20 އެޕްރީލް 2020 - 23:19
މާލެ ލޮކްޑައުންގެ ހާލަތުގައި، ދިރިއުޅުމުގެ ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ސާމާނު ޑެލިވަރީކުރި ނަމަވެސް ކޮރޯނާވައިރަސް ފެތުރުން ހުއްޓުވުމުގެ މުހިއްމު ފިޔަވަޅެއްގެ ގޮތުން، ސާމާނާ ހަވާލުވުމުގައި ވެސް ވަރަށް ބޮޑަށް ސަމާލުކަންދޭން ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް) އިން މިރޭ އެދިއްޖެ އެވެ.
ރާއްޖޭގައި ކޮވިޑް-19 އިން ރައްކާތެރިވާން އަޅާ ފިޔަވަޅުތަކުގެ ލަފާ ކަމާބެހޭ އިދާރާތަކަށް ދޭ ޓެގުގައި ހިމެނިވަޑައިގަންނަވާ ޕީޑިއޮޓްރިކް އިންފެކްޝަސް އެކްސްޕާޓް، ޑރ. ނަޒްލާ މުސްތަފާގެ މިރޭގެ މެސެޖް ޚާއްސަ ކުރެއްވީ ޑެލިވަރީގެ ޚިދުމަތުގައި އެންމެންގެ ސަލާމަތަށް އަމަލު ކުރެވިދާނެ ގޮތްތަކަކާ ގުޅޭ ގޮތުންނެވެ.
މާލޭގައި އިއްޔެ 16 ބިދޭސީއަކު އަދި މިއަދު ވެސް ގިނަ ބަޔަކު ބައްޔަށް ޕޮޒިޓިވްވި އިރު މީގެ ތެރޭގައި، ގޭގެ އަށް ޑެލިވަރީ ކޮށްދޭ މީހުން ހިމެނެ އެވެ. މި ކޭސްތަކުން އެނގެނީ މާލެ ލޮކްޑައުންކޮށް، ގިނަ ބަޔަކު ގޭގައި ތިއްބަސް ގިނަ ގެތަކަށް ޑެލިވަރީކުރާ އިރު އެކަކުގެ ގައިިން އެނަކުގެ ގަޔަށް ބަލި ޖެހި އާއްމުންގެ ތެރޭގައި ވައިރަސް ފެތުރުމުގެ ފުރުސަތު ބޮޑު ކަމެވެ. ވޭތުވެދިޔަ ދެ ދުވަހު ޕޮޒިޓިވްވި ޑެލިވަރީގެ ޚިދުމަތް ދިން އެންމެން ދިޔަ ގިނަ އިމާރާތްތައް ވެސް މިހާރު ވަނީ މޮނިޓަރިން އަށް ލައިފަ އެވެ.
ޑެލިވަރީ ކުރުމާއި ބަލާގަތުމުގައި ރައްކާތެރިވުމަށް ބަލަންޖެހޭ ކަންތައްތައް:
— Health Protection Agency (@HPA_MV) April 20, 2020
✳️ ކޭޝް ކާޑް ބޭނުންކުރުން
✳️ޑެލިވަރ ކުރާ ތަކެތި ބެހެއްޓުމަށް ގޮނޑިއެއް ނުވަތަ މޭޒެއް ގޭގެެ އެންމެ ތިރީ ފަންގިފިލާގައި ބެހެއްޓުން އެދެވިގެންވޭ pic.twitter.com/Ww5loThK7X
ރައްކާތެރިވުމުގެ އެންމެ މުހިއްމު ފިޔަވަޅެއްގެ ގޮތުގައި، ނަޒްލާ އެދިވަޑައިގަތީ ޑެލިވަރީ ކުރާއިރު އިރު ވެސް ފިޒިކަލް ޑިސްޓެންސް ނުވަތަ ދެ މީހުންގެ ދޭތެރޭގައި އެކަށީގެންވާ ދުރުމިނެއް ބެހެއްޓުމަށެވެ.
އޭނާ ވިދާޅުވީ އެންމެ ރަނގަޅު ގޮތަކީ ޑެލިވަރީގެ ޚިދުމަތް ދޭ މީހާ އާއި ތަކެއްޗާ ހަވާލުވާ މީހާއާ މެދު ވެސް މަދުވެގެން ތިން ފޫޓުގެ ދުރުމިން ބެހެއްޓުން ކަމަށެވެ. ތަކެއްޗާ ހަވާލުވާ އިރު ވެސް އެއްގޮތަކީ، ދޮރު ކައިރީގައި ގޮނޑިއެއް ނުވަތަ މޭޒެއް ބަހައްޓައި އޭގެ މަތީގައި ކޮތަޅުތައް ބެހެއްޓުން ކަމަށް ވިދާޅުވި އެވެ.
"ބޮޑަށް ރަނގަޅީ އޮންލައިން ޓްރާންސެކްޝަން ހެދިއްޖިއްޔާ. ފައިސާ ދައްކާއިރު ވެސް ގޮނޑިމަތީގައި ބެހެއްޓުން އެންމެ ރަނގަޅު ގޮތަކީ،" މިރޭގެ މީޑިއާ ބްރީފިންގައި ނަޒްލާ ވިދާޅުވި އެވެ.
ޑެލިވަރީކުރި ކޮތަޅުތަކުގައި ހުންނަ ސާމާނުގައި ވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން އަތްލައި، ކޮތަޅުތައް އުކާލަން އެދިވަޑައިގަތެވެ. އެއާއެކު މޭވާ އާއި ތަރުކާރީ އެ ނޫން ވެސް ޕެކެޓްގައި ބަންދުކޮށްފައި ހުންނަ ކަހަލަ ދޮވެވޭ ކަހަލަ އެއްވެސް ބާވަތެއް ނަމަ، ސައިބޯނިލައިގެން ދޮވުމަށް އިލްތިމާސް ކުރެއްވި އެވެ.
"މި ވައިރަހަކީ ހޫނުން ނެތިގެންދާ އެއްޗެއް، އެހެންވީމަ ރަނގަޅަށް ކައްކާފައި ހުންނަ އެއްޗެހީގައި ރަނގަޅަށް ވައިރަސް ފިލާނެ،" ނަޒްލާ ވިދާޅުވި އެވެ.
ގޭގައި ގެންގުޅޭ، އާއްމުކޮށް ބޭނުންކުރާ ކަޓިން ބޯޑު ފަދަ ސާމާނުތައް ވެސް ސައިބޯނިލައިގެން ދޮވެ ސާފުކުރުމަކީ ރައްކާތެރިކަމަށް ކުރެވޭ މުހިއްމު ކަންކަން ކަން ނަޒްލާ ހަނދާން ކޮށްދެއްވި އެވެ.
މާލެ އިން މިހާތަނަށް ޕޮޒިޓިވްވެފައިވާ ގިނަ މީހުންނަކީ ނަޒްލާ ވިދާޅުވި ގޮތުގައި، ގޭތެރޭގައި ބަންދު ކޮޓަރިއެއްގައި އެއްކޮށް އުޅޭ މީހުންނެވެ. އެހެންވެ، އޭސީ ޖައްސައި އަބަދު ކޮޓަރީގެ ދޮރު ލައްޕާފައި ބެހެއްޓުމުގެ ބަދަލުގައި، ކިޔައިދެއްވީ ގޭގައި ކަރަންޓީންވެގެން ހުންނަ އިރު ވެސް އަމަލުކުރަން މުހިއްމު ގޮތްތަކެކެވެ. ކޮޓަރީގެ ދޮރު ހުޅުވައި ރަނގަޅަށް ވައިދައުރުވާ ގޮތަށް ބެހެއްޓުމަކީ ތަނުގެ ތެރޭގައި ވައިރަސް ހުންނަ މިންވަރު މަދުވެ ރައްކާތެރިކަން އިތުރުވާނެ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
މިސާލަކަށް ކާރަކަށް އެހެން މީހުންނާ އެކު އަރާއިރު ވެސް ވަރަށް މުހިއްމު ކާރުގެ ދޮރު ހުޅުވާލާފައި ހުރުން. މިގޮތަށް ދޮރު ހުޅުވާލާފައި ހުރިއްޔާ ވައިރަސް ކޮންސެންޓްރޭޝަން ނުވަތަ ހުންނަ ވަރު މަދުކޮށްލާނެ. އެއާއެކު އިންފެކްޓްވުމުގެ ފުރުސަތު ކުޑަކޮށްލާނެ. --ނަޒްލާ
ނަޒްލާ މިރޭ ވެސް ތަކުރާރުކޮށްދެއްވީ އެންމެ މުހިއްމު ފަރުވާއަކީ ގޭގައި މަޑުކޮށް، ސައިބޯނިލައިގެން ގިނަ އިން އަތްދޮވުން ކަމަށެވެ. އޯޑަރުކޮށްގެން ގެއަށް އެއްޗެއް ގެނަޔަސް، އަތް ނުދޮވެ މޫނުގައި އަތް ނުލަން ހަނދާންކޮށްދެއްވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ވައިރަސް އަރަނީ އަނގަޔަށް، ނޭފަތަށް ނުވަތަ ލޮލަށް ގޮސްގެން ނުވަތަ ޖެހިގެން ހުރި މީހަކު ކެއްސާއިރު އެ އަންނަ ތިކިތަކުން ކަމަށް ވާތީ މިކަމުގައި ވެސް އެ މީހަކު އަމިއްލަ އަށް ޚާއްސަ ސަމާލުކަން ބަހައްޓަން ޖެހެ އެވެ.
މާލެއިން މިހާތަނަށް 47 މީހަކު ބައްޔަށް ޕޮޒިޓިވްވެފައިވާއިރު މި އެންމެންގެ ޖުމްލަ 468 އަށް ވުރެން ގިނަ ކޮންޓެކްޓުން މިހާތަނަށް ހޯދިފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޕޮގުބަ
21 April 2020
މިމީހުން ކިޔާއެއްޗެއް ނޭންގެ ތިބަލި އެރަށެއްގަ އުޅެންޔާ އެބަލި ޖެހޭނެ
މުހަންމާ
21 April 2020
ޕޯޗުގީޒޭ ތާރީޚޭ ކިޔައި ބައެއް މީހުން ލިޔަން އުޅެނީ ކީކޭކަން ސާފުވާ ގޮތަށް ލިޔާ ނަމަ ވެސް، ކޮންމެވެސް އެއްޗަކަށް ވާނެ!ޕޯޗުގީޒުން މި ހިންދު ކަނޑުގައި ވެރިކަން ކުރި ގައުމުތަކާއި ގައުމުތަކުގެ ސަރަޙައްދުތައް، ޕޯޗުގީޒު ތާރީޚު ފޮތްތަކާއި އިންޑިއާ، ސްރީލަންކާގެ ތާރީޚީ ފޮތްފޮތުގައި ލިޔެފައި އެބަ ހުރި. އެ ގައުމުތަކުގެ ތެރޭ، ދިވެހިރާއްޖޭގެ ނަމެއް ނެތް. އެކަމަކު ކާންޒީކަމަނާގެ ބޮޑު މުހައްމަދު ނުވަތަ އެންޑުރިއާސްއެންޑުރޭ ނުވަތަ "އނދިރިއަނދިރީން" ކިޔާ މީހަކު އޭނާ އަށް ތަބަޢަވި ބަޔަކާ އެކު ނަޞްރާނީ ވެރިކަމެއް 15 ނުވަތަ 17 އަހަރު ވެރިކަން ކޮށްފައިވާ ކަން ، ދިވެހި ތާރީޚުގައި ލިފައި އެބަ ހުރި.
ެަސައީދު ހަސަން
21 April 2020
ޕޯޗްގީޒް މީހުން އަތުން ސަލާމަތްވީ މީހުން އެެއްވެ ދުއާކޮށްގެން
ެަސައީދު ހަސަން
21 April 2020
ރާއްޖެ ޕޯޗްގީޒުންގެ ފަރާތުން ސަލާމަތްވީ ދީނީ ކަމެއްކޮށްގެން ކަމަށް ތާރީޙާ ބެހޭ ސައިޓެއްގަ އިނީ.
ޖާވީ
21 April 2020
أَعـوذُبِكَلِمـاتِ اللّهِ التّـامّـاتِ مِنْ شَـرِّ ما خَلَـق..މިއީ ރައްކާތެރިކަމުގެ ދުއާ އެއް. ގިނައިން ކިޔުއްވާ
އިޙްސާސް
21 April 2020
އެހެންވީމަ މާލެއަށް ފެތުރުނީ އިމްޕޯޓުކުރި ތަކެތީގެ ޒަރީއާއިންބާ؟
ބޮޑުފިނޑި
20 April 2020
މާލެ ސިޓީ މޭޔަރުގެ މަސްއޫލިއްޔަތު އަދާނުކުރެވި ރައްޔިތުންނަށް މިލިބޭ އަނިޔާ އަށް އަދަބު ލިބެންޖެހޭ. މުސާރަ ނެގުންނޫން ކަ މެއް ކުރަންނޭންގެންޔާ އިސްތިއުފާ ދެއްވާ
ސައްޔިދ
20 April 2020
ޑެލިވަރީ ކޮތަޅުން އެއްވެސް މީހަކައް ވައިރަސް ޖެހިފައިވޭތޯ..؟
މާއެނގޭ
21 April 2020
ތި ސުވާލު ކުރަންޖެހޭނީ ކޮތަޅާއި........ މިހާރުވެސް މިއުޅެނީ ޕޮޒިޓިވްވި މީހުން ޓްރޭސިންގެ މަސައްކަތަށް މައުލޫމާތު ނުދީގެން .......