މައުމޫން.
15 އޮކްޓޯބަރ 2016 - 17:33
ވެރިކަން ކުރާ ޕީޕީއެމްގެ ރައީސްކަމުގެ މަގާމުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ދުކުރަން އެ ޕާޓީ އަށް ނިސްބަތްވެވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ ދެ މެމްބަރަކު ކޯޓު އަމުރަކަށް އެދިވަޑައިގެންފި އެވެ.
ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމާއި ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު މިދިޔަ ބުރާސްފަތި ދުވަހު ސިވިލް ކޯޓަށް ހުށަހެޅުއްވި މައްސަލައިގައި ބުނި ގޮތުގައި ޕީޕީއެމްގެ ރައީސަކީ އެ ޕާޓީގެ އަސާސީ ގަވާއިދާއި ހިންގާ ގަވާއިދާ އެއްގޮތަށް، ޕާޓީގެ ކައުންސިލުން ކަނޑައަޅާ ގޮތެއްގެ މަތިން ޕާޓީ ހިންގަވަން ޖެހިވަޑައިގަންނަވާ ބޭފުޅެކެވެ. އެކަމަކު، އެއާ ހިލާފަށް، މައުމޫން ވަނީ ޕާޓީގެ ގުނަވަންތައް ސަސްޕެންޑް ކުރައްވައި ސިޔާސީ ޕާޓީތަކުގެ ގާނޫނާ އެއްގޮތަށް ޕާޓީގެ ހަރަކާތްތައް ހިންގުމަށް ހުރަސްއަޅުއްވައި އެ ޕާޓީގެ ސިޔާސީ ހަރަކާތްތައް އެއްކޮށް ހުއްޓުވާލައްވާފައި ކަމަށް އެ މައްސަލައިގައި ބުންޏެވެ.
"... [އެހެންވެ]، ޕާޓީގެ ރައީސްކަމުން އެ މަނިކުފާނު އެކަހެރިކޮށް، ޕާޓީގެ ހިންގުން ސިޔާސީ ޕާޓީގެ ގާނޫނާއި ޕާޓީގެ ހިންގާ ގަވާއިދަށާއި އަސާސީ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ދިވެހި ރައްޔިތުންގެ އެންމެ މަތީ މަސްލަހަތުތައް ރައްކާތެރިކޮށްދޭނެ ފަރާތަކާއި ޕާޓީގެ ހިންގުން ހަވާލުކޮށްދިނުން އެ ޕާޓީގެ ކައުންސިލްގެ މައްޗަށް ލާޒިމު ކުރާ އަމުރަކަށް" އެ ދެ ބޭފުޅުން ވަނީ އެދިވަޑައިގެންފަ އެވެ.
އެ އަމުރަށް އެދުނީ، މައްސަލައިގައިވާ ގޮތުން، މައިގަނޑު ދެ ކަމެއް ކަށަވަރު ކުރުމަށެވެ. އެއީ ޕީޕީއެމަކީ ވަކި ފަރުދަކު ބޭނުންވާ ގޮތަށް، އުސޫލުތަކުން ބޭރުން ހިންގާ ޕާޓީއަކަށް ވިޔަ ނުދިނުމާ އެކު ޕާޓީ ގާނޫނީ ހުސްކަމަކަށް ނުދާނެކަން ކަށަވަރު ކުރުމުގެ އިތުރަށް، ފުދުންތެރި ގައުމަކަށް ރާއްޖެ ހެދުމަށް ގެންނަންޖެހޭ ސިޔާސީ، އިޖުތިމާއީ އަދި އިގްތިސާދީ އިސްލާހުގެ މަސައްކަތުގައި ޕީޕީއެމްގެ އިސް ދައުރެއް އޮތުން ކަށަވަރު ކުރުމަށެވެ.
