ކޮވިޑް-19 އަށް ޓެސްޓުކުރަަން ސާމްޕަލް ނަގަނީ -- ފޮޓޯ: އަހްމަދު އަވްޝަން އިލްޔާސް/ މިހާރު
18 ސެޕްޓެމްބަރ 2020 - 22:39
ކޮވިޑް-19 އަށް ރާއްޖެ އިން އިތުރު 37 ދިވެއްސަކާއި 37 ބިދޭސީއަކު މިއަދު ޕޮޮޒިޓިވްވެއްޖެ އެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނީ، އިއްޔެގެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އާ ހަމައަށް 74 މީހަކު އަލަށް ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އޭގެ ތެރެއިން ހަތަރު މީހަކު ފިޔަވައި އެހެން މީހުން މި ބައްޔަށް ޕޮޒިޓިވްވެފައި ވަނީ މާލެ ސަރަހައްދުންނެވެ.
✳️ COVID-19 Case Updates
— Health Protection Agency (@HPA_MV) September 18, 2020
As of 18.09.2020, 06:00 PM
Confirmed an additional 74 cases of COVID-19 infections in Maldives
- 37 locals
- 37 foreigners
Total number of cases: 9,568 pic.twitter.com/QsQuMwt9L0
އެޗްޕީއޭ އިން މިރޭ ކުރި ޓްވީޓެއް
މިދިޔަ 24 ގަޑިއިރުގެ ތެރޭގައި އިތުރު 44 މީހަކު ކޮވިޑް-19 އިން ރަނގަޅުވުމުން މި ބަލިން ރަނގަޅުވި މީހުންގެ އަދަދު މިހާރު ވަނީ 8،077 އަރައިފަ އެވެ. ކޮވިޑަށް މިހާރު ފަރުވާ ހޯދަމުން އަންނަނީ 1،452 މީހެކެވެ. އޭގެ ތެރެއިން 106 މީހަކު ވަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފަ އެވެ.
މާލޭގެ އިތުރުން 20 ރަށެއްގަ އާއި 27 ރިސޯޓުގައި ކޮވިޑަށް ފަރުވާ ހޯދަމުންދާ މީހުން މިވަގުތު އެބަ ތިއްބެވެ. މި ބަލި ޖެިހފައިވާ މީހުންގެ ތެރޭގައި 18 ޓޫރިސްޓަކާއި 39 ރިސޯޓު މަސައްކަތްތެރިން ހިމެނެ އެވެ.
މިހާތަނަށް 9،568 މީހަކު ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ އިރު 33 މީހަކު ވަނީ މަރުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތީރު
19 September 2020
الله أكبر ހުރިހާބައްޔަކަށް ޝިފާދެއްވަވާނީ މާތްﷲ އެހެންކަމުން އެކަލާންގެ ޝިފާ ލައްވަވާފައިވާ ތަކެތީގެބޭނުން ހިއްޕަވާ އަދި އެފަރާތައް ވަކީލުކޮއް ސަބަބު ތަކުގައި ހިއްޕަވަމާތޯ
އާރީ
19 September 2020
އިންޑިޔާ އައުޓް ވެ ނިމްނީތަ. އެންމެން ފިލީދޯ ބާގިރު އަށް ދައުވާ ކުރަށް ފޮނުވި ހިސާބުން. ކޮވިޑް ފެތުރަށް މުޒާހަރާކުރާ ފިނިފެންމާ ތައް ވައިވީ ތަ.
ބަބުރުލް ސަލީމް
18 September 2020
ހަފްތާއެއް ވެލީމާ އެނގޭނީ މިވާނުވާއެއް.