ރައީސް ޔާމީން ސަރުކާރުގެ ކުރީގެ ތިން ވަޒީރުންނާ މައުމޫން މިއަދު ބައްދަލުކުރެއްވުމަށް ފަހު ފޮޓޯއަކަށް ހުއްޓިވަޑައިގެން.-- ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު
19 އޮކްޓޯބަރ 2016 - 16:02
ރައީސް އަބްދުﷲ ޔާމީންގެ ކެބިނެޓުގެ ކުރީގެ ވަޒީރުންނާ ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިއަދު މަޝްވަރާކުރައްވައިފި އެވެ.
ޕީޕީއެމް އޮފީހުގައި މިއަދު މައުމޫން ބައްދަލުކުރެއްވީ އެ މަނިކުފާނުގެ ދަރިކަނބަލުން އަދި ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫނާއި ކުރީގެ ޔޫތު މިނިސްޓަރު މުހައްމަދު މަލީހް ޖަމާލުގެ އިތުރުން ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު އަބްދުﷲ އަމީނެވެ. އެކަމަކު، އެ މަޝްވަރާތަކުގެ ތަފްސީލެއް އަދި ނުލިބެ އެވެ.
މި ތިން ބޭފުޅުންނާ މައުމޫން މަޝްވަރާ މި ކުރެއްވީ، މައުމޫނާއި ރައީސް ޔާމީނާ ދެމެދު އުފެދުނު މައްސަލަ ބޮޑުވެ، ޕީޕީއެމްގައި މައުމޫން އަދާކުރައްވާ ހުރިހާ ޒިންމާތަކެއް ސިވިލް ކޯޓުން ރައީސް ޔާމީނާ ހަވާލުކޮށްފައި ވަނިކޮށެވެ.
ޕީޕީއެމް މެމްބަރުންގެ ގޮތުގައި ތިއްބެވި އަމީން (ކ) އާއި މަލީހް ރައީސް މައުމޫނާ އެކު.-- ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު
އެ ބައްދަލުވުމާ ގުޅޭ ގޮތުން އަމީން ވިދާޅުވީ ރާއްޖެ އަށް މިހާރު ކުރިމަތިވެފައި ވަނީ ވަރަށް ކަންބޮޑު ވާންޖެހޭ ހާލަތެއް ކަމަށެވެ. ޕީޕީއެމަށް ދިމާވެފައިވާ މައްސަލަތަކުގެ އިތުރުން މުޅި ގައުމުގެ ހާލަތު ވެސް ވަރަށް ދަށު ދަރަޖައަކަށް ވެއްޓިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންވެ، ގައުމު ހަމަ މަގަށް އެޅުވުމަށް ކުރާ މަސައްކަތުގައި ކުރީގެ ވަޒީރުންގެ ހައިސިއްޔަތުން ބައިވެރިވެވަޑައިގަންނަވަން ބޭނުންފުޅުވާ ކަމަށް އަމީން ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް ފެނިފައި ހުރި މަންޒަރުތަކާއި އިވިފައި ހުރި އަޑުތަކާއި ލިބިފައިވާ ތަޖުރިބާގެ އަލީގައި މަސައްކަތްތަކެއް ކުރަން ހަގީގަތުގައި އަޅުގަނޑުމެން ބޭނުންވަނީ،" މިދިޔަ އަހަރު ކެބިނެޓުން އިސްތިއުފާ ދެއްވި އަމީން ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ރައީސް މައުމޫނާ އެކު ބޭއްވެވި ބައްދަލުވުމުގައި އެ މަނިކުފާނުގެ "ވަރަށް ފުން ވިސްނުންތަކެއް" ވަނީ އިވިވަޑައިގެންފަ އެވެ. ތަފްސީލު ނުދެއްވައި އޭނާ ވިދާޅުވީ ރާއްޖޭގެ ސިޔާސީ މައިދާނުގައި ގިނަ ތަޖުރިބާ ލިބިވަޑައިގެން ތިއްބެވި ބޭފުޅުން ގައުމުގެ ކަންކަން އިސްލާހުކުރަން މަސައްކަތް ފެށުމަކީ އަލިމަގެއް ފެންނާނެ ކަމެއް ކަމަށެވެ.
އަމީން ވިދާޅުވި ގޮތުގައި އެ މަސައްކަތުގައި ރައީސް ޔާމީންގެ ކެބިނެޓުން ވަކިވެވަޑައިގެންފައި ތިއްބެވި އެހެން ވަޒީރުން ވެސް ކުރިއަށް އޮތް ތަނުގައި ފެންނާނެ އެވެ.
މިއަދު ބޭއްވި ބައްދަލުވުމާ ގުޅޭ ގޮތުން އަމީން ނޫސްވެރިންނާ ވާހަކަ ދައްކަވާއިރު މައުމޫން އަޑު އައްސަވަނީ.-- ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު
ޕީޕީއެމްގެ ހުރިހާ ބާރުތަކެއް ރައީސް ޔާމީން ނަންގަވައި އެ ޕާޓީ މިހާރު ހިންގަމުން އަންނަނީ ދެ ފެކްޝަނެއްގެ ގޮތުގަ އެވެ. ޕާޓީގެ ހުރިހާ ބާރުތަކެއް ރައީސް ޔާމީން ނެންގެވިޔަސް އެއީ ކުރެއްވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވެ އެ މައްސަލަ އިސްތިއުނާފްކުރައްވަން މައުމޫން ވަނީ ނިންމަވައިފަ އެވެ. އެ މަސައްކަތް އެ މަނިކުފާނުގެ ފަރާތްޕުޅުން ކުރަމުން އަންނަނިކޮށް، އަމިއްލަ ފަރާތަކުން ވަނީ އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފްކޮށްފަ އެވެ.
މައުމޫން ވިދާޅުވެފައި ވަނީ ކޯޓުން ރައީސް ޔާމީނާ ޕާޓީ ހަވާލުކުރިޔަސް ޕީޕީއެމްގެ އަސާސީ ގަވާއިދުގައިވާ ގޮތުން ރައީސް ޔާމީންގެ މަގާމަކީ ރަމްޒީ މަގާމެއް ކަމަށެވެ. ޕާޓީ ހިންގުމުގެ އިދާރީ އެއްވެސް ކަމެއް ކުރެއްވުމުގެ ހައިސިއްޔަތެއް މުސްތަޝާރުގެ މަގާމުގައި ހުންނެވި ރައީސް ޔާމީނަށް ލިބިވަޑައިނުގަންނަވާ ކަމަށް ވެސް މައުމޫން ވަނީ ވިދާޅުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ެއެކޮޅުމިކޮޅު
20 October 2016
ދިވެހިރައްޔިތުން މިތިބީ ހޭލާ.ރައީސްމައުމޫންގެ ޒަޢާމަތުގައި މިގައުމަށްގެންނެވި ތަރައްގީއެއްގެންނެވީ ވަރަށްސްލޯސްޕީޑްގައި. ރައްޔިތުންމިހާރު އެފިނިހަކުގެސްޕީޑެއް ބޭނުމެއްނޫން.ރައްޔިތުންބޭނުންވަނީ ރޮކެޓްސްޕީޑްގައި ގައުމުތަރައްގީކުރަން.ރޮކެޓްސްޕީޑްގައި ގައުމަށް ތަރައްގީގެންނަވަމުން ގެންދަވާ އަދި ގެނެވޭނެ ލީޑަރަކީވެސް ރައީސް ޔާމީން. ދެން ތިފިނިހަކުގެ ސްޕީޑެއް ބޭނުމެއްނޫން. ޝުކުރިއްޔާ.
ެއެކޮޅުމިކޮޅު
20 October 2016
ގައުމުގެރައްޔިތުން މިތިބީ ހޭލާ މާޒީގައި ތިޔަބޭފުޅުންގެސަރުކާރުތަކުން މިގައުމަށް ގެންނެވި ތަރައްގީއެއްގެންނެވީ ވަރަށްސްލޯސްޕީޑްގައި އެއީމިހާރު ރައްޔިތުން ބަލައިގަންނާނެ ސްޕީޑެއްނޫން.ރައްޔިތުންބޭނުވަނީ ރޮކެޓްސްޕީޑްގައި ގައުމަށްތަރައްގީ. އެކަންކުރެއްވި އަދި ކުރެވޭނެ ލީޑަރަކީވެސް ރައީސް ޔާމީން. މާޒީގެތިޔަ ފިނިހަކުގެސްޕީޑް ދެންބޭނުމެއްނުވޭ. ޝުކުރިއްޔާ.
ވާލުސޮރު
20 October 2016
އަނެއްކާ އަންނި ހަދާކަހަލަ ހިޔަނި ކެބިނެޓެއް ހަދާގެން ހިޔަންޏަށް މުޑި ނުނަގާތި. މީމަގެ ނަސޭހަތަކީ.
ޕީޕީއެމް ޒުވާނާ
19 October 2016
މައުމޫން ކުރާކަންތައްތައް ބަލަން ވަގުތުނެތް ކަމެއްނޭގެ.. މައުމޫނޭ ބުނާއިރަށް އެބަ ކޮމެންޓް ކުރޭ...
ފަޅުވެރިން
19 October 2016
މައުމޫނަށްވެސް މިހާރު ތިޔަވާވަރަކީ، ލަންޑަން ކަޅުސައި ބޮއިގެން ލަންޑަނަށް ބެހިފައިތިބި ގްރޫޕް ގޮތަށް ދޭތެރެއަކުން އާފޮޓޯއެއް ދައްކާލުން. ތިޔަހުރިހާ ފޮޓޯތައް ފޭސްބުކަށް އަޅާފައި ބަހައްޓާ! ބަލާނެ ބަޔަކު ބަލާފާނެ، ކޮންމެ ފަހަރަކު ކޮންމެހެން ނޫސްތަކުގެ ސުރުޚީއަށް ލުމުގެ ބޭނުމެއް ނެތް. އަހަރެމެން ޕީޕީއެމްގެ ޒުވާނުން ތިޔަ ފޮޓޯތައް ބަލާކަށް ނޫޅެން، ޢަމްދުން އަހަރެމެންނަކަށް ވަގުތެއްވެސް ނެތް ތިޔަކަހަލަ ކޫސަނި ކަންތައްތައް ކުރާކަށް!
ތަރަާދު
19 October 2016
ތަރަައްގުއި
މެންޓަލިސްޓް
19 October 2016
މަބުނިތަން ތިޔައަންނަނީ ،، ރައީސްމައުމޫން ފެކްޝަންގެ ކެބިނެޓް މިނިސްޓަރުން ތިބޭނެ ވާހަކަ ބުނީމެއްނު ،، އެދުވަސް މިއަންނަނީ މާދަމާ ފެންނާނެ މަލީހް ޖަމާލްމެން ޓައި އަޅާފައި ގޮސް މިނިސްޓްރީއަށް ވަންނަތަން ދެން އޮފީހުގެ މުއައްޒަފުންނަކަށް ނޭންގޭނެ އަސްލު މިނިސްޓަރކީ ކާކުކަމެށް ،، ދެން ސިވިލްކޯޓުން ހައިކޯޓުން ސްޕްރީމްކޯޓުން ހުކުމް ކޮއްގެން އަސްލު މިނިސާޓަރ ހޯދޭނީ ،،، ވަރަށް ސަލާމް
ބޮލި މުލައް
19 October 2016
މައުމޫނަށް މުޅި ޤައުމު ކިޔަމުންއައި ސަނާ ހަނާވާތަން މިފެނިގެންދަނީ.
ރެއްކާ
19 October 2016
ތިޔަ ވަޑައިގަންނަވަނީ ނުސީދާ މަގަކުން ކަމުގައި ހީވޭ. ތިޔަ މިސްރާބު މިވަގުތަކަށް ރަނގަޅެއް ނޫން. ސަބަބަކީ އެމް. ޑީ. ޕީ އިން ތިޔަ ކަމާއިމެދު ވަރަށް ފަރުވާތެރިވާނެ. މިހެން މިދެންނެވީ މަނިކުފާނުގެ މިވަގުތު ބެލެންސް ހިފެހެއްޓިފައި އޮތީ އެމް ޑީ ޕީ ގެ ހިޔަނީގައި ކަމުގައި ވާތީ.
ސަމާސާ
19 October 2016
މިފުންވަޅުގަނޑަށް ގައުމު ވައްޓާލި ބަޔަކު ، މިފުން ވަޅުގަނޑުން ގައުމު ސަލާމަތްކުރުމުގެ ޒިންމާ އަދާކުރަންވެސް ޖެހޭނެ.