އުމުރުން ދުވަސްވީ މީހެއްގެ އަތުން ފޭރިގަތް 4000ރ. -- ފޮޓޯ: ފުލުހުން
16 ޖެނުއަރީ 2020 - 21:37
އުމުރުން ދުވަސްވީ މީހަކު މާލޭގެ ގެސްޓްހައުސްއަކަށް ވައްދައި އޭނާގެ އަތުން ފައިސާތަކެއް މިއަދު ފޭރިގެންފި އެވެ.
ފުލުހުން ބުނީ ދުވަސްވީ ފިރިހެނަކު ގެސްޓް ހައުސްއަކަށް ވައްދައި، އޭނާގެ އަތުން ފޭރިގަތީ 4،000ރ. ކަމަށެވެ. އެ މައްސަލައިގައި 41 އަހަރުގެ އަންހެނަކާއި 34 އަހަރުގެ ފިރިހެނަކު ވަނީ ހައްޔަރުކޮށްފަ އެވެ.
Male' ge guesthouse akah umurun dhuvasvee firiheneh vahdhaa dhivehi faisaa thakeh feyriganefai vaa massala akaai gulhigen umurun 41a ge anhenakaai 34a firiheneh hayyarukoh massala fuluhun dhany thahugeegu kuramun.#MaafannuPolice pic.twitter.com/5ZDJ1rXMHN
— Maldives Police (@PoliceMv) January 16, 2020
ފުލުހުން ކުރި ޓްވީޓެއް
އެ ދެ މީހުން ބަލާ ފާސްކުރި އިރު، ފޭރިގަތް ކަމަށް ބެލެވޭ ފައިސާ ވެސް އެ މީހުންގެ އަތުގައި ހުރި ކަމަށް ފުލުހުން ބުންޏެވެ. އަދި ފިރިހެން މީހާގެ އަތުގައި މަސްތުވާތަކެތި ކަމަށް ބެލެވޭ ރަބަރު ޕެކެޓެއް އޮތް ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ސާހިބ
17 January 2020
ފެންނަ މަންޒަރު ތަކުން ދޭހަވަނީ ސަރުކާރެއް ހިންގެނީ އެސަރުކާރަކަށް ލިބޭ ރުފިޔާގެ 4 ނޫނީ 5 ބަޔަށް ބައި އަޅާލައިގެން އޭގެތެރޭ ހިމެނޭ އެންމެ އިސްފަރާތަކީ ހުރިހާ މުޖުރުމުން އެއީ އެވެރިން މަސްތުވެގެން ތިބެ އިދިކޮޅު ޕާޓީން ސަރުކާރު ސަލާމަތް ކުރަން ކޮންމެ ފަދަ ޖަރީމާއެއްވެސް ހިންގަފާނެ އެހެންވެ މި ގައުމު މިހާލަތަކަށް އައީ ދެން ހުރިހާވެރިން އެސޮރުމެންނާއި ދިމާލަށް އެއްއަޑަކުން ޒުވާނުންނޭ ޒުވާނުންނޭ ފުޓުސަލް ދަނޑޭ ގޮވީމާ ވާނީ މިވަރު
ދެރަވަރު
17 January 2020
ފޭރުމާއި ވައްކަން މި ގައުމުގައި މިހާރު އާއްމުވެއްޖެ. ފިޔަވަޅު އަޅަންތިބި މުއައްސަސާތައް ތިބީ އަޅެފަހެ ކޯމާއެއްގަބާވަޔޭ ހިތައްއަރާ.. ވަރަށްވެސް ދެރަ
ހައްގުމިންވަރު
17 January 2020
ހިތަށްނައަރުވާ އެގޮތަށް ނިންމާ.
މަރިޔަބޫ
17 January 2020
ކުއްކުރާ މީހުން ހުއްޓުވަން ކުރާ މަސައްކަތް ފުޅާކުރަން ފެނޭ. އަދި ކަމަށްއެކަށީގެންވާ ޓްރއިން ލިބިފައިވާ މީހުން ނެރެންޖެހޭ.
ޖަމަލު
17 January 2020
ތިކަން ހުއްޓުވަން ކެރޭނަމަ ނުވަތަ. ބޭނުންނަމަ މަގުފޭރޭ މީހުންނަށް ދަެން އަންގަވާފަ އޮތް އަދަބު ދީ. މިރާއްޖަެގަތިކަން ހުއްޓުވަން އިސްލާމްދީނުގަ އޮތް ގޮތް ފިޔަވާ އެހެން ހުރިހާ ގޮތެއް ޓްރައި ކޮއްފި
ފުރާނައަތްމައްޗަށްލައިގެން
17 January 2020
އޭޓީއެމް ތެރެއަށް އެބަވަދޭ ފަހަތުންއައިސް ތިބައިގަނޑު ރުފިޔާހޯދަން.. ޑުރަގޭމެން ޕާޓީކޮށްލަނީ ހުކުރުވިލޭރޭ އެއްވެސް ބިރެއްނެތި ހެއްދެވިހައި ނުބައިކަމެއް ކުރަމުން ..ފުލުހުންނަށް ވާކަމެއް ހަރާމް ކިތަންމެ ވަރަކަށް ރިޕޯޓްކުރިޔަސް..
ފަލާޙާ ކާމިޔާބު
16 January 2020
އަމިއްލަ ގައުމުގައި ނިކަމެތި ކޮށްލެވޭތަން މި ފެންނަނީ
އަހްމަދު
16 January 2020
ޕޮރޮޓެކްޓް އެންޑް ސާރވް ފެއިލްޑް
ކޮރަލް
16 January 2020
ހައްދު ފަހަނަ އެޅި ބޮޑެތި ކުއްވެރީން ނާއި ގޭންތައް މިނިވަން ކަން މަތީ އެވެ.