ޚަބަރު / އިސްލާމް

ރާއްޖޭގައި ނަމޫނާއަކަށް ވި ނޭޕާލްގެ ޒުވާނާ އިސްލާމް ވެއްޖެ

ހިންދޫ ދީނުން އިސްލާމް ދީނަށް ބަދަލުވި ރިޒްގިން--

މީގެ ކުރިން އެތައް ބައެއްގެ ލޯބި އޭނާ ހޯދީ ރާއްޖޭގައި ކުރަމުން އައި މަސައްކަތުން ލިބުނު އާމްދަނީން ބައެއް، އޭނާގެ އަމިއްލަ ގައުމު ނޭޕާލްގެ ނިކަމެތި ކުދިންނަށް ހޭދަކުރަމުން އަންނާތީ އެވެ. އެފަދަ އުފާވެރި އެހެން ހަބަރެއް މިއަދު ދިވެހިންނަށް އޭނާ ދިނީ އިސްލާމް ވިކަން އިއުލާންކޮށްގެންނެވެ.

ކުޑައިރުންސުރެ ހިންދޫއެއްގެ ގޮތުގައި ހުރި ރަޖާނީ ޝްރެސްތާއަކީ މިހާރު އައިޝަތު ރިޒްގިން އެވެ.

އިސްލާމް ވާން ބޭނުންވެގެން މި އަހަރުގެ ކުރީކޮޅު ރާއްޖޭގެ އިސްލާމިކް މިނިސްޓްރީއަށް ދިއުމުން ފުރިހަމަ ކުރަން އެންގި ހުރިހާ ކަމެއް ފުރިހަމަކޮށް މިނިސްޓްރީގެ އިލްމުވެރިންނަށް ކިޔައިދިނެވެ. އަދި މިނިސްޓްރީން ވަނީ އޭނާ އިސްލާމްވި ކަމުގެ ލިޔުން ވެސް ހަވާލުކޮށްފަ އެވެ.

"އަހަންނަކީ މިހާރު މުސްލިމެއް. ފެބްރުއަރީ މަހުގެ ހަ ވަނަ ދުވަހު އަހަރެއް އިސްލާމް ވެއްޖައިން،" ނޭޕާލްގެ ވެރިރަށް، ކަތަމަންޑު އަށް އުފަން، އުމުރުން 26 އަހަރުގެ ރިޒްގިން ބުންޏެވެ.

އިސްލާމްވިކަން ރިޒްގިން ހާމަކޮށް ކުރި ފޭސްބުކް ޕޯސްޓް

ރޯދަ މަހުގެ ފުރަތަމަ ދުވަހާ ގުޅިގެން އޭނާ ފޭސްބުކްގައި ވަނީ މުސްލިމްވި ސަބަބު ކިޔައިދީފަ އެވެ. ރިޒްގިން ބުނިގޮތުގައި އިސްލާމް ދީނަށް ބަދަލުވުމަކީ އޭނާއަށް ފަސޭހަވި ކަމެއް ނޫން ކަމަށެވެ. އިސްލާމް ދީނުގެ ގިނަ ކަންކަން ނޭނގޭތީ ވަރަށް ގިނަ އެއްޗެހި ކިޔަން ޖެހުނު ކަމަށް ވެސް ބުންޏެވެ.

"އިސްލާމް ދީނުގެ މައްސަލައެއް ހޯދަން މަސައްކަތް ކުރާ ކޮންމެ ފަހަރަކު އަހަންނަން ފެންނަނީ ސުވާލެއް. އެއަށް ފަހު ޖަވާބު. އެކަންކަން އެއީ ތެދެއް ނޫން ކަމަށް ބުނެވޭނެ އެއްވެސް އެއްޗެއް ނުފެނޭ،" ލައިފް ސަޕޯޓް ކުންފުނީގެ ސުޕަވައިޒަރަކަށް މަސައްކަތް ކުރަމުން އަންނަ ރިޒްގިން ބުންޏެވެ.

"އަހަރެން އިސްލާމް ދީން ގަބޫލުކުރީ އަހަރެން އަމިއްލައަށް ބޭނުން ވެގެން."

ރިޒްގިން ބުނިގޮތުގައި އިސްލާމް ދީނަށް ވަނުމުގެ އެއްވެސް ޝައުގެއް ނެތި އޮކްޓޯބަރު 7، 2018 އިން ފެށިގެން އޭނާ ޤުރުއާން ކިވަމުން އަ އެވެ. އަޑުއަހަމުން، ޤުރުއާން ކިޔަވަމުން އައީ އަރާމް ކުރުމުގެ ބޭނުމުގައި ކަމަށް ވެސް ބުންނެވެ.

"އަހަންނަން ހަމަޖެހުން އިހުސާސް ކުރެވުނު. މަޑުމަޑުން އިސްލާމް ދީން އަހަންނަން މުހިންމުވާން ފެށި. އަހަރެން އިތުރަށް ދަސްކުރަން ފެށިން،" އިސްލާމަކަށް ވާން ކުރި ދަތުރާ ބެހޭ ގޮތުން އޭނާ ކިޔައިދިނެވެ.

ރިޒްގިން ބުނިގޮތުގައި އަބަދުވެސް ދީންތަކާއި ސަގާފަތްތަކުގެ ކަންކަން ދަސްކުރުމުގެ ޝައުގު އޭނާގެ ހުރެ އެވެ. ނަމަވެސް އޭރު ވެސް މުސްލިމަކަށް ވެދާނެއޭ ހިއެއްނުކުރެ އެވެ. އިސްލާމް ދީން ދެކެ ލޯބިވާން ފެށުނީ 2016 ގައި ރާއްޖެއަށް އައި ފަހުން ކަމަށް އޭނާ ބުންޏެވެ.

އިސްލާމް ދީނަށް ބަދަލުވުމަށް ފަހު އޭނާގެ ކުރީގެ ބައެއް އާދަތައް ވަނީ ދޫކޮށްލައިފަ އެވެ. އޭގެ ތެރޭގައި ރާ ބުއިން ހުއްޓާލުން އެކަންޏެއް ނޫނެވެ. މިހާރު އޭނާ ދުންފަތުގެ އިސްތިއުމާލެއް ވެސް ނުކުރެ އެވެ. އޭގެ ސަބަބުން ހިތްހަމަޖެހުން ލިބޭ ކަމަށް ވެސް ރިޒްގިން ބުންޏެވެ.

"ﷲ ފިޔަވާ އިތުރު ކަލަކު ނުވާ ކަމަށާއި ކީރިތި ރަސޫލާއަކީ އެންމެ ފަހުގެ ރަސޫލާކަމަށް ގަބޫލު ކުރުމަކީ އަހަރެން ދެރަވާނެ ކަމެއް ނޫން. އިސްލާމް ދީންގެ ރީތިކަން ފެނި އަހަންނަށް ލޯބި ވެވިއްޖެ،" ރިޒްގިން ބުންޏެވެ.

މިއީ އޭނާ އިސްލާމް ދީން ގަބޫލުކުރި ފަހުން އައި ފުރަތަމަ ރޯދަމަހެވެ. ފުރަތަމަކޮޅު ދިމާވާނެ ކުދިކުދި ދަތިތަކާ އެކު ވެސް އޭނާ ހުރީ އުފަލުންނެވެ.

ރިޒްގިން އުމުރުން ފަސް އަހަރުގައި އޭނާގެ މަންމަ، އަދި 11 އަހަރުގައި ބައްޕަ ވަނީ މަރުވެފަ އެވެ. އޭނާ ފަދަ ޅައިރު މައިންބަފައިން މަރުވެފައިވާ ކުދިންނަށް އެހީވާން ހާއްސަ ޖަމިއްޔާއެއް އޭނާ އުފެއްދި އެވެ. އެ ޖަމިއްޔާއިން އަންނަނީ ނޭޕާލުގައި ތިބި އެފަދަ ކުދިންގެ އަސާސީ ބޭނުންތައް ފުއްދައިދެމުންނެވެ.

45 ކޮމެންޓް, 1073 ރިއެކްޝަންސް

icon happy icon happy 95%
icon sad icon sad 3%
icon angry icon angry 3%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

آمنة

27 April 2020

މަރުޙަބާ މާތްﷲ ތިބާއަށް ރަޙްމަތްލައްވާ ސާބިޔުކަން މިންވަރުކިރައްވާށި.އާމީން

The name is already taken The name is available. Register?

ޢަބޫ ޝައި

26 April 2020

ސާބިތުކަން ދެއްވާށި. އާމީން

The name is already taken The name is available. Register?

މުހަންމަދު ޔޫސުފް

26 April 2020

ތިގޮތުގާ ދެމިހުރެ އިސްލާމްދީން ކުރިއެރުވުމަށްޓަކައި ގަދައަޅާ މަސައްކަތް ކުރާނެ ކުއްޖެއް ކަމުގާވުމަށްއެދި ދުއާކުރަން

The name is already taken The name is available. Register?

އަބްދުއްالله

25 April 2020

ނޭޕާލުގަ ދިވެއްސަކު ހިންދީ ވެއްޖެނަމަ ނޭޕާލު މީހުން ވަރަށް އުފާކުރާނެ ދޯ؟

The name is already taken The name is available. Register?

ރެގޭ

26 April 2020

ހިންދީ އަކީ ބަހެއް. ދީނެއް ނޫން.

The name is already taken The name is available. Register?

ޙަސަނާ

25 April 2020

އަލްހަމަދުލިއްލާހި..

The name is already taken The name is available. Register?

އަބްދުﷲ

25 April 2020

ވަރަށް ވިސްނޭ ކަނބަލެއް.

The name is already taken The name is available. Register?

އަބޫ އިސްލާމް

25 April 2020

މަރުހަބާއެވެ. ތިބާއަށް ހެޔޮ ރަޙްމަތް ލައްވައި ސުވަރުގެ މިންވަރު ކުރައްވާށި. ފުޓްބޯޅަ މޫސުމަށް ނޫސްތަކުން ސަޕްލިމެންޓް ނެރެ ލުއިފޮތް ނެރެ ކުޅޭ މީހުންގެ ވަނަވަރު ލިޔެ ކައިބޮއިއުޅޭ ތަކެތި ލިޔެ ހަދައެވެ. ވިއްސަކަށް އޮންލައިން ނޫސް ނެރޭ ގައުމުގައި ރަމަޟާންމަސް އައިކަން ދެނަހުރީ ކިތައް ނޫހުން ބާވައެވެ. ރޯދައާބެހޭ މަޢުލޫމާތުގެ ސަޕްލިމެންޓެއް އައިކޮންއެއް ހުރީ ކިތަން ނޫހުގައި ބާވައެވެ. ހަނދާންކޮށްދިނުމަކީ އޮތްކަމެކޭ އިލްމުވެރިން ވިދާޅުވީ އަހަމެވެ.

The name is already taken The name is available. Register?

ޝޮކްތެރަޕީ

25 April 2020

ބޭރުގެ ޤައުމުތަކުގެ މީހުން އިސްލާމް ދީން ގަބޫލުކުރަނީ ބުއްދީގެ ބޭނުން ހިފާތީ. މީ ވަރައް އުފާވެރި ހަބަރެ.

The name is already taken The name is available. Register?

ނަމޫނާ

24 April 2020

ތެދުމަގު ދެއްކެވުމަކީ ﷲ ދެއްވާ ނިޢުމަތެއް އަލްޙަމްދު ލިﷲ

The name is already taken The name is available. Register?

އާދަމް ނަޝީދު ޢުމަރު

25 April 2020

އައިޝަތް ރިޒްގިންގެ އެ އެހީތެރިވުމުގެ މަސައްކަތަށް ފަހިކަން ދެއްވާ ކުރިއެރުން ދެއްވާށިއެވެ. އަދި ދެދުނިޔޭގެ ބާއްޖަވެރިކަން އޭނާއަށް މިންވަރު ކޮއްދެއްވާށިއެވެ. އާމީން.

The name is already taken The name is available. Register?

ޙަސަނަ ޒަރީރު

24 April 2020

މަރުޙަބާ މާތްﷲ ތިބާއަށް ރަޙްމަތްލައްވާ ސާބިޔުކަން މިންވަރުކިރައްވާށި.އާމީން

The name is already taken The name is available. Register?

މިހާރު ޕޯލް

ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ މެދު ފެންނަނުފެންނަ ވޯޓެއް ނަގަން
ފެނޭ
25%
ނުފެނޭ
75%
Poll closing: 24 April 2021 19:00

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454