަގަކީ އަޅުގަނޑުމެން ދެކޭ ގޮތުގައި ޑިމޮކްރެސީ. އެކަމަށް އަބަދު ވެސް ވަކާލާތުކުރަމުން މި އަންނަނީ. މައުމޫން ވެސް އެ މަގުގައި ހުންނެވީ...،" ލަންކާގައި ހުންނަވައިގެން ނަޝީދު ދެއްވި ހަމައެކަނި އިންޓަވިއުގައި ވިދާޅުވި އެވެ.
ރައީސް ނަޝީދު އެގޮތަށް ވިދާޅުވެފައިވާއިރު، ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު މައުމޫން އާއި ނަޝީދުގެ އެ ހަބަރާއެކު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ އިންތިގާލީ ސަރުކާރަކީ ނަޝީދު ވެރިކަމަށް އެނބުރި ވަޑައިގަތުމަށްޓަކައި ރާވާ މަކަރުވެރި ރޭވުމެއް ކަމަށެވެ.
"ކޮލެރާ އާއި ޝިގެއްލާގައި ހުރީ ވަރަށް ކުޑަ ތަފާތެއް، އެ ދެ އެއްޗަކީ ވެސް ވަރަށް ވޭން ހުރި ދޭތި،" މައުމޫނަށާއި ނަޝީދަށް އިޝާރާތްކުރައްވައި އުމަރު ވިދާޅުވެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތަކުރުކަލޭގެ
07 September 2016
އަހަ އުމަރާ ކާލާ މަންނަ ދޫކޮށްލީ ތަ. . އެ ހުކުމަށް ނުވީ ދޯ. .
ގޮއްޔެ
07 September 2016
ކޮލެރާ އާއި ޝިގެއްލާ އަށްވުރެން ވޭން ހުރި އެއްޗެއް އެއިޑްސް އަކީ. ޢުމަރަށް އެވަރު ނޭނގެނީބާ. އެއިޑްސް އަށްވުރެ ޝިގެއްލާ އާއި ކޮލެރާ އެއްކޮލިއަސް ރަނގަޅުވާނެ. މިހާރު މިއުޅެނީ އެއިޑްސް އިން ސަލާމަތް ނުވެގެން.
މަރޭމިތުރާ(ޓެކްސީ ޑުރައިވަރު)
07 September 2016
ހިތާމައިގެ ލޭކަރުނުން މިގައުމު މިދަނީ ހަލާކުވެގެން....! ފޮތާ އޭގެ މާއްދާ އުވާލައި އެހެންގޮތަކަށް އަމަލުކުރަމުން.
ހާލި
07 September 2016
"ސަރުކާރާއި ދައުލަތުގެ މުއައްސަސާތަކާއި ސިޔާސީ ޕާޓީތަކާއި ދިވެހި ރައްޔިތުން" ފުންކޮށް ވިސްނާށެވެ. ސަރުކާރު - ދައުލަތުގެ މުއައްސަސާތައް - ސިޔާސީ ޕާޓީތައް - ދިވެހި ރައްޔިތުން. ގާނޫނު އަސާސީއާއި ގާނޫނުތަކާއި ގާނޫނީ ވެރިކަމަކީ: ދިވެހިރައްޔިތުން - ސިޔާސީ ޕާޓީތައް - ދައުލަތުގެ މުއައްސަސާތައް- ސަރުކާރު. ނަތީޖާއަކީ ރައްޔިތުންގެ ވިންދާއި ވިސްނުމާ އެއްގޮތަށޭ ސިޔާސީ ޕާޓީތަކާއި މުއައްސަސާތަކާއި ސަރުކާރު ހިންގަންޖެހޭނީ.
މޫސަ
07 September 2016
ތިއީ މިގައުމުގެ ހަލާކު
ހަސަން
07 September 2016
އެމްޑީޕީ ކުދިން ހާދަރުޅިއެކޭމިއަންނަނީ.
ތަރުޖަމާނު
07 September 2016
ހުރިހާ ފަރާތްތަކުގެތެރޭ ދައުލަތުގެ 3 ބާރާ ފުލުހުންނާ ސިފައިންގެ އިތުރުން ރައްޔިތުންވެސް ހިމެނޭ. މިވަގުތު ތަފްސީލަށް ވަޑައިގަތުމަކީ މަސްލަހަތު ހުރިކަމަކަށް ނުވާނެތީ އެހެން އެ ވިދާޅުވީ. އެކަމަކު އެ ވިދާޅުވި ބަސްފުޅުގެ މާނަ ފުންވެފަ ވަރަށް ސާފު. އަދި ވަގުތާ ހާލަތާވެސް ގުޅޭ.
ދިޔަވަރު
06 September 2016
އާ އުސްމިންތަކަކަށް ވަޠަން އެދޭ ގޮތަށް ސަޅި
މީހާ
06 September 2016
އުމަރަކީ ވަރަށް ގަށްޑާވާން ބޭނުންވާ ތާކުންތާކުނުޖެހޭ މީހެއް މުޅިއަކުން ހަމަހެނެއް ހިޔެނޫން ފަތާ ފިރުކޭ އުމަރު ލަދު
ބޭޝަރަމް
06 September 2016
މިހާރު މިޖެހިގެން މިއުޅޭ އެއިޑްސްއަށްވުރެ ކޮލެރާއާއި ޝިގެއްލާވެސް ރަނގަޅު!