އއ. ތޮއްޑޫ--
25 ނޮވެމްބަރ 2020 - 12:28
އއ. ތޮއްޑޫގައި ޓޫރިސްޓަކަށް ޖިންސީ ފުރައްސާރަކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ، އެ މައްސަ؛ލަ ރިޕޯޓު ކޮށްފައި ވަނީ އިއްޔެ ހަވީރު ކަމަށާއި އެއީ އަދި ތަހުގީގު ކުރާ ކަމަކަށް ވާތީ މިވަގުތު އިތުރު މައުލޫމާތު ދެވެން ނެތް ކަމަށެވެ.
ތޮއްޑޫ ކައުންސިލުން ވެސް ބުނީ އެއީ ފުލުހުން ބަލަމުން އަންނަ މައްސަލައަކަށް ވާތީ ތަފުސީލު ދެވެން ނެތް ކަމަށެވެ.
މީގެ ކުރިން ވެސް ބައެއް ޓޫރިސްޓުންނަށް ބައެއް ރަށްރަށުގައި މިފަދަ މައްސަލަތައް ކުރިމަތިވެފައި ވެ އެވެ. އަދި ޓޫރިސްޓުންނަށް އަމާޒުކޮށް، މާރާމާރީ ވެސް ހިންގާފައި ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
robee janjal
26 November 2020
ބަލަގަ މިހާރުވެސް އިޤްތިސާދު އެހާ ދަށްވެފައި އޮއްވަ މިމީހުނަށް އިނގެނީ ކާންދޭ އަތުގައި ދަތް އަޅަން.. ބޭރު މީހުން ރާއްޖެ ބޯއިކޮޓް ކުރަން ފެށީމަ ހުންނާނެ ތާހިރުވެފަ
ޢިމޫ
26 November 2020
ތިވާނީ އާންމު ތަނެއްގައި ކޮންމެ މީހަކަށް ވެސް ކޮށްލެވިދާނެ ކަހަލަ ކަމަކަށް. ތަހުގީގުކުރާ ވަރު ކަމަކަށް ނުވާނެ
އަބްދުއްالله
25 November 2020
މިއީ އިސްލާމިކް ޓެރަރިޒަމާ ގުޅޭ ކަމެއް.
ޢަބްދުﷲ އިބުރާހީ މް ބިން
25 November 2020
އެހެންވެދާނެ މާ ނިވާކަންކުޑަ ހެނދުން ލަންނާ
ހަކީމް
25 November 2020
ގެސްޓް ހައުސް ވިޔަފާރީގެ އާބާބެއް ...
ހަސަންމާހިރުޚާން
25 November 2020
ތިޔަ އުޅެނީ ތޮއްޑޫ އަލީގެ ފަރާތުން ހިއްވަރު ލިބިގެން
ހުޅުމާލެ ރިޔަށްޓޭ
25 November 2020
ތިއީ މާފުށީގަވެސް ޢާއްމުކޮށް ހިނގާ ކަމެއް. ރައްޔިތުން ގުޅިގެން ރަށުގެ ނަން ކިލަނބުވިޔަ ނުދިނުމަށް ކަމަށްބުނެ އޮއްބާލަނީ. މިބާވަތުގެ ކަންކަން ހުއްޓުވެންޖެހޭ. އެހެން ނޫންނަމަ މުޅި ސިނާއަތަށް މީގެ އަސަރުކުރާނެ.
ސަލީމު އިދުރީސް
25 November 2020
ތިއީ ވަކި ރަށެއްވީމަ ދިމާވާ ކަމެއްނޫން ރިސޯޓަކުގަވެސް ދިމާވާކަމެއް ގަޔައް އަތްލީމަ ބަޔެއް މީހުން ކަންފަތް މަތީޖަހާފަވެސް އެބަހުރި އަދި ރިސޯޓުގެ ހުރިހާ މުއައްޒަފުން ފަހަރަކުމީހެއް ގެސްމީހާ ކުރިމައްޗައް ގެނެސް މީހަ ދެނެގަނެފަވެސް އެބަހުރި! ނިދަންއޮންނަ ރޫމައް ދަންވަރު ވަދެފަ އެބަހުރި! ތިއަކީ ލޯކަލު ޓުއަރިޒަމުގެ މައްސަލައެއްނޫން ކޮންމެތާކުވެސް އެބަޔެއްގެ ގޮތެއް ފޮތެނެތުނީމަ ތިހެންވާނެ
އާދަމް ބާއީ
25 November 2020
މިގައުމުގާ ހަމަ އެކަކަށްވެސް ސަލާމަތެއްނެތީތަ؟
ޅަބޭ
25 November 2020
މިހާރުވެސް މިއުޅެނީ ތޮއްޑޫ މީހަކު ޓުތިޒަމް މިނިސްޓަރަކައް ހުރިއިރު އެތާތެރޭ ހިނގި ޖިންސީ ހާޖާނުތަކުގެ މައްސަލަ ނުބެލިގެން. ދެން ކިހިނެތް ތިކަހަލަ ކުދިކުދި މައްސަލަތައް ބެލޭނީ...