ރަންދެލީގެ ވިލާއެއްގައި ރޯވެ އަނދައިފި

ޝެވަލް ބްލެން ރަންދެލި ރިސޯޓްގެ މޫދު ވިލާއެއްގައި ރޭ އަލިފާން ރޯވެ ބޭނުން ނުކުރެވޭ ވަރަށް އަނދައިފި އެވެ.


ފުލުހުން މިއަދު ބުނީ ރޭ 3:30 ކަންހާއިރު ހިނގި އެ އަލިފާނުގެ ހާދިސާގައި އަނދައި ހުލިވެފައި ވަނީ އެ ރިސޯޓުގެ 47 ނަމްބަރު ވިލާ ކަމަށެވެ. އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވެ އެވެ.

އެ ވިލާ ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފަ އެވެ.

ރަންދެލީގެ ވިލާއެއްގައި ރޯވެ އަނދާ ހުލިވެފައި--

ރަންދެލި ރިސޯޓްގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވި ގޮތުގައި ރޯވި ވިލާ އަކީ ބޭނުން ކުރަމުން އައި ތަނެއް ނޫނެވެ. އެ ހާދިސާއާ ގުޅޭ އިތުރު މައުލޫމާތެއް ނުދެ އެވެ.

ފުލުހުން ބުނީ އެ ހާދިސާ ހިނގި ގޮތް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.