ރައީސް އަބްދުﷲ ޔާމީންގެ ވަރަށް އަރިސް ދެ ބޭފުޅުން ކަމަށްވާ ޝިޔާމާއި ޝާހިދު ވަނީ ކުރިން ވެސް މައުމޫނާ ދެކޮޅަށް ކޯޓަށް މައްސަލައެއް ހުށަހަޅުއްވައިފަ އެވެ. ޕާޓީގެ ހިންގުން މައުމޫން ހުއްޓުވާލައްވައި ކައުންސިލްގެ ބައްދަލުވުންތައް އެ މަނިކުފާނުގެ ހުއްދަ ނެތި ނުބާއްވަން މައުމޫން އެންގެވި އެންގެވުން ބާތިލުކޮށް ދިނުމަށް އެދި ހުށަހެޅި އެ މައްސަލައިގައި ކޯޓުން ވަނީ މައުމޫންގެ އެންގެވުމަށް އަމަލުކުރުން ފަސްކުރަން މިދިޔަ އޮގަސްޓް މަހުގެ ހަތަރު ވަނަ ދުވަހު ވަގުތީ އަމުރެއް ނެރެފަ އެވެ.
އެކަމަކު، ކައުންސިލްގެ ބައްދަލުވުމެއް މައުމޫން މިހާތަނަށް ބާއްވާފައެއް ނުވެ އެވެ. އެހެންވެ، ސިވިލް ކޯޓުން އޭރު ކުރި އަމުރު މައުމޫން ތަންފީޒު ނުކުރައްވާކަން، ބުރާސްފަތި ދުވަހު ހުށަހެޅުއްވި މައްސަލައިގައި ވެސް ޝިޔާމާއި ޝާހިދު ވަނީ ފާހަގަކުރައްވައިފަ އެވެ.
މި މައްސަލައިގައި ޖަވާބުދާރީ ވުމަށް މާދަމާ ހަވީރު 3:30 އަށް ސިވިލް ކޯޓަށް ހާޒިރުވުމަށް ޕީޕީއެމަށް ވަނީ ޗިޓް ފޮނުވައިފަ އެވެ.
މައުމޫނާ ދެކޮޅަށް އެންމެ ފުރަތަމަ މައްސަލަ ހުށަހަޅުއްވި ބޭފުޅުން މާފަށް އެދިވަޑައިގަންނަވަން މައުމޫން އަންގަވާފައި ވަނިކޮށް ޕީޕީއެމްގެ ރައީސްކަމުން އެ މަނިކުފާނު ވަކިކުރަން އިތުރު މައްސަލައެއް ކޯޓަށް ވެއްދިއިރު، މައުމޫނާއި އެ މަނިކުފާނުގެ ކޮއްކޯފުޅު، މިހާރުގެ ރައީސް ޔާމީނާ ދެ ބޭފުޅުންގެ ސިޔާސީ ހިޔާލު ތަފާތުވުންތައް ވަނީ އިތުރުވެފަ އެވެ. އަދި ދެ ބޭފުޅުން ބަދަލުކުރައްވާ ބަހުގެ ހަމަލާތައް ވެސް ވަރުގަދެ އެކި ކަންކަމުގައި ހަރުކަށި ފިޔަވަޅުތަކެއް ދެ ފެކްޝަނުން ވެސް ވަނީ އަޅަން ފަށައިފަ އެވެ.
މައުމޫން ޕާޓީގެ ރައީސްކަމުން ވަކިކުރަން މަސައްކަތް ނުކުރާ ކަމަށް ރައީސް ޔާމީންގެ ފެކްޝަންގެ ބޭފުޅުން މިދިޔަ ބުރާސްފަތި ދުވަހު ވެސް ވަނީ ވިދާޅުވެފަ އެވެ. އެކަމަކު، ޕީޕީއެމްގެ ތެރޭގައި ޖެހިފައިވާ މައްސަލަތަކަށް ކޯޓުން ހައްލު ލިބޭނެ ކަމަށް، ރައީސް ޔާމީން ޕީޕީއެމްގެ ކައުންސިލާ އެއްކޮށް މިދިޔަ ހަފުތާގައި ބޭއްވެވި ބައްދަލުކުރެއްވުމުގައި ވިދާޅުވި ކަމަށް ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޒަޢީމް
19 October 2016
ކޯޓްގެ ހައްލަށް ރައްޔިތުން ވޯޓުން ރައްދު ދޭނެ.
ސައްތާރު /މހއ
16 October 2016
ސިވިލް ކޯޓަށް ކޮންގޮތަކުން ލިބިގެން އުޅޭ ޤާނޫނީ ބާރެއްބާ؟ ޕީ.ޕީ.އެމް ގެ މެމްބަރުންގެ ނިންމުމަކަށް ކޯޓަކަށްވިޔަސް އަރައިއެއް ނުގަނެވޭނެ. މީގެން އިގެގެންދަނީ ސަރުކާރުން ކޯޓްތަަކަށް ނުފޫޒު ފޯރުވާވަރު.
މުޙައްމަދު
16 October 2016
މުޅި މި ގައުމުގެ އެންމެން ދަންނަކަމެއް ޕީ ޕީ އެމަކީ މައުމޫނުގެ އެއްޗެއްކަން ވީމާ، މައުމޫނު ޕީ ޕީ އެމްގައި ކުރައްވާ ކަމަކާ ހިތްޕުޅު ހަމަނުޖެހެންޏާ ކީއްކުރައްވަންތޯ ކޯޓުތަކަށް ވަޑައިގަންނަވަންވީ؟ އެބޭ ފުޅަކު ނުވަތަ އެބަޔަކު އަވަހަށް އައުޕާޓީ ހައްދަވަންވީނޫންތޯ؟ އޭރުން މައްސަލަ ހައްލުވީ ނޫންތޯ؟ ބަޔަކު ޕީ ޕީ އެމެއް ހިސާރުކޮށްގެން ނުވާނެ؟ ޕާޓީ އަކީ މައުމޫނުގެ ހައްގެއް އެއްވެސް ބަޔަކު އެކަމުގައި މައުމޫނާ ދެކޮޅު ވެގެން ނުވާނެ؟ ހިތްހަމަ ނުޖެހެންޏާ އަމިއްލައަށް ޕާޓީ އާ ދުވެލައްވާ!
ރަގްބީ
16 October 2016
ދުރުކުރަންވީ މައުމޫނެއްނޫނެވެ. ހަގީގަތުގައި ދުރުކުރަންވީމީހާ ދުރުނުކުރުމުން މިގައުމު މިއޮތީ ފަހުނޭވާޔަށް އެޅިފައެވެ.
ވިސްނޭ
16 October 2016
ޕޮޕްކޯން ލިބެން ހުންނަނީ ކޮންފިހާރައެއްގަ؟ އެއްވެސް ބޭފުޅަކަށް އެނގިލައްވާތޯ؟
ކޮބާ ހީވެއްޖެ!!!
16 October 2016
މިހާރު ހިތައް އަރާނެ 30 އަހަރު މާރަނގަޅޭ!
ޑަރޯގާ
16 October 2016
މައުމޫން ޕާޓީގެ ރައީސްކަމުން ވަކިކުރަން މަސައްކަތް ނުކުރާ ކަމަށް ރައީސް ޔާމީންގެ ފެކްޝަންގެ ބޭފުޅުން މިދިޔަ ބުރާސްފަތި ދުވަހު ވެސް ވަނީ ވިދާޅުވެފަ އެވެ. އެކަމަކު، ޕީޕީއެމްގެ ތެރޭގައި ޖެހިފައިވާ މައްސަލަތަކަށް ކޯޓުން ހައްލު ލިބޭނެ ކަމަށް، ރައީސް ޔާމީން ޕީޕީއެމްގެ ކައުންސިލާ އެއްކޮށް މިދިޔަ ހަފުތާގައި ބޭއްވެވި ބައްދަލުކުރެއްވުމުގައި ވިދާޅުވި ކަމަށް ވެ އެވެ. ހުކްމް ވަރަށް ސާފު. ފަޚުރުވެރި ޖުޑިޝަރީ އަށް ވަރަށް ވެދުން.
ެައަޔަންމޭން
16 October 2016
ކޮބާތަ ގައްސާނު؟؟
ސަނާ
07 November 2016
ނަގޫފިތިފައި
އަހުމަދު
16 October 2016
އުފާވެރި ޚަބަރެއް ކޮމެމްވެލްތުން ވަކިނުވާކަން ޔަގީންވެއްޖެ....ރައްޔަތުންގެ ރެފެރެންޑަމަކައް ދާންޖެހޭނީ އެގޮތައް އަމަލުނުކޮށް އަދި %99.9 ރައްޔަތުންނާއި ދެކޮޅަކައް މިކަމެއްނުކުރެވޭނެކަން ކަށަވަރުވެއްޖެ...
ޅަހުއްތު
16 October 2016
ޒައީމު ދެން ތިޔަހެން ނޫޅުއްވާ ފައުންޑޭޝަން ހިންގާލާ ބޭރު ކޮންފަރެންސް ތަކުގައި ބައިވެރިވެލާ އިހަށް ދުވަހު ހެން ފޮތް ނެރުއްވާ އުޅުއްވުން މާ ރަގަޅުވާނެ ނޫން ތޯ. އަޅުގަނޑުމެން މިތިބީ މަނިކުފާނުގެ 30 ހުން ވަރަށް ފުއްދައިން. ދެން އިތުރަށް މަނިކުފާނަށް އުނދަގޫ ކުރާހިތް ނުވެ. ކޮއްކޯފުޅަށް ދެން ދޫކޮށްލައްވާ
ތުއްތޮންބެ
16 October 2016
"ޅަ" ހުއްތޫ...ކޮއްކޮ އަދި ޅަ ވާނެ....ހެވާ ނުބައި ވަކި ނުވާނެ....މިކަން މިހިސާބަށް އައިގޮތް ދިރާކޮށްލާފަ ނިކަން މޮޅު' ހޭޖެހޭ ކޮމެންޓެއް ކޮށްލަބަލަ.
ސަހަރޯ
16 October 2016
ތުއްތުދޮންބެއަސް ދަންނަވާލަން ހަމަ ހަޤީގަތުގަވެސް މިހިސާބަށް ކަންތައް ދިޔަ ގޮތައް ތުއްތުދޮންބެވެސް ވިސްނާލާށެވެ. މީހުނަށް މަލ؛ާމާތައި ފުރއްސާރަ ކުރާނި އޭގެ ފަހުންނެވެ. އެނގޭހެއްޔެވެ. މިހިސާބަށް ކަންތައް ގޮސްގެން އެއުޅެނީ ބުނެވޭގޮތުގައި މައުމޫނުވެސް ބައިވެރިވެގެން މިޤައުމުގައި ނިންގުނު ބޮޑު ބަޣާވާތުގެ ސަބަބުން މިއުޅެނީ އެއްވެް މީހަކަށް ޤައުމު ޙާއްލަކަށް ނޭޅުވިގެނެންވެ. މައުމޫނަށް ވެސް ފެނިގެން އެދަނީ އޭގެ ހިތި ރަހައާއި ހިތި ނަތީޖާއެވެ. އަދި ތިހުރިހާމީހުނަށްވެސް އެކަން ފެނިގެން ދާނެކަމަށް ޤަބޫލުކުރެވެއެވެ. މައިމޫ ލުހިގެންދާނީ ލަހުންނެވެ. ތި ޢަބުދުއްރަހީމާ، ނިހާންއާއި، ޔާމީންމެން ވެސް އިރާދަ ކުރެއްވިއްޔާ އެކަންތަކުގެ ރަހަ ނިކަން ހިތިކޮށް ދެކޭނެތެވެ. ނަމަވެސް މައުމޫނާއި މެދުވެސް ކަންތައް ވާންޖެހޭނީ އިންޞާފުންންވެ. ދެން މިހާރު ކަންތައް ވަމުން އެދަނީ އެއްގޮތަކަށްވެސް ބަލައި ގަނެވޭނެ ގޮތަކަށް ނުވަތަ ޤަބޫލު ކުރެވޭނެ ގޮތަކަޤށ ނޫނެވެ.