އައްޑޫގައި އުމުރުން ދުވަސްވީ މީހަކަށް ވަޅިން ހަމަލާދީ ފޭރިގެންފި

އައްޑޫގައި އުމުރުން ދުވަސްވީ މީހަކަށް ވަޅިން ހަމަލާ ދިނުމަށް ފަހު ފޭރިގެންފި އެވެ.


ފުލުހުން ބުނީ އައްޑޫ ސިޓީގެ ހުޅުމީދޫގައި އުމުރުން ދުވަސްވީ އަންހެނަކަށް ވަޅިން ބިރު ދައްކައި، އަދި ހަމަލާ ދިނުމަށް ފަހު އެ މީހާގެ އަތުން ފައިސާ އާއި ފޯނެއް ފޭރިގެންފައިވާ ކަމަށެވެ.

އެ މީހާގެ އަތުގެ ތިން ތަނަކަށް ވަޅިން ހަމަލާ ދީފައިވާއިރު، މޫނު މަތީގައި ޖެހުމުގެ ސަބަބުން ވެސް އަނިޔާ ވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނިގޮތުގައި އެ މީހާއަށް ހޮސްޕިޓަލްގައި މިހާރު ދަނީ ފަރުވާ ދެމުންނެވެ.