މައުމޫން ފެކްޝަނުން ބޭއްވި ކައުންސިލް ބައްދަލުވުމަކަށް ފަހު، ބޭއްވި ނިއުސް ކޮންފަރެންސްގައި ޕީޕީއެމްގެ ރައީސް މައުމޫން ވާހަކަ ދައްކަވަނީ.---ފޮޓޯ: މުހައްމަދު ޝަރުހާން/މިހާރު
19 އޮކްޓޯބަރ 2016 - 10:19
ޕީޕީއެމް ހިންގުން ރައީސް އަބްދުﷲ ޔާމީނާ ހަވާލުކުރުމަށް ސިވިލް ކޯޓުން ކުރި ހުކުމް އިސްތިއުނާފް ކުރަން އެ ޕާޓީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ފެކްޝަނުން ނިންމާފައި ވަނިކޮށް، އެ ފެކްޝަނަށް ނޭނގި އަމިއްލަ މީހަކު އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފް ކޮށްފި އެވެ.
ޕީޕީއެމް ހިންގުން ރައީސް ޔާމީނާ ހަވާލު ކުރަން ކުރި ހުކުމް އިސްތިއުނާފް ކުރަން ނިންމައި، އެ މަސައްކަތް މައުމޫންގެ ފެކްޝަނުން ކުރަމުން ދަނިކޮށް އެ މައްސަލަ އިސްތިއުނާފް ކުރީ ސ. ހުޅުދޫ ފެންފިޔާޒުވިލާ، އައްބާސް ވާފިރެވެ. އެކަމަކު އޭނާއަކީ ދަށު ކޯޓުގައި މައްސަލަ ހިނގި އިރު އެ މައްސަލާގައި ހިމެނުނު މީހެއް ނޫނެވެ.
ޕީޕީއެމަށް އިސްތިއުނާފް ރައްދުވާ ގޮތަށް ހުށަހެޅި އެ މައްސަލަ ހައި ކޯޓުން މިހާރު ވަނީ ބަލައިގަނެ، ރަޖިސްޓަރީ ވެސް ކޮށްފަ އެވެ. އެ މައްސަލައިގެ އަޑުއެހުމެއް މިއަދު ހެނދުނު ބާއްވަން ހަމަޖެއްސުމަށް ފަހު ވަނީ ކެންސަލްކޮށްފަ އެވެ.
މައުމޫން ފެކްޝަންގެ އޮފިޝަލަކު ވިދާޅުވީ އެ މައްސަލަ މިހާތަނަށް އިސްތިއުނާފް ކޮށްފައިނުވާ ކަމަށާއި އެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. މައުމޫންގެ ފެކްޝަންގެ ފަރާތުން އެ ކަމުގައި މަސައްކަތް ކުރަނީ ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް އަހުމަދު މުއިއްޒެވެ.
"އަޅުގަނޑުމެންނަށް ލިބުނީ ކުއްލި ހައިރާން ކަމެއް، އަޅުގަނޑުމެން އިސްތިއުނާފަށް ހުށަހެޅުމުގެ މަސައްކަތް ކުރަނިކޮށް، އެހެން ފަރާތަކުން އިސްތިއުނާފަށް ލީމާ. އިސްތިއުނާފަށް ހުށަހަޅާފައި އޮތްކަން ވެސް އެނގުނީ ޗިޓް އައުމުން. މިއީ ވަރަށް ދެރަކަމެއް،" މައުމޫން ފެކްޝަންގެ އޮފިޝަލް ވިދާޅުވި އެވެ.
ހައި ކޯޓަށް އެހެން މީހަކު ހުށަހެޅި މައްސަލައިގެ ޝަރީއަތަށް ހާޒިރުވާން ޕީޕީއެމަށް އެ ކޯޓުން ޗިޓް ވެސް ފޮނުވި އެވެ. ޗިޓް ފޮނުވީ މައުމޫން ފެކްޝަން ހިންގަމުންދާ ޕީޕީއެމްގެ މައި އޮފީސް ކަމަށްވާ ހ. ތެމާ އަށެވެ.
ޕީޕީއެމްގެ ފަރާތުން ބަދަލުގައި ނުވަތަ ވަކީލެއްގެ ގޮތުން ކޯޓަށް ދާ ފަރާތަކީ އެކަމަށް ހަމަޖައްސާފައިވާ ފަރާތެއް ކަން އެނގޭނެ ގަރާރެއް ގެންނަން ވެސް އެ ޗިޓްގައި ވަނީ އަންގައިފަ އެވެ.
ޕީޕީއެމް ތެރޭގައި އުފެދުނު ޚިޔާލު ތަފާތުވުންތަކުގައި ޕާޓީގެ ދެ ބައިވެ، މައުމޫންގެ ފެކްޝަނަކާއި ރައީސް ޔާމީންގެ ފެކްޝަނެއް އުފެދިފައިވާއިރު ކޮންމެ ފެކްޝަނަކުން ވެސް ބުނަމުންދަނީ އަސްލު ޕީޕީއެމަކީ އެ ފެކްޝަން ކަމަށެވެ. ދެ ފެކްޝަނުން ވެސް ވަނީ ޕާޓީގެ އެކި މަގާމުތައް ބޭފުޅުން އައްޔަންކޮށް، އެކި ނިންމުންތައް ނިންމައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ެއެކޮޅުމިކޮޅު
20 October 2016
ރައީސް ޔާމީނާ ދެކޮޅަށްނިކުމެގެން މިއުޅޭމީހުން ނިކުމެގެން މިއުޅެނީ ރައީސް ޔާމީން ރައްޔިތުންގެ ތަރައްގީއަށް މަސައްކަތްކުރައްވާތީ އެކަންހުއްޓުވުމަށް ނިކުމެގެން އުޅޭބައެއް. ރައީސް ޔާމީން ނޫނީ އަދިނެތް އަތޮލުތެރޭގެ ތަރައްގީއަށް މިވަރަށްމަސައްކަތް ކުރެއްވި ރައީސެއް. އެހެންވީމާ އަހަރަމެން ރައްޔިތުން މިތިބީ މިކަން ވަރަށް ރަގަޅަށްވބަލަން.
ސޭެުކު
19 October 2016
ޙިނި އަންނަނީ !!
GAN Island
19 October 2016
ދައުލަތާއި ޤައުމު ''މަރުފަލިޖަހަމުން ދާއިރު'' މިފަދަ ކަންކަން ހިގާނެ. މިދައުލަތުގެ ހަޒާނާ އާއި ބަނޑި ގުދަން ނުބެލެހެއްޓުނު ބަޔަކަށް އިތުރަށް ބެލެހެއްޓޭނެ ކަމެއް ނޯންނާނެ. . .
ޕޮލިޓިކްސް
19 October 2016
ކުދިންނޭ ޕޮލިޓިކްސް އަކީ މިކަހަލަ އެއްޗެއް. އިޓްސް ވެރިީ ޑާރޓީ އެނޑް އިޓް ވިލް ސްމެލް ވެރީ ބޭޑް. ބޭނުމީ މައުމޫން އަތުން ޕީޕީއެމް ސަލާމަތް ކުރެވެން އޮތް ގޮތަކަށް ސަލާމަތް ކުރުން. މާބޮޑަށް ކުޅޭ ކުޅިއަށް ނުބަލާ ނަތީޖާ އަށް އިންތިޒާރު ކޮށް ލައްވާ. ބޭނުމީ މޮޅުވާ ފަޅީގަ ތިބެންތޯ ނުވަތަ ަބަދުވެސް ބަލިވާ އިދިކޮޅުގަ ތިބެންތޯ. ވިސްނަވާ!
ބާޓާ
19 October 2016
އަޅެފަހެ މީ ކުޑަކުދިން ކުޅޭ ބަތްކައްކާ ތަ؟؟ އުހުން، ކަލޭ ޗޯޑު، އުހުން، ކަލޭ ލައްވައިފިން، އުހުން، ކަލޭ އާދެ މިވެނި އެއްޗެއް ހިފައިން. މީ މޮޔަބަޔެއްތަ؟؟؟؟
ޟޮހެންޖޯ
19 October 2016
ކާޑުގެ އަގު ހެޔޮވީދޯ؟ ކެކެކެ
ބޭޑް ބޯއި
19 October 2016
ތި ފެކްޝަން ތައް ހިންގަން ހަވާލުކުރަންވީ އައްބާސް ވާފިރާ. އިތުރު ބޭފުޅަކަށް ނޫން.
އައްޑޫ ރަދުން
19 October 2016
ތިކަން އިގެންޖެހޭ އެންމެނަށް އިނގޭނެ...
ހަސަންތަކުރު
19 October 2016
އަޅެފަހެ މިދައުލަތް ބޮޑު ޖޯކަރަކަށް ހަދައިގެން މިއުޅޭއުޅުން ހުއްޓުވާކަށް ނުވޭބާ؟ ސާބަސް ދިވެހިންނަށް ، ސާބަސް ދިވެހި ސިފައިންނާ ފުލުހުންނަށް، ﷲ ގަންދީ ހުވައެއް ކުރެވުނީމާ ނިމުނީތޯ؟ މިހަމައެއްލަމައެއްނެތް މަކަރުވެރި ހީލަތްތެރި އުސޫލުތައްބާ ދަރިންނާ ހަމައަށްވެސް ވާރުތަ ވާން ތިޔަ ދޫކޮއްލައިގެން ތިބެނީ.....
އަސްލު
19 October 2016
ޔާމީން އާ ޕީއޭ ހިންގުން އަލުން ހަވާލު ކޮށްބަލަ އެއީއޭ ޔާމިން އުފެއްދި ޕާޓީއަކީ. ކީއްވެތަ ކޯޓްތަކަށް އޮޅިގެން މި އުޅެނީ...