ކުޑަކުދިންނަށް ރައްކާތެރިކަން ދިނުމަށް އާންމުން ހޭލުންތެރިކުރުމުގެ ޕޯސްޓަރެއް
23 ފެބުރުއަރީ 2020 - 11:24
ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްތުގައި އަތްލުމުގެ ދައުވާ، އެމްއެންޑީއެފްގައި މަސައްކަތްކުރާ މީހެއްގެ މައްޗަށް ކޮށްފި އެވެ.
ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ބުނީ، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ ދަށުން، ހދ. ނޮޅިވަރަންފަރު، ޝެހެނާޒް، މުހައްމަދު އަލީގެ މައްޗަށް ދައުވާ ކޮށްފައިވާ ކަމަށެވެ. އެނގިފައިވާ ސާޖެންޓު ރޭންކުގައި މަސައްކަތްކުރާ މުހައްމަދު އަލީ މި ވަގުތު ހުރީ ސަސްޕެންޝަނުގަ އެވެ.
ފުރަތަމަ ޑިވިޝަންގައި ރެފްރީކަން ވެސް ކުރާ މުހައްމަދު އަލީ އެ މައްސަލައިގައި އޭނާ މީގެ ކުރިން ހައްޔަރު ވެސް ކުރި އެވެ.
ޖިންސީ ނިޔަތެއްގައި އޮވެގެން ކުޑަކުއްޖެއްގެ ގައިގައި ގަސްތުގައި އަތްލުމުގެ ދައުވާ ކުރިއިރު، ސިފައިންގެ ދެ މީހަކު ކުޑަ ކުއްޖަކު ރޭޕްކުރި މައްސަލައެއް ވެސް މިދިޔަ މަހު ފެންމަތިވި އެވެ. އޭރު އެމްއެންޑީއެފުން ބުނެފައިވަނީ ކުއްޖަކު ރޭޕްކުރި ކަމުގެ މައުލޫމާތު ލިބިފައި ނުވާ ކަމަށެވެ.
އޭގެ ފަހުން 14 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ އާއި ރޭޕް އަދި ބްލެކްމެއިލް ކުރިކަމުގެ ތުހުމަތުގައި ސިފައިންގެ މީހަކު ހައްޔަރުކުރި އެވެ. ނަމަވެސް އެއީ މުހައްމަދު އަލީ ކަމެއް ސާފެއް ނުވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލާމުއޮންލައިން ޑޮޓްކޮމް
23 February 2020
އަންހެންދަރީންގެ ބައްޕައެއްގެ ހައިސިއްޔަތުން ވަރަށްކަންބޮޑުވާ މައްސަލައެއް ކުޑަކުދިންނަށް ގޯނާކުރާ މައްސަލަތައްމީ، ކަމާބެހޭ އިދާރާތަކުން މި ފަދަ ޢަމަލުތައް ހިންގާމީހުންގެ މުޅިހިސްޓްރީ ސުޓަޑީކޮށް މިފަދަ ޢަމަލުތައް ހިންގާމީހުން މިފަދަޢަމަލުތައް ހިންގަންފާށާ ސަބަބާ އެމީހުންގެ މެންޓަލިޓީ ދަނެގަންނަންޖެހޭ، އޭގެފަހުން މިފަދަ މީހުންގެ ކިބައިންކުޑަކުދިން ހިމާޔަތްކުރެވޭ ހަރުދަނާ ގޮތްތަކެއް ރާވަންޖެހޭ،
އަލިފުތު
23 February 2020
ކުޑަކުދިންގެ ކެޑޭޓު ކަންތަކުގައި ވެސް އުޅޭ ސިފައިންގެ ތެރޭގައި އެތަކެއް ކުދިން ނާއި ބެހިފަ ތިބި މީހުން. އެނގި ހުރެ މިބުނަނީ. ސިފައިންނަކީ ރާއްޖޭގެ ރައްކަލަށް ތިބޭ މީހުން. އެކަމު އެމީހުންގެ ކަމަކީ މީހުންގެ ޅަ ދަރިން ނާއި ބެހުން. ކިހާ ދެރަކަމެއް އަޅެ
ގެދާނޯމޮސް
23 February 2020
ހާހަކުން އެކަކު ގެ ހަޤީގަތް ހޯދުމުކުން އަދި ނުފުދެއެވެ. މީ ނާސިރުގެ ވެރިކަމުގަ ލެޓިން ގެނައުމަށް އެމަނިކުފާނު ކުރެއްވި ކަމުގެ އެއް ހަޤީގަތެވެ. ދިވެހި އަކުރުގެ އެންމެ މުޑުދާރު އަކުރު " މަ " މާނައީ " ހުރިހާވެސް މީހަކީ މަށެވެ."
ވިގޫތާކިހާ
23 February 2020
ސިފައިންގެއަށް ވައްދާއިރު މެޑިކަލް އަކާ އާއިލާ ތެރޭގަ ނަފުސާނީ މައްސަލަ އުޅޭތޯ ބެލުމާ ހިސާބުން ނިންމާ ނުލާ އެމީހުންގެ އުޅުމާ އަޚުލާގް ވެސް ބަލަންވީ، ތިގޮތަށް އުޅޭ މީހުންނަކީ އެއްދުވަހު އިރުއަރާއިރު މައިންޑް ޓްވިސްޓް ވެގެން އުޅޭނެ ބައެއްނުން.
ދޮންމަނިކު
23 February 2020
ކަޅެއް ދޮނެއް ނޯނާނެ .... ކުރިއައް ބާރައް ކުރިއައް...