ޝްރިންގްލާ: އޭނާ އަންނަ އާދިއްތަ ދުވަހު ރާއްޖެ ވަޑައިގަންނަވާނެ
06 ނޮވެމްބަރ 2020 - 20:44
އިންޑިއާގެ ފޮރިން ސެކްރެޓަރީ ހަރްޝް ޝްރިންގްލާ އަންނަ އާދިއްތަ ދުވަހު ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިއްޖެ އެވެ.
ފޮރިން މިނިސްޓްރީން ބުނީ އާދިއްތައިން އަންގާރަ ދުވަހުގެ ނިޔަލަށް ޝްރިންގްލާ ކުރައްވާ އެ ދަތުރަކީ ރާއްޖޭގެ ފޮރިން ސެކެޓްރީ އަބްދުލްޣަފޫރު މުހައްމަދުގެ ދައުވަތަކަށް ކުރައްވާ ދަތުރެއް ކަމަށެވެ. އެއީ މިިދިޔަ ޖެނުއަރީ މަހު މަގާމާ ހަވާލުވެ ވަޑައިގަތް ޝްރިންގްލާ ރާއްޖެއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރެވެ.
ފޮރިން މިނިސްޓްރީން ބުނީ ޝްރިންގްލާގެ އެ ދަތުރުގަައި ރައީސް އިބްރާހިމް މުހަައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރާއި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމާއި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީގެ އިތުރުން ޓޫރިޒަމް މިިނިސްޓަރު ޑރ. އަބްދުﷲ މައުސޫމާއި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލްއާ ބައްދަލު ކުރައްވާނެ ކަމަށެވެ.
ޝްރިންގްލާ ރާއްޖެ ވަޑައިގަންނަވާއިރު، އެމެރިކާގެ ފޮރިން ސެކްރެޓްރީ މައިކް ޕޮމްޕޭ ވެސް މިދިޔަ މަހުު ވަނީ ރާއްޖެ ވަޑަައިގެންފަ އެވެ. އެއީ 16 އަހަރު ފަހުން އެމެރިކާގެ ފޮރިން ސެކްރެޓަރީއަކު ރާއްޖެ ވަޑައިގަތް ފުރަތަމަ ފަހަރެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
H.R ވެހި
08 November 2020
އެމެރިކާގެ ޑިމޮކްރެޓުން އިންތިހާބު ކާމިޔާބުކުރީމާ އިންޑިޔާގެ ރޭވުން ރާއްޖޭގައި ކާމިޔާބު ނުވާނެކަންއެންގޭތީ އިތުރަށް ހަކުރުދީގެން ހައްދަންކުރާ ދަތުރެއްމީ ﷲ އިރާދަކުރެއްވީއްޔާ އިންޑިޔާގެ ރޭވުން ކާމިޔާބުނުވާނެ އަންނިގެ ރޭވުންވެސް!
އިބްރ
07 November 2020
ކޮންމެހެން މިރާއްޖެއަށް އައިސްގެން މަނިކުފާނަށް ކެއްކޭނެ އެއްވެސް ރިހައެއް ނެތެވެ. މިހާރު މިއޮތް ސަރުކާރަކީ ފޭލިވެފައިވާ ސަރުކާރެއްކަން އަންނަ ލޯކަލް ކައުންސިލް އިންތިޚާބުގައި ކަލޭމެންނަށް ފެނިގެންދާނެ.
ބުރިޖު
07 November 2020
ކޮބައިތަ އިންތިޚާބަށް ވޯޓު ހޯދަން ދުއްވިއިރު ވިލިނގިއްޔާއި ކޫއްޑުއާ ދެމެދު އަޅަން ބުނި ބުރިޖު.
އިބްރ
07 November 2020
އެ ބްރިޖް ހުޅުވަން މީނާ އަންނަނީ ކަންނޭނގެ
އެހެންތަ ؟
07 November 2020
އައްޑޫ ކުދިންނަށް ވެސް އުފާވެރި ޙަބަރެއް ދޭނެ. ހުޅުމީދޫ ހިތަދޫ ބުރިޖްގެ ކުރެހުން ރަސްމީގޮތުން ދައްކާލާނެ.
ޕިން
07 November 2020
އެގައުމެއްގެ އަސްކަރިއްޔާގެ އެހާ ގިނަ ބަޔަކު ތިބި ގައުމަކަށް އެހެން ޖައްސާލަންޖެހޭނެދޯ ވާނުވާ ބަލައިލަން ކުޑަކޮށް. ޗައިނާދެކެ ބިރުން އުޅޭ ބަޔަކު އެކަހަލަ އެތައް ދަތުރެއް ދެން ކުރާނެ ރާއްޖެއަށް. ކޮވިޑްބަލި ގިނަވުމުގައި އެހާ ކުރި ހޯދާފަ އޮތް ގައުމަކާ މިސަރުކާރަށް އެންމެ ދޯޅުވެގެން އުޅެން އެނގެނީ. ކޮވިޑް ނައްތާލުމުގަ އެއްވަނަ ގައުމާ ކައިރިވެލަންވެސް ނުކެރޭ އިންޑިއާ ރުޅި އައިސްދާނެތީ.
ތިލަދުންމަތި ދަރި
07 November 2020
ވޯރާ ވިޔަފާރި ވެރިންގެ ދުވަސްވަރުން ފެށިގެން ރާއްޖެއަށް ބާރު ހިންގަން އުޅުނު އުޅުން މި ފަހަކަށް އައިސް މޮޑަރންކޮށް ބާރު ހިންގަން ޕޮންޕެޔޯ މެދުވެރިކޮށް މިފަހަކަށް އައިސް ފެށިފެށުން އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަނުން ބަލިވެއްޖެ ނަމަ ހުއްޓުން އަރާފާނެތީ ކުރާ ދަތުރަކާ ވައްތަރީ! އިރާދަކުރެއްވިއްޔާ ރިޕަބްލިކަނުން މިފަހަރު ބަލިވާނެ! އަދި އިންޑިޔާގެ ހަން ފެތުރުމުން ވެސް މި ގައުމު އަބަދުގެ އަބަދަށް ސަލާމަތް ކުރައްވާށި، އާމީން.
ބިސް
07 November 2020
ވަޓް ނޮންސަސް!؟
ފޫޖި
07 November 2020
ހެޔޮނުވާނެ އިތުރު ތަނެއްނުދޭތި. މިއިންޑިޔާއާހެދި ރާއްޖެ ކުރިއަށް ނުދެވިގެން މިއުޅެނީ. މިމީހުންގެ ތައްޕާހުން ސަލާމަތް ވިޔަކކަނުދޭނެ. ސިއްހީ ހިދުމަތްވެސް އިންޑިޔާއަށް މޮޅުނުވާގޮތަކަށް ކުރިނާރުވާނެ. ޢެމްޑީޕީއަށް ދޭނެ ވޯޓެއްނެތް.
ސަންޕަ
07 November 2020
މީނާ މިގައުމަށް ނައިސް ވާނެގޮތެއްނޯންނާނެތަ?
ފަހުދު
07 November 2020
ބިޔަ ބޮޑު މަޝްރޫއު ތަކުގެ ބަދަލުގައި ބިޔަ ބޮޑު ދަރަނިތައް
ޕިކުލް
07 November 2020
ދެން ނާދެބާ! ތިހެން އަންނަ ކޮން މެ ބުރަކު މަގުތައް ބަންދުކުރާތީ ވަރަށް އުނދަގުވޭ