މިދިޔަ 24 ގަޑިއިރުގެ ތެރޭގައި އިތުރު 52 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިރޭ ބުނީ އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އާ ހަމައަށް މާލެ ސަރަހައްދުން 42 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. ބާކީ ހަތް މީހުން އެ ބައްޔަށް ޕޮޒިޓިވްވެފައި ވަނީ އެކި ރިސޯޓުތަކުންނެވެ.
ކޮވިޑަށް އެންމެ ފަހުން ޕޮޒިޓިވްވި މީހުންނާ އެކު އެ ބަލި ޖެހިފައިވާ މީހުންގެ އަދަދު 12،810 އެރީ އެވެ. އޭގެ ތެރެއިން ބައްޔަށް މި ވަގުތު ފަރުވާ ހޯދަނީ 1،097 މީހެކެވެ. އޭގެ ތެރޭގައި 14 ރަށެއްގައި ތިބި މީހުން ހިމެނެ އެވެ. ކޮވިޑް ޖެހިގެން މިހާތަނަށް ރާއްޖެ އިން މަރުވެފައި ވަނީ 46 މީހެކެވެ.