މިދިޔަ 24 ގަޑިއިރުގެ ތެރޭގައި އިތުރު 47 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (ޢެޗްޕީއޭ) އިން މިރޭ އާންމުކުރި ތަފާސްހިސާބުތަކުން ފެންނަ ގޮތުގައި އިއްޔެގެ ހަވީރު 6:00 އިން ފެށިގެން މިއަދު ހަވީރު 6:00 އާ ހަމައަށް މާލެ ސަރަހައްދުން 46 މީހަކު ކޮވިޑަށް ޕޮޒިޓިވްވި އެވެ. ރިސޯޓަކުން ޕޮޒިޓިވްވެފައި ވަނީ އެންމެ މީހެކެވެ.
ކޮވިޑަށް މިއަދު ޕޮޒިޓިވްވި މީހުންނާ އެކު މި ބަލި ޖެހުނު މީހުންގެ އަދަދު 12،994 އަށް އެރީ އެވެ. އެޗްޕީއޭ އިން ބުނީ މި ބައްޔަށް މިހާރު ފަރުވާ ހޯދަނީ 1،039 މީހަކު ކަމަށެވެ. އޭގެ ތެރެއިން 94 މީހަކަށް ފަރުވާދެނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެނެވެ.
މާލޭގެ އިތުރުން 17 ރަށެއްގައި ކޮވިޑް ޖެހިފައިވާ މީހުން އެބަ ތިއްބެވެ. މިހާތަނަށް ކޮވިޑް-19 ޖެހުނު 46 މީހަކު ރާއްޖެ އިން ވަނީ މަރުވެފަ އެވެ